އަހްމަދު ޖަގްލް ކުރަނީ -- ފޮޓޯ: ވޮއިސް
އަހްމަދު ޖަގްލް ކުރަނީ -- ފޮޓޯ: ވޮއިސް
ރިޕޯޓް 06 Jun 2025 | 10:12

ދަނގެތީ އަހްމަދުބެ؛ ޖަގްލްގެ ރާއްޖޭގެ އެއްވަނަ ތަ؟

ލިޔުންތެރިޔާ

އަހުމަދު ހަމީދު އާދަމް

އިސްލާމީ އުސޫލުތަކާއި އެެއްގޮތަށް އީދު ފާހަގަކުރުމުގައި އެންމެ ފާހަގަކޮށްލެވޭ އެއް ރަށަކީ އދ. ދަނގެއްޗެވެ. އެ ރަށުގެ "ޖަމިއްޔަތުލް ޤަލަމް" އިން އިސްނަގައިގެން ރަށުގެ އެހެން ބައެއް ޖަމިއްޔާ ޖަމާއަތްތަކާއި އިދާރާތަކުގެ ބައިވެރިވުމާ އެކު ކުލަގަދަ ކޮށް އީދު ފާހަގަ ކުރާތާ މިއީ އެތައް އަހަރެއް ވެއްޖެ އެވެ.

އީދުގައި ދަނގެތީން ފެންނަނީ މުޅީން ތަފާތު މަންޒަރެކެވެ. އިސްލާމީ ހަމަތަކުގެ ތެރެއިން ފޯރީގައި އީދުގެ ކުޅިވަަރު ހަރަކާތްތައް ކުރިއަށް ގެންދެ އެވެ. ފޫހިވާނެ އެންމެ ވަގުތުކޮޅެއް ނުލިބޭހާ ގިނަ ހަރަކާތްތައް އީދުގެ ތިން ހަތަރު ދުވަހަށް ރާވާފައި އޮވެ އެވެ. ކުޅިވަރުތަކުގެ އިތުރުން އަގުހުރި އެތައް އިނާމްތަކެއް ލިބޭ ގޮތަށެވެ. އާއިލާ އެކުގައި އެއްވެ އީދުގެ އުފާ ހާސިލު ކުރެވޭ ގޮތަށެވެ.

"ޖަމިއްޔަތުލް ޤަލަމް" އިން ބޭނުންވަނީ ދަަނގެތީން ފެށުނު މި ހަރަކާތް މުޅި ރާއްޖެއަށް ފުޅާކުރާށެވެ. ރާއްޖޭގެ ހުރިހާ ރަށަކީ ވެސް އިސްލާމީ އުސޫލުތަކާއި އެއްގޮތަށް އީދު ފާހަގަ ކުރާ ރަށްތަކަކަށް ހެދުމަށެވެ. އެހެން ކަމުން އީދު އައުމުގެ އެތައް ދުވަހެއް ކުރީން ދަނގެތީގައި އޮންނަ އީދުގެ ހަރަކާތްތަކާއި އެ ހަރަކާތްތައް ކުރިއަށް ގެންދާ ގޮތް އިޝްތިހާރު ކުރެ އެވެ. ބޭނުމަކީ އެހެން ރަށްރަށުގައި އެކަންކަން ދިރުވުމެވެ. އިސްލާމީ އުސޫލުތަކަށް އީދު ފާހަގަ ކުރުމަށް ބާރު އަޅާ ހިތްވަރު ދިނުމެވެ.

މިކަންކަން އިޝްތިހާރު ކުރުމުގައި އެންމެ ބޮޑު ފޯރިއެއް ގެންގުޅެނީ އަދި އެންމެ ތަފާތު ގޮތަކަށް އެކަން ކުރަނީ "ޤަލަމް" ގެ ކޯ ފައުންޑާ، މި ރަށު މަގުމަތީގެ އަހްމަދު ސަވާދު (އަހްމަދުބެ) އެވެ.

ފޭސްބުކާއި ޓިކްޓޮކާއި އެ ނޫން ޕްލެޓްފޯމްތަކުގައި އީދުގެ އެކި ކަންކަން އަހްމަދުބެ އިޝްތިހާރު ކުރަނީ އަޖައިބު ކުރުވާހާ ޝައުގުވެރި ގޮތަކަށެވެ. އެންމެ ފާހަގަކުރެވޭ ކަަމަކީ އޭނާއަށް ލިބިފައިވާ ޖަގްލް ކުުރުމުގެ ހުނަރު ދައްކައިލަމުން އީދުގެ ހަރަކާތްްތައް އިޝްތިހާރު ކުރުމެވެ. އަހްމަދުގެ ސޯޝަލް މީޑިއާ އެކި އެކައުންޓްތަކުން އެފަަދަ އެތައް ވީޑިއޯއެއް އާންމުކޮށްފައިވެ އެވެ.

އަހްމަދު ޖަގްލް ކުރަނީ -- ފޮޓޯ: ވޮއިސް

އޭގެ ތެރެއިން ވެސް އާންމުންގެ ވަރަށް ބޮޑު ޝައުގުވެރިކަމަކާއި ސަމާލު ކަމެއް ހުއްޓުނު ވީޑިއޯ އެކެވެ. ވީޑިއޯގައި ފެންނަނީ ޖަގްލް ކުރަން ރަށުގެ ޖެޓީ ސަރަހައްދުގައި ހުއްޓާ ފޯނު ކޯލެއް އަންނަ މަންޒަރެވެ. ފަސޭހަ ކަމާއެކު ޖަގްލް ކުރުން އެއް އަތަށް ބަދަލުކޮށްލަ އެވެ. އަދި ފޯނަށް ޖަވާބު ދެ އެވެ. އެ ކޮޅުން ގުޅީ އަހްމަދުގެ ރަހްމަތްރި އެކެވެ. އޭނާ ސުވާލު ކުރަނީ ދަނގެތީގައި މި އަހަރު އީދަށް ރާވާފައިވާ ހަރަކާތްތަކާ ގުޅޭ ގޮތުންނެވެ. އިސްލާމީ އުސޫލުތަކާއި އެއްގޮތަށް ކުރިއަށް ގެންދޭތޯ ވެސް ސުވާލު ކުރާކަން އަހްމަދުގެ ޖަވާބުން ސާފުވެ އެވެ.

އާއިލާ އެންމެނަށް ބައިވެރިވެެވޭ ގޮތަަށް ވަަރަށް އުފާވެެރި މާހައުލެއްގައި މި އަހަރުވެސް އަލްހާ އީދުގެ ކުޅިވަރު ހަރަކާތްތައް އޮންނާނެ ކަމުގެ ހަބަރު އަހްމަދު ދެ އެވެ. ވީޑިއޯގެ އެންމެ ޝައުުގުވެރި ހިސާބަކީ ފޯނު ކޯލް ބާއްވާ ހިސާބެވެ. އެ ހިސާބުން ޖަގްލް ކުރުން އެހެން ހަރުފަތަކަށް ބަދަލުވެ އެވެ. އުކަމުން ދިޔަ ބޯޅަތަކުގެ ތެރެއަށް ފޯނުވެސް އިތުރުކޮށްލަ އެވެ. ވަރަށް ފަރިތަ އެވެ. އެހާމެ މޮޅެވެ.

"ވޮއިސް" އާ ވާހަކަ ދައްކަމުން އަހްމަދު ބުނި ގޮތުގައި ޖަގްލް ކުރުމަށް ފުރަތަމަ ޝައުގުވެރިކަން އުފެދުނީ 1999 އެއްހާ ހިސާބު ދަނގެތީ ކައިރީ އޮތް ވިލަމަންދޫ ރިސޯޓްގައި މަސައްކަތް ކުރި ދުވަސްވަރު އެވެ. އެ ރަށުގައި އުޅުނު ދިވެއްސަކު ޖަގްލް ކުރަނިކޮށް ފެނުނީ އެވެ. އެ ހިސާބުން އެކަން ކުރެވޭތޯ ބަލައިލީ އެވެ. ފަހުން އެ ރަށަށް އައި ޖަރުމަނު މީހެއްގެ އެހީގައި ބައެއް ކަންކަން އިތުރަށް ދަސްކޮށް، ޖަގްލް ކުރުމަށް އިތުުރު ޝައުގުވެރި ކަމެއް އުފެދުނީ އެވެ.

އެކަމަކު އެ ވަޒީފާ އިން ވަކިވި ފަހުން ޖަގްލް ދަސްކުރުން އެތައް ދުވަހަކަށް މެދުކެނޑުނެވެ. ދެން އައީ އަހްމަދުގެ ހަޔާތަށް އައި ބޮޑު ބަދަލުގެ ފެށުމެވެ. ދައުވަތުގެ މަސައްކަތަށް ހާއްސަ ލޯތްބެއް އުފެދި އެ މަސައްކަތަށް ވަގުތުތައް ހުސްކުރި އެވެ. އެ ދުވަސްވަރު ރަށުތެރެއިން ބައެއް މީހުން ސަމާސާ އަކަށް ހަދާފައިވެސް ބުނާ ބަހެއް އަހްމަދަށް ވަރަށް އުނދަގޫ ކަަމަކަށް ވި އެވެ.

އަހްމަދު ޖަގްލް ކުރަނީ -- ފޮޓޯ: ވޮއިސް

އެއީ "މި މީހުން ދީނީ ވެގެން ދެން ކުޅިވަރެއް ކުޅުން ވެސް މަނާވެއްޖެއޭ" ބުނެ އަމާޒު ކުރަން ފެށި ބަސްތަކެވެ. އެހެން ކަމުން އަހްމަދު ބޭނުންވީ އޭނާގެ ހުރި ޖަގްލް ކުރުމުގެ ހުނަރު ތަަރައްގީކޮށް އިސްލާމް ދީނަކީ ކުޅިވަރު ކުޅުން މަނާ ދީނެއް ނޫންކަން އެފަދަ މީހުންނަށް ބުނެދޭށެވެ.

އަހްމަދުގެ އެ ހުނަރަށް މިއަދު ދަނގެތީ އެންމެންވެސް ޝައުގުވެރިވެ އެވެ. އީދު ކަހަލަ މުނާސަބަތުތަކުގައި އަހްމަދުގެ ފަރާތުން ޖަގްލްގެ ހަރަކާތްތައް ބަލައިލަން އެރަށު މީހުން ބޭނުންވެ އެވެ. އަދި ޖަގްލް ކުރަނިކޮށް އަހްމަދު ނަގާފައިވާ ވިޑިއޯތައް އާންމުކުރަން ފެށުމުން އޭނާގެ އެ ހަރަކާތަށް މިއަދު ރާއްޖޭގައި ވެސް ބޮޑު ޝައުގުވެރިކަމެއް އުފެދިއްޖެ އެވެ.

އަހްމަދު ޖަގްލް ކުރަނީ -- ފޮޓޯ: ވޮއިސް

މިއީ ބޭރުގެ އެކި ގައުމުތަކުގައި ވަރަށް އާންމު ކުޅިވަރެކެވެ. ޖަގްލް ކުރުމަށް ވަރަށް މަޝްހޫރު މޮޅެތި މީހުން އުޅެ އެވެ. އެ މީހުން އެކަން ދަސްކޮށްދޭ ވީޑިއޯތައް ވަރަށް ބޮޑަށް ވައިރަލްވެފައިވެ އެވެ. އެކަމަކު މިއީ އާންމުކޮށް ދިވެހީންގެ ތެރޭން ފެންނަ ހުނަރެއް ނޫނެވެ. އަހްމަދު މިއަދު ދަނީ ޔޫޓިއުބް ވީޑިއޯތަކުގެ އެހީގައި ޖަގްލް ކުރުމުގެ ތަފާތު އެކި ހުނަރުތައް ދަސްކުރަމުންނެވެ. މިހާރުވެސް ވަރަށް ކުޅަދާނަ ކަަމަށް ފެނެ އެވެ. ވަރަށް މޮޅެވެ.

ސުވާލަކީ މިއީ އެވެ. ދަނގެތީ އަހްމަދު ސަވާދަކީ ޖަގްލް ކުރުމުގައި ރާއްޖޭގެ އެއްވަނަ ހެއްޔެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ހަނިމާދޫ ބައިނަލްއަޤުވާމީ ވައިގެ ބަނދަރު: ކުޑަ އެއާސްޓްރިޕަކުން އުތުރުގެ އެންމެ ބޮޑު ވައިގެ ބަނދަރަށް
13 Oct 2026 ރިޕޯޓް

ހަނިމާދޫ ބައިނަލްއަޤުވާމީ ވައިގެ ބަނދަރު: ކުޑަ އެއާސްޓްރިޕަކުން އުތުރުގެ އެންމެ ބޮޑު ވައިގެ ބަނދަރަށް

ދިވެހިރާއްޖޭގެ އުތުރުގެ ރައްޔިތުން އެތައް ޒަމާނެއް ވަންދެން ދެކެމުން އައި ތަރައްޤީގެ ފޮނި ހުވަފެންތަކާ ގުޅިފައިވާ އެންމެ މުހިންމު ބިނާއަކީ ހދ. ހަނިމާދޫ ބައިނަލްއަޤުވާމީ ވައިގެ ބަނދަރެވެ. ޒަމާންތަކެއް ވަންދެން ކުޑަ ޑޮމެސްޓިކް އެއާސްޓްރިޕެއްގެ ގޮތުގައި އޮތް މި ވައިގެ ބަނދަރު، ޒަމާނީ ބައިނަލްއަޤުވާމީ ފެންވަރަށް ތަރައްޤީވެގެން ދިއުމަކީ މުޅި ސަރަޙައްދުގެ އިޤްތިޞާދީ އަދި އިޖުތިމާޢީ މަންޒަރު ބަދަލުކޮށްލި އިންޤިލާބީ ފިޔަވަޅެކެވެ. މިއީ އެކަހެރިވެފައި އޮތް ސަރަޙައްދެއް، ޤައުމީ އަދި ބައިނަލްއަޤުވާމީ ފެންވަރުގެ އިޤްތިޞާދީ ހަބަކަށް ބަދަލުވެގެންދިޔަ ގޮތުގެ ފުރިހަމަ މިސާލެކެވެ.

އިމުގެ ތެރެއިން އީދު ފާހަގަކުރި ފަރާތްތައް ހޮވައި، ސަލަފުން އެކަމުގެ އަގުވަޒަންކޮށްފި
27 Jun 2026 ދީން

އިމުގެ ތެރެއިން އީދު ފާހަގަކުރި ފަރާތްތައް ހޮވައި، ސަލަފުން އެކަމުގެ އަގުވަޒަންކޮށްފި

ޖަމްޢިއްޔަތުއްސަލަފުގެ ފަރާތުން މިއަހަރުގެ އަޟްޙާ ޢީދު ފާހަގަކުރުމުގައި ދީނީ އިމުގެ ތެރެއިން ޢީދު ފާހަގަކުރި 11 ފަރާތެއް ހޮވައި އެކަމުގެ އަގުވަޒަންކޮށް އިނާމު ދީފިއެވެ. ސަލަފުން ބުނީ އިސްލާމީ އިމުތަކު...

ޢީދު ފާހަގަކުރުމަށް އިސްލާމިކް މިނިސްޓްރީން ޚާއްސަ ޕްލޭނެއް އެކުލަވާލަނީ
04 Jun 2026 ހަބަރު

ޢީދު ފާހަގަކުރުމަށް އިސްލާމިކް މިނިސްޓްރީން ޚާއްސަ ޕްލޭނެއް އެކުލަވާލަނީ

އިސްލާމީދީނުގައި ފާހަގަކުރާ ބަރަކާތްތެރި ދެ ޢީދު ކަމުގައިވާ ފިޠުރު ޢީދާއި އަޟްޙާ ޢީދު، މާލެއާއި އަތޮޅުތަކުގައި ކުލަގަދަކޮށް ފާހަގަކުރުމަށްޓަކައި ޚާއްޞަ ޕްލޭނެއް އެކުލަވައިލުމުގެ މަސައްކަތް އިސްލާމިކް ...

ދަނގެތީ ޢީދުއުފާ: ދައްކުވައިދިނީ އިމުގެ ތެރޭގައިވެސް ފޯރިގަދަ އުފާވެރި ޢީދެއް ފާހަގަކުރެވޭނެކަން
02 Jun 2026 ރިޕޯޓް

ދަނގެތީ ޢީދުއުފާ: ދައްކުވައިދިނީ އިމުގެ ތެރޭގައިވެސް ފޯރިގަދަ އުފާވެރި ޢީދެއް ފާހަގަކުރެވޭނެކަން

މިއަހަރުގެ ބޮޑު ޢީދު ނިމި، އެންމެން އެބައެއްގެ އާއްމު ދިރިއުޅުމުގެ މަސައްކަތަށް އެނބުރި ރުޖޫޢުވެފައިވާއިރު ބަހުސް ކުރެވޭ އެއް ސުވާލަކީ އެންމެ އުފާވެރި އަދި މަޖާ ޢީދެއް ފާހަގަކުރި ރަށަކާމެދުގައެވެ. އެ ...

ދަނގެތީ އީދު އުފާ: ޢުމްރާ ދަތުރު ވޮއިސްގެ އަރޫއަށް، އުންމީދާއެކު ދުޢާކުރުމުގެ ނަތީޖާ
31 May 2026 ރިޕޯޓް

ދަނގެތީ އީދު އުފާ: ޢުމްރާ ދަތުރު ވޮއިސްގެ އަރޫއަށް، އުންމީދާއެކު ދުޢާކުރުމުގެ ނަތީޖާ

އިސްލާމީ އުސޫލުތަކާއި އެއްގޮތަށް އެންމެ ކުލަގަދަކޮށް އީދު ފާހަގަކުރާ އެއް ރަށަކީ އދ. ދަނގެއްޗެވެ. އެ ރަށުން މުޅި ރާއްޖެއަށް މި ނަމޫނާ ދައްކާތާ ފަސް އަހަރެއްހާ ދުވަސްވީ އެވެ. އިސްލާމީ އުސޫލުގެ ތެރެއިން...

ދަނގެތީ ޢީދުއުފާ؛ އިސްރަށްވެހިންގެ ހަވީރުން އެންމެނަށް އުފާވެރިކަން
31 May 2026 ރިޕޯޓް

ދަނގެތީ ޢީދުއުފާ؛ އިސްރަށްވެހިންގެ ހަވީރުން އެންމެނަށް އުފާވެރިކަން

އދ. ދަނގެތީ ޢީދު އުފާގެ ހަރަކާތްތަކުގެ ތެރެއިން އެންމެ ތަފާތު އަދި އެންމެ ހިތްހަމަޖެހުން ގެނުވައިދޭ އެއް ހަރަކާތަކީ އިސްރަށްވެހިންގެ ހަވީރެވެ. އާއްމުކޮށް ޢީދު ކުޅިވަރުގެތަކުގެ ތެރެއިން އެންމެ ބާކީވާ އ...

ތ.ވިލުފުށި މާލި ޕެރޭޑް ތެރެއަށް ކަމާ ނުބެހޭ ބަޔަކު ވަދެގަތް މައްސަލައެއް
30 May 2026 ހަބަރު

ތ.ވިލުފުށި މާލި ޕެރޭޑް ތެރެއަށް ކަމާ ނުބެހޭ ބަޔަކު ވަދެގަތް މައްސަލައެއް

ތ.ވިލުފުށީގައި ރަށު ފެންވަރުގައި އަޟްހާ ޢީދު ފާހަގަކުރުމަށް ބޭއްވި ހަރަކާތްތަކުގެ ތެރެއިން އިއްޔެ ހަވީރު ބޭއްވި މާލި ޕެރޭޑަށް ކަމާ ނުބެހޭ ބަޔަކު ވަދެގަނެ ހިންގި އަމަލުތައް ވިލުފުށި ކައުންސިލުން ކުށްވެ...