އެމެރިކާގެ ރައީސް ބައިޑެން އާއި، އިޒްރޭލްގެ ބޮޑުވަޒީރު ނަތަންޔާހޫ -- ފޮޓޯ: އަނަޑޯލު
އެމެރިކާގެ ރައީސް ބައިޑެން އާއި، އިޒްރޭލްގެ ބޮޑުވަޒީރު ނަތަންޔާހޫ -- ފޮޓޯ: އަނަޑޯލު
ދުނިޔެ 22 May 2024 | 16:51

ނަތަންޔާހޫ ހައްޔަރު ކުރަން އެދުނު ފަރާތްތަކާއި އާއިލާތަކަށް އެމެރިކާއިން އިންޒާރުދީފި

ލިޔުންތެރިޔާ

ސްޓާފް ރައިޓަރ

އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި އެހެނިހެން އޮފިޝަލުން ހައްޔަރުކުރުމުގެ އަމުރެއް އިންޓަނޭޝަނަލް ކްރިމިނަލް ކޯޓް (އައިސީސީ) އިން ނެރެދިނުމަށް އެދުނު (އައިސީސީ)ގެ ޕްރޮސެކިއުޓަރުންނާއި އެ މީހުންގެ އާއިލާތަކަށް އިންޒާރު ދީފިއެވެ.

މި އިންޒާރުތައް ހިމަނާފައިވަނީ އެމެރިކާ ސަރުކާރުން އައިސީސީގެ މުވައްޒަފުންނަށް ފޮނުވި ސިޓީއެއްގައި ކަމަށް މައުލޫމާތު ލިބިފައިވާ ފަރާތްތަކާ ހަވާލާދީ ބައެއް ނޫސްތަކުން ބުނެއެވެ. ނަމަވެސް އެ ސިޓީގައި ވާ ގޮތުގެ ސީދާ ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.

އައިސީސީގެ ޗީފް ޕްރޮސެކިއުޓާ ކަރީމް ޚާން މިކަން ހާމަކޮށްފައި މިވަނީ ޣައްޒާގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅުންހުރި ހަނގުރާމައިގެ ޖަރީމާތަކާއި އިންސާނިއްޔަތާ ޚިލާފު ޖަރީމާތަކުގެ ތުހުމަތުގައި ނަތަންޔާހޫ އާއި ޑިފެންސް މިނިސްޓަރު ޔޯވް ގަލަންޓާއި ހަމާސްގެ ތިން ލީޑަރުން ހައްޔަރުކުރުމުގެ އަމުރަކަށް އެދިފައި ވަނިކޮށެވެ.

އިޒްރޭލުގެ އަސްކަރީ ކެމްޕޭނުގައި ފަލަސްތީނުގެ އާންމުން ނާޖާއިޒު ގޮތުގައި މެރުމާއި، އަނިޔާދިނުމާއި، ލާއިންސާނީ އަމަލުތައް ހިންގުން ފަދަ އަމަލުތަކުގެ ޖިނާއީ ޒިންމާ އިސްރާއީލުގެ ލީޑަރުން އުފުއްލަވާން ޖެހޭނެ ކަމަށް އިމްރާން ތުހުމަތު ކުރެއްވި އެވެ.

އެމެރިކާ އިން މީގެ ކުރިން ވެސް ވަނީ އައިސީސީގެ މުވައްޒަފުންނަށް ދަތިކުރުމުގެ ފިޔަވަޅު އަޅައިފައެވެ.

އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމާއަތްތަކާއި ގާނޫނީ މާހިރުން ވަނީ ބިރުދެއްކުމަށް ކުރާ މިފަދަ މަސައްކަތްތައް ވަގުތުން ކުށްވެރިކޮށް، އެއީ އައިސީސީގެ ގާނޫނީ ހިމާޔަތާއި ޝަރުއީ މިނިވަންކަމާ ހިލާފު ކަމެއް ކަމަށް ބުނެފައެވެ.

ހިއުމަން ރައިޓްސް ވޮޗްގެ އެސޯސިއޭޓް އިންޓަނޭޝަނަލް ޖަސްޓިސް ޑައިރެކްޓަރު ލިޒް އެވެންސަން ވިދާޅުވި ގޮތުގައި ފަނޑިޔާރުންނަށް ނުވަތަ އެ މީހުންގެ އާއިލާތަކަށް އަސްކަރީ ބާރުގެ ބޭނުންކޮށްގެން ނުވަތަ ޖިނާއީ ނަތީޖާއެއް ނެރެގެން ބިރު ދެއްކުމަކީ ޝަރުއީ މިނިވަންކަމާއި ގާނޫނުގެ ވެރިކަމަށް ދޭ އެންމެ ސީރިއަސް އެއް ހަމަލާއެވެ.

ވައިޓް ހައުސް އިން ވެސް އަދި ސްޓޭޓް ޑިޕާޓްމަންޓުން ވެސް ހޯމަ ދުވަހުގެ ހަވީރުގެ ނިޔަލަށް އެ ސިޓީ އޮތް ކަން އާންމުކޮށް އަދި ކަށަވަރުކޮށްދީފައެއް ނުވެއެވެ.

އިސްރާއީލުގެ ޚާރިޖީ ވުޒާރާއިން ވަނީ އައިސީސީގެ "ސެމިޓިކް ދެކޮޅު" ތަހުގީގާއި އަމުރާ ދެކޮޅަށް އެމެރިކާއިން ގެންގުޅޭ "ނުތަނަވަސް" ސިޔާސަތަށް ޝުކުރު އަދާކޮށްފައެވެ.

މި ތުހުމަތުތަކުގެ ސަބަބުން އެމެރިކާއާއި އިސްރާއީލުން އައިސީސީގެ މަސައްކަތަށް ހުރަސް އެޅުމަށް މަސައްކަތް ކުރަނީ ޑިޓެރަންސް އާއި ބިރުދެއްކުމުގެ ކެމްޕެއިނެއްގެ ތެރެއިން ކަމަށް ބުނެ ކުރެވޭ ތުހުމަތުތަކަށް ވަނީ ބާރު ބޮޑުވެފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ހޫތީން ސަޢުދީގެ ވެރިރަށް ރިޔާޟަށް ހަމަލާ ދެމުންދާތާ ތިން ދުވަސް؛ މިހާތަނަށް 14 މީހުން މަރުވެއްޖެ
13 Oct 2026 ދުނިޔެ

ހޫތީން ސަޢުދީގެ ވެރިރަށް ރިޔާޟަށް ހަމަލާ ދެމުންދާތާ ތިން ދުވަސް؛ މިހާތަނަށް 14 މީހުން މަރުވެއްޖެ

މި ހަމަލާތަކުގައި މިހާތަނަށް 14 މީހުން މަރުވެ، އެތައް ބަޔަކަށް އަނިޔާވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. މިކަމާ ގުޅިގެން ރިޔާޟުގެ ކިންގް ޚާލިދު ބައިނަލްއަޤްވާމީ ވައިގެ ބަނދަރު ވަނީ ބަންދުކޮށްފައެވެ.

ޕާކިސްތާނުގެ ޚައިބަރު ޕްރޮވިންސްގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށް، ޢިމްރާން ޚާންގެ ޕާޓީގެ ވެރިކަން ނިމުމަކަށް ގެނެސްފި
12 Oct 2026 ދުނިޔެ

ޕާކިސްތާނުގެ ޚައިބަރު ޕްރޮވިންސްގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށް، ޢިމްރާން ޚާންގެ ޕާޓީގެ ވެރިކަން ނިމުމަކަށް ގެނެސްފި

ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފްގެ ސަރުކާރާއި ޖަލުގައި ހުންނެވި ކުރީގެ ބޮޑުވަޒީރު ޢިމްރާން ޚާންގެ ޕާޓީ (ޕީ.ޓީ.އައި) އާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަމާއި، ޖުމްލަކޮށް ޙާލަތު ގޯސްވުމާ ގުޅިގެން،...

ރަޝިއާގެ ޑީސަލް ގަތުމަށް ޓްރަމްޕް ޕޫޓިންއާ އެކު އެއްބަސްވުމެއް ހަދައިފި
10 Oct 2026 ދުނިޔެ

ރަޝިއާގެ ޑީސަލް ގަތުމަށް ޓްރަމްޕް ޕޫޓިންއާ އެކު އެއްބަސްވުމެއް ހަދައިފި

ރަޝިއާގެ ޑީސަލް ގަތުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެ ޤައުމުގެ ރައީސް ވްލަޑިމިއާ ޕޫޓިންއާ އެކު އެއްބަސްވުމެއް ހަދައިފިއެވެ. މި އެއްބަސްވުމަކީ، ރަޝިޔާ-ޔޫކްރެއިން ހަނގުރާމައާ ގުޅިގެން މޮސްކޯއާ...

ދެ އިންޖެކްޝަން ޖަހައިގެން މަރު ނުވި އެމެރިކާ އަންހެން މީހާ ހޭއަރައި ވާހަކަދައްކަން ފަށައިފި: ލޯޔަރުން
07 Oct 2026 ދުނިޔެ

ދެ އިންޖެކްޝަން ޖަހައިގެން މަރު ނުވި އެމެރިކާ އަންހެން މީހާ ހޭއަރައި ވާހަކަދައްކަން ފަށައިފި: ލޯޔަރުން

ވިހަ އިންޖެކްޝަން (ލީތަލް އިންޖެކްޝަން) ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވެ ސަލާމަތްވި އެމެރިކާގެ ގައިދީ ކްރިސްޓާ ޕައިކް ހޭއަރައި، މިހާރު ވާހަކަދައްކަން ފަށާފައިވާ ކ...

އެމެރިކާގައި، ދެ އިންޖެކްޝަން ޖަހައިގެންވެސް މަރުނުވި އަންހެންމީހާ، ވެންޓިލޭޓަރުގައި؛ ހާލު ސީރިއަސް: ލޯޔަރުން
04 Oct 2026 ދުނިޔެ

އެމެރިކާގައި، ދެ އިންޖެކްޝަން ޖަހައިގެންވެސް މަރުނުވި އަންހެންމީހާ، ވެންޓިލޭޓަރުގައި؛ ހާލު ސީރިއަސް: ލޯޔަރުން

އެމެރިކާގެ ޓެނެސީ ސްޓޭޓުގައި މަރުގެ އަދަބު ކަނޑައެޅިފައިވާ ޤައިދީއެއް ކަމަށްވާ ކްރިސްޓާ ޕައިކްގެ ގަޔަށް ލީތަލް އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވެ، އޭނާ...

ހަނގުރާމައިގެ ކުރިމަގާ ބެހޭ ދިރާސާއެއް ހެދުމަށް މަސްކް އަލުން ޓްރަމްޕްގެ ސަރުކާރުގެ މަގާމަކަށް
02 Oct 2026 ދުނިޔެ

ހަނގުރާމައިގެ ކުރިމަގާ ބެހޭ ދިރާސާއެއް ހެދުމަށް މަސްކް އަލުން ޓްރަމްޕްގެ ސަރުކާރުގެ މަގާމަކަށް

ދުނިޔޭގެ މަޝްހޫރު ބިލިއަނަރު އީލޮން މަސްކް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރަށް ރަސްމީކޮށް ލަފާއެރުވުމުގެ މަސައްކަތަށް އަލުން އެނބުރި އަތުވެއްޖެއެވެ. މަސްކް މިފަހަރު ހަވާލުވީ އެމެރިކާގެ ޕ...

އެމެރިކާގައި އަންހެނަކަށް މަރުގެ އަދަބު ދިނުމަށް ދެ ފަހަރެއްގެ މަތިން ލީތަލް އިންޖެކްޝަން ޖެހުމުންވެސް މަރެއް ނުވި
01 Oct 2026 ދުނިޔެ

އެމެރިކާގައި އަންހެނަކަށް މަރުގެ އަދަބު ދިނުމަށް ދެ ފަހަރެއްގެ މަތިން ލީތަލް އިންޖެކްޝަން ޖެހުމުންވެސް މަރެއް ނުވި

އެމެރިކާގެ ޓެނެސީ ސްޓޭޓްގައި މަރުގެ އަދަބު ދިނުމަށް ހުކުމް ކޮށްފައިވާ އުމުރުން 50 އަހަރުގެ ކްރިސްޓާ ޕައިކްއަށް މަރުގެ އަދަބު ދިނުމަށް ދެ ފަހަރެއްގެ މަތިން ލީތަލް އިންޖެކްޝަން ޖެހުމުން ވެސް އޭނާ މަރުނު...

އިރާގުގައި ތިބޭތާ 12 އަހަރަށްފަހު އެމެރިކާ އާއި އިނގިރޭސި ސިފައިން އެޤައުމުން ފައިބައިފި
30 Sep 2026 ދުނިޔެ

އިރާގުގައި ތިބޭތާ 12 އަހަރަށްފަހު އެމެރިކާ އާއި އިނގިރޭސި ސިފައިން އެޤައުމުން ފައިބައިފި

އެމެރިކާ އާއި އިނގިރޭސި ސިފައިން އިރާގްގައި ގާއިމްވެ ތިބޭތާ 12 އަހަރުފަހުން އެޤައުމު ދޫކޮށް ގޮސްފިއެވެ. އުތުރު ޢިރާޤުގެ ކުރުދިސްތާން ސަރަޙައްދުގެ އިރުބީލުގައި ތިބި އިނގިރޭސިވިލާތުގެ ގާތްގަނޑަކަށް 100 ...