ފަސިންޖަރުން އުފުލާ ބަހަކާއި ކޭޓަރިން ބަހެއް ޖެހި އެއާޕޯޓުގެ ރަންވޭގައި އެކްސިޑެންޓެއް!
ފަސިންޖަރުން އުފުލާ ބަހަކާއި އިންފްލައިޓް ކޭޓަރިންގެ ބަހެއް ޖެހި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ރަންވޭގައި މިރޭ އެކްސިޑެންޓެއް ހިނގައިފި އެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑު، އެމްއޭސީއެލްގެ މީޑިއާ އޮފިޝަލަކު "ވޮއިސް" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެ އެކްސިޑެންޓު ހިނގީ މިރޭ 7:00 ޖަހާކަންހާއިރު ކަމަށެވެ.
އަދި އެ އެކްސިޑެންޓުގައި އެއްވެސް ސްޓާފަކަށް އަދި ފަސިންޖަރަރަކަށްވެސް އަނިޔާވެފައި ނުވާ ކަމަށާ، އެހެން ނަމަވެސް ދެ ބަހަށް ގެއްލުންވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މި އެކްސިޑެންޓު އެމްއޭސީއެލްއިން ތަހުގީގު ކުރަމުންދާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
އެ އެކްސިޑެންޓާއި ވީޑިއޯއެއް މިހާރު މީސް މީޑިއާގައި ދަރުވަމުންދާއިރު، އެކްސިޑެންޓުގެ ސަބަބުން ފަސިންޖަރުން އުފުލާ ބަހުގެ ދޮރު ވަނީ ވަރަށް ބޮޑަށް ހަލާކުވެފަ އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް