ތުއްތު ކަރީމް އާއި އޭނާގެ މަންމަ
ތުއްތު ކަރީމް އާއި އޭނާގެ މަންމަ
ދުނިޔެ 23 Mar 2026 | 04:42

ބައްޕަގެ ކުރިމަތީގައި ޣައްޒާގެ ތުއްތު ކުއްޖަކަށް އިސްރާއިލުން ކުރި އަނިޔާގެ ވާހަކަ

ލިޔުންތެރިޔާ

ޚަދީޖާ އަރުފާ

ނިރުބަވެރި އިސްރާއިލުން ޣައްޒާގައި ހިނގަމުންދާ ލާއިންސާނީ އަމަލުތަކުގެ ތެރެއިން، ފަލަސްތީނުގެ އެއް އަހަރުގެ ތުއްތު ކުއްޖަކަށް ބޮޑެތި އަނިޔާތަކެއް ދީފި ކަމަށް ފަލަސްތީން ޓީވީން ރިޕޯޓްކޮށްފިއެވެ.

ފަލަސްތީނުގެ ނޫސްވެރިޔާ އުސާމާ އަލް-ކަހްލޫތާ ހަވާލާދީ ނޫސްތަކުން ރިޕޯޓް ކޮށްފައިވާ ގޮތުން، މި އަނިޔާތައް ދީފައިވަނީ އެ ކުއްޖާގެ ބައްޕަގެ ފަރާތުން އިއުތިރާފު ބަޔާނެއް ހޯދުމަށް މަޖުބޫރު ކުރުވުމުގެ ގޮތުންނެވެ.

މި ހާދިސާ ހިނގާފައިވަނީ ޣައްޒާގެ މެދުތެރޭގައި އޮންނަ އަލް-މަޣާޒީ ރެފިއުޖީ ކޭމްޕް ކައިރިންނެވެ. އަނިޔާ ލިބުނު ޖަވާދު ނަމަކަށް ކިޔާ 18 މަހުގެ މި ކުއްޖާގެ ހަށިގަނޑުގައި ހުރި ޒަޚަމްތައް ފަލަސްތީން ޓީވީން ވަނީ ދައްކާލާފައެވެ.

މަންޒަރު ދުށް މީހުން ކިޔައިދިން ގޮތުގައި، ޖަވާދު ބައްޕަ އުސާމާ އަބޫ ނައްޞާރަކީ އޭނާގެ އާމްދަނީ ހޯދުމަށް ބޭނުންކުރާ އަސް މަރުވުމުގެ ސަބަބުން ނަފްސާނީ ގޮތުން ވަރަށް ބޮޑަށް އަސަރުކޮށްފައި ހުރި މީހެކެވެ.

އޭނާ ދަރިފުޅު ގޮވައިގެން ބައެއް ސާމާނު ގަންނަން ދަނިކޮށް، ގޭ ކައިރިން އިސްރާއީލު ސިފައިންގެ ބަޑީގެ ހަމަލާތަކެއް ކުރިމަތިވިއެވެ. އެވަގުތު އިސްރާއީލު ސިފައިން އޭނާއަށް މަޖުބޫރު ކުރީ ތުއްތު ދަރިފުޅު ބިންމަތީގައި ބޭއްވުމަށްފަހު، ކައިރީގައި ހުރި އަސްކަރީ ޗެކްޕޮއިންޓަކަށް ދިޔުމަށެވެ.

އެއަށްފަހު، އެތަނުން އޭނާ ބޯޑަރު ހުރަސްކޮށް ގެންގޮސް، އޭނާގެ އަންނައުނު ބާލުވައި، އައުރަ އެއްކޮށް ކަޝްފުކުރުމަށްފަހު ސުވާލުކުރަން ފެށިއެވެ.

އެ ސުވާލުތަކުގެ ޖަވާބު ހޯދައި، އިސްރާއިލުން ބޭނުންވާ ކަންކަން ގަދަކަމުން ކުރުވުމަށްޓަކައި އުސާމާގެ ކުރިމަތީގައި އޭނާގެ ދަރިފުޅަށް އިސްރާއީލު ސިފައިން ވަނީ ވަރަށް ރަހުމުކުޑަ ގޮތަކަށް އަނިޔާކޮށްފައެވެ.

މެޑިކަލް ރިޕޯޓްތަކުން ކަށަވަރުވާ ގޮތުގައި، ސިފައިން ވަނީ ސިގިރޭޓުން އެ ކުއްޖާގެ ފައި ފިއްސާލައި، ފަޔަށް މޮހޮރުވެސް ޖަހާފައެވެ. މި އަނިޔާތަކުގެ ނިޝާންތައް ކުއްޖާގެ ހަށިގަނޑުން ފެންނަން ހުރި ކަމަށް ރިޕޯޓްތައް ބުނެއެވެ.

ގާތްގަނޑަކަށް 10 ގަޑިއިރު ވަންދެން ހިފަހައްޓާފައި ބެހެއްޓުމަށްފަހު، ބައިނަލްއަގުވާމީ ރެޑް ކްރޮސް މެދުވެރިކޮށް ތުއްތު ޖަވާދު ވަނީ އޭނާގެ އާއިލާއާ ހަވާލުކޮށްފައެވެ.

ނަމަވެސް، ޖަވާދުގެ ބައްޕަ އަދިވެސް ހުރީ އިސްރާއީލުގެ ބަންދުގައެވެ. އާއިލާއިން ވަނީ ބައްޕަ މިނިވަންކޮށް، އޭނާއަށް ބޭނުންވާ ސިއްހީ ފަރުވާ ފޯރުކޮށްދިނުމަށް ބައިނަލްއަގުވާމީ ޖަމިއްޔާތަކަށް އިލްތިމާސްކޮށްފައެވެ.

2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން އިސްރާއީލުން ހިންގަމުންދާ ގަތުލުއާންމުގައި މިހާތަނަށް 72,000 އަށްވުރެ ގިނަ ފަލަސްތީނު ރައްޔިތުން ވަނީ ޝަހީދުކޮށްލާފައެވެ. މީގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.

މީގެ އިތުރުން 171,000 އަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވާއިރު، ޣައްޒާގެ ބޮޑު ބައެއް ވަނީ ސުންނާފަތިކޮށްލާފައެވެ. މި ހަމަލާތަކުގެ ތެރޭގައި އިސްރާއީލުން ދަނީ ބައިނަލްއަގުވާމީ ގާނޫނުތަކާ ކަނޑައެޅިގެން ޚިލާފުވަމުންނެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ހޫތީން ސަޢުދީގެ ވެރިރަށް ރިޔާޟަށް ހަމަލާ ދެމުންދާތާ ތިން ދުވަސް؛ މިހާތަނަށް 14 މީހުން މަރުވެއްޖެ
13 Oct 2026 ދުނިޔެ

ހޫތީން ސަޢުދީގެ ވެރިރަށް ރިޔާޟަށް ހަމަލާ ދެމުންދާތާ ތިން ދުވަސް؛ މިހާތަނަށް 14 މީހުން މަރުވެއްޖެ

މި ހަމަލާތަކުގައި މިހާތަނަށް 14 މީހުން މަރުވެ، އެތައް ބަޔަކަށް އަނިޔާވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. މިކަމާ ގުޅިގެން ރިޔާޟުގެ ކިންގް ޚާލިދު ބައިނަލްއަޤްވާމީ ވައިގެ ބަނދަރު ވަނީ ބަންދުކޮށްފައެވެ.

ޕާކިސްތާނުގެ ޚައިބަރު ޕްރޮވިންސްގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށް، ޢިމްރާން ޚާންގެ ޕާޓީގެ ވެރިކަން ނިމުމަކަށް ގެނެސްފި
12 Oct 2026 ދުނިޔެ

ޕާކިސްތާނުގެ ޚައިބަރު ޕްރޮވިންސްގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށް، ޢިމްރާން ޚާންގެ ޕާޓީގެ ވެރިކަން ނިމުމަކަށް ގެނެސްފި

ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފްގެ ސަރުކާރާއި ޖަލުގައި ހުންނެވި ކުރީގެ ބޮޑުވަޒީރު ޢިމްރާން ޚާންގެ ޕާޓީ (ޕީ.ޓީ.އައި) އާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަމާއި، ޖުމްލަކޮށް ޙާލަތު ގޯސްވުމާ ގުޅިގެން،...

އަޔަލެންޑްގެ ކޯޗިން ސްޓާފެއް ގަޔަށް އިޒްރޭލުގެ ކުޅުންތެރިއަކު ކުޅުޖެހި މައްސަލަ ޔުއެފާއިން ބަލަން ފަށައިފި
07 Oct 2026 ކުޅިވަރު

އަޔަލެންޑްގެ ކޯޗިން ސްޓާފެއް ގަޔަށް އިޒްރޭލުގެ ކުޅުންތެރިއަކު ކުޅުޖެހި މައްސަލަ ޔުއެފާއިން ބަލަން ފަށައިފި

ޔޫއެފާ ނޭޝަންސް ލީގުގައި ރިޕަބްލިކް އޮފް އަޔަލެންޑާއި އިޒްރޭލު ބައްދަލުކުރި މެޗުގެ ހާފްޓައިމްގައި، އިޒްރޭލުގެ ކުޅުންތެރިއަކު އަޔަލެންޑްގެ ކޯޗިން ސްޓާފެއް ގަޔަށް ކުޅުޖެހި ކަމަށް ބުނާ މައްސަލައެއް ޔޫރަޕ...

ފަލަސްތީން ދަނޑުވެރިއްގެ ބިމުގައި އިސްރާއީލުން ފެންގަނޑެއް ތަރައްގީކުރަން ފަށައިފި
06 Oct 2026 ދުނިޔެ

ފަލަސްތީން ދަނޑުވެރިއްގެ ބިމުގައި އިސްރާއީލުން ފެންގަނޑެއް ތަރައްގީކުރަން ފަށައިފި

ހުޅަނގު އައްސޭރީގެ ފަލަސްތީނު އަވަށެއް ކަމަށްވާ، ފަސާޔިލްގެ ފަލަސްތީނު ދަނޑުވެރިއެއްގެ އަމިއްލަ ބިމުގައި އޮންނަ ފެން ރައްކާކުރާ ތަނެއް "ހެރޮޑްސް ޕޫލް"ގެ ނަމުގައި ތަރައްގީކުރުމުގެ މަސައްކަތް އިސްރާއީލު...

އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކުގައި ޝަހީދުވި 105 މީހެއްގެ ޖަނާޒާ ބާއްވައިފި
02 Oct 2026 ދުނިޔެ

އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކުގައި ޝަހީދުވި 105 މީހެއްގެ ޖަނާޒާ ބާއްވައިފި

އިސްރާއީލުން ޣައްޒާ ސިޓީއަށް ދިން ޢުދުވާނީ ހަމަލާތަކުގައި ޝަހީދުވި ފަލަސްތީނުގެ 105 މީހެއްގެ ހަށިގަނޑު އިމާރާތްތަކުގެ ދަށުން ހޯދައި، އެމީހުންގެ ޖަނާޒާ ބާއްވައި ފަސްދާނުލައިފިއެވެ. ފަލަސްތީނުގެ ރަސްމީ...

ސިއްރު ދަތުރެއްގައި ނަތަންޔާހޫ ޔޫއޭއީގެ ރައީސާ ބައްދަލުކޮށްފި
28 Sep 2026 ދުނިޔެ

ސިއްރު ދަތުރެއްގައި ނަތަންޔާހޫ ޔޫއޭއީގެ ރައީސާ ބައްދަލުކޮށްފި

ޣައްޒާގައި ބޮޑު ޤަތުލުޢާއްމެއް ހިންގަމުންދާ އިސްރާއީލުގެ ބޮޑުވަޒީރު، ނިރުބަވެރި ބެންޖަމިން ނަތަންޔާހޫ ސިއްރު ދަތުރެއްގައި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ވެރިރަށް އަބޫދާބީއަށް ގޮސް އެ ޤައުމުގ...

ޣައްޒާގެ ޤަތުލުޢާންމާ ދެކޮޅަށް އަޑުއުފުލުމަށް އަޔަލެންޑްގެ ކީޕަރު ސްކޮޑުން ވަކިވިއިރު، ޓީމުން އިސްރާއީލާ ދެކޮޅަށް ނުކުތީ ކަޅު ބޭންޑުގައި
28 Sep 2026 ކުޅިވަރު

ޣައްޒާގެ ޤަތުލުޢާންމާ ދެކޮޅަށް އަޑުއުފުލުމަށް އަޔަލެންޑްގެ ކީޕަރު ސްކޮޑުން ވަކިވިއިރު، ޓީމުން އިސްރާއީލާ ދެކޮޅަށް ނުކުތީ ކަޅު ބޭންޑުގައި

ހަންގޭރީގެ ނަގްޔެރްދޭ ސްޓޭޑިއަމްގައި އިއްޔެ ކުޅުނު ޔުއެފާ ނޭޝަންސް ލީގުގެ މެޗުގައި، އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ ޤަތުލުޢާންމާ ދެކޮޅަށް އަޔަލެންޑްގެ ޤައުމީ ފުޓްބޯޅަ ޓީމުން ހިމޭން އިހ...

އދ ގެ ތެރެއިން ފަލަސްތީނަށް ލިބެންޖެހޭ ހައްޤުތައް ވަނީ ހިފެހެއްޓިފައި: ފަލަސްތީން
26 Sep 2026 ހަބަރު

އދ ގެ ތެރެއިން ފަލަސްތީނަށް ލިބެންޖެހޭ ހައްޤުތައް ވަނީ ހިފެހެއްޓިފައި: ފަލަސްތީން

އދ. ގެ ތެރެއިން ފަަލސްތީނަށް ލިބެންޖެހޭ ހައްޤުތައް ވަނީ ހިފެހެއްޓިފައި ކަމަށާއި މިކަމުގައި ބައިނަލްއަގުވާމީ މުޖުތަމައުގެ ޒިންމާ އަދާކުރުމަށް އެ އިދާރާގައި ހުންނަ ފަލަސްތީނުގެ މިޝަނުންގޮވާލައިފިއެވެ. އ...