ޓެމޫގެ ޕެކޭޖެއް... ފޮޓޯ: ސޯޝަލް މީޑިއާ
ޓެމޫގެ ޕެކޭޖެއް... ފޮޓޯ: ސޯޝަލް މީޑިއާ
ދުނިޔެ 09 Oct 2025 | 14:40

ޖަރުމަނުން ޓެމޫގެ އަގުތަކުގެ މައްސަލަ ބަލަނީ

ޖަރުމަންވިލާތުގެ ތަރޑް ޕާޓީ މަރޗެންޓުން ޓެމޫގައި އެއްޗެހި ވިއްކާ އަގުތަކަށް އެކުންފުނިން ނުފޫޒު ފޯރުވާކަމަށް ބުނެ، ޖަރުމަންވިލާތުން މައްސަލަ ބަލަން ފަށައިފިއެވެ.

ޖަރުމަންވިލާތުގެ ކަމާ ބެހޭ ފަރާތްތަކުން ބުނީ ޓެމޫ އިން އަގުތައް ކޮންޓްރޯލްކޮށް، ވިޔަފާރިވެރިންނަށް ޝަރުތުތައް ކުރަމުންދާކަމަށް ބެލެވޭކަމަށާއި، އޭގެ ސަބަބުން ޖަރުމަންވިލާތުގެ މާކެޓްގައި ވާދަވެރިކަން ގެއްލި، އެހެން ސޭލްސް ޗެނަލްތަކުގައި އަގުތައް ބޮޑުވުމުގެ މައްސަލަ ދިމާވާ ކަމަށެވެ. ޖަރުމަންވިލާތުން މައްސަލަ ބަލަމުންދަނީ އަޔަލެންޑްގެ ޑަބްލިންގައި ރަޖިސްޓްރީކޮށްފައިވާ ވޭލްކޯ ޓެކްނޮލޮޖީ ކުންފުންޏާއި ދެކޮޅަށެވެ. އެގައުމުގައި ޓެމޫ އޮޕަރޭޓްކުރަނީ އެކުންފުނި މެދުވެރިކޮށެވެ.

ޓެމޫ އިން ޖަރުމަންވިލާތުގެ މަރޗެންޓުންނަށް އެއްޗެހި ވިއްކަން ހުޅުވާލީ މީގެ އަހަރެއްހާ ދުވަސްކުރިންނެވެ. އަދި ޖަރުމަންވިލާތުގައި މިހާރުވެސް 19.3 މިލިއަން ޔޫޒަރސް ވަނީ ޓެމޫ އެކައުންޓް ހުޅުވާފައެވެ.

ބަލަމުންދާ މައްސަލައާއި ގުޅިގެން ޓެމޫއިން ބުނީ އެކުންފުނިން އޮޕަރޭޓްކުރާ މާކެޓެއްގެ ގާނޫނަށް އެކުންފުނިން ތަބާވާނެކަމާށެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ޖަރުމަނުގެ ކޮންސިއުލޭޓް ބަންދުކުރުމުން އެމްޑީޕީގެ ކަންބޮޑުވުން؛ މިއީ ބައިނަލްއަގުވާމީ ގުޅުންތަކަށް ސަރުކާރުން އިހުމާލުވާކަމުގެ ހެއްކެއް
14 Oct 2026 ހަބަރު

ޖަރުމަނުގެ ކޮންސިއުލޭޓް ބަންދުކުރުމުން އެމްޑީޕީގެ ކަންބޮޑުވުން؛ މިއީ ބައިނަލްއަގުވާމީ ގުޅުންތަކަށް ސަރުކާރުން އިހުމާލުވާކަމުގެ ހެއްކެއް

މާލޭގައި ހުންނަ ޖަރުމަނުވިލާތުގެ އޮނަރަރީ ކޮންސިއުލޭޓް ބަންދުކުރުމާ ގުޅިގެން، އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ )އެމްޑީޕީ( އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ސަލާމަތީ ސަބަބުތަކަށްޓަކައި ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
08 Oct 2026 ދުނިޔެ

ސަލާމަތީ ސަބަބުތަކަށްޓަކައި ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި

ސަލާމަތީ ސަބަބުތަކަށްޓަކައި، ލޮޖިސްޓިކްސް ކުންފުނި "ޒިޕެލް" ޗައިނާގެ ޝިޕިން ގްރޫޕް ކޮސްކޯ އަށް ވިއްކާލުން ޖަރުމަނުވިލާތުގެ ސަރުކާރުން ހުއްޓުވާފައިވާ ކަމަށް އެ ގައުމުގެ އިކޮނޮމީ މިނިސްޓްރީން އިއްޔެ ބުނ...

ގްރީސް އަތުން ޖަރުމަނު ބަލިވެއްޖެ
28 Sep 2026 ކުޅިވަރު

ގްރީސް އަތުން ޖަރުމަނު ބަލިވެއްޖެ

ޔުއެފާ ނޭޝަންސްލީގް އޭ ދެވަނަ ގްރޫޕްގައި ރޭ ޖަރުމަނުވިލާތާއި ގްރީސް ބައްދަލުކުރިމެޗް ކުރިން ހީކުރިގޮތާ ހިލާފަށް ގްރީސް ކާމިޔާބުކޮށްފިއެވެ. ޖަރުމަނުގައި ކުޚުނު މިމެޗް ގްރީސް ކާމިޔާބުކުރީ 1-0 ގެ ނަތީޖާއ...

ޖަރުމަނުން އިސްރާއީލާ ދެކޮޅު ހެދުން ޖިނާއީ ކުށަކަށް ހަދާ ބިލެއް ފާސްކުރަނީ
13 Jul 2026 ދުނިޔެ

ޖަރުމަނުން އިސްރާއީލާ ދެކޮޅު ހެދުން ޖިނާއީ ކުށަކަށް ހަދާ ބިލެއް ފާސްކުރަނީ

ޖަރުމަނުގެ ފެޑެރަލް ކައުންސިލް (ބުންޑެސްރާޓް) އިން އިސްތިއުމާރީ އިސްރާއީލުގެ ވުޖޫދު ދެކޮޅު ހަދާ މީހުންނަށް ފަސް އަހަރު ދުވަހުގެ ޖަލު ހުކުމް އަންނަ ގޮތަށް ޤާނޫނެއް ފާސްކުރުމުގެ މަސައްކަތް ފަށައިފިއެވެ....

ޕެރަގުއޭއިން ޖަރުމަނު ބަލިކޮށް ހޯދި ތާރީޚީ މޮޅާއެކު މިއަދު ސަރުކާރު ބަންދު ކޮށްފި
30 Jun 2026 ދުނިޔެ

ޕެރަގުއޭއިން ޖަރުމަނު ބަލިކޮށް ހޯދި ތާރީޚީ މޮޅާއެކު މިއަދު ސަރުކާރު ބަންދު ކޮށްފި

ފީފާ ވޯލްޑް ކަޕްގެ ނޮކްއައުޓް ބުރުގައި ހަތަރު ފަހަރު ދުނިޔޭގެ ޗެމްޕިއަންކަން ހޯދާފައިވާ ޖަރުމަނު ބަލިކޮށް ޕެރަގުއޭ ތާރީޚީ މޮޅެއް ހޯދައިފިއެވެ. މި ތާރީޚީ މޮޅާ ގުޅިގެން ޕެރަގުއޭގެ ރައީސް ސެންޓިއާގޯ ޕެން...

ޕެނަލްޓީ ޖަހައިގެން ޖަރުމަނު ބަލިކޮށް ޕަރަގުއޭ އަނެއްބުރަށް
30 Jun 2026 ކުޅިވަރު

ޕެނަލްޓީ ޖަހައިގެން ޖަރުމަނު ބަލިކޮށް ޕަރަގުއޭ އަނެއްބުރަށް

ޕެނަލްޓީ ޖަހައިގެން ޖަރުމަނު ބަލިކުރުމަށްފަހު، ވަރލްޑްކަޕް ގަދަ 16 ގެ ޖާގައެއް ޕަރަގުއޭ ހޯދައިފިއެވެ. ޕެނަލްޓީ ޖަހައިގެން މެޗްގެ ނަތީޖާ ނެރެފައިވަނީ މެޗްގެ ފުރިހަމަ ވަގުތާއި، އަދި އިތުރުވަގުތުގެ ދެހާފ...