އިޒްރޭލުން ޢައްޒާއަށް ދިން ހަމަލާތަކުގައި އިމާރާތްތަށް ސުންނާފަތިވެފައި. ފޮޓޯ/ އަލްޖަޒީރާ
އިޒްރޭލުން ޢައްޒާއަށް ދިން ހަމަލާތަކުގައި އިމާރާތްތަށް ސުންނާފަތިވެފައި. ފޮޓޯ/ އަލްޖަޒީރާ
ދުނިޔެ 01 Jun 2025 | 06:23

ޣައްޒާއަށް އެހީގެ ތަކެތި ބަހަމުންދިޔަ ސަރަހައްދަކަށް އިޒްރޭލުން ދިންހަމަލާއެއްގައި 30 މީހުން ޝަހީދުވެއްޖެ

އިޒްރޭލުން ޣައްޒާގެ ދެކުނުފަރާތުގައި އޮތް، އެހީގެ ތަކެތި ބަހާ ސަރަހައްދަކަށް އަމާޒުކޮށް ބޮމުގެ ހަމަލާއެއް ދީފިއެވެ.

ޣައްޒާގެ ހެލްތް މިނިސްޓްރީން ބުނެފައިވާގޮތުގައި، މިހަމަލާގައި ވަނީ 30 މީހުން ޝަހީދުވެފައެވެ. އަދި 120 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައެވެ. މިހަމަލާއާއި ގުޅިގެން އިޒްރޭލުން އަދި ވަކިއެއްޗެއް ބުނެފައި ނުވި ނަމަވެސް އިޒްރޭލުން ދަނީ އެއްވެސް އިންޒާރެއް ދިނުމެއްނެތި ޣައްޒާގެ އެކިހިސާބުތަކަށް ބޮންއަޅާ ސުންނާފަތިކުރަމުންނެވެ.

އެހެންނަމަވެސް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އެންމެފަހުން ނޫސްވެރިންނާ ބައްދަލުކޮށް ބުނެފައިވަނީ އިޒްރޭލުން ޣައްޒާއަށް ދޭ ހަމަލާތަށް ހުއްޓާލާނީ ހަމާސްއިން އަމާންދީ ޣައްޒާއިން ފޭބުމުން ކަމަށާއި އެނޫން އިތުރު ގޮތަކަށް ހަމަލާތަށް ހުއްޓާލެވެން ނެތަކަމަށެވެ.

ފާހަގަކޮށްލަންޖެހޭ ގޮތުގައި، އިޒްރޭލުން ދަނީ ފަލަސްޠީނުގެ ރައްޔިތުންނަށް ފިއްތުންތަށް ކުރިމަތިކުރަމުންނެވެ. އެގޮތުން ޣައްޒާގެ ބޯޑަރުތަށް ބަންދުކޮށް، އެހީގެ ޓްރަކުތަށް ޢައްޒާގެތެރެއަށް ވަނަނުދީ، ފަަލަސްޠީނުގެ ރައްޔިތުން ބަނޑަށްޖައްސަމުންނެވެ.

އަދިހަމައެހެންމެ، އާންމުދަތުރުފަތުރު ކުރުމާއި، ވަޒީފާ އަދާކުރުމާއި، ތައުލީމު ހާސިލްކުރުމާއި، ފަލަސްޠީނުގެ އެހެން އަވަށްތަކުގައި ދިރިއުޅޭ އާއިލާ މީހުންކައިރިއަށް ޒިޔާރަތް ކުރުންމާއި، ޑޮކްޓަރަށް ދެއްކުންފަދަ ކަންކަމަކީ ފަލަސްތީން ރައްޔިތުން މަޙްރޫމްވެފައިވާ ކަންކަމެވެ. ސާފުބޯފެނާ ކަރަންޓާއި އިންޓަނެޓްފަދަ އަސާސީ ޚިދުމަތް ހޯދުމަށްވެސް އިޒްރޭލުން ވަނީ އެތަކެއް ދަތިތަކެއް ކުރިމަތިކުރުވާފައެވެ.

ޣައްޒާގައި އިންސާނީ ކާރިސާއެއްގެ ހާލަތު ކުރިމަތިވެފައިވާކަމަށް އދ އާއި އެހެނިހެން އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާ ޖަމާއަތްތަކުންވެސް ވަނީ ބުނެފައެވެ. ޣައްޒާގެ ހާލަތު އިތުރަށް ގޯސްވުމަށް މެދުވެރިވި ސަބަބަކީ، އިޒްރޭލުން ޢައްޒާއަށް ސާފު ބޯފެނާއި، ކާބޯތަކެއްޗާއި، ސިއްޙީ ފަރުވާފަދަ އިންސާނީ ހައްގުތަކުން ފަލަސްޠީނުގެ ރައްޔިތުން މަހްރޫމް ކުރަމުން ދާތީއެވެ. އެހީގެ ޓްރަކްތައް އައްޒާއަށް ވަނުމަށް ކިއު ހަދާލާފައި އޮތްނަމަވެސް އިޒްރޭލް ސިފައިންގެ ހުއްދަ ލިބިގެން ނޫނީ ޓްރަކްތަކަކަށް ޣައްޒާގެ ތެރެއަކަށް ނުވަދެވެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ހޫތީން ސަޢުދީގެ ވެރިރަށް ރިޔާޟަށް ހަމަލާ ދެމުންދާތާ ތިން ދުވަސް؛ މިހާތަނަށް 14 މީހުން މަރުވެއްޖެ
13 Oct 2026 ދުނިޔެ

ހޫތީން ސަޢުދީގެ ވެރިރަށް ރިޔާޟަށް ހަމަލާ ދެމުންދާތާ ތިން ދުވަސް؛ މިހާތަނަށް 14 މީހުން މަރުވެއްޖެ

މި ހަމަލާތަކުގައި މިހާތަނަށް 14 މީހުން މަރުވެ، އެތައް ބަޔަކަށް އަނިޔާވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. މިކަމާ ގުޅިގެން ރިޔާޟުގެ ކިންގް ޚާލިދު ބައިނަލްއަޤްވާމީ ވައިގެ ބަނދަރު ވަނީ ބަންދުކޮށްފައެވެ.

ޕާކިސްތާނުގެ ޚައިބަރު ޕްރޮވިންސްގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށް، ޢިމްރާން ޚާންގެ ޕާޓީގެ ވެރިކަން ނިމުމަކަށް ގެނެސްފި
12 Oct 2026 ދުނިޔެ

ޕާކިސްތާނުގެ ޚައިބަރު ޕްރޮވިންސްގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށް، ޢިމްރާން ޚާންގެ ޕާޓީގެ ވެރިކަން ނިމުމަކަށް ގެނެސްފި

ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފްގެ ސަރުކާރާއި ޖަލުގައި ހުންނެވި ކުރީގެ ބޮޑުވަޒީރު ޢިމްރާން ޚާންގެ ޕާޓީ (ޕީ.ޓީ.އައި) އާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަމާއި، ޖުމްލަކޮށް ޙާލަތު ގޯސްވުމާ ގުޅިގެން،...

އަޔަލެންޑްގެ ކޯޗިން ސްޓާފެއް ގަޔަށް އިޒްރޭލުގެ ކުޅުންތެރިއަކު ކުޅުޖެހި މައްސަލަ ޔުއެފާއިން ބަލަން ފަށައިފި
07 Oct 2026 ކުޅިވަރު

އަޔަލެންޑްގެ ކޯޗިން ސްޓާފެއް ގަޔަށް އިޒްރޭލުގެ ކުޅުންތެރިއަކު ކުޅުޖެހި މައްސަލަ ޔުއެފާއިން ބަލަން ފަށައިފި

ޔޫއެފާ ނޭޝަންސް ލީގުގައި ރިޕަބްލިކް އޮފް އަޔަލެންޑާއި އިޒްރޭލު ބައްދަލުކުރި މެޗުގެ ހާފްޓައިމްގައި، އިޒްރޭލުގެ ކުޅުންތެރިއަކު އަޔަލެންޑްގެ ކޯޗިން ސްޓާފެއް ގަޔަށް ކުޅުޖެހި ކަމަށް ބުނާ މައްސަލައެއް ޔޫރަޕ...

ފަލަސްތީން ދަނޑުވެރިއްގެ ބިމުގައި އިސްރާއީލުން ފެންގަނޑެއް ތަރައްގީކުރަން ފަށައިފި
06 Oct 2026 ދުނިޔެ

ފަލަސްތީން ދަނޑުވެރިއްގެ ބިމުގައި އިސްރާއީލުން ފެންގަނޑެއް ތަރައްގީކުރަން ފަށައިފި

ހުޅަނގު އައްސޭރީގެ ފަލަސްތީނު އަވަށެއް ކަމަށްވާ، ފަސާޔިލްގެ ފަލަސްތީނު ދަނޑުވެރިއެއްގެ އަމިއްލަ ބިމުގައި އޮންނަ ފެން ރައްކާކުރާ ތަނެއް "ހެރޮޑްސް ޕޫލް"ގެ ނަމުގައި ތަރައްގީކުރުމުގެ މަސައްކަތް އިސްރާއީލު...

އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކުގައި ޝަހީދުވި 105 މީހެއްގެ ޖަނާޒާ ބާއްވައިފި
02 Oct 2026 ދުނިޔެ

އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކުގައި ޝަހީދުވި 105 މީހެއްގެ ޖަނާޒާ ބާއްވައިފި

އިސްރާއީލުން ޣައްޒާ ސިޓީއަށް ދިން ޢުދުވާނީ ހަމަލާތަކުގައި ޝަހީދުވި ފަލަސްތީނުގެ 105 މީހެއްގެ ހަށިގަނޑު އިމާރާތްތަކުގެ ދަށުން ހޯދައި، އެމީހުންގެ ޖަނާޒާ ބާއްވައި ފަސްދާނުލައިފިއެވެ. ފަލަސްތީނުގެ ރަސްމީ...

ސިއްރު ދަތުރެއްގައި ނަތަންޔާހޫ ޔޫއޭއީގެ ރައީސާ ބައްދަލުކޮށްފި
28 Sep 2026 ދުނިޔެ

ސިއްރު ދަތުރެއްގައި ނަތަންޔާހޫ ޔޫއޭއީގެ ރައީސާ ބައްދަލުކޮށްފި

ޣައްޒާގައި ބޮޑު ޤަތުލުޢާއްމެއް ހިންގަމުންދާ އިސްރާއީލުގެ ބޮޑުވަޒީރު، ނިރުބަވެރި ބެންޖަމިން ނަތަންޔާހޫ ސިއްރު ދަތުރެއްގައި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ވެރިރަށް އަބޫދާބީއަށް ގޮސް އެ ޤައުމުގ...

ޣައްޒާގެ ޤަތުލުޢާންމާ ދެކޮޅަށް އަޑުއުފުލުމަށް އަޔަލެންޑްގެ ކީޕަރު ސްކޮޑުން ވަކިވިއިރު، ޓީމުން އިސްރާއީލާ ދެކޮޅަށް ނުކުތީ ކަޅު ބޭންޑުގައި
28 Sep 2026 ކުޅިވަރު

ޣައްޒާގެ ޤަތުލުޢާންމާ ދެކޮޅަށް އަޑުއުފުލުމަށް އަޔަލެންޑްގެ ކީޕަރު ސްކޮޑުން ވަކިވިއިރު، ޓީމުން އިސްރާއީލާ ދެކޮޅަށް ނުކުތީ ކަޅު ބޭންޑުގައި

ހަންގޭރީގެ ނަގްޔެރްދޭ ސްޓޭޑިއަމްގައި އިއްޔެ ކުޅުނު ޔުއެފާ ނޭޝަންސް ލީގުގެ މެޗުގައި، އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ ޤަތުލުޢާންމާ ދެކޮޅަށް އަޔަލެންޑްގެ ޤައުމީ ފުޓްބޯޅަ ޓީމުން ހިމޭން އިހ...

އދ ގެ ތެރެއިން ފަލަސްތީނަށް ލިބެންޖެހޭ ހައްޤުތައް ވަނީ ހިފެހެއްޓިފައި: ފަލަސްތީން
26 Sep 2026 ހަބަރު

އދ ގެ ތެރެއިން ފަލަސްތީނަށް ލިބެންޖެހޭ ހައްޤުތައް ވަނީ ހިފެހެއްޓިފައި: ފަލަސްތީން

އދ. ގެ ތެރެއިން ފަަލސްތީނަށް ލިބެންޖެހޭ ހައްޤުތައް ވަނީ ހިފެހެއްޓިފައި ކަމަށާއި މިކަމުގައި ބައިނަލްއަގުވާމީ މުޖުތަމައުގެ ޒިންމާ އަދާކުރުމަށް އެ އިދާރާގައި ހުންނަ ފަލަސްތީނުގެ މިޝަނުންގޮވާލައިފިއެވެ. އ...