އެލައިޑް ރަން ނިންމާލުން
އެލައިޑް ރަން ނިންމާލުން
ހަބަރު 23 May 2026 | 15:22

އެލައިޑް ހުޅުމާލެ ރަން 2026 ކާމިޔާބުކަމާއެކު ނިންމާލައިފި

އެލީޓް ރަނާސް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ބޭއްވި "އެލައިޑް ހުޅުމާލެ ރަން 2026" ގިނަ އަދަދެއްގެ ދުވުންތެރިންނާއި އާއިލާތަކެއްގެ ބައިވެރިވުމާއެކު މިއަދު ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

ދުޅަހެޔޮ ދިރިއުޅުމަކަށް ހިތްވަރުދީ، އިޖުތިމާއީ ބަދަހިކަން އާލާކުރުމުގެ މަގުސަދުގައި ހުޅުމާލޭގައި ބޭއްވި މި ދުވުމުގައި ތަފާތު ހަތަރު ކެޓަގަރީއަކުން ދުވުންތެރިން ބައިވެރިވިއެވެ.

އޭގެ ތެރޭގައި 1 މޭލުގެ ފެމިލީ ރަން، 5 ކިލޯމީޓަރު، 10 ކިލޯމީޓަރު އަދި 21.1 ކިލޯމީޓަރުގެ ހާފް މެރަތަން ހިމެނެއެވެ. މި އިވެންޓަކީ ހުރިހާ އުމުރުފުރާއަކަށްވެސް ބައިވެރިވެވޭ ގޮތަށް ހުޅުވާލައިގެން ކުރިއަށްގެންދިޔަ ހަރަކާތެކެވެ.

މި ދުވުމުގައި ބައިވެރިވި ހުރިހާ ދުވުންތެރިންގެ ރައްކާތެރިކަމަށް އިސްކަންދީ، އެލައިޑް އިންޝުއަރެންސްގެ ފަރާތުން ވަނީ ހާއްސަ ގްރޫޕް ޕާސަނަލް އެކްސިޑެންޓް ކަވަރޭޖެއް ހިލޭ ފޯރުކޮށްދީފައެވެ. މި ކަވަރޭޖްގެ ދަށުން ދުވުމުގެ ތެރޭގައި ދިމާވާ ހާދިސާތަކަށް 100,000 ރުފިޔާއާ ހަމައަށް ބަދަލު ލިބޭނެ އިންތިޒާމު ހަމަޖައްސާފައި އޮތުމަކީ ބައިވެރިންނަށް ލިބުނު ބޮޑު އިތުބާރަކާއި ހިތްހަމަޖެހުމެކެވެ.

ދުވުމުގެ އެކި ކެޓަގަރީތަކުން ވަނަވަނައަށް ދިޔަ ދުވުންތެރިންނަށް އިނާމު ހަވާލުކޮށްފައިވާއިރު، މައިގަނޑު ކެޓަގަރީތަކުން ވަނަ ހޯދި ފަރާތްތަކަކީ:

21.1 ކިލޯމީޓަރު (ހާފް މެރަތަން):

ފިިރިހެން: 1 ވަނަ: މުހައްމަދު ޝިފާޒް، 2 ވަނަ: ޔޫސުފް އިބްރާހީމް، 3 ވަނަ: ތިތިވަތު ކޫސަކުލް.

އަންހެން: 1 ވަނަ: ޕެޗަރަތު ޗްލާޑްޓޯއި، 2 ވަނަ: އައިޝަތު ޖިނާނީ އިބްރާހީމް، 3 ވަނަ: އައިޝަތު ރިޝްމީ.

10 ކިލޯމީޓަރު:

ފިިރިހެން: 1 ވަނަ: ހުސައިން ފަޒީލް، 2 ވަނަ: މުހައްމަދު އިރުފާން، 3 ވަނަ: ސަތަޕޯން އަކަތަމް.

އަންހެން: 1 ވަނަ: ކަންލަޔާ ސަންކައު، 2 ވަނަ: ކަމޮންވަން ކޮއެޑްނައިމޮންކޮން، 3 ވަނަ: އަނާން އަހުމަދު ރަޝީދު.

5 ކިލޯމީޓަރު:

ފިިރިހެން: 1 ވަނަ: އައިދު އަބްދުﷲ ރިފާއު، 2 ވަނަ: މޫސާ ފަވާޒް، 3 ވަނަ: މުހައްމަދު ފަސީލް.

އަންހެން: 1 ވަނަ: ކްލާރާ ސަރީނާ އާސިފް، 2 ވަނަ: އައިޝަތު ރިޝްމީ، 3 ވަނަ: ކިއާރާ އަފްރާހު ގާސިމް.

މި ހަރަކާތް ނިންމުމުގެ ގޮތުން ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ނަސީބުވެރި 10 ފަރާތެއް ހޮވައި، ކޮންމެ ފަރާތަކަށް 2,000 ރުފިޔާގެ ފައިސާގެ އިނާމު ވަނީ ދީފައެވެ.

އެލައިޑް އިންޝުއަރެންސް ކޮމްޕެނީގެ ފަރާތުން ވަނީ މި ހަރަކާތް ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމުގައި އެހީތެރިވި އެލީޓް ރަނާސް މޯލްޑިވްސްއަށާއި، ބައިވެރިންނަށް، ވޮލަންޓިއަރުންނަށް އަދި ޕާޓްނަރުންނަށް ހާއްސަ ޝުކުރެއް އަދާކޮށްފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ދިވެހި ފުލުހުންގެ ހިދުމަތަށް ކޮންސްޓަބަލުން ހޯދަނީ
03 Nov 2026 ހަބަރު

ދިވެހި ފުލުހުންގެ ހިދުމަތަށް ކޮންސްޓަބަލުން ހޯދަނީ

މި މަޤާމަށް ހޮވޭ މުވައްޒަފަކަށް މަހަކު ޖުމްލަ 15،500 ރުފިޔާގެ މުސާރައެއް ލިބޭނެއެވެ. މީގެ ތެރޭގައި 8،990 ރުފިޔާގެ އަސާސީ މުސާރައަކާއި، 6،510 ރުފިޔާގެ މަޤާމުގެ އެލަވަންސެއް ހިމެނެއެވެ. މިއަދަދުގެ އިތުރުން، ފުލުހުންގެ ވަޒީފާގެ ގަވާއިދުގައިވާ ގޮތުގެމަތިން އެހެނިހެން އިނާޔަތްތަކާއި އެލަވަންސްތައްވެސް ލިބިގެންދާނެ ކަމަށް އިއުލާނުގައި ބަޔާންކޮށްފައިވެއެވެ.

ޖޫރިމަނާގެ ގޮތުގައި އަންނަ އަހަރު ލިބޭ ފައިސާ ދަށްވާނޭކަމަށް ލަފާކޮށްފި
03 Nov 2026 ހަބަރު

ޖޫރިމަނާގެ ގޮތުގައި އަންނަ އަހަރު ލިބޭ ފައިސާ ދަށްވާނޭކަމަށް ލަފާކޮށްފި

ފިނޭންސް މިނިސްޓްރީން ހުށަހެޅި ބަޖެޓް ތަފްސީލްތަކަށް ބަލާއިރު، ކުރިއަށްއޮތް 2027 އަހަރު ޖޫރިމަނާގެ ގޮތުގައި ދައުލަތަށް ލިބޭނޭކަމަށް އަންދާޒާކުރާ އަދަދަކީ 188.5 މިލިއަން ރުފިޔާއެވެ

އެމްޓީސީސީގެ ޑިރެކްޓަރުންގެ ބޯޑަށް ކުރިމަތިލާން ހުޅުވާލައިފި
03 Nov 2026 ހަބަރު

އެމްޓީސީސީގެ ޑިރެކްޓަރުންގެ ބޯޑަށް ކުރިމަތިލާން ހުޅުވާލައިފި

އެންމެ މުހިންމު ދެ ޝަރުތަކީ ދިވެއްސަކަށްވުމާއި ކުންފުނީގެ ހިއްސާދާރަކަށް ވުމެވެ. މީގެ އިތުރުން އުމުރުން 30 އަހަރުވުމާއި، ކުންފުނީގެ ވިޔަފާރިއާއި، ވިޔަފާރީގެ ދާއިރާތަކަށް އަހުލުވެރި ވުމާއި މާލީ ރިޕޯޓްތައް ދިރާސާކުރުމުގެ ގާބިލްކަންވެސް ހުންނަން ޖެހެއެވެ. މީގެ އިތުރުންވެސް އެކުންފުނިން ވަނީ ހުންނަންޖެހޭ ޝަރުތުތައް އާންމުކޮށްފައެވެ.

ދިވެހިންގެ ޤައުމީ އުފެއްދުންތެރިކަމުގެ މައުރަޒު ކާމިޔާބުކަމާއެކު ނިންމާލައިފި
03 Nov 2026 ހަބަރު

ދިވެހިންގެ ޤައުމީ އުފެއްދުންތެރިކަމުގެ މައުރަޒު ކާމިޔާބުކަމާއެކު ނިންމާލައިފި

ޖުމްލަ 9 ދުވަހުގެ މުއްދަތަކަށް ކުރިއަށްދިޔަ މިފަހަރުގެ މައުރަޒަކީ މިހާތަނަށް އެންމެގިނަ ބަޔަކު އަދި އެންމެގިނަ އުފެއްދުންތައް ފެނިގެންދިޔަ މައުރަޒެވެ. އެގޮތުން މިފަހަރުގެ މައުރަޒުގައި 780 ފަރާތަކުން ރަޖިސްޓްރީކޮށް، 419 ފަރާތަކުން 4،404 އުފެއްދުން ބައިވެރިކުރިއެވެ. މިއީ 2025 ވަނަ އަހަރާ އަޅާބަލާއިރު 83.5 އިންސައްތައިގެ އިތުރުވުމެކެވެ

އިމިގްރޭޝަނުން މިއަދުވެސް ޕާސްޕޯޓް ހިދުމަތް ލިބޭނެ: އިމިގްރޭޝަން
03 Nov 2026 ހަބަރު

އިމިގްރޭޝަނުން މިއަދުވެސް ޕާސްޕޯޓް ހިދުމަތް ލިބޭނެ: އިމިގްރޭޝަން

އިމުގާ މެދުވެރިކޮށް 24 ގަޑިއިރު ޕާސްޕޯޓަށް އެދި ހުށެހެޅޭނޭކަން ފާހަގަކުރަމުން އިމިގްރޭޝަނުން ބުނީ، ޕާސްޕޯޓް ނެގުމަށް ބޭނުންވާ ފަރާތްތަކަށް މާލެ އަދި އައްޑޫ ސިޓީން މިއަދު ހެނދުނު 08:30 އިން ފެށިގެން 17:00 އާ ހަމަޔަށް ކިއުބީ މެދުވެރިކޮށް ނަމްބަރު ދޫކުރަމުންދާނޭކަމަށެވެ. ހުޅުމާލެ ފޭސް އެކެއް އަދި ފޭސް ދޭކުން ނަމްބަރު ދޫކުރަމުންދާނީ ހަވީރު ހަތަރެއް ޖެހުމާ ހަމައަށްކަމަށްވެސް އިމިގްރޭޝަނުން ބުންޏެވެ

މިނިވަންކަން ދެމިއޮތުމުގައި ސިފައިންގެ ހިތްވަރާއި ޖިހާދުން ފިލާވަޅު ލިބިގަންނަންޖެހޭ: ރައީސް ޑރ.މުއިއްޒުު
03 Nov 2026 ހަބަރު

މިނިވަންކަން ދެމިއޮތުމުގައި ސިފައިންގެ ހިތްވަރާއި ޖިހާދުން ފިލާވަޅު ލިބިގަންނަންޖެހޭ: ރައީސް ޑރ.މުއިއްޒުު

ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ޑރ.މުއިއްޒު ވިދާޅުވީ، އަޅުގަނޑުމެންގެ މި ދިވެހި ފަސްގަނޑު މިނިވަންކަން މަތީ ދެމިއޮތުމުގައި ދިވެހި ސިފައިންގެ ހިތްވަރާއި ކުރެއްވި މަތިވެރި ޖިހާދަކީ އެއިން އިބުރަތް ލިބިގަންނަންޖެހޭ ފިލާވަޅުތަކެއް ކަމަށެވެ

ނަޞްރުގެ ދުވަހުގެ ދިދަ ޖެހުމާއި ގާޑު މައުންޓް ކުރުމުގެ ރަސްމިއްޔާތު ބާއްވައިފި
03 Nov 2026 ހަބަރު

ނަޞްރުގެ ދުވަހުގެ ދިދަ ޖެހުމާއި ގާޑު މައުންޓް ކުރުމުގެ ރަސްމިއްޔާތު ބާއްވައިފި

ހަނދާނީ ބިނާ ސަރަހައްދުގައި ބޭއްވި މި ރަސްމިއްޔާތަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަޑައިގެންނެވުމުން މަރުޙަބާ ދެންނެވީ ޑިފެންސް މިނިސްޓަރު ޙަސަން ރަޝީދެވެ.

ކޭކޭގައި 15 ބުރީގެ އިމާރާތެއް އަޅަން ޗައިނާ ކުންފުންޏަކަށް، ދެ އަހަރުން ނިންމާނެ
03 Nov 2026 ހަބަރު

ކޭކޭގައި 15 ބުރީގެ އިމާރާތެއް އަޅަން ޗައިނާ ކުންފުންޏަކަށް، ދެ އަހަރުން ނިންމާނެ

މަސައްކަތް ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމުމަށް ކޮންޓްރެކްޓްގައި ވަނީ ހިމަނާފަ އެވެ.