އުރީދޫއާއި އެމްއެމްޕީއާރްސީން އެއްބަސްވުމުގައި ސޮއި ކުރުން: ފޮޓޯ/ އުރީދޫ
އުރީދޫއާއި އެމްއެމްޕީއާރްސީން އެއްބަސްވުމުގައި ސޮއި ކުރުން: ފޮޓޯ/ އުރީދޫ
ވިޔަފާރި 06 May 2025 | 10:33

އުރީދޫ އާއި އެމްއެމްޕީއާރްސީ ގުޅިގެން އެކި ގައުމުތަކުގައި ރާއްޖެ އިސްތިހާރު ކުރަނީ

އުރީދޫ މޯލްޑިވްސް އާއި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގުޅިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އުރީދޫގެ އޮޕަރޭޓިން ކުންފުނިތައް މެދުވެރިކޮށް ރާއްޖެ ޕްރިމިއާ ޓްރެވަލް ޑެސްޓިނޭޝަނެއްގެ ގޮތުގައި އިޝްތިހާރު ކުރުމަށް އެއްބަސްވުމުގައި ސޮއި ކޮށްފިއެވެ.

ހުޅުމާލޭގައި ހުންނަ އުރީދޫ ހެޑްކުއާޓަރުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ރަސްމީކޮށް ސޮއިކުރެއްވީ އުރީދޫ މޯލްޑިވްސްގެ ގްރޫޕް ކޮންސިއުމަރ އޮފިސަރ ބިލާލް ކަޒްމީ އާއި އެމްއެމްޕީއާރުސީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިއުރީ އެވެ.

އުރީދޫއިން ބުނިގޮތުގައި މިއީ އުރީދޫ ގްރޫޕްގެ ބައިނަލްއަގްވާމީ ފުޓްޕްރިންޓް ބޭނުންކޮށްގެން "ވިޒިޓް މޯލްޑިވްސް" ބްރޭންޑް އިތުރަށް ފުޅާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

މި ޕާޓްނަރޝިޕްމެދުވެރިކޮށް، އޭޝިއާ، މެދުއިރުމައްޗާއި އުތުރު އެފްރިކާގެ މުހިންމުމާކެޓުތަކުގައި އެމްއެމްޕީއާރުސީގެ ގްލޯބަލް ޑެސްޓިނޭޝަން މާކެޓިންގމަސައްކަތްތަކަށް އުރީދޫއިން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އުރީދޫއިން ބުނެއެވެ.

"ދުނިޔޭގެ އެންމެ ރީތި އެއް މަންޒިލް ކަމަށްވާ ރާއްޖެ އިޝްތިހާރު ކުރުމުގައިއެމްއެމްޕީއާރުސީއާ ގުޅިގެން މަސައްކަތް ކުރުމަކީ އަޅުގަނޑުމެންނަށް ލިބޭ ޝަރަފެއް. އުރީދޫގެ ގްލޯބަލް ނެޓްވޯކްގެ ހަރުދަނާކަމާއި އެކު، އަޅުގަނޑުމެންގެ އަމާޒަކީ ރާއްޖޭގެދެވަނައެއްނެތް މި ރީތިކަމާއި ސަގާފަތާއި މެހެމާންދާރީ ތަޖުރިބާކުރުމަށްބައިނަލްއަގްވާމީ މާކެޓުތަކުން އިތުރު ދަތުރުވެރިންނަށް ހިތްވަރު ދިނުން." އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އުރީދޫގެ މެނޭޖިންގ ޑިރެކްޓަރ އަދި ސީއީއޯ ޚާލިދު އަލް ޙަމާދީ ވިދާޅުވިއެވެ.

އެމްއެމްޕީއާރުސީގެ ސީއީއޯ އަދި އެމްޑީ އިބްރާހިމް ޝިއުރީ ވިދާޅުވި ގޮތުގައި، އުރީދޫއާ އެކު މި ސޮއިކުރެވުނު ޕާޓްނާޝިޕްގެ ސަބަބުން ދުނިޔޭގެ މުހިންމު މާކެޓުތަކުގައ ދިވެހިރާއްޖޭގެ ނަން އިސްތިހާރުކުރުމަށް އާ މަގުތަކެއް ހުޅުވިގެން ދާނެއެވެ.

ބައިނަލްއަގްވާމީ ގިނަ މާކެޓުތަކުގައި އުރީދޫގެ ވަރުގަދަ ނެޓްވާކު ހުރުމަކީ އަޅުގަނޑުމެންގެ ބްރޭންޑް ވިޒިބިލިޓީ ހަރުދަނާކޮށް ރާއްޖެއަށް ގިނަ ޓޫރިސްޓުން ގެނައުމަށް ލިބޭ އަގުހުރި ފުރުސަތެކެވެ." ޝިއުރީ ވިދާޅުވިއެވެ.

މި ޕާޓްނަރޝިޕްގެ ދަށުން އުރީދޫ މޯލްޑިވްސްއިން ސްޓްރެޓެޖިކް ކޯލަބްރޭޝަންގެ ޒަރިއްޔާއިން ޤައުމީ ތަރައްޤީއަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ކުރަމުންދާ މަސައްކަތްތައް ދައްކުވައިދޭއިރު، ރާއްޖޭގެ އިޤްތިޞާދީ ކުރިއެރުމަށް، ޚާއްޞަކޮށް ފަތުރުވެރިކަމުގެ މުހިންމު ދާއިރާގެ ތެރެއިން އެހީތެރިކަން ފޯރުކޮށްދިނުމަށް އުރީދޫ މޯލްޑިވްސްއިން ކުރަމުންދާ މަސައްކަތްތައް ދައްކުވައިދެއެވެ

.ދުނިޔޭގެ ފެންވަރުގެ ޓްރެވަލް ޑެސްޓިނޭޝަނެއްގެ ގޮތުގައި ރާއްޖެ ހަރުދަނާ ކުރަމުން އަންނައިރު، އުރީދޫ އާއި އެމްއެމްޕީއާރުސީ ގުޅިގެން ކުރިއަށް ގެންދާ މި ހަރަކާތަކީ ރާއްޖެއަށް ގިނަ ބަޔަކު ގުޅުވައިދިނުމުގައި މުހިންމު ދައުރެއް އަދާކުރާނެ މަޝްރޫއެކެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އުުރީދޫއިން ރާއްޖޭގެ މިސްކިތްތައް މަރާމާތުކުރުމަށް ކުރިއަށްގެންދާ "އުރީދޫ މަސްޖިދުނާ" އިނީޝިއޭޓިވް ރަސްމީކޮށް އިފްތިތާޙުކޮށްފި
15 Oct 2026 ހަބަރު

އުުރީދޫއިން ރާއްޖޭގެ މިސްކިތްތައް މަރާމާތުކުރުމަށް ކުރިއަށްގެންދާ "އުރީދޫ މަސްޖިދުނާ" އިނީޝިއޭޓިވް ރަސްމީކޮށް އިފްތިތާޙުކޮށްފި

ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މިސްކިތްތައް މަރާމާތުކޮށް، އެ ތަންތަނުގެ ހާލަތު ރަނގަޅުކުރުމަށް އެހީތެރިވެދިނުމުގެ މަޤްޞަދުގައި، އުރީދޫ މޯލްޑިވްސް އިން އިސްލާމީކަންތައްތަކާ އައުޤާފާ ބެހޭ ވުޒާރާއާއި ގުޅިގެން، އެ ކުންފުނީގެ ސީ.އެސް.އާރުގެ ދަށުން "އުރީދޫ މަސްޖިދުނާ" އިނީޝިއޭޓިވް ރަސްމީކޮށް އިފްތިތާޙުކޮށްފިއެވެ.

އުމުރުން ދުވަސްވީ މީހުން ސްކޭމްތަކުން ރައްކާތެރިކުރުމަށް އުރީދޫއާއި ފުލުހުން ސެޝަނެއް ބާއްވައިފި
23 Sep 2026 ވިޔަފާރި

އުމުރުން ދުވަސްވީ މީހުން ސްކޭމްތަކުން ރައްކާތެރިކުރުމަށް އުރީދޫއާއި ފުލުހުން ސެޝަނެއް ބާއްވައިފި

އުރީދޫ މޯލްޑިވްސްއާއި ދިވެހި ފުލުހުންގެ ޚިދުމަތް ގުޅިގެން މާލެ އަދި ހުޅުމާލޭގެ އިސްރަށްވެހިންގެ ނާދީގައި ދޮށީ ޢުމުރުގެ މީހުންނަށް ޑިޖިޓަލް ރައްކާތެރިކަމާއި ސްކޭމްތައް ދެނެގަތުމާ ގުޅޭ ސެޝަނެއް ބާއްވައި...

އުރީދޫ އެޕުން ރީޗާޖް ކޮށްގެން ހަފްތާއަކު 12،000 ރުފިޔާ، އަދި ބޮޑު އިނާމަކަށް 100،000 ރުފިޔާ ލިބޭ ޕްރޮމޯޝަނެއް
22 Sep 2026 ވިޔަފާރި

އުރީދޫ އެޕުން ރީޗާޖް ކޮށްގެން ހަފްތާއަކު 12،000 ރުފިޔާ، އަދި ބޮޑު އިނާމަކަށް 100،000 ރުފިޔާ ލިބޭ ޕްރޮމޯޝަނެއް

އުރީދޫ އެޕް މެދުވެރިކޮށް ރީޗާޖުކޮށްގެން ނުވަތަ ޝަރުތު ހަމަވާ ޕެކްތައް އެކްޓިވޭޓްކޮށްގެން، ކޮންމެ ހަފްތާއަކު 12،000 ރުފިޔާ އަދި ގްރޭންޑް ޕްރައިޒްގެ ގޮތުގައި 100،000 ރުފިޔާ ހޯދުމުގެ ފުރުސަތު ޕްރީޕެއިޑް ...

އުރީދޫ ފިންޓެކުގެ ރާއްޖޭގެ ކަންޓްރީ ހެޑަކަށް ނޫމާން ހަމަޖައްސައިފި
17 Sep 2026 ވިޔަފާރި

އުރީދޫ ފިންޓެކުގެ ރާއްޖޭގެ ކަންޓްރީ ހެޑަކަށް ނޫމާން ހަމަޖައްސައިފި

ޓެލެކޮމް އަދި ޑިޖިޓަލް ޕްރޮޑަކްޓުގެ ދާއިރާގައި ދިހަ އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ ހޯދާފައިވާ އަޙްމަދު ނޫމާން އުރީދޫ ފިންޓެކުގެ ރާއްޖޭގެ ކަންޓްރީ ހެޑް ގޮތުގައި އައްޔަންކޮށްފިއެވެ. ނޫމާން މީގެ ކު...

ރާއްޖެ އިޝްތިހާރުކުރުމަށް އެމިރޭޓްސްއާ ޤަތަރު އެއާވޭސްއާ އެކު އެއްބަސްވުމެއް
15 Sep 2026 ހަބަރު

ރާއްޖެ އިޝްތިހާރުކުރުމަށް އެމިރޭޓްސްއާ ޤަތަރު އެއާވޭސްއާ އެކު އެއްބަސްވުމެއް

ބައިނަލްއަޤުވާމީ ޓޫރިޒަމް މާކެޓްތަކުގައި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ގުޅިގެން މަސައްކަތްކުރުމުގެ އެއްބަސްވުމެއްގައި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ) އިން އެމިރޭޓްސް އަދި ޤަތަރު އ...

ހަތަރުވަނަ އޭޓީވީ ފާތުމަތު އަޒުމާއަށް! އުރީދޫގެ 'ހިނގާ' އޭޓީވީ ޕްރޮމޯޝަނުގައި އަދި އިތުރު 2 އޭޓީވީ ދޭނެ
07 Sep 2026 ވިޔަފާރި

ހަތަރުވަނަ އޭޓީވީ ފާތުމަތު އަޒުމާއަށް! އުރީދޫގެ 'ހިނގާ' އޭޓީވީ ޕްރޮމޯޝަނުގައި އަދި އިތުރު 2 އޭޓީވީ ދޭނެ

އުރީދޫ މޯލްޑިވްސްއިން އެއް އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ 'ހިނގާ' އޭޓީވީ ޕްރޮމޯޝަންގެ ހަތަރުވަނަ ނަސީބުވެރިޔަކަށް ލ. މާބައިދޫ، ފާތުމަތު އަޒުމާ ހޮވިއްޖެއެވެ. 2026 ވަނަ އަހަރުގެ ނިޔަލަށް ޖުމް...