މޫސަ އަދި މޫސައަށް ހަމަލާދީ މަރާލުމުގެ ތުހުމަތު އޮތް މޯޑް
މޫސަ އަދި މޫސައަށް ހަމަލާދީ މަރާލުމުގެ ތުހުމަތު އޮތް މޯޑް
ރިޕޯޓް 01 Aug 2025 | 11:57

މޫސަގެ ޤާތިލު ޕޮލިހަށް ދިޔައިރު ސްޓޭޝަން ހުސްކޮށް ހުރީ ކީއްވެ؟

ޖުލައި މަހުގެ 28 ވަނަ ދުވަހުގެ ހެނދުނު މާވަށުގައި ހިނގި ހަމަނުޖެހުމެއް ބޮޑުވެ ވަޅީގެ ހަމަލާއެއް އަމާޒުވެ އެ ރަށު ނަލަހިޔާގޭ އުމުރުން 29 އަހަރުގެ މޫސާ އިބްރާހީމް ވަނީ މަރުވެފަ އެވެ. މޫސައަށް ހަމަލާ ދިނުމުގެ ތުހުމަތު އޮތީ ހދ. ނޮޅިވަރަންފަރު، އަސަރީމަންޒިލް، އުމުރުން 29 އަހަރުގެ މުހައްމަދު އިބްރާހީމް (މޯޑް) އަށެވެ.

ހަމަލާއާ ގުޅިގެން ފަރުވާ ދިނުމަށް ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް މޫސަ ވަނީ މަރުވެފަ އެވެ. ހަމަނުޖެހުން ހިނގާ މޫސައަށް ވަޅިން ހަމަލާ ދިނުމަށް ފަހު މޯޑް ފުލުހަށް ހާޒިރުވީ އަމިއްލައަށެވެ. ފުރަތަމަ އޭނާ ދިޔައީ މޫދު ކައިރިއަށެވެ. ގޮސް ގައިގައި ހުރި ލޭތައް ދޮވެ ސާފުކޮށް މޫސައަށް ހަމަލާ ދިނުމަށް ބޭނުންކުރި ވަޅި މޫދަށް އެއްލާލިއެވެ.

އަދި ބަނދަރުމަތީ ހުރި މާވަށު ޕޮލިސް ސްޓޭޝަނަށް ދިޔަ އެވެ. ދިޔައީ އަމިއްލައަށް ފުލުހުންނާއި ހަވާލުވުމަށެވެ. ނަމަވެސް އެ ވަގުތު ސްޓޭޝަން ހުރީ ހުސްކޮށެވެ. ފުލުހުން އައީ ސްޓޭޝަންގެ ކޮފީ ބޯ ސަރަހައްދުގައި މޯޑް އިންްނަތާ އިރުތަކެއްގެ ފަހުންނެވެ.

-- މިއީ އެެ ރަށުން ވާހަކަ ދެއްކި މަންޒަރު ފެނުނު އަދި ކަން ހިނގާދިޔަ ގޮތް އެނގޭ މީހުން ނޫސްތަކަށް މައުލޫމާތު ދިން ގޮތެވެ.

އެހެން ކަމުން ޕޮލިސް ސްޓޭޝަން ހުސްކޮށް ހުރި ސަބަބާއި ގުޅޭގޮތުން ނޫސްވެރީން ސުވާލުކުރި އެވެ. ނޫސްވެރިޔާ މަރިޔަމް އިސާދާ ފުލުހުންނާއި އެ ސުވާލުކުރުމުން އެ ސުވާލުގެ ޖަވާބު މީޑިއާތަކާއި މިއަދު ވަނީ ހިއްސާކޮށްފަ އެވެ.

ފުލުހުން ބުނި ގޮތުގައި މަރުގެ މި މައްސަލާގައި ތުހުމަތުކުރެވޭ މީހާ ސްޓޭޝަނަށް ހާޒިރުވެފައިވަނީ މައްސަލައިގެ ރިޕޯޓު ލިބުމުން ސްޓޭޝަންގެ ހުރިހާ ފުލުހުން ކުށުގެ ވެއްޓަށް ދިޔަ ވަގުތު އެވެ. ސްޓޭޝަން ހުސްކޮށް ހުރީ އެ ސަބަބާއި ގުޅިގެންނެވެ.

މޫސަގެ ހަށިގަނޑު ބޭރަށް, މޯޑް ޝަރީއަތް ނިމެންދެން ޖަލަށް

މި މައްސަލައާ ގުޅިގެން ހިންގާ ތަހުގީގަށް ބޭނުންވާ މައުލޫމާތު ހޯދުމަށް މޫސާ އިބްރާހީމްގެ ހަށިގަނޑު އޮޓޮޕްސީ ހެދުމަށް ބޭރަށް ގެންދިއުމަށް ވަނީ ނިންމާފަ އެވެ.

މަރުގެ މި މައްސަލާގައި ގާތިލްކަމަށް ތުހުމަތުކުރެވޭ މުހައްމަދު އިބްރާހީމް މިހާރު ހުރީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ. މިހާތަނަށް ލިބުނު މައުލޫމާތަށް ބަލާއިރު ވަޅިހެރުމުގެ ހާދިސާ ހިނގާފައިވަނީ، މަސްތުވާތަކެތީގެ މުއާމަލާތެއްގެ ތެރެއިންނެވެ. އެ ދެ މީހުންނަކީވެސް މަސްތުވާތަކެތި ބޭނުންކޮށް ވިޔަފާރިކުރާ ބައެއްކަމަށް އެރަށުން ވާހަކަދެއްކި ބައެއް މީހުން ވަނީ ބުނެފައެވެ. ފުލުހުން ބުނެފައިވަނީ ގާތިލްކަމަށް ތުހުމަތުކުރެވޭ މުހައްމަދަކީ ކުށުގެ ރެކޯޑް އޮންނަ މީހެއް ކަމަށެވެ.

ފުލުހުން ވަނީ ހަމަލާދިނުމަށް ބޭނުންކުރި ވަޅި ހޯދާފައެވެ. ވަޅި ހޯދާފައިވަނީ މޫދުންނެވެ. ވަޅި އޮތްތަން ދެއްކީ ވެސް މޯޑް އެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ޑައިވަރުންގެ މެދުގައި ހިނގި ހަމަނުޖެހުމާ ގުޅިގެން ޑައިވަރަކު ސަސްޕެންޑުކޮށްފި
02 Nov 2026 ހަބަރު

ޑައިވަރުންގެ މެދުގައި ހިނގި ހަމަނުޖެހުމާ ގުޅިގެން ޑައިވަރަކު ސަސްޕެންޑުކޮށްފި

މިކަމާ ގުޅިގެން މޯލްޑިވްސް ލެޖެންޑުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ހާދިސާ ހިނގި ވަގުތު އެ ލިވްއަބޯޑުން ޑައިވިންއަށް ގޮސް އުޅުނު ގެސްޓުންނާއި ޑައިވް ޓީމުގެ މެންބަރުންގެ ލިޔުންތަކާއި ބަޔާންތައް ހޯދައި މައްސަލަ އޮޅުންފިލުވާފައިވާ ކަމަށެވެ. އޭޖެންސީން ބުނީ، ހަމަނުޖެހުން އުފެދުނީ އެހެން އުޅަނދެއްގެ ޑައިވް ގައިޑަކާ ދެމެދު ކަމަށާއި، މޯލްޑިވްސް ލެޖެންޑުގެ ޓީމުން މަސައްކަތްކުރީ އެ މައްސަލަ ހުއްޓުވުމަށް ކަމަށެވެ.

ނަޞްރުގެ ދުވަހުގެ ޙަރަކާތްތަކާ ގުޅިގެން މާލޭގެ ބައެއް މަގުތަކާއި ފަޅު ބަންދުކުރަނީ
02 Nov 2026 ހަބަރު

ނަޞްރުގެ ދުވަހުގެ ޙަރަކާތްތަކާ ގުޅިގެން މާލޭގެ ބައެއް މަގުތަކާއި ފަޅު ބަންދުކުރަނީ

ދިވެހިރާއްޖޭގެ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރަސްމީ ޙަރަކާތްތަކާ ގުޅިގެން، މާލޭގެ ބައެއް މަގުތަކާއި ކަނޑުގެ ސަރަޙައްދު ވަގުތީގޮތުން ބަންދުކޮށް، ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނައުމަށް ނިންމައިފިއެވެ.

ސ. މީދޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނުކަމުގެ ތުހުމަތުގައި ދިވެއްސަކު ހައްޔަރުކޮށްފި
01 Nov 2026 ހަބަރު

ސ. މީދޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނުކަމުގެ ތުހުމަތުގައި ދިވެއްސަކު ހައްޔަރުކޮށްފި

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، ހައްޔަރުކޮށްފައިވަނީ އެ ރަށުގެ އިރާކްއަށް ނިސްބަތްވާ 19 އަހަރުގެ އަބްދުﷲ ޝައުނުއެވެ.

ސަފާރީ ޑައިވަރުންގެ މެދުގައި ހިނގި ހަމަނުޖެހުން އިންސާފުވެރިކަމާއެކު ތަހުގީގުކުރުމަށް އެންބީއޭއެމްއިން ގޮވާލައިފި
01 Nov 2026 ހަބަރު

ސަފާރީ ޑައިވަރުންގެ މެދުގައި ހިނގި ހަމަނުޖެހުން އިންސާފުވެރިކަމާއެކު ތަހުގީގުކުރުމަށް އެންބީއޭއެމްއިން ގޮވާލައިފި

މީސްމީޑިއާއާއި ބައިނަލްއަގުވާމީ މަންސަތަކުގައި މި ހާދިސާގެ ވީޑިއޯތައް ދައުރުވަމުންދާއިރު، އެންބީއޭއެމްއިން ބުނެފައިވަނީ މިއީ ވަރަށް ނާޒުކު އަދި ސީރިއަސް މައްސަލައެއް ކަމަށާއި، މި މައްސަލަ ވަކި ފަރާތަކަށް ނުޖެހި، ފުރިހަމައަށް ތަހުގީގު ކުރެވެންޖެހޭނެ ކަމަށެވެ. އަދި އެއްވެސް ފަރާތަކުން ގާނޫނާ ހިލާފުވެފައިވާނަމަ ނުވަތަ އިހުމާލުވެފައިވާނަމަ، ދިވެހިރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކުގެ މަތިން އެކަމަށް ފިޔަވަޅު އަޅަންޖެހޭނެ ކަމަށް އެ އެސޯސިއޭޝަނުން ފާހަގަކުރެއެވެ.

އާންމު އުނދަގުލަކަށްވި ފައިރިޝް، އެންޑީއޭގެ ބެލުމުގެ ދަށުގައި ހުއްޓާ ފިލައިފި
31 Oct 2026 ހަބަރު

އާންމު އުނދަގުލަކަށްވި ފައިރިޝް، އެންޑީއޭގެ ބެލުމުގެ ދަށުގައި ހުއްޓާ ފިލައިފި

މި މައްސަލައާ ގުޅިގެން، ފިލައިގެން އުޅޭ ފައިރިޝް ހޯދުމުގެ މަސައްކަތް ފުލުހުން މިހާރު ދަނީ ކުރަމުންނެވެ.

ހުޅުމާލޭ ފިހާރައެއްގެ ބިލްބޯޑަކުން ބަރަހަނާ މަންޒަރު ދެއްކި މައްސަލައެއް ފުލުހުން ބަލަނީ
29 Oct 2026 ހަބަރު

ހުޅުމާލޭ ފިހާރައެއްގެ ބިލްބޯޑަކުން ބަރަހަނާ މަންޒަރު ދެއްކި މައްސަލައެއް ފުލުހުން ބަލަނީ

ރޭގެ ވަގުތެއްގައި ހުޅުމާލޭގެ ވިނަރެސް 3 ގައި ހުންނަ ފިހާރައެއްގެ ބިލްބޯޑަކުން ބަރަހަނާ މަންޒަރު ފެންނަ ފޮޓޯއެއް ވަނީ ދައްކާފައެވެ.