މަރަދޫގެ ގެއެއްގެ ފުރާޅު މައްޗަށް ބަނބުކެޔޮ ގަހެއް ވެއްޓިއްޖެ
ސ. މަރަދޫ ގެއެއްގެ މައްޗަށް ބަނބުކެޔޮ ގަހެއް ވެއްޓިއްޖެއެވެ.
އެމްއެންޑީއެފް އިން ބުނީ، މަރަދޫ ”ފަޒާ“ ގޭގެ ފުރާޅު މައްޗަށް ބަނބުކެޔޮ ގަހެއް ވެއްޓިފައިވާ ކަމުގެ މައުލޫމާތު މިއަދު 08:44 ހާއިރު، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑަށް ލިބިފައިވާ ކަމަށެވެ.
އަދި އެއާއެކު އެ ގަސްކަނޑައި، އެ ސަރަހައްދު ސާފުކުރުމުގައި އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުގެ ސިފައިން އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށްވެސް ބުނެފައިވެއެވެ.
މީގެ އިތުރުން އެމްއެންޑީއެފްއިން ބުނީ، ”ފަޒާ“ ގެއަކީ މީހުން ދިރިއުޅޭ ގެއެއް ނަމަވެސް، ގަސް ވެއްޓިގެން އެއްވެސް މީހަކަށް އަނިޔާއެއް ލިބުނުކަމުގެ މަޢުލޫމާތު ލިބިފައިނުވާ ކަމަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް