ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ބަނގުރާތަކެއް-- ފޮޓޯ: ޕޮލިސް
ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ބަނގުރާތަކެއް-- ފޮޓޯ: ޕޮލިސް
ހަބަރު 31 Dec 2023 | 08:50

ބަނގުރަލާއެކު ތިން މީހަކު ހައްޔަރުކޮށްފި

ފުލުހުން ހިންގި ދެ އޮޕަރޭޝަނެއްގައި ބަނގުރަލާއެކު ތިން މީހަކު ހައްޔަރުކޮށްފިއެވެ.

މިކަމާ ގުޅިގެން ފުލުހުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ އެމީހުން ހައްޔަރު ކޮށްފައި ވަނީ މަސްތުވާ ތަކެއްޗާ ދެކޮޅަށް މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ފުލުހުންގެ ހިންގި ދެ އޮޕަރޭޝަނެއްގައި ކަމަށެވެ.

މި ދެ އޮޕަރޭޝަނުގެ ތެރެއިން ފުރަތަމަ އޮޕަރޭޝަނަކީ ގަވައިދާ ހިލާފަށް މާލެއަށް ބަނގުރާ އެތެރެކޮށް އެތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޑްރަގް އެންފޯސްމަންޓާއި އިންޓެލިޖެންސް ގުޅިގެން މިމަހުގެ 28 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއް ކަަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މި އޮޕަރޭޝަނުގައި ފުލުހުން ވަނީ ހުޅުމާލޭގެ ކެފޭއެއް ބަލައިފާސްކޮށް، ބަނގުރަލާއެކު ބަންގްލަދޭޝްގެ 26 އަހަރުގެ ފިރިހެނަކާއި އިންޑިޔާގެ 21 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިއެވެ. އަދި ކެފޭ ބަލާ ފާސްކުރި އިރު،  7 ފުޅި ބަނގުރަލާއި 72 ދަޅު ބިޔަރު ފެނިފައިވާ ކަމަށް ފުލުުހުން ބުނެއެވެ.

ފުލުހުން ހިންގި ދެވަނަ އޮޕަރޭޝަނަކީ ވެސް ބަނގުރާ ގެންގުޅެ އެތަކެތީގެ ވިޔަފާރި ކުރާކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޑްރަގް އެންފޯސްމަންޓުން މިމަހުގެ 29 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަނުގައި މާލޭގެ ގެއެއް ބަލައިފާސްކޮށް، 34 ފުޅި ބަނގުރަލާއެކު 42 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ.

މި ދެ އޮޕަރޭޝަން ގައި ވެސް  ހައްޔަރުކޮށްފައިވާ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރުތުކޮށް ދޫކޮށްލުމާއި ގުޅިގެން އެމީހުން މިހާރު ވަނީ އިމިގްރޭޝަނާ ހަވާލުކޮށްފައި ކަމަށް ފުލުހުން ނެރުނު ނޫސް ބަޔާނުގައި ވެއެވެ.

މި މައްސަލަތައް ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުން ކަމަަށް ފުލުހުންގެ ޚިދުމަތުން ބުނެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އިހްތިރާމު އަދާކުރުމުގެ ގައުމީ މަޝްރޫއުގެ ލޯގޯއަށް ވޯޓުލުމުގެ ފުރުސަތު އާންމުންނަށް ހުޅުވާލައިފި
17 Oct 2026 ހަބަރު

އިހްތިރާމު އަދާކުރުމުގެ ގައުމީ މަޝްރޫއުގެ ލޯގޯއަށް ވޯޓުލުމުގެ ފުރުސަތު އާންމުންނަށް ހުޅުވާލައިފި

އާންމުންނަށް ވޯޓުލެވޭނީ "ޕީއެސްއެމް އެއަރ" އެޕްލިކޭޝަނުންނެވެ. ވޯޓުލުމުގެ ފުރުސަތު އޮންނާނީ މި މަހުގެ 29 ވަނަ ދުވަހު، ބުރާސްފަތި ދުވަހުގެ ދަންވަރު 00:00 އަށް ކަމަށް އެ މިނިސްޓްރީން ބުނެއެވެ. އެއްވަނައަށް ހޮވޭ ލޯގޯ ފަރުމާކުރި ފަރާތަށް 60،000 ރުފިޔާގެ އިނާމެއް ދެވޭނެ ކަމަށްވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ

އިންވަސްޓަރުންނަށް ބިރުދެއްކުމާއި ހަގީގަތާ ހިލާފު ވާހަކަ ފެތުރުން ހުއްޓާލަންޖެހޭ: ސައީދު
17 Oct 2026 ހަބަރު

އިންވަސްޓަރުންނަށް ބިރުދެއްކުމާއި ހަގީގަތާ ހިލާފު ވާހަކަ ފެތުރުން ހުއްޓާލަންޖެހޭ: ސައީދު

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަޒީރު މުހައްމަދު ސައީދު ވިދާޅުވީ، ރާއްޖޭގެ އިގްތިސާދީ ކުރިމަގަށްޓަކައި އިންވެސްޓަރުންނަށް އަމާޒުކޮށްގެން ކުރާ މިފަދަ އަމަލުތައް ހުއްޓާލުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ.

މިމަހު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 3.4 އިންސައްތަ ދަށަށް
17 Oct 2026 ހަބަރު

މިމަހު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 3.4 އިންސައްތަ ދަށަށް

މިދިޔަ އަހަރު ޖުމްލަ 2.2 މިލިއަން ފަތުރުވެރިން ރާއްޖެ އައި ނަމަވެސް، މި އަހަރު ނިމޭއިރު ވެސް އެ އަދަދާ އެއް ހަމައަކަށް ވާސިލުވެވޭނެ ކަމަށް ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީން 'އަހާ' ފޯރަމްގައި ވިދާޅުވެފައިވެއެވެ.

މާލޭ އުތުރުފަރާތުގައި ހަދާ ފިންގަރ ޖެޓީގެ ކޮންކްރީޓުގެ މަސައްކަތް ފަށަނީ
17 Oct 2026 ހަބަރު

މާލޭ އުތުރުފަރާތުގައި ހަދާ ފިންގަރ ޖެޓީގެ ކޮންކްރީޓުގެ މަސައްކަތް ފަށަނީ

އެމްޓީސީސީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، މި ވަގުތު ކުރިއަށް ދަނީ ޖެޓީގެ ތަނބުތައް ބެހެއްޓުމާއި ދަގަނޑު އެޅުމުގެ މަސައްކަތްތައް ކަމަށެވެ. މި ދެ މަރުހަލާ ނިމުމާ އެކު، އަންނަ ހަފުތާ ތެރޭގައި ޖެޓީގެ ކޮންކްރީޓް މަސައްކަތް ފެށޭނެ ކަމަށް އެމްޓީސީސީން ލަފާކުރެއެވެ.

ހައިވޭ އެކްސިޑެންޓް؛ އެއީ ފުލުހުންގެ ވާޖިބަށް ހުރަސްއެޅުމަށް ގަސްދުގައި ހިންގި އަމަލެއް
17 Oct 2026 ހަބަރު

ހައިވޭ އެކްސިޑެންޓް؛ އެއީ ފުލުހުންގެ ވާޖިބަށް ހުރަސްއެޅުމަށް ގަސްދުގައި ހިންގި އަމަލެއް

ގަޑިއަކު 100 ކިލޯމީޓަރަށްވުރެ ބާރު ސްޕީޑުގައި ދުއްވާފައިދިޔަ އެ ސައިކަލް ހައިވޭގައި ތިބި ފުލުހުންނާ ދިމާއަށް ގޮސް ފުލުހުން ޖަހާފައިވާ ބެރިކޭޑުގައި ޖެހުމަށްފަހު، އެވަގުތު ޑިއުޓީގައި ހުރި ފުލުސް އޮފިސަރުގެ ގައިގައި ވަނީ ބާރަށް ޖެހިފައެވެ.

އަހަރުގެ މިހާތަނަށް ބަޖެޓުން އެންސްޕާއަށް 2.9 ބިލިއަން ރުފިޔާ
17 Oct 2026 ހަބަރު

އަހަރުގެ މިހާތަނަށް ބަޖެޓުން އެންސްޕާއަށް 2.9 ބިލިއަން ރުފިޔާ

މިދިޔަ އަހަރާ އަޅާބަލާއިރު މިއަހަރުގެ މިހާތަނަށް އެންސްޕާއަށް ކުރި ހޭދަ 503 މިލިއަން ރުފިޔާއަށް ވުތރެ އިތުރުވެފައިވާކަމަށް ދައްކައެވެ. މިއަހަރު އެންސްޕާއަށް ފާސްކޮށްދީފައިވަނީ، 3.4 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

ހައިވޭގައި ބާރު ސްޕީޑްގައި ދުއްވި ސައިކަލްގައި ޖެހުނު ފުލުސް މީހާއަށް ސީރިއަސް އަނިޔާތަކެއް
17 Oct 2026 ހަބަރު

ހައިވޭގައި ބާރު ސްޕީޑްގައި ދުއްވި ސައިކަލްގައި ޖެހުނު ފުލުސް މީހާއަށް ސީރިއަސް އަނިޔާތަކެއް

މި އެކްސިޑެންޓްގައި ފުލުހުން މީހާ އަނިޔާވެގެން ވެއްޓިފައި އޮތް މަންޒަރު ވޮއިސްގެ ނޫސްވެރީންނަށް ފެނުނުއިރު، ސައިކަލު އޮތީ ދުރަށް ވިއްސައިގެން ގޮސްފަ އެވެ. މި ހާދިސާ ފުލުހުން ދަނީ ތަހްގީގް ކުރަމުންނެވެ.

ބާރު ސްޕީޑުގައި ދުއްވި ސައިކަލަކުން ޖެހި ހައިވޭގައި ޑިއުޓީގައި ހުރި ފުލުހަކަށް ވަރަށް އަނިޔާވެއްޖެ
17 Oct 2026 ހަބަރު

ބާރު ސްޕީޑުގައި ދުއްވި ސައިކަލަކުން ޖެހި ހައިވޭގައި ޑިއުޓީގައި ހުރި ފުލުހަކަށް ވަރަށް އަނިޔާވެއްޖެ

ފުލުހުން މީހާ އަނިޔާވެގެން ވެއްޓިފައި އޮތް މަންޒަރު ވޮއިސްގެ ނޫސްވެރީންނަށް ފެނިފައިވެ އެވެ.