ރާއްޖެއިން ބޭރުކުރާ ކޮންޓެއިނަރުތަކުން ނަގާ އަގު ކުޑަކުރަނީ
ރާއްޖެއިން ބޭރުކުރާ ކޮންޓެއިނާތަކުން ނަގާ އަގު ކުޑަކުރުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން ނިންމައިފި އެވެ.
އެކަމާއި ގުޅޭގޮތުން އެމްޕީއެލް އިން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ މީގެ ކުރިން 20 ފޫޓުގެ ކޮންޓެއިނަރަކުން ނަގަމުން އައި 4419 ރުފިޔާ ކުޑަކޮށް ދެން ނަގަމުންދާނީ 1132 ރުފިޔާ ކަމަށެވެ.
މީގެ ކުރިން 40 ފޫޓުގެ ކޮންޓެއިނަރަކުން ނަގަމުން އައި 8767 ރުފިޔާ ކުޑަކޮށް ދެން ނަގާނީ 2264 ރުފިޔާ ކަމަށެވެ.
އެމްޕީއެލްއިން އެ ބަދަލު ގެނެސްފައިވަނީ ރާއްްޖެއިން މުދާ އެކްސްޕޯޓުކުރާ ވިޔަފާރިތަކަށް ވާދަވެރި އަގުތަކެއްގައި ބައިނަލްއަގުވާމީ ބާޒާރުގައި ދިވެހި އުފެއްދުންތައް ވިއްކޭން މަގުފަހިކޮށްދިނުމާއި އެކްސްޕޯޓު ވިޔަފާރިތައް ކުރިއަރުވާ، އެކްސްޕޯޓު ވިޔަފާރިތަކަށް ލުއިފަސޭހެކޮށްދިނުމަށް ކަމަށް އެމްޕީއެލްގެ ބޯޑުން ވަނީ ބުނެފައެވެ.
އަގުތަކަށް ގެނައި ބަދަލުތަކަށް އަހުލުވެރިކުރުމުގެ މަސައްކަތް މިހާރު އެމްޕީއެލުން ވަނީ ފަށައިފައެވެ.
އަގުތަކަށް ގެނައި ބަދަލުތަކާ އެކީ، ރާއްޖެއިން ބޭރަށް މުދާ ފޮނުވަން ހޭދަވާ އަަގު %75އާ ހަމައަށް ކުޑަވެގެން ދާނެ އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް