އިރާނުގެ ރައީސް އިބްރާހީމް ރައިސީ - ފޮޓޯ: އޭޕީ
އިރާނުގެ ރައީސް އިބްރާހީމް ރައިސީ - ފޮޓޯ: އޭޕީ
ދުނިޔެ 19 May 2024 | 21:24

ރައީސީ އަވަހާރަ ވެއްޖެނަމަ ވެރިކަމާ ހަވާލުވާނީ އެއްވަނަ ނައިބްރައީސް

ކުއްލި ޙާލަތެއްގައި އިރާނުގެ ރައީސް އަވަހާރަވެއްޖެ ނަމަ، ވެރިކަމާ ހަވާލުވާނީ އިރާނުގެ 1 ވަނަ ނައިބުރައީސެވެ. އީރާނުގެ ނައިބްރައީސްގެ މަޤާމްގައި އެއްބޭފުޅަށްވުރެ ގިނަބޭފުޅުން ތިއްބަވައެވެ.

އިރާނުގެ ޤާނޫނު އަސާސީގައި ބުނެފައި ވާގޮތުން ކުއްލި ޙާލަތެއްގައި އެ ޤައުމުގެ ރައީސް އަވަހާރަ ވެއްޖެ ނަމަ، ސުޕްރީމް ލީޑަރުގެ ހުއްދައާއެކު ވެރިކަމާ ހަވާލުވާނީ 1 ވަނަ ނައިބު ރައީސެވެ.

އީރާނުގެ ސިޔާސީ ދަރަޖަތައް ބަހާފައި އޮންނަ ގޮތުން އެ ދައުލަތުގެ ވެރިޔަކީ ސުޕްރީމް ލީޑަރު އަލީ ޚާމަނާއީ އެވެ. އަދި ރައީސް ބެލެވޭނީ ސަރުކާރުގެ ދެވަނަ ކޮމާންޑުގެ ގޮތުގަ އެވެ.

އަދި ކުއްލި ޙާލަތެއްގައި ރައީސް އަވަހާރަ ވެއްޖެ ނަމަ، 1 ވަނަ ނައިބު ރައީސް ވެރިކަމާ ހަވާލުވެ، 50 ދުވަހުގެ ތެރޭގައި، އާ ރައީސަކު އިންތިޚާބު ކުރަން ޖެހެއެވެ.

އެހެން ކަމުން، މިއަދުގެ ހެލިކޮޕްޓަރު ހާދިސާގައި ރައީސް، އިބްރާހީމް ރައިސީ އަވަހާރަވެއްޖެ ނަމަ، ވަގުތީގޮތުން ނައިބު ރައީސް، މުހައްމަދު މޮޚްބަރު ރައީސްގެ މަގާމަށް އަންނާނެ ކަމަށް ނޫސް ތަކުން ދަނީ ރިޕޯޓުކުރަމުންނެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

މުސްލިމުންގެ އާބާދީ ކްރިސްޓިއަނުންނަށްވުރެ އިތުރުވާނެ ކަމަށް ލަފާކުރުމުން، ކްރިސްޓިއަނުން ކައިވެނިކޮށް ގިނައިން ދަރިން ހޯދުމަށް ގޮވާލައިފި
22 Nov 2026 ދުނިޔެ

މުސްލިމުންގެ އާބާދީ ކްރިސްޓިއަނުންނަށްވުރެ އިތުރުވާނެ ކަމަށް ލަފާކުރުމުން، ކްރިސްޓިއަނުން ކައިވެނިކޮށް ގިނައިން ދަރިން ހޯދުމަށް ގޮވާލައިފި

2035 ވަނަ އަހަރު އަންނަންވާއިރަށް ދުނިޔޭގެ އެންމެ ބޮޑު އާބާދީ އޮތް ދީނަކަށް އިސްލާމްދީން ވެގެންދާނެ ކަމަށް ދިރާސާއަކުން ދެއްކުމާ ގުޅިގެން، ކައިވެނިކޮށް ގިނައިން ދަރިން ހޯދުމަށް އެމެރިކާގެ ކުރީގެ ވައިޓް ހައުސް ޕްރެސް ސެކްރެޓަރީ ކެރޮލައިން ލީވިޓް ކްރިސްޓިއަނުންނަށް ގޮވާލައިފިއެވެ.

އިސްރާއީލުގައި ސަރުކާރެއް އެކުލަވާލުމަށް އައިޒެންކޮޓް، ނަތަންޔާހޫގެ ލިކުޑް ޕާޓީއަށް މަޝްވަރާއަށް ދައުވަތު ދީފި
22 Nov 2026 ދުނިޔެ

އިސްރާއީލުގައި ސަރުކާރެއް އެކުލަވާލުމަށް އައިޒެންކޮޓް، ނަތަންޔާހޫގެ ލިކުޑް ޕާޓީއަށް މަޝްވަރާއަށް ދައުވަތު ދީފި

އިސްރާއީލުގެ އާ ސަރުކާރެއް އެކުލަވާލުމުގެ މަސްއޫލިއްޔަތު ހަވާލުކުރެވިފައިވާ ކުރީގެ އަސްކަރީ ވެރިޔާ ގާޑީ އައިޒެންކޮޓް، ބެންޖަމިން ނަތަންޔާހޫގެ ކަނާތުފިޔައިގެ ލިކުޑް ޕާޓީއާ އެކު ކޯލިޝަން މަޝްވަރާތައް ފެށުމަށް ދައުވަތު ދީފިއެވެ.

ދީނީ އަދި ރޫޙާނީ ކަންކަމަށް އިސްކަންދޭ އުމުރުން ދުވަސްވީ މީހުންގެ ދިރިއުޅުން، ދީނާ ދުރުމީހުންނަށްވުރެ މާ އުފާވެރި: ދިރާސާ
22 Nov 2026 ދުނިޔެ

ދީނީ އަދި ރޫޙާނީ ކަންކަމަށް އިސްކަންދޭ އުމުރުން ދުވަސްވީ މީހުންގެ ދިރިއުޅުން، ދީނާ ދުރުމީހުންނަށްވުރެ މާ އުފާވެރި: ދިރާސާ

އުމުރުން ދުވަސްވާއިރު ދީނީ އަދި ރޫޙާނީ ކަންކަމަށް ލޯބިކުރާ މީހުންނަށް ދިރިއުޅުމުގައި ލިބޭ އުފާވެރިކަމާއި، ދިރިއުޅުމުގެ ފެންވަރު މާ ބޮޑަށް ރަނގަޅު ކަމަށް ބައިނަލްއަޤްވާމީ ފެންވަރުގައި ކުރެވުނު ދިރާސާއަކުން ދައްކައިފިއެވެ.

ހޮރުމުޒް ކަނޑުއޮޅީގެ ހަމަލާތައް: ޕާކިސްތާނާއި އީރާނުގެ އެއްބަސްވުމަށް އިތުބާރެއް ނެތް
14 Nov 2026 ދުނިޔެ

ހޮރުމުޒް ކަނޑުއޮޅީގެ ހަމަލާތައް: ޕާކިސްތާނާއި އީރާނުގެ އެއްބަސްވުމަށް އިތުބާރެއް ނެތް

ނާޒުކު ދަނޑިވަޅުގައި، ޕާކިސްތާނާއި އީރާނާ ދެމެދު ވެފައިވާ ޑިޕްލޮމެޓިކް އަދި ކަނޑުދަތުރުފަތުރުގެ ރައްކާތެރިކަމުގެ އެއްބަސްވުންތަކުގެ ހަގީގީ ބޭނުމާއި، އޭގެ ދެމެހެއްޓެނިވިކަމާ މެދު މިހާރު މިވަނީ ބޮޑެތި ސުވާލުތަކެއް އުފެދިފައެވެ.

ހޮރްމުޒް ކަނޑުއޮޅި ކުރީގެ ހާލަތަށް ދެން ދުވަހަކުވެސް ރުޖޫޢަނުވާނެ: އީރާން
12 Nov 2026 ދުނިޔެ

ހޮރްމުޒް ކަނޑުއޮޅި ކުރީގެ ހާލަތަށް ދެން ދުވަހަކުވެސް ރުޖޫޢަނުވާނެ: އީރާން

އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ކުރިން ހޮރްމުޒް ކަނޑުއޮޅި އޮތް ހާލަތަށް އެ ސަރަހައްދު ދެން ދުވަހަކުވެސް ރުޖޫޢަނުވާނެ ކަމަށް އީރާނުގެ ޕާލަމެންޓުގެ ރައީސް އަދި އެ ގައުމުގެ އިސް މަންދޫބު މުޙައްމަދު ބާގިރު ޤާލީބާފް ވިދާޅުވެއްޖެއެވެ.

އީރާނާ ދެކޮޅަށް ހަނގުރާމަ ފެށުމަށް އެދި ނަތަންޔާހޫ ކޮންމެ ދުވަހަކު ޓްރަމްޕަށް ގުޅާ: ރިޕޯޓް
11 Nov 2026 ދުނިޔެ

އީރާނާ ދެކޮޅަށް ހަނގުރާމަ ފެށުމަށް އެދި ނަތަންޔާހޫ ކޮންމެ ދުވަހަކު ޓްރަމްޕަށް ގުޅާ: ރިޕޯޓް

އީރާނާ ދެކޮޅަށް އަސްކަރީ ފިޔަވަޅުތައް އަލުން އެޅުމަށް ބާރުއަޅައި، އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ކޮންމެ ދުވަހަކު ފޯނުން ގުޅަމުންދާ ކަމަށާއި، މިކަމާ ގުޅިގެން ވައިޓް ހައުސްގެ ތެރޭގައާއި އަރަބި އިސްލާމީ ޤައުމުތަކުގައި ބޮޑެތި ކަންބޮޑުވުންތަކެއް އުފެދިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

އީރާނުން އަންހެނުންނަށް ޚާއްޞަ އަސްކަރީ ތަމްރީނު ކޭމްޕެއް
11 Nov 2026 ދުނިޔެ

އީރާނުން އަންހެނުންނަށް ޚާއްޞަ އަސްކަރީ ތަމްރީނު ކޭމްޕެއް

އެމެރިކާއާ ދެމެދު އޮތް ނުތަނަވަސްކަން އިތުރުވަމުންދާ މި ދަނޑިވަޅުގައި، އީރާނުގެ ވެރިރަށް ތެހެރާނުގައި އަންހެން ވޮލަންޓިއަރުންނަށް ޚާއްޞަކޮށްގެން އަސްކަރީ ތަމްރީނު ދޭ ކޭމްޕެއް ހުޅުވައިފިއެވެ. ތެހެރާނުގެ އާޒާދީ މައިދާނުގައި ހުޅުވި މި މަރުކަޒަކީ ޤައުމީ ފެންވަރުގައި ކުރިއަށްގެންދާ އަސްކަރީ، ކުއްލި ހާލަތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމާއި އަދި ލޮޖިސްޓިކް ސަޕޯޓް ދިނުމުގެ ކެމްޕޭނުގެ ބައެކެވެ.

އެމެރިކާއާއި އިސްރާއިލްގެ ޖާސޫސުންގެ ގޮތުގައި މަސައްކަތްކުރި އީރާނުގެ ތިން މީހަކަށް މަރުގެ އަދަބުދީފި
08 Nov 2026 ދުނިޔެ

އެމެރިކާއާއި އިސްރާއިލްގެ ޖާސޫސުންގެ ގޮތުގައި މަސައްކަތްކުރި އީރާނުގެ ތިން މީހަކަށް މަރުގެ އަދަބުދީފި

އީރާނުގެ ފާރްސް ނިއުސް އެޖެންސީން ހާމަކޮށްފައިވާ ގޮތުގައި، މަރުގެ އަދަބު ދީފައިވާ ތިން މީހުންނަކީ ހަސަން ދިއޯބަންދު، ހާމިދު ކަޒޭމީ އަދި ރެޒާ ޒަންގާނޭއެވެ. މި ތިން މީހުންނަކީވެސް މުޒާހަރާތަކުގެ ތެރޭގައި ހިންގި ތަފާތު އެކި ހަމަނުޖެހުންތަކުގައި އިސްކޮށް އުޅުނު މީހުން ކަމަށް ރިޕޯޓުތައް ބުނެއެވެ.