ގޭންގު މާރާމާރީއަކާ ގުޅިގެން ކުދިން ހައްޔަރު ކުރަނީ -- ފޮޓޯ/ސަން
ގޭންގު މާރާމާރީއަކާ ގުޅިގެން ކުދިން ހައްޔަރު ކުރަނީ -- ފޮޓޯ/ސަން
ހަބަރު 31 Dec 2023 | 11:14

ކުށްކުރާ ކުޑަކުދިން ރިހެބިލިޓޭޓް ކުރަން ފަށަނީ!

ކުށް ކުރާ ގުރޫޕްތަކުން، އެފަދަ ކަން ކަމުގައި ބޭނުން ކުރާ ކުދިކުދިން ޑިޕާޓްމަންޓް އޮފް ޖެނެރަލް ޖަސްޓިސްއަށް ނަގައި، އެފަދަ ކުދިން ރިހެބިލިޓޭޓް ކުރުމުގެ މަސައްކަތް ކުރުމަށް މަޝްވަރާ ކުރަމުންދާ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު ވިދާޅުވެއްޖެއެވެ.

ޕޮލިސް ކޮމިޝަނަރުގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝުޖާޢު ވިދާޅުވީ، ކުށް ކުރާ ގުރޫޕް ތަކުގެ ނުރައްކާތެރިކަން މާލެއާއި ރާއްޖޭގެ ބޮޑެތި ސިޓީ ތަކުގައިވެސް އޮތް ކަމަށެވެ. އަދި އެފަދަ ގުރޫޕްތަކުން، 18 އަހަރުން ދަށުގެ ކުދިން ކުށުގެ ވެއްޓަށް ވައްދަމުންދާ ކަންވެސް ފުލުހުންގެ ރިކޯޑްތަކުން ހާމަވާ ކަމަށް ކޮމިޝަނަރ ފާހަގަކުރެއްވިއެވެ.

ވީމާ މިފަހަ، މި ފަދަ ގުރޫޕްތަކަށް އަމާޒުކޮށްގެން ކަންކަން އެންފޯސް ކުރުމުގެ އިތުރުން، މިކަން ކަމުގައި އުޅޭ ކުޑަކުދިންނަށް އަމާޒުކޮށްގެން ޑިޕާޓްމަންޓް އޮފް ޖެނެރަލް ޖަސްޓިސްއާ ގުޅިގެން އެކުދިން ނަގައި، އެ ޑިޕާޓްމަންޓާއި ގުޅިގެން އެފަދަ ކުދިން ރިހެބިލިޓޭޓް ކުރުމުގެ މަސައްކަތް ކުރުމަށް މަޝްވަރާތައް ދަނީ ކުރެވެމުން. މިކަމަށް ފުލުހުންގެ ފަރާތުން ދޭންޖެހޭ ހުރިހާ އެއްބާރުލުމެއް ދޭނެ ކަނުގެ ޔަގީންކަން އަރުވަން.

ސީޕީ ޢަލީ ޝުޖާޢު

ކޮމިޝަނަރ ވަނީ، ކުށްކުރާ ކުދިން ރިހެބިލިޓޭޓް ކުރުމުގެ މަސައްކަތް މީގެ ކުރިންވެސް ވަރަށް ކާމިޔާބު ކަމާއި އެކު ފޭދޫ ފިނޮޅުގައި ކޮށްފައިވާ ކަން ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން، ކުށް ކުރާ ގުރޫޕް ތަކުގެ ބޮޑުންނާއި ހަމައަށް ވާސިލް ވުމަށް ކުރަންޖެހޭ ކަންކަންވެސް މި ދައުރު ތެރޭގައި ކުރައްވާނެ ކަމަށް ކޮމިޝަނަރ ޝުޖާޢު ވިދާޅުވި އެވެ.

އަދި ކުށްކުރާ ގުރޫޕްތައް ހުއްޓުވުމަށް ގާނޫނު ތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ވެސް ކުރައްވާނެ ކަމަށް ޝުޖާޢު ވިދާޅުވި އެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ތުލުސްދޫ ކައުންސިލްގެ 2024 ކޮމްޕްލައިންސް އޮޑިޓްގައި ގިނަ މައްސަލަތަކެއް ފާހަގަކޮށްފި
17 Oct 2026 ހަބަރު

ތުލުސްދޫ ކައުންސިލްގެ 2024 ކޮމްޕްލައިންސް އޮޑިޓްގައި ގިނަ މައްސަލަތަކެއް ފާހަގަކޮށްފި

ކައުންސިލުން ކުއްޔަށް ދޫކުރި ބިންތަކުން ލިބެންޖެހޭ ފައިސާގެ މައްސަލާގައި ބުނެފައިވަނީ 2024 ވަނަ އަހަރުގެ ނިޔަލަށް 1.8 މިލިއަން ރުފިޔާ ލިބެންޖެހޭކަމަށެވެ.

އިހްތިރާމު އަދާކުރުމުގެ ގައުމީ މަޝްރޫއުގެ ލޯގޯއަށް ވޯޓުލުމުގެ ފުރުސަތު އާންމުންނަށް ހުޅުވާލައިފި
17 Oct 2026 ހަބަރު

އިހްތިރާމު އަދާކުރުމުގެ ގައުމީ މަޝްރޫއުގެ ލޯގޯއަށް ވޯޓުލުމުގެ ފުރުސަތު އާންމުންނަށް ހުޅުވާލައިފި

އާންމުންނަށް ވޯޓުލެވޭނީ "ޕީއެސްއެމް އެއަރ" އެޕްލިކޭޝަނުންނެވެ. ވޯޓުލުމުގެ ފުރުސަތު އޮންނާނީ މި މަހުގެ 29 ވަނަ ދުވަހު، ބުރާސްފަތި ދުވަހުގެ ދަންވަރު 00:00 އަށް ކަމަށް އެ މިނިސްޓްރީން ބުނެއެވެ. އެއްވަނައަށް ހޮވޭ ލޯގޯ ފަރުމާކުރި ފަރާތަށް 60،000 ރުފިޔާގެ އިނާމެއް ދެވޭނެ ކަމަށްވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ

އިންވަސްޓަރުންނަށް ބިރުދެއްކުމާއި ހަގީގަތާ ހިލާފު ވާހަކަ ފެތުރުން ހުއްޓާލަންޖެހޭ: ސައީދު
17 Oct 2026 ހަބަރު

އިންވަސްޓަރުންނަށް ބިރުދެއްކުމާއި ހަގީގަތާ ހިލާފު ވާހަކަ ފެތުރުން ހުއްޓާލަންޖެހޭ: ސައީދު

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަޒީރު މުހައްމަދު ސައީދު ވިދާޅުވީ، ރާއްޖޭގެ އިގްތިސާދީ ކުރިމަގަށްޓަކައި އިންވެސްޓަރުންނަށް އަމާޒުކޮށްގެން ކުރާ މިފަދަ އަމަލުތައް ހުއްޓާލުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ.

މިމަހު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 3.4 އިންސައްތަ ދަށަށް
17 Oct 2026 ހަބަރު

މިމަހު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 3.4 އިންސައްތަ ދަށަށް

މިދިޔަ އަހަރު ޖުމްލަ 2.2 މިލިއަން ފަތުރުވެރިން ރާއްޖެ އައި ނަމަވެސް، މި އަހަރު ނިމޭއިރު ވެސް އެ އަދަދާ އެއް ހަމައަކަށް ވާސިލުވެވޭނެ ކަމަށް ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީން 'އަހާ' ފޯރަމްގައި ވިދާޅުވެފައިވެއެވެ.

މާލޭ އުތުރުފަރާތުގައި ހަދާ ފިންގަރ ޖެޓީގެ ކޮންކްރީޓުގެ މަސައްކަތް ފަށަނީ
17 Oct 2026 ހަބަރު

މާލޭ އުތުރުފަރާތުގައި ހަދާ ފިންގަރ ޖެޓީގެ ކޮންކްރީޓުގެ މަސައްކަތް ފަށަނީ

އެމްޓީސީސީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، މި ވަގުތު ކުރިއަށް ދަނީ ޖެޓީގެ ތަނބުތައް ބެހެއްޓުމާއި ދަގަނޑު އެޅުމުގެ މަސައްކަތްތައް ކަމަށެވެ. މި ދެ މަރުހަލާ ނިމުމާ އެކު، އަންނަ ހަފުތާ ތެރޭގައި ޖެޓީގެ ކޮންކްރީޓް މަސައްކަތް ފެށޭނެ ކަމަށް އެމްޓީސީސީން ލަފާކުރެއެވެ.

ހައިވޭ އެކްސިޑެންޓް؛ އެއީ ފުލުހުންގެ ވާޖިބަށް ހުރަސްއެޅުމަށް ގަސްދުގައި ހިންގި އަމަލެއް
17 Oct 2026 ހަބަރު

ހައިވޭ އެކްސިޑެންޓް؛ އެއީ ފުލުހުންގެ ވާޖިބަށް ހުރަސްއެޅުމަށް ގަސްދުގައި ހިންގި އަމަލެއް

ގަޑިއަކު 100 ކިލޯމީޓަރަށްވުރެ ބާރު ސްޕީޑުގައި ދުއްވާފައިދިޔަ އެ ސައިކަލް ހައިވޭގައި ތިބި ފުލުހުންނާ ދިމާއަށް ގޮސް ފުލުހުން ޖަހާފައިވާ ބެރިކޭޑުގައި ޖެހުމަށްފަހު، އެވަގުތު ޑިއުޓީގައި ހުރި ފުލުސް އޮފިސަރުގެ ގައިގައި ވަނީ ބާރަށް ޖެހިފައެވެ.

އަހަރުގެ މިހާތަނަށް ބަޖެޓުން އެންސްޕާއަށް 2.9 ބިލިއަން ރުފިޔާ
17 Oct 2026 ހަބަރު

އަހަރުގެ މިހާތަނަށް ބަޖެޓުން އެންސްޕާއަށް 2.9 ބިލިއަން ރުފިޔާ

މިދިޔަ އަހަރާ އަޅާބަލާއިރު މިއަހަރުގެ މިހާތަނަށް އެންސްޕާއަށް ކުރި ހޭދަ 503 މިލިއަން ރުފިޔާއަށް ވުތރެ އިތުރުވެފައިވާކަމަށް ދައްކައެވެ. މިއަހަރު އެންސްޕާއަށް ފާސްކޮށްދީފައިވަނީ، 3.4 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

ހައިވޭގައި ބާރު ސްޕީޑްގައި ދުއްވި ސައިކަލްގައި ޖެހުނު ފުލުސް މީހާއަށް ސީރިއަސް އަނިޔާތަކެއް
17 Oct 2026 ހަބަރު

ހައިވޭގައި ބާރު ސްޕީޑްގައި ދުއްވި ސައިކަލްގައި ޖެހުނު ފުލުސް މީހާއަށް ސީރިއަސް އަނިޔާތަކެއް

މި އެކްސިޑެންޓްގައި ފުލުހުން މީހާ އަނިޔާވެގެން ވެއްޓިފައި އޮތް މަންޒަރު ވޮއިސްގެ ނޫސްވެރީންނަށް ފެނުނުއިރު، ސައިކަލު އޮތީ ދުރަށް ވިއްސައިގެން ގޮސްފަ އެވެ. މި ހާދިސާ ފުލުހުން ދަނީ ތަހްގީގް ކުރަމުންނެވެ.