އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް
ދުނިޔެ 21 Mar 2026 | 10:50

ތެލުގެ އަގު ކުޑަކުރުމަށްޓަކައި އީރާނުގެ ތެލާއި ދެކޮޅަށް އަޅާފައިވާ ބައެއް ހަރުކަށި ފިޔަވަޅުތަކަށް އެމެރިކާއިން ލުއިދީފި

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އިންތިހާއަށް އުފުލެމުންދާތީ، އެކަން ކޮންޓްރޯލް ކުރުމަށްޓަކައި އީރާނުގެ ތެލާ ދެކޮޅަށް އަޅާފައިވާ ބައެއް ހަރުކަށި ފިޔަވަޅުތަކަށް ލުއިދިނުމަށް ޑޮނަލްޑް ޓްރަމްޕްގެ ނިންމައިފިއެވެ.

އެމެރިކާގެ ޓްރެޝަރީ މިނިސްޓްރީން ރޭ ނެރުނު 'ޖެނެރަލް ލައިސަންސް' އެއްގެ ދަށުން، ކަނޑުމަތީގައި ބޯޓުފަހަރުގައި ހުރި އީރާނުގެ ތެޔޮ ވިއްކުމުގެ ހުއްދަ ވަނީ 30 ދުވަހުގެ މުއްދަތަކަށް ދީފައެވެ.

މި ނިންމުމަކީ މި މަހުގެ 12 ވަނަ ދުވަހު ރަޝިއާގެ ތެލަށް ދިން ފަދަ ވަގުތީ ލުޔެކެވެ. ޓްރެޝަރީ ސެކްރެޓަރީ ސްކޮޓް ބެސެންޓް ވިދާޅުވި ގޮތުގައި، މި ފިޔަވަޅުގެ ސަބަބުން ކަނޑުމަތީގައި ތާށިވެފައި ހުރި އީރާނުގެ 140 މިލިއަން ފީފާ ތެޔޮ ބާޒާރަށް ނެރެވޭނެއެވެ. މީގެ ބޭނުމަކީ މިހާރު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ތެޔޮ ލިބުމަށް ހުރި ދަތިތަކަށް ހައްލެއް ހޯދައި، އަގުތައް ތިރިކުރުމެވެ.

އެމެރިކާގެ ސަރުކާރުން ބުނާ ގޮތުގައި މިއީ އީރާނަށް ދިން ދާއިމީ ހުއްދައެއް ނޫނެވެ. ބެސެންޓް ވިދާޅުވީ، މި ހުއްދަ ދެނީ ހަމައެކަނި މިހާރު ބޯޓުފަހަރަށް ބަރުކޮށްފައި ހުރި ތެލަށް ކަމަށާއި، އީރާނުން އަލަށް ތެޔޮ އުފައްދައިގެން ވިއްކުމުގެ ހުއްދައެއް ނެތް ކަމަށެވެ. އަދި މިކަމުން ލިބޭ ފައިސާ ބޭނުންކުރުމުގައި އީރާނަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވާނެ ކަމަށްވެސް އެމެރިކާއިން ބުނެއެވެ.

ނަމަވެސް، މި ނިންމުމާ ގުޅިގެން ގިނަ ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައެވެ. ބައެއް މާހިރުން ބުނާ ގޮތުގައި، އީރާނާއި ރަޝިއާއާ ދެކޮޅަށް ހަނގުރާމަ ކުރަމުންދާ ދަނޑިވަޅެއްގައި އެ ގައުމުތަކުގެ ތެޔޮ ވިއްކަން ހުއްދަދިނުމަކީ އެ ގައުމުތަކުގެ އިގްތިސާދަށް ބޮޑު އެހީއެއް ލިބިގެންދާނެ ކަމެކެވެ. 'މިއީ ހަނގުރާމަ ކުރާ ގައުމަށް ފައިސާ ހޯދައިދިނުން ފަދަ ކަމެއް،' ކަމަށް ބައެއް މަސްދަރުތަކުން ފާހަގަކުރެއެވެ.

މި ނިންމުމާއެކު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ބަދަލުތަކަށް ގިނަ ބަޔަކު ދަނީ ފާރަވެރިވަމުންނެވެ. އެމެރިކާއިން ދަނީ އިޒްރޭލާއި ގުޅިގެން 28 ފެބްރުއަރީ އިން ފެށިގެން އީރާނަށް ހަމަލާ ދެމުންނެވެ. އެގޮތުން، އީރާނުގެ ރޫޚާނީ ލީޑަރު އާޔަތުالله ޚާމަނާއި ވެސް ވަނީ އަވަހާރަކޮށްލައިފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ތޫނިސްގައި 35 އަހަރު ވަންދެން ބާއްވާފައި އޮތް ސައްދާމްގެ ދެ މަތިންދާބޯޓު ވިއްކާލަނީ
23 Nov 2026 ދުނިޔެ

ތޫނިސްގައި 35 އަހަރު ވަންދެން ބާއްވާފައި އޮތް ސައްދާމްގެ ދެ މަތިންދާބޯޓު ވިއްކާލަނީ

މި ދެ ބޯޓު ވިއްކާލުމަށް ނިންމާފައިވަނީ ޖުމްލަ 1.8 މިލިއަން އެމެރިކާ ޑޮލަރަށެވެ. ފާއިތުވި 35 އަހަރު ދުވަހުވެސް މި ބޯޓުތައް އޮތީ އަނބުރާ އިރާޤަށް ނުގެންދެވި ތޫނިސްގެ ސަހަރާ ސަރަޙައްދުގައިވާ އެއާޕޯޓެއްގައެވެ

ރާއްޖެއިންވެސް ބައިވެރިވި ކޮޕް31 ސަމިޓް އެއްބަސްވުމަކާ ނުލައި ނިމުމުން ގައުމުތަކުގެ ނުރުހުން
23 Nov 2026 ދުނިޔެ

ރާއްޖެއިންވެސް ބައިވެރިވި ކޮޕް31 ސަމިޓް އެއްބަސްވުމަކާ ނުލައި ނިމުމުން ގައުމުތަކުގެ ނުރުހުން

ތުރުކީވިލާތުގެ އަންތާލިޔާގައި ކުރިއަށްދިޔަ އދ. ގެ މޫސުމީ ބަދަލުތަކާ ބެހޭ 31 ވަނަ ކޮންފަރެންސް (ކޮޕް31)، މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ގައުމުތަކުގެ މެދުގައި އެކުލަވާލަން އުޅުނު މައިގަނޑު ސިޔާސީ އެއްބަސްވުމަށް އެއްބަސްނުވެވި، އާދީއްތަ ދުވަހު ނިމިއްޖެއެވެ.

ތަޣައްޔަރުވެފައިވާ ކޯރެއް ސާފުކުރި އިނގިރޭސިވިލާތުގެ ވަކީލަކަށް 2 އަހަރުގެ ޖަލު ހުކުމެއް
23 Nov 2026 ދުނިޔެ

ތަޣައްޔަރުވެފައިވާ ކޯރެއް ސާފުކުރި އިނގިރޭސިވިލާތުގެ ވަކީލަކަށް 2 އަހަރުގެ ޖަލު ހުކުމެއް

އިނގިރޭސިވިލާތުގެ ލަންޑަންގެ އިރުމަތީ ސަރަޙައްދުގައި ވަރަށް ބޮޑަށް ތަޣައްޔަރުވެ، ގޮނޑުވެފައި އޮތް ކޯރެއް އަމިއްލައަށް އިސްނަގައިގެން ސާފުކުރި ވަކީލަކު، ރަސްމީ ހުއްދައެއް ނެތި އެ މަސައްކަތް ކުރުމުގެ ސަބަބުން ދެ އަހަރުގެ ޖަލު ހުކުމަކާ ކުރިމަތިލާން ޖެހިދާނެ ކަމުގެ އިންޒާރުދީފިއެވެ.

ބީޖޭޕީ ކެންޑިޑޭޓެއް އިންތިޚާބުން ބަލިވުމުން، ކެންޕެއިނުގައި ހަރުކުރި މަގުބައްތިތައް ނަގަން ފަށައިފި
23 Nov 2026 ދުނިޔެ

ބީޖޭޕީ ކެންޑިޑޭޓެއް އިންތިޚާބުން ބަލިވުމުން، ކެންޕެއިނުގައި ހަރުކުރި މަގުބައްތިތައް ނަގަން ފަށައިފި

އިންޑިއާގެ ރާޖަސްތާންގެ ޓޮންކް ޑިސްޓްރިކްޓުގައި ބޭއްވި ޕަންޗާޔަތު އިންތިޚާބުން ބީޖޭޕީގެ ކެންޑިޑޭޓަކު ބަލިވުމާ ގުޅިގެން، އެ ސަރަޙައްދުގެ މަގުތަކުގައި ހަރުކޮށްފައި ހުރި މަގުބައްތިތަކެއް ނަގަން ފަށައިފިއެވެ.

ކިމް އަށް ގުޅަން ޓްރަމްޕް މަސައްކަތްކުރި، އެކަމަކު ކިމް އަޅާނުލީ: ރިޕޯޓް
23 Nov 2026 ދުނިޔެ

ކިމް އަށް ގުޅަން ޓްރަމްޕް މަސައްކަތްކުރި، އެކަމަކު ކިމް އަޅާނުލީ: ރިޕޯޓް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުންއާ ގުޅަން ކުރޮ މަސައްކަތްތަކަށް ކިމް އެއްވެސް އިޖާބައެއް ނުދީ، އެ ގައުމުގެ ނިއުކްލިއާ ހަތިޔާރު އިތުރުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށް "ދަ ވޯލް ސްޓްރީޓް ޖާނަލް" (ޑަބްލިއުއެސްޖޭ) ގެ ރިޕޯޓެއްގައި ބުނެފިއެވެ.

އީރާނުގެ އަސްކަރިއްޔާއަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުން، ދަތިކުރުމުގެ ފިޔަވަޅު އަޅައިފި
21 Nov 2026 ދުނިޔެ

އީރާނުގެ އަސްކަރިއްޔާއަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުން، ދަތިކުރުމުގެ ފިޔަވަޅު އަޅައިފި

އީރާނުގެ އަސްކަރިއްޔާއަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގައި ބައިވެރިވި ކަމުގެ ތުހުމަތުގައި، އީރާނުގެ ބައެއް ރައްޔިތުންނާ ދެކޮޅަށް އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އަޅައިފިއެވެ. މިކަން ހާމަކޮށްފައިވަނީ އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ނެރުނު ބަޔާނެއްގައެވެ.

ޓްރަމްޕް ޗައިނާއިން ފުރައިފި، ކިމް ޖޮންގް އުންއާ ބައްދަލުކޮށްފައެއް ނުވޭ
19 Nov 2026 ދުނިޔެ

ޓްރަމްޕް ޗައިނާއިން ފުރައިފި، ކިމް ޖޮންގް އުންއާ ބައްދަލުކޮށްފައެއް ނުވޭ

އެގޮތުން، ޗައިނާގެ ޝެންޒެންގައި ޓްރަމްޕް އަދި ކިމް ބައްދަލުކުރާނެ ކަމުގެ އުއްމީދު ޓްރަމްޕް ހިމެނޭހެން ގިނަ ބަޔަކު ކުރިއެވެ.

ދުނިޔޭގެ ސަލާމަތާއި ރައްކާތެރިކަން ބޮޑަށް ބިނާވެފައިވަނީ ރަޝިޔާ، ޗައިނާ އަދި އެމެރިކާގެ މައްޗަށް: ޕުޓިން
19 Nov 2026 ދުނިޔެ

ދުނިޔޭގެ ސަލާމަތާއި ރައްކާތެރިކަން ބޮޑަށް ބިނާވެފައިވަނީ ރަޝިޔާ، ޗައިނާ އަދި އެމެރިކާގެ މައްޗަށް: ޕުޓިން

ޕުޓިން މިހެން ވިދާޅުވީ، ދުނިޔޭގެ ބޮޑެތި ބާރުތަކުގެ މެދުގައި އޮތް ގުޅުންތަކާ ބެހޭގޮތުން ވާހަކަ ދައްކަވަމުންނެވެ.