ހިންދޫ ދީނުގެ ފާދިރީއެއްގެ ދީނީ ކްލާސްތަކެއް މާލޭގައި، ބާއްވަނީ!
ހިންދޫ ދީނުގެ 'ގުރޫ'އެއް އިންތިޒާމް ކޮށްގެން ބާއްވާ ދީނީ ހަރަކާތެއް މާލޭގެ ހޮޓަލެއްގައި ބާއްވަން ނިންމައި އެކަން އިއުލާން ކޮށްފި އެވެ.
މީސްމީޑިއާގައި މިހާރު ދައުރުވަމުންދާ ޕޯސްޓަރު ތަކުން އެނގޭ ގޮތުން މި ކުލާސްތަކެއް ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަދާއި މާދަމާއެވެ.
އަދި އޮފްލައިންކޮށް ގެންދާ މި ކްލާސްތަކުގައި ކިޔަވާދޭނެ ކަމަށް ބުނެފައިވަނީ ހިންދޫ ދީނުގެ ބޮޑު ފާދިރީއެއް ކަމުގައިވާ ގަނޭޝް ޑުބޭ ނަމަކަށް ކިޔާ ގުރޫއެއް ކަމަށްވެސް އޭގައި ބުނެފައިވެއެވެ. އަދި މިކަމެއް ކުރިއަށް ދާނީ އުނިމާ ގުރޭންޑުގައި ކަމަށްވެސް އެ ޕޯސްޓުގައި ބުނެފައިވެއެވެ.

މީގެ އިތުރުން އެ ޕޯސްޓުގައި ބުނެފައިވާ ގޮތުން މި ކުލާސްތަކުގައި "ވަރުގަދަ ދަރުސްތަކާއެކު މައްސަލަތަކަށް" ހައްލުތައް ލިބިގެންދާނެ އެވެ. އަދި މިއީ ވަކި ވަރަކަށް މީހުންގެ އަދަދު ލިމިޓު ކޮށްގެން ބާއްވާ ކުލާސްތަކެއް ކަމަށްވެސް ބުނެފައިވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް