މަޖިލިސް ރައީސް ރައްޔިތުން އުފާކޮށްދީފީ: 65 އަހަރުން މައްޗައް ވެރިކަމަށް ލެވޭގޮތް ވެއްޖެ
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
އުމުރުން 65 އަހަރުވުމުން ރައީސްކަމަށް ކުރިމަތިނުލެވޭގޮތަށް އޮތް އޮތުން ނިމުމަކަށް ގެނެސް މަޖިލިސް ރައީސް ޤާސިމް އިބްރާހިމް ރައްޔިތުން އުފާކޮށްދީފިއެވެ.
އެހެންކަމުން މިހާރު 35 އަހަރުން މަތީގެ ކޮންމެ މީހަކަށް ވެރިކަމަށް ކުރިމަތިލެވޭނެއެވެ. ކުރިން އޮތްގޮތުންނަމަ، ޤާސިމް އިބްރާހިމްއަށް ވެރިކަމަށް ލުމުގެ ހުރިހާ ދޮރެއް ބަންދުވަނީ ވެފައެވެ.
ޤާސިމް އިބްރާހިމް މަޖިލީހުގެ ރިޔާސަތާ ހަވާލުވުމަށް ފަހު ފެނިގެން މިދަނީ އެމަނިކުފާނުގެ މަސްލަހަތު އޮންނަ މައްސަލަތައް މަޖިލިސް ތެރެއިން ހައްލުކުރަމުން ގެންދާތަނެވެ.
މިއީ ޤާސިމް އިބްރާހިމް މަޖިލިސް ރައީސްކަމަށް ހޮވުމާއެކު ދެއްވި އިންޓަވިއުގައި ވިދާޅުވި "ރައްޔިތުން އުފާވާ ދަރަޖައަށް" މަޖިލިސް ގެންދިޔުން ކަމުގައި ބެލޭނެ ޖާގައެއްނެތެވެ.
މަޖިލީހުގެ ސާފު މެޖޯރީޓީ މިވަނީ އިއްތިހާދައް ލިބިފައެވެ. ޤާސިމް އިބްރާހިމް ނިސްބަތް ވެވަޑައިގަންނަވާ ޖުމްހޫރީ ޕާޓީއަށް ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް މަޖިލިސް މެންބަރުން ދަނީ ސޮއި ކުރައްވަމުނެނެވެ.
ނަމަވެސް ފެނިގެންމިދަނީ މިހާތަނަށް ރައްޔިތުންގެ މައްސަލަކާއި ގުޅުން ހުރި ކަންކަން އެއްކާރިކޮށްފައި ސިޔާސީ ގޮތުން އަމިއްލަފުޅަށް އުފާހޯއްދަ މަންޒަރެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް