މީގެ ކުރިން ތުރުކީއަށް އައި ބިންހެލުން: ފޮޓޯ/ ސީއެންއެން
މީގެ ކުރިން ތުރުކީއަށް އައި ބިންހެލުން: ފޮޓޯ/ ސީއެންއެން
ދުނިޔެ 23 Apr 2025 | 10:26

ތުރުކީ ވިލާތަށް ބާރުގަދަ ބިންހެލުންތަކެއް

ތުރުކީގެ އެންމެ ބޮޑު އާބާދީ އޮންނަ ސިޓީ އިސްތަންބޫލަށް ބާރު ގަދަ ބިންހެލުންތަކެއް އައިސްފިއެވެ. ތުރުކީގެ ކާރިސާ އަދި ކުއްލި ނުރައްކަލުގެ ހާލަތު މެނޭޖްކުރާ އިދާރާ (އޭއެފްއޭޑީ) އިން ބުނާ ގޮތުގައި މި ބިންހެލުން އައީ ރިކްޓަރ ސްކޭލްގައި 6.2 އެވެ.

ބިންހެލުން އައި ވަގުތު، އެތައް ބަޔަކު އިމާރާތްތަކުން ނުކުމެ މަގުމައްޗަށް އެއްވެފައިވާ މަންޒަރު ވީޑިއޯ ތަކުން ފެނިގެން ދިޔައެވެ.

ޖަރުމަނުގެ ޖިއޯސައިންސް ރިސަރޗް ސެންޓަރ (ޖީއެފްޒެޑް) އިން ބުނާ ގޮތުގައި މި ބިންހެލުމުގެ ބާރުމިނުގައި 6.02 މެގްނެޓިޔުޑް ހުއްޓެވެ. އަދި ބިންހެލުން އުފެދުނު ފުންމިނަކީ ބިމުގެ އަޑިން 10 ކިލޯމީޓަރު (6.21 މޭލު) ކަމަށްވެސް އެ މަރުކަޒުން ބުނެފައިވެއެވެ.

މި ބިންހެލުމަށްފަހުވެސް އިތުރު ބިންހެލުންތަކެއް އައި ކަމަށް އެ ސަރަހައްދުގައި ދިރިއުޅޭ މީހުންނާ ހަވާލާދީ މީޑިއާތަކުން ރިޕޯޓް ކޮަށްފައިވެއެވެ.

އިސްތަންބޫލަކީ 16 މިލިއަނަށްވުރެ ގިނަ މީހުން ދިރިއުޅޭ، ތުރުކީގެ އެންމެ ބޮޑު އާބާދީ އޮންނަ ސިޓީއެވެ.

މި ބިންހެލުމުން މީހުންނަށް ނުވަތަ ތަންތަނަށް ލިބުނު ގެއްލުމެއްގެ މަޢުލޫމާތު މިހާތަނަށް ލިބިފައެއް ނުވެއެވެ.

6 ފެބްރުއަރީ 2023 ގައިވެސް 7.8 މެގްނެޓިޔުޑްގެ ބާރުމިނުގައި ތުރުކީއަށް ބިންހެލުމެއް އައެވެ. އަދި އޭގެ ގަޑިއިރުތަކެއް ފަހުން އިތުރު ބޮޑު ބިންހެލުމެއް އައިސް، ތުރުކީގެ ދެކުނާއި ދެކުނު އިރުމަތީގައި ހިމެނޭ 11 ސަރަޙައްދަކަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ.

މި ދެ ބިންހެލުމުގެ ސަބަބުން އެތައް ހާސް އިމާރާތަކަށް ވަނީ ގެއްލުން ލިބިފައެވެ. އަދި 53،000 އަށްވުރެ ގިނަ މީހުންގެ ފުރާނަ ގެއްލުނުއިރު އަވަށްޓެރި ސީރިއާގެ އުތުރު ސަރަޙައްދުތަކުގައި މި ކާރިސާގެ ސަބަބުން އިތުރު 6،000 މީހުން މަރުވިއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ރެކޯޑް މިންވަރަކަށް ތުރުކީގެ އިސްތަންބޫލަށް ވާރޭވެހި ނުރައްކާތެރި ހާދިސާތަކެއް
15 Oct 2026 ދުނިޔެ

ރެކޯޑް މިންވަރަކަށް ތުރުކީގެ އިސްތަންބޫލަށް ވާރޭވެހި ނުރައްކާތެރި ހާދިސާތަކެއް

ބައެއް މީޑިއާތަކުން ރިޕޯތްކުރިގޮތުގައި މިފަހުން ތުރުކީއަށް ކުރި މޫސުމީ ވިއްސާރައަކީ ވޭތުވެދިޔަ 84 އަހަރު ދުވަހުގެ ތެރޭގައި މިހާ ގިނައިން ވާރޭވެހުނު ފުރަތަމަ ފަހަރެވެ.

މައްކާ ދިފާޢީ އެއްބަސްވުން އެކްޓިވޭޓްކޮށް، ސަޢޫދީ ޢަރަބިއްޔާއަށް އަސްކަރީ ފައުޖުތައް ފޮނުވަން ނިންމައިފި
06 Oct 2026 ދުނިޔެ

މައްކާ ދިފާޢީ އެއްބަސްވުން އެކްޓިވޭޓްކޮށް، ސަޢޫދީ ޢަރަބިއްޔާއަށް އަސްކަރީ ފައުޖުތައް ފޮނުވަން ނިންމައިފި

ސަޢޫދީ ޢަރަބިއްޔާ، ޕާކިސްތާން އަދި ތުރުކީވިލާތް ހިމެނޭ "މައްކާ އެލަޔަންސް ފޯރ ޑިފެންސް" ގެ އިސްތިރާތީޖީ-ސިޔާސީ އަދި ދިފާޢީ ކޮމިޓީގެ ކުއްލި ބައްދަލުވުމެއް ބާއްވައި، ގުޅިފައިވާ ދިފާޢީ ޒިންމާތައް ވަގުތުނ...

ތުރުކިޔޭ އަތުން އިޓަލީ މޮޅުވެ، މަންޗީނީއަށް ހިތްހަމަ ޖެހުމެއް
29 Sep 2026 ކުޅިވަރު

ތުރުކިޔޭ އަތުން އިޓަލީ މޮޅުވެ، މަންޗީނީއަށް ހިތްހަމަ ޖެހުމެއް

ޔުއެފާ ނޭޝަންސްލީގް އޭ ގްރޫޕް އެކެއްގައި އިޓަލީ އާއި ތުރުކިޔޭ ބައްދަލުކުރިމެޗް ފަސޭހަކަމާއެކު އިޓަލީން ކާމިޔާބުކޮށްފިއެވެ. ތުރުކިޔޭގައި ކުޅުނު މިމެޗް އިޓަލީ ކާމިޔާބުކުރީ 4-1 ގެ ނަތީޖާއިންނެވެ. މެޗުގެ ...

ޙޫޘީންގެ ހަމަލާތަކުން ސަޢޫދީ ދިފާޢުކުރުމަށް ތިން ޤައުމެއްގެ ކުއްލި ބައްދަލުވުމެއް
25 Sep 2026 ދުނިޔެ

ޙޫޘީންގެ ހަމަލާތަކުން ސަޢޫދީ ދިފާޢުކުރުމަށް ތިން ޤައުމެއްގެ ކުއްލި ބައްދަލުވުމެއް

ޔަމަނުގެ ޙޫޘީ ޖަމާޢަތުން ސަޢޫދީ ޢަރަބިއްޔާއަށް ދެމުންދާ ހަމަލާތަކާ ގުޅިގެން ގުޅިފައިވާ ދިފާޢީ އެއްބަސްވުމެއްގެ ދަށުން ސަޢޫދީއަށް އެހީތެރިވެވޭނެ ގޮތްތައް މަޝްވަރާކުރުމަށް ސަޢޫދީ ޢަރަބިއްޔާ އާއި ތުރުކީ ...

ޣައްޒާއަކީ މި ޒަމާނުގެ އެންމެ ލާއިންސާނީ ޖަލު ކަމަށް އެރުދޮޣާން ސިފަކޮށްފި
22 Sep 2026 ދުނިޔެ

ޣައްޒާއަކީ މި ޒަމާނުގެ އެންމެ ލާއިންސާނީ ޖަލު ކަމަށް އެރުދޮޣާން ސިފަކޮށްފި

ޣައްޒާއަކީ މިހާރު ދުނިޔެ ދެކެމުންދާ އެންމެ އިންސާނިއްޔަތާ ޚިލާފު އަދި ލަދުވެތި އިސްތިޢުމާރީ ޖަލު ކަމަށް ތުރުކީވިލާތުގެ ރައީސް ރަޖަބް ޠައްޔިބް އެރުދޮޣާން ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ...

ގުޅުން ބަދަހިކުރުމާއި ގުޅޭގޮތުން ތުރުކީގެ އޭކޭ ޕާޓީއާ މަޝްވަރާ ކޮށްފި
16 Sep 2026 ހަބަރު

ގުޅުން ބަދަހިކުރުމާއި ގުޅޭގޮތުން ތުރުކީގެ އޭކޭ ޕާޓީއާ މަޝްވަރާ ކޮށްފި

ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު އޮތް އަޚުވަންތަ ގުޅުން އިތުރަށް ބަދަހިކުރުމާއި ގުޅޭގޮތުން މަޝްވަރާ ކުރައްވައިފި އެވެ. މި މަޝްވަރާ ކުރުންތައް އޮތީ ތުރުކީވިލާތުގެ އަދާލަތު ވޭ ކަލްކިންމާ ޕާޓީ (އޭކޭ ...