އަރޫފާ, އޭނާގެ ކުޑަ ދަރިފުޅާއެކު ގޮސް އިނާމާ ހަވާލުވަނީ
އަރޫފާ, އޭނާގެ ކުޑަ ދަރިފުޅާއެކު ގޮސް އިނާމާ ހަވާލުވަނީ
ރިޕޯޓް 31 May 2026 | 12:02

ދަނގެތީ އީދު އުފާ: ޢުމްރާ ދަތުރު ވޮއިސްގެ އަރޫއަށް، އުންމީދާއެކު ދުޢާކުރުމުގެ ނަތީޖާ

ލިޔުންތެރިޔާ

އަހުމަދު ހަމީދު އާދަމް

އިސްލާމީ އުސޫލުތަކާއި އެއްގޮތަށް އެންމެ ކުލަގަދަކޮށް އީދު ފާހަގަކުރާ އެއް ރަށަކީ އދ. ދަނގެއްޗެވެ. އެ ރަށުން މުޅި ރާއްޖެއަށް މި ނަމޫނާ ދައްކާތާ ފަސް އަހަރެއްހާ ދުވަސްވީ އެވެ. އިސްލާމީ އުސޫލުގެ ތެރެއިން ވަރަށް ކުލަގަދަކޮށް އެހާމެ އުފާވެރިކޮށް އީދު ފާހަގަ ކުރެވޭނެކަން ސާބިތުކޮށްދިން ރަށަކީ އެއީ އެވެ.

ދަނގެތީ "ގަލަމް" ޖަމިއްޔާއިން އެ ރަށުގެ މުއައްސަސާތަކާއި ގުޅިގެން ކުލަގަދަކޮށް އީދު ފާހަގަކުރާތީ ކޮންމެ އަހަރަކުވެސް ބޮޑު އީދާ ދިމާކޮށް އެތައް ބަޔަކު އެ ރަށަށް ޒިޔާާރަތް ކުރެ އެވެ. ރަށުން ބޭރުގައި ދިރިއުޅޭ އެ ރަށުގެ އެތައް އާއިލާތަކެއްވެސް ބޮޑު އީދަށް ރަށަށް ޖަމާވެ އެވެ. އީދަށް މުޅި ރަށް އޮންނަނީ ފުރިފަ އެވެ.

ދަނގެތީ އީދު އުފާ 

އީދުގެ ހަތަރު ދުވަހަށް ބަހާލައިގެން ކުޅިވަރާއި މުނިފޫހިފިލުވުމުގެ އެތައް ހަރަކާތެއް އިންތިޒާމު ކޮށްފައި އޮވެ އެވެ. އެހާމެ ފުރިހަމަ އިންތިޒާމެއްގެ ދަށުން އެ ހަރަކާތްތައް ކުރިއަށް ގެންދާއިރު ބައިވެރީންނަށް އަގުހުރި އިނާމުތަކެއް ލިބޭނެ ފުރުސަތު ވެސް އޮންނަނީ ފަަހިކޮށްދީފަ އެވެ.

އެހެން އަހަރުތަކެކޭ އެއްގޮތަށް މި އަހަރުވެސް "ދަނގެތީ އީދު އުފާ" ވަރަށް ފޯރިގަދަ އެވެ. ރެއަކީ ރައްޔިތުންގެ ބޮޑު  ބާބެކިއު އާއެކު އީދުގެ ހަރަކާތްތައް ނިންމާލި ރެ އެވެ. މިއީ އީދުގެ އެންމެ ޚާއްސަ ރޭވެސް މެ އެވެ. ރަށުގެ ކުދިބޮޑު އެންމެން އެއްތަނަކަށް ޖަމާވެ ކެއުމަށް އިންސާފުކުރާއިރު އީދަށް ޚާއްސަ އެންމެ އަގުބޮޑު އިނާމުތަކުގެ ޙައްގުވެރީން ކަނޑައަޅާ ރެ އެވެ.

ދަނގެތީ އީދު އުފާ 

މި އަހަރުގެވެސް އެންމެ ޚާއްސަ އިނާމަކީ އުމްރާ ދަތުރެކެވެ. ޤިބްލަ ގުރޫޕުން ހުށައަޅާފައިވާ މި ފަހަރުގެ އުމްރާ ދަތުރުގެ ނަސީބުވެރިއަކީ ޚަދީޖާ އަރުފާ އެވެ. އެއީ ވޮއިސްގެ އެންމެ ފާާހަގަކޮށްލެވޭ ނޫސްވެރިޔާ އެވެ. އދ. މަހިބަދޫއަށް ނިސްބަތްވީ ނަމަވެސް އަރުފާގެ ދިރިއުޅުން އޮތީ ދަނގެތީގަ އެވެ.

ވަރަށް ބޮޑު އުފަލެއް, އުންމީދާއެކު ދުޢާކުރުމުގެ ނަތީޖާ

އުމްރާއަކަށް ދިއުމަކީ އަރުފާގެ ވަރަށް ބޮޑު އުންމީދެކެވެ. އެހެން ކަމުން އެފަދަ ފުރުސަތެއް ތަނަވަސްވޭތޯ އަބަދުވެސް ދުއާ ކުރެ އެވެ. ހަމައެކަނި ހިތުން އެކަމަށް އެދުމުގެ ބަދަލުގައި اللهއާ ކުއްތަންވެ އެކަމަށް އެދި ކުރުމުގައި ދެމި ހުރި އެވެ.

އެންމެ މާތް ދުވަސްތަކާއި ރޭތަކުގައި ދުއާ ކުރުމުގައި ވަގުތު ހޭދަކުރި އެވެ.

އަރޫ ބުނި ގޮތުގަައި އިއްޔެ ވަގުތުކޮޅަކަށް ނިދާލެވުނުއިރު ހުވަފެނެއް ފެނުނެ އެވެ. ފެނުނީ އޭނާގެ ދުއާ الله އިޖާބަކުރައްވާ އުމްރާގެ އަޅުކަމަށްދާންް ތައްޔާރުވަނިކޮށެވެ. ނަމަވެސް ދަތުރަށް ނުފެށި އުޅެނިކޮށް ހޭލެވުނީ އެވެ.

ނަމަވެސް ނަމާދުކޮށް ކުށްފާފަތަކުން ތަޢުބާއަށް އެދި اللهއަށް ދެއަތް އުފުލާ ދުއާކުރި އެވެ. އަދި އުމްރާއަކަށް ދިއުމުގެ ނަސީބު މިންވަރު ކުރެއްވުން އެދި ދުއާކުރި އެވެ. ރޭ އޮތް ބާބެކިއު އަށް އަރޫ ދިޔައީވެސް އިޝާ ނަމާދުކޮށް އެ ދުއާ ތަކުރާރުކުރުމަށް ފަހު އެވެ.

އަރޫފާ, އޭނާގެ ކުޑަ ދަރިފުޅާއެކު ގޮސް އިނާމާ ހަވާލުވަނީ --

ގުރުއަތުގެ ވަގުތު ޖެހުނުއިރުވެސް އަރޫގެ ދޫ މަތީގައި ވަނީ ޒިކުރެ އެވެ. އަދި އެ ފުރުސަތު މިންވަރު ކުރެއްވުން އެދި ކުރެވުނު ދުއާ އެވެ. ނަމަވެސް ގުރުއަތުން ނެގުނީ އަރޫގެ ނަމެއް ނޫނެވެ. އެކަމުން ހިތަށް އެއްވެސް ދައްޗެއް ނެތެވެ. އަސްލު ވަގުތު ނުޖެހެނީކަން އަރޫއަށް ޔަގީންވި އެވެ. މާތްاللهއާމެދު އޮތް ޔަގީންކަމަށް ކުޑަވެސް އުނިކަމެއް ނާދެ އެވެ. އިހްލާސްތެރިކަމާއެކު ކަމަކަށް އެދި ކުރާ ދުއާ އެންމެ ރަނގަޅު ވަގުތު އިޖާބަ ކުރައްވާނެކަން އޭނާއަށް ޔަގީނެވެ.

ކަން ދިމާކުރީ ހީވެސް ކުރެވިފައިވާ ގޮތަކަށް ނޫނެވެ. ގުރުއަތުން ލައްވާލި މީހާ އެ ތަނުގައި ނެތެވެ. ގަވާއިދު އޮންނަ ގޮތުން ގުރުއަތުން ހޮވޭ ނަންބަރުގެ ވެރި ފަރާތް އެތަނުގައި ހުންނަން ޖެހެ އެވެ. އަދި ވަގުތުން އިނާމާ ހަވާލުވާން ޖެހެ އެވެ. އެހެން ކަމުން ދެވަނަ ނަންބަރެއް ނަގަން ޖެހުނީ އެވެ. މާތްالله އަރުފާގެ ދުޢާ އިޖާބަ ކުރެއްވީ އެވެ. މި ފަހަރު ނެގުނީ އޭނާގެ ނަންބަރެވެ.

މިއީ އުންމީދާއެކު އެތައް ދުވަހެއް ވަންދެން އަރުފާ ކުރި ދުޢާގެ ނަތީޖާ އެވެ. އިރާދަފުޅުން ޤިބްލަ ގުރޫޕާއެކު އުމްރާގެ އަޅުކަމަށް ދިއުމުގެ މަގު ތަނަވަސްވީ އެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ހަނިމާދޫ ބައިނަލްއަޤުވާމީ ވައިގެ ބަނދަރު: ކުޑަ އެއާސްޓްރިޕަކުން އުތުރުގެ އެންމެ ބޮޑު ވައިގެ ބަނދަރަށް
13 Oct 2026 ރިޕޯޓް

ހަނިމާދޫ ބައިނަލްއަޤުވާމީ ވައިގެ ބަނދަރު: ކުޑަ އެއާސްޓްރިޕަކުން އުތުރުގެ އެންމެ ބޮޑު ވައިގެ ބަނދަރަށް

ދިވެހިރާއްޖޭގެ އުތުރުގެ ރައްޔިތުން އެތައް ޒަމާނެއް ވަންދެން ދެކެމުން އައި ތަރައްޤީގެ ފޮނި ހުވަފެންތަކާ ގުޅިފައިވާ އެންމެ މުހިންމު ބިނާއަކީ ހދ. ހަނިމާދޫ ބައިނަލްއަޤުވާމީ ވައިގެ ބަނދަރެވެ. ޒަމާންތަކެއް ވަންދެން ކުޑަ ޑޮމެސްޓިކް އެއާސްޓްރިޕެއްގެ ގޮތުގައި އޮތް މި ވައިގެ ބަނދަރު، ޒަމާނީ ބައިނަލްއަޤުވާމީ ފެންވަރަށް ތަރައްޤީވެގެން ދިއުމަކީ މުޅި ސަރަޙައްދުގެ އިޤްތިޞާދީ އަދި އިޖުތިމާޢީ މަންޒަރު ބަދަލުކޮށްލި އިންޤިލާބީ ފިޔަވަޅެކެވެ. މިއީ އެކަހެރިވެފައި އޮތް ސަރަޙައްދެއް، ޤައުމީ އަދި ބައިނަލްއަޤުވާމީ ފެންވަރުގެ އިޤްތިޞާދީ ހަބަކަށް ބަދަލުވެގެންދިޔަ ގޮތުގެ ފުރިހަމަ މިސާލެކެވެ.

ދަނގެތީ ޢީދުއުފާ: ދައްކުވައިދިނީ އިމުގެ ތެރޭގައިވެސް ފޯރިގަދަ އުފާވެރި ޢީދެއް ފާހަގަކުރެވޭނެކަން
02 Jun 2026 ރިޕޯޓް

ދަނގެތީ ޢީދުއުފާ: ދައްކުވައިދިނީ އިމުގެ ތެރޭގައިވެސް ފޯރިގަދަ އުފާވެރި ޢީދެއް ފާހަގަކުރެވޭނެކަން

މިއަހަރުގެ ބޮޑު ޢީދު ނިމި، އެންމެން އެބައެއްގެ އާއްމު ދިރިއުޅުމުގެ މަސައްކަތަށް އެނބުރި ރުޖޫޢުވެފައިވާއިރު ބަހުސް ކުރެވޭ އެއް ސުވާލަކީ އެންމެ އުފާވެރި އަދި މަޖާ ޢީދެއް ފާހަގަކުރި ރަށަކާމެދުގައެވެ. އެ ...

ދަނގެތީ ޢީދުއުފާ؛ އިސްރަށްވެހިންގެ ހަވީރުން އެންމެނަށް އުފާވެރިކަން
31 May 2026 ރިޕޯޓް

ދަނގެތީ ޢީދުއުފާ؛ އިސްރަށްވެހިންގެ ހަވީރުން އެންމެނަށް އުފާވެރިކަން

އދ. ދަނގެތީ ޢީދު އުފާގެ ހަރަކާތްތަކުގެ ތެރެއިން އެންމެ ތަފާތު އަދި އެންމެ ހިތްހަމަޖެހުން ގެނުވައިދޭ އެއް ހަރަކާތަކީ އިސްރަށްވެހިންގެ ހަވީރެވެ. އާއްމުކޮށް ޢީދު ކުޅިވަރުގެތަކުގެ ތެރެއިން އެންމެ ބާކީވާ އ...

ދަނގެތި ޢީދުއުފާ: ކަނބަލުންނަށް ޚާއްސަކޮށްގެން ބާއްވާ ކެއްްކުމުގެ މުބާރާތް ’ރަނިރަހަ‘ގައި ބައިވެރިވުމުގެ ފުރުސަތު
24 May 2026 ހަބަރު

ދަނގެތި ޢީދުއުފާ: ކަނބަލުންނަށް ޚާއްސަކޮށްގެން ބާއްވާ ކެއްްކުމުގެ މުބާރާތް ’ރަނިރަހަ‘ގައި ބައިވެރިވުމުގެ ފުރުސަތު

ކުރިއަށް އޮތް ބަރަކާތްތެރި އަޟުހާ ޢީދު ފާހަގަކުރުމަށް ދަނގެތީގައި ކުރިއަށް ގެންދާ މުބާރާތްތަކުގެ ތެރެއިން އަންހެން ކަނބަލުންނަށް ޚާއްސަކޮށް ބާއްވާ ކެއްކުމުގެ މުބާރާތް، ”ރަނިރަހަ“ގައި ބައިވެރިވުމުގެ ފު...

ދަނގެތި ޢީދުއުފާ: އެންމެ ”ގަދަ ފަހުލަވާނު“ ހޮވުމަށް މުބާރާތެއް؛ ޢީދަށް އަންނަ މެހެމާނުންނަށްވެސް ބައިވެރިވެވޭނެ
22 May 2026 ހަބަރު

ދަނގެތި ޢީދުއުފާ: އެންމެ ”ގަދަ ފަހުލަވާނު“ ހޮވުމަށް މުބާރާތެއް؛ ޢީދަށް އަންނަ މެހެމާނުންނަށްވެސް ބައިވެރިވެވޭނެ

ކުރިއަށް އޮތް ބަރަކާތްތެރި އަޟުހާ ޢީދު ފާހަގަކުރުމަށް ދަނގެތީގައި ކުރިއަށް ގެންދާ މުބާރާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. ޢީދުއުފާ އިމުގެ ތެރޭގައި ފާހަގަކުރުމަށް ދަނގެތީ ޖަމިއްޔަތުލ...

ޢީދަށް މިފަހަރު ދާންވީ ދަނގެއްޗަށް؛ ތަފާތު ވާނެ، އެހާމެ އުފާވެރި ވާނެ!
20 May 2026 ރިޕޯޓް

ޢީދަށް މިފަހަރު ދާންވީ ދަނގެއްޗަށް؛ ތަފާތު ވާނެ، އެހާމެ އުފާވެރި ވާނެ!

ބަރަކާތްތެރި އަޟުޙާ ޢީދު ބޯމަތިވެފައިވާއިރު، ގިނަ ބައެއްގެ ސަމާލުކަން މިހާރު ހުއްޓިފައިވަނީ ޢީދު ބަންދުގައި އާއިލާއާއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުމަށް ދާނެ ރަށަކާމެދުގައެވެ. ސަރުކާރު ބަންދާއެކު...

ދަނގެތީ ކައުންސިލުން ބެންކޮކަށް ކުރި ދަތުރުގެ ނިޔަތް އޮޑިޓަރ ޖެނެރަލަށް ގޯސްވެއްޖެ
25 Nov 2025 ހަބަރު

ދަނގެތީ ކައުންސިލުން ބެންކޮކަށް ކުރި ދަތުރުގެ ނިޔަތް އޮޑިޓަރ ޖެނެރަލަށް ގޯސްވެއްޖެ

އދ.ދަނގެތީ ކައުންސިލުން 2023 ވަނަ އަހަރު ބެންކޮކަށް ކުރި ދަތުރު ދައުލަތުގެ އޮޑިޓަރ ޖެނެރަލަށް ގޯސްވެއްޖެއެވެ. އޮޑިޓަރ ޖެނެރަލް ނެރުއްވި ދަނގެތީ ކައުންސިލްގެ 2024 ވަނަ އަހަރުގެ ކޮމްޕްލަޔަންސް ރިޕޯޓްގައ...