ބުރުގާ މަނާ ކުރަން ހުށަހެޅި ލޫ ޕެން އާ ދެކޮޅަށް މުސްލިމު އަންހެނަކު އަަޑުއުފުލަނީ
ބުރުގާ މަނާ ކުރަން ހުށަހެޅި ލޫ ޕެން އާ ދެކޮޅަށް މުސްލިމު އަންހެނަކު އަަޑުއުފުލަނީ
ދުނިޔެ 04 Sep 2026 | 16:16

ބުރުގާ އެޅުން މަނާކުރަން ހުށަހެޅުމުން ފްރާންސްގެ މުސްލިމު ނޫން އަންހެނުން މުސްލިމުންގެ ހައްގުގައި ތެދުވެއްޖެ

ފްރާންސްގެ ކަނާތުފިޔައިގެ ހަރުކަށި ސިޔާސީ ލީޑަރު މެރިން ލޫ ޕެން، އާންމު ތަންތަނުގައި މުސްލިމް އަންހެނުން ހިޖާބު އެޅުން މަނާކުރުމަށް އަލުން ހުށަހެޅުމާ ގުޅިގެން، ފްރާންސްގެ ގިނަ އަދަދެއްގެ އަންހެނުން މުސްލިމް އަންހެނުންނަށް ތާއީދުކޮށް އަޑުއުފުލަން ފަށައިފިއެވެ.

މީސްމީޑިއާގައި މިހާރު ދައުރުވަމުންދާ ޕޯސްޓުތަކުގައި މުސްލިމް އަންހެނުންނާއެކު ސާބިތުވެ ތިބިކަމަށް ގޮވާލަމުންދާއިރު، ބުރުގާ އެޅުމުގެ ސަބަބުން އަންހެނުންނަށް އަދަބު ދިނުމަށް ކުރެވޭ ހުށަހެޅުންތަކަށް ދަނީ ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.

އާންމު ދިރިއުޅުމުގައި ބުރުގާ ނާޅާ ގިނަ އަދަދެއްގެ އަންހެނުންވެސް މި ކެމްޕޭނުގައި ބައިވެރިވެ، މިއީ އަމިއްލަ މިނިވަންކަމާ ގުޅިފައިވާ ކަމެއް ކަމަށާއި، ވަކި ބަޔަކަށް އަމާޒުކޮށް ތަފާތުކުރުން ގެންގުޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ބުނެފައިވެއެވެ. އަދި މުސްލިމް އަންހެނުންނަށް އެއްބާރުލުން ދިނުމުގެ ގޮތުން ގިނަ އަންހެނުންތަކެއް ވަނީ ބުރުގާ އަޅައިގެން ތިބި ވީޑިއޯތައް ހިއްސާކޮށްފައެވެ.

ލޫ ޕެން އާއި އޭނާގެ ނޭޝަނަލް ރެލީ (އާރްއެން) ޕާޓީން އަލުން ހުށަހެޅި މި ހުށަހެޅުމުގައި ބުނެފައިވަނީ އާންމު ތަންތަނުގައި ބުރުގާ އަޅާ އަންހެނުން ޖޫރިމަނާ ކުރެވޭނެ ކަމަށެވެ. ނަމަވެސް، މިކަމާ ދެކޮޅު ފަރާތްތަކުން ބުނަމުންދަނީ މިއީ ސީދާ މުސްލިމް އަންހެނުންނަށް އަމާޒުކޮށްގެން ހިންގާ ކަމެއް ކަމަށާއި، މިއީ ގާނޫނުއަސާސީން ލިބިދޭ ރައްކާތެރިކަމާ ކަނޑައެޅިގެން ޚިލާފު ކަމެއް ކަމަށެވެ.

މި ފާޑުކިޔުންތަކަށް ރައްދު ދެއްވަމުން ލޫ ޕެން ބުނީ، މިއީ އޭނާ "އިސްލާމިސްޓް ފިކުރާ" ދެކޮޅަށް ކުރާ މަސައްކަތުގެ ބައެއް ކަމަށެވެ. އަދި މިކަމުގައި ގާނޫނީ ހުރަސްތަކެއް ކުރިމަތިވެއްޖެނަމަ، ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ގޮސްގެން ނަމަވެސް މިކަން ތަންފީޒުކުރާނެ ކަމުގެ އިޝާރާތެއް އޭނާ ވަނީ ދީފައެވެ.

މި މައްސަލައިގެ ހޫނުކަން ފްރާންސްގެ ސިޔާސީ މަސްރަހަށްވެސް މިހާރު ވަނީ ފެތުރިފައެވެ. ވާތުފިޔައިގެ ލީޑަރު ޖޯން-ލޫކް މެލެންޝޮން ވަނީ މި ހުށަހެޅުން ވަރަށް ބޮޑަށް ކުށްވެރިކުރައްވާފައެވެ. އަދި މުޅި ގައުމުގައި މިފަދަ މަނާކުރުމެއް ގާނޫނީ ގޮތުން ތަންފީޒު ކުރެވިދާނެތޯ ގިނަ ފަރާތްތަކަކުން ދަނީ ސުވާލު އުފައްދަމުންނެވެ.

މި ބަހުސް އަލުން މި ފެށުނީ 2027 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ފްރާންސްގެ ރިޔާސީ އިންތިޚާބަށް ކުޑަތަންވެފައި ވަނިކޮށެވެ. މި އިންތިޚާބުގައި ލޫ ޕެން އަކީ ވަރުގަދަ ކެންޑިޑޭޓެކެވެ. ސިޔާސީ ދިރާސާވެރިން ބުނާ ގޮތުގައި، ސިޔާސީ ޕާޓީތައް ބައިބައިވެފައިވާ މި ދަނޑިވަޅުގައި ލޫ ޕެންގެ ނޭޝަނަލް ރެލީ އަކީ އެންމެ ކުރީގައި އޮތް އެއް ބާރެވެ.

ހިޖާބާ ދެކޮޅަށް ލޫ ޕެން ގެންގުޅޭ ސިޔާސަތަކީ އައު ކަމެއް ނޫނެވެ. އޭނާ އެންމެ ފުރަތަމަ އާންމު ތަންތަނުގައި ބުރުގާ އެޅުން މަނާކުރުމަށް ހުށަހެޅީ 2012 ވަނަ އަހަރުއެވެ. އޭގެ ފަހުން 2022 ވަނަ އަހަރުގެ ރިޔާސީ ކެމްޕޭނުގައިވެސް މި މައްސަލަ ފެންމަތިކޮށް، އެއީ އޭނާގެ މެނިފެސްޓޯގެ އެންމެ ބޮޑު ބަހުސަކަށް ވެގެން ދިޔައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

މުސްލިމުންގެ އާބާދީ ކްރިސްޓިއަނުންނަށްވުރެ އިތުރުވާނެ ކަމަށް ލަފާކުރުމުން، ކްރިސްޓިއަނުން ކައިވެނިކޮށް ގިނައިން ދަރިން ހޯދުމަށް ގޮވާލައިފި
22 Nov 2026 ދުނިޔެ

މުސްލިމުންގެ އާބާދީ ކްރިސްޓިއަނުންނަށްވުރެ އިތުރުވާނެ ކަމަށް ލަފާކުރުމުން، ކްރިސްޓިއަނުން ކައިވެނިކޮށް ގިނައިން ދަރިން ހޯދުމަށް ގޮވާލައިފި

2035 ވަނަ އަހަރު އަންނަންވާއިރަށް ދުނިޔޭގެ އެންމެ ބޮޑު އާބާދީ އޮތް ދީނަކަށް އިސްލާމްދީން ވެގެންދާނެ ކަމަށް ދިރާސާއަކުން ދެއްކުމާ ގުޅިގެން، ކައިވެނިކޮށް ގިނައިން ދަރިން ހޯދުމަށް އެމެރިކާގެ ކުރީގެ ވައިޓް ހައުސް ޕްރެސް ސެކްރެޓަރީ ކެރޮލައިން ލީވިޓް ކްރިސްޓިއަނުންނަށް ގޮވާލައިފިއެވެ.

އިސްރާއީލުގައި ސަރުކާރެއް އެކުލަވާލުމަށް އައިޒެންކޮޓް، ނަތަންޔާހޫގެ ލިކުޑް ޕާޓީއަށް މަޝްވަރާއަށް ދައުވަތު ދީފި
22 Nov 2026 ދުނިޔެ

އިސްރާއީލުގައި ސަރުކާރެއް އެކުލަވާލުމަށް އައިޒެންކޮޓް، ނަތަންޔާހޫގެ ލިކުޑް ޕާޓީއަށް މަޝްވަރާއަށް ދައުވަތު ދީފި

އިސްރާއީލުގެ އާ ސަރުކާރެއް އެކުލަވާލުމުގެ މަސްއޫލިއްޔަތު ހަވާލުކުރެވިފައިވާ ކުރީގެ އަސްކަރީ ވެރިޔާ ގާޑީ އައިޒެންކޮޓް، ބެންޖަމިން ނަތަންޔާހޫގެ ކަނާތުފިޔައިގެ ލިކުޑް ޕާޓީއާ އެކު ކޯލިޝަން މަޝްވަރާތައް ފެށުމަށް ދައުވަތު ދީފިއެވެ.

ދީނީ އަދި ރޫޙާނީ ކަންކަމަށް އިސްކަންދޭ އުމުރުން ދުވަސްވީ މީހުންގެ ދިރިއުޅުން، ދީނާ ދުރުމީހުންނަށްވުރެ މާ އުފާވެރި: ދިރާސާ
22 Nov 2026 ދުނިޔެ

ދީނީ އަދި ރޫޙާނީ ކަންކަމަށް އިސްކަންދޭ އުމުރުން ދުވަސްވީ މީހުންގެ ދިރިއުޅުން، ދީނާ ދުރުމީހުންނަށްވުރެ މާ އުފާވެރި: ދިރާސާ

އުމުރުން ދުވަސްވާއިރު ދީނީ އަދި ރޫޙާނީ ކަންކަމަށް ލޯބިކުރާ މީހުންނަށް ދިރިއުޅުމުގައި ލިބޭ އުފާވެރިކަމާއި، ދިރިއުޅުމުގެ ފެންވަރު މާ ބޮޑަށް ރަނގަޅު ކަމަށް ބައިނަލްއަޤްވާމީ ފެންވަރުގައި ކުރެވުނު ދިރާސާއަކުން ދައްކައިފިއެވެ.

ތުރުކިއޭ ބަލިކޮށް ފްރާންސުން ގްރޫޕްގެ އެއްވަނަ ހޯދައިފި
16 Nov 2026 ކުޅިވަރު

ތުރުކިއޭ ބަލިކޮށް ފްރާންސުން ގްރޫޕްގެ އެއްވަނަ ހޯދައިފި

މި ނަތީޖާއާއެކު ފްރާންސް ގްރޫޕުގެ އެއްވަނައިގައި އޮވެ ކުއާޓާ ފައިނަލަށް ދަތުރުކުރިއިރު، އެއްވެސް ޕޮއިންޓެއް ނުލިބި ތުރުކީ ވަނީ މުބާރާތުން ކަޓާފައެވެ.

 ނޭޝަންސް ލީގުގައި މިރޭ އިޓަލީއާ ދެކޮޅަށް ކުޅޭ މެޗުގައި އެމްބާޕޭ ނުފެންނާނެ: ޒިދާން
12 Nov 2026 ކުޅިވަރު

ނޭޝަންސް ލީގުގައި މިރޭ އިޓަލީއާ ދެކޮޅަށް ކުޅޭ މެޗުގައި އެމްބާޕޭ ނުފެންނާނެ: ޒިދާން

ޒިދާން ބުނީ ސަން ސީރޯގައި ކުޅެން ބޭނުންވި ނަމަވެސް، ފްރާންސްގެ މެނޭޖްމަންޓުން ނިންމާފައިވަނީ އޭނާގެ އަނިޔާ އިތުރަށް ގޯސްވެދާނެތީ އެ ފުރުސަތު ނުދިނުމަށެވެ

ފަރަންސޭސިވިލާތުގައި ކުރި މުޒާހަރާތައް ހަމަނުޖެހުމަކަށް ބަދަލުވެ، ހުޅުޖަހަން ފަށައިފި؛ 1200 މީހުން ހައްޔަރު
18 Oct 2026 ދުނިޔެ

ފަރަންސޭސިވިލާތުގައި ކުރި މުޒާހަރާތައް ހަމަނުޖެހުމަކަށް ބަދަލުވެ، ހުޅުޖަހަން ފަށައިފި؛ 1200 މީހުން ހައްޔަރު

ދިރިއުޅުމުގެ ޚަރަދުތައް އިންތިހާއަށް ބޮޑުވުމާއި، ސްކޫލުތަކުގެ ހާލަތު ދަށަށް ދިއުމާ ގުޅިގެން ފަރަންސޭސިވިލާތުގައި ހޮނިހިރު ދުވަހު ބޭއްވި މުޒާހަރާތައް ވަރުގަދަ ހަމަނުޖެހުންތަކަކަށް ބަދަލުވެ، އެ ގައުމުގެ އެކި ސަރަހައްދުތަކުން މަދުވެގެން 1،200 މީހުން ހައްޔަރުކޮށްފިއެވެ.

ސައިބާ ހަމަލާއެއްގެ ސަބަބުން ފްރާންސްގެ ސުޕަމާކެޓްތަކުގެ ފްރިޖްތައް ހޫނުވެ، މިލިއަނުން ގެއްލުންވެއްޖެ
13 Oct 2026 ދުނިޔެ

ސައިބާ ހަމަލާއެއްގެ ސަބަބުން ފްރާންސްގެ ސުޕަމާކެޓްތަކުގެ ފްރިޖްތައް ހޫނުވެ، މިލިއަނުން ގެއްލުންވެއްޖެ

ފްރާންސްގެ އެކި ކަންކޮޅުތަކުގައި ހިންގާ ސަތޭކައަށް ވުރެ ގިނަ ސުޕަމާކެޓްތަކަށް އަމާޒުކޮށް ދިން ނުރައްކާތެރި ސައިބާ ހަމަލާއެއްގެ ސަބަބުން، އެ ތަންތަނުގެ ފްރިޖްތައް ހޫނުވެ، ގިނަ އަދަދެއްގެ ކާބޯތަކެތި ހަލާކުވެއްޖެއެވެ. މި ހާދިސާގެ ސަބަބުން އެތައް މިލިއަން ޔޫރޯއެއްގެ ގެއްލުން ލިބިފައިވާ ކަމަށް ލަފާކުރެވެއެވެ.

ފަހަތުން އަރައި 4 ލަނޑު ޖަހައި، ފްރާންސުން ބެލްޖިއަމް ބަލިކޮށްފި
06 Oct 2026 ކުޅިވަރު

ފަހަތުން އަރައި 4 ލަނޑު ޖަހައި، ފްރާންސުން ބެލްޖިއަމް ބަލިކޮށްފި

ޔުއެފާ ނޭޝަންސް ލީގްގައި ރޭ ފްރާންސް އާއި ބެލްޖިއަމް ބައްދަލުކުރިމެޗް ފަހަތުން އަރައި ފްރާންސުން ކާމިޔާބުކޮށްފިއެވެ. މިމެޗް ފަރާންސުން ކާމިޔާބުކުރީ ބެލްޖިއަމުން ލަނޑެއް ޖަހާފައިވަނިކޮށް، ފަހަތުން އަރަ...