ފްރާންސްގައި މުސްލިމަކު ކޮށާލިކަމަށް ތުހުމަތުވާ މީހާ: ފޮޓޯ/ ޑޯމް
ފްރާންސްގައި މުސްލިމަކު ކޮށާލިކަމަށް ތުހުމަތުވާ މީހާ: ފޮޓޯ/ ޑޯމް
ދުނިޔެ 29 Apr 2025 | 07:08

ފްރާންސްގެ މިސްކިތެއްގައި ސަޖިދައަށް އޮތް މީހެއްގެ ގަޔަށް 40 ފަހަރު ވަޅިން ހަމަލާދީ ކޮށާލައިފި

ލިޔުންތެރިޔާ

ޚަދީޖާ އަރުފާ

ފްރާންސްގެ ދެކުނުގައި ހުންނަ ގާޑް ސަރަޙައްދުގެ ލަ ގްރޭންޑް ކޮމްބް މިސްކިތުގައި މުސްލިމަކަށް ވަޅިން ހަމަލާދީ ވަރަށް އަނިޔާވެރިކޮށް މަރާލައިފިއެވެ. މި ހާދިސާ ހިނގާފައިވަނީ ހުކުރު ދުވަހުއެވެ.

ހާދިސާގައި މަރުވެފައިވާ އަބޫބަކުރު ކިޔާ މީހާއަށް 40 ފަހަރަށްވުރެ ގިނައިން ވަޅިން ހަމަލާދީފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.

އޭނާއަށް ހަމަލާދިން ފަރާތުން ވަނީ އެ ހަމަލާ ދެމުން ވީޑިއޯ ކުރަމުން އިސްލާމްދީނަށް ފުރައްސާރަވެސް ކޮށްފައެވެ.

މި ހާދިސާ ހިނގާފައިވަނީ އަބޫބަކުރު، އޭނާއަށް އެ ހަމަލާދިން ފަރާތަށް ނަމާދުކުރަން ދަސްކޮށްދެމުންދަނިކޮށެވެ. އެގޮތުން ހަމަލާދިން ފަރާތުން އިސްލާމްދީނަށް ވަންނަން ބޭނުންވާކަމަށް ދޮގުހަދައި، އޭނާއަށް ނަމާދުކުރަން ދަސްކޮށްދިނުމަށް އެދިފައިވާއިރު، އަބޫބަކުރު އޭނާއަށް ނަމާދުކުރަން ދަސްކޮށްދެމުން ސަޖިދައަށް ދިޔުމުން އެ ފަރާތުން ވަނީ އޭނާއަށް ވަޅިން ހަމަލާދީފައެވެ.

އަބޫބަކުރުގެ ހަށިގަނޑު ފެނިފައިވަނީ ހުކުރު ނަމާދަށް އެހެން މީހުން އައިސް މިސްކިތަށް ވަނުމުންނެވެ.

ހަމަލާދިން ފަރާތަކީ އޮލިވިއޭ އެޗް ކިޔާ ބޮސްނިއާގެ އަސްލަކަށް ނިސްބަތްވާ ފްރާންސްގެ ރައްޔިތެކެވެ. އޭނާއަކީ މުސްލިމެއް ނޫނެވެ. އިޓަލީގެ ޕިސްޓޯއިއާގައި ހުންނަ ފުލުސް މަރުކަޒަކަށް އޭނާ އަމިއްލައަށް ހާޒިރުވެފައިވާކަމަށް ގާޑް ސަރަޙައްދުގެ ޕްރޮސެކިއުޓަރ އަބްދުލްކަރީމް ގްރިނީ ވަނީ ހާމަކޮށްފައެވެ.

ހާދިސާއާއި ގުޅިގެން ފްރާންސްގެ ރައީސް އެމެނުއެލް މެކްރޯން އާދީއްތަ ދުވަހު އެކްސްގައި ލިޔުއްވި ޕޯސްޓެއްގައި ވަނީ އެކަން ކުށްވެރިކޮށްފައެވެ.

"ނަސްލީ ތަފާތުކުރުމާއި ދީނުގެ މައްޗަށް ބިނާކޮށް ކުރެވޭ ނަފްރަތަށް ފްރާންސްގައި ޖާގައެއް ނޯންނާނެ. އެއްވެސް ބަޔަކު އަޅުކަން ކުރުމުގެ މިނިވަންކަމަށް އުނިކަމެއް ގެނެވިގެން ނުވާނެ،" ފްރާންސްގެ ރައީސް ވިދާޅުވިއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ހޫތީން ސަޢުދީގެ ވެރިރަށް ރިޔާޟަށް ހަމަލާ ދެމުންދާތާ ތިން ދުވަސް؛ މިހާތަނަށް 14 މީހުން މަރުވެއްޖެ
13 Oct 2026 ދުނިޔެ

ހޫތީން ސަޢުދީގެ ވެރިރަށް ރިޔާޟަށް ހަމަލާ ދެމުންދާތާ ތިން ދުވަސް؛ މިހާތަނަށް 14 މީހުން މަރުވެއްޖެ

މި ހަމަލާތަކުގައި މިހާތަނަށް 14 މީހުން މަރުވެ، އެތައް ބަޔަކަށް އަނިޔާވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. މިކަމާ ގުޅިގެން ރިޔާޟުގެ ކިންގް ޚާލިދު ބައިނަލްއަޤްވާމީ ވައިގެ ބަނދަރު ވަނީ ބަންދުކޮށްފައެވެ.

ޕާކިސްތާނުގެ ޚައިބަރު ޕްރޮވިންސްގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށް، ޢިމްރާން ޚާންގެ ޕާޓީގެ ވެރިކަން ނިމުމަކަށް ގެނެސްފި
12 Oct 2026 ދުނިޔެ

ޕާކިސްތާނުގެ ޚައިބަރު ޕްރޮވިންސްގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށް، ޢިމްރާން ޚާންގެ ޕާޓީގެ ވެރިކަން ނިމުމަކަށް ގެނެސްފި

ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފްގެ ސަރުކާރާއި ޖަލުގައި ހުންނެވި ކުރީގެ ބޮޑުވަޒީރު ޢިމްރާން ޚާންގެ ޕާޓީ (ޕީ.ޓީ.އައި) އާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަމާއި، ޖުމްލަކޮށް ޙާލަތު ގޯސްވުމާ ގުޅިގެން،...

ފަހަތުން އަރައި 4 ލަނޑު ޖަހައި، ފްރާންސުން ބެލްޖިއަމް ބަލިކޮށްފި
06 Oct 2026 ކުޅިވަރު

ފަހަތުން އަރައި 4 ލަނޑު ޖަހައި، ފްރާންސުން ބެލްޖިއަމް ބަލިކޮށްފި

ޔުއެފާ ނޭޝަންސް ލީގްގައި ރޭ ފްރާންސް އާއި ބެލްޖިއަމް ބައްދަލުކުރިމެޗް ފަހަތުން އަރައި ފްރާންސުން ކާމިޔާބުކޮށްފިއެވެ. މިމެޗް ފަރާންސުން ކާމިޔާބުކުރީ ބެލްޖިއަމުން ލަނޑެއް ޖަހާފައިވަނިކޮށް، ފަހަތުން އަރަ...

ދަރިވަރުންގެ މުޒާހަރާތައް ހޫނުވެ ފަރަންސޭސިވިލާތުގެ 500 އެއްހާ ސްކޫލް ބަންދުކޮށްފި
05 Oct 2026 ދުނިޔެ

ދަރިވަރުންގެ މުޒާހަރާތައް ހޫނުވެ ފަރަންސޭސިވިލާތުގެ 500 އެއްހާ ސްކޫލް ބަންދުކޮށްފި

ދަރިވަރުންނާއި ފުލުހުންނާ ދެމެދު ހިނގި ކުރިމަތިލުންތަކާ ގުޅިގެން ފަރަންސޭސިވިލާތުގެ 500 އެއްހާ ސެކެންޑަރީ ސްކޫލެއްގެ ކިޔެވުން ހޯމަ ދުވަހު މެދުކަނޑާލައިފިއެވެ. ފަރަންސޭސިވިލާތުގެ ތަޢުލީމީ ވަޒީރު އެޑޮއާ...

އިޓަލީން މިފަހަރުވެސް ޒިދާން ހުއްޓުވައިފި
03 Oct 2026 ކުޅިވަރު

އިޓަލީން މިފަހަރުވެސް ޒިދާން ހުއްޓުވައިފި

ޔުއެފާ ނޭޝަންސް ލީގްގައި އިޓަލީ އާއި ފްރާންސް ބައްދަލުކުރިމެޗް އެއްވަރުވެގެން ނިމިއްޖެއެވެ. ފްރާންސްގައި ކުޅުނު މިމެޗް ނިމުނީ 1-1 ގެ ނަތީޖާއިން ދެޓީމް އެއްވަރުވެގެންނެވެ. މިއީ ބައިނަލްއަގުވާމީ މި ބްރޭ...

ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އަރައި, އޮލިސޭ ފްރާންސް މޮޅުކޮށްދީފި
29 Sep 2026 ކުޅިވަރު

ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އަރައި, އޮލިސޭ ފްރާންސް މޮޅުކޮށްދީފި

ޔުއެފާ ނޭޝަންސް ލީގް އޭ ގްރޫޕް އެކެއްގައި ރޭ ފްރާންސް އާއި ބެލްޖިއަމް ބައްދަލުކުރި މެޗް ފްރާންސުން ކާމިޔާބުކޮށްފިއެވެ. ބެލްޖިއަމްގެ މައްޗަށް މިމެޗްގައި ފްރާންސް ކުރި ހޯދީ 1-0 ގެ ނަތީޖާއިންނެވެ. މެޗްގަ...

ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
26 Sep 2026 ކުޅިވަރު

ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ

ޔުއެފާ ނޭޝަންސް ލީގްކަޕް ގްރޫޕް އޭގައި ފްރާންސް އާއި ތުރުކިޔޭ ބައްދަލުކުރިމެޗް ހަނިގޮތަކަށް ފްރާންސުން ކާމިޔާބުކޮށްފިއެވެ. ފްރާންސްގެ ލެޖެންޑް ޒައިނުއްދީން ޒިދާންގެ އިރުޝާދުގެ ދަށުން ކުޅުނު މިމެޗް އެޓ...

ބުރުގާ އެޅުން މަނާކުރަން ހުށަހެޅުމުން ފްރާންސްގެ މުސްލިމު ނޫން އަންހެނުން މުސްލިމުންގެ ހައްގުގައި ތެދުވެއްޖެ
04 Sep 2026 ދުނިޔެ

ބުރުގާ އެޅުން މަނާކުރަން ހުށަހެޅުމުން ފްރާންސްގެ މުސްލިމު ނޫން އަންހެނުން މުސްލިމުންގެ ހައްގުގައި ތެދުވެއްޖެ

ފްރާންސްގެ ކަނާތުފިޔައިގެ ހަރުކަށި ސިޔާސީ ލީޑަރު މެރިން ލޫ ޕެން، އާންމު ތަންތަނުގައި މުސްލިމް އަންހެނުން ހިޖާބު އެޅުން މަނާކުރުމަށް އަލުން ހުށަހެޅުމާ ގުޅިގެން، ފްރާންސްގެ ގިނަ އަދަދެއްގެ އަންހެނުން މު...