ކަޝްމީރުގެ އިންޑިއާ ކޮންޓްރޯލްކުރާ ސަރަހައްދުގައި ޑީއާރުޖީގެ ދެ ގާޑުން ފޯރިމަރަނީ... ފައިލް ފޮޓޯ: އޭއެފްޕީ
ކަޝްމީރުގެ އިންޑިއާ ކޮންޓްރޯލްކުރާ ސަރަހައްދުގައި ޑީއާރުޖީގެ ދެ ގާޑުން ފޯރިމަރަނީ... ފައިލް ފޮޓޯ: އޭއެފްޕީ
ދުނިޔެ 15 May 2025 | 14:29

ކަޝްމީރުގައި އަނެއްކާވެސް ހަނގުރާމަވެރިންތަކެއް މަރާލައިފި

ހަނގުރާމަވެރިންކަމަށް އިންޑިއާއިން ތުހުމަތުކުރާ 3 މީހަކު އިންޑިއާ ސިފައިން ބަޑިޖަހާ މަރާލައިފިއެވެ.

ޖައްމު އަދި ކަޝްމީރުގެ ޕުލްވަމާގައި އިންޑިއާއިން މަރާލާފައިވަނީ ޖައިޝޭ މުހައްމަދު ކިޔާ ހަނގުރާމަވެރި ޖަމާއަތަށް ނިސްބަތްވާ ހަނގުރާމަވެރިންތަކެއްކަމަށް އިންޑިއާއިން ބުނެއެވެ. މިއަދު ހިންގި އޮޕަރޭޝަން އަދި އެއްކޮށް ނުނިމޭކަމަށާއި، އެއަށްވުރެ ގިނަ ހަނގުރާމަވެރިން ތިބެދާނެކަމަށް ބެލެވޭކަމަށް މެންދުރުފަހު އިންޑިއާ އޮފިޝަލުން މީޑިއާއަށް މައުލޫމާތު ދީފައިވެއެވެ.

މި އޮޕަރޭޝަން ހިންގާފައިވަނީ ޖާސޫސީ އިދާރާއަކުން ލިބުނު މައުލޫމާތަށް ބިނާކޮށް އިންޑިއާގެ އަސްކަރިއްޔާއާއި، ޖައްމު އަދި ކަޝްމީރުގެ ފުލުހުންނާއި ސެންޓްރަލް ރިޒަރވް ޕޮލިސް ފޯސް ގުޅިގެންނެވެ.

މި އޮޕަރޭޝަންގައި މަރާލި 3 މީހުންނަކީވެސް ޕާކިސްތާނުގެ ޖައިޝޭ މުހައްމަދަށް ނިސްބަތްވާ، އިންޑިއާ މީހުންނެވެ.

އަންގާރަ ދުވަހުވެސް އިންޑިއާގެ ސަލާމަތީ ބާރުތަކުން ހިންގި އޮޕަރޭޝަނެއްގައި ޝޮޕިއާންގައި ލަޝްކަރޭ ތައިބާއަށް ނިސްބަތްވާ ހަނގުރާމަވެރިންގެ 3 މީހަކު މަރާލާފައިވާކަމަށް އިންޑިއާއިން ބުނެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

މުޒާހަރާ ކުރުމަށްފަހު ވިޔަފާރިކުރޭ: ރާހުލް ގާންދީ
01 Nov 2026 ދުނިޔެ

މުޒާހަރާ ކުރުމަށްފަހު ވިޔަފާރިކުރޭ: ރާހުލް ގާންދީ

އިންޑިއާގެ އިދިކޮޅު ލީޑަރު ރާހުލް ގާންދީ، ނޮވެމްބަރު 1 ގައި ދިއްލީގެ ރާމްލީލާ މައިދާނުގައި ބޭއްވުމަށް ހަމަޖެހިފައިވާ އިދިކޮޅު އިއްތިހާދުގެ ބޮޑު އެއްވުމާ ގުޅިގެން ވިޔަފާރިވެރިން ފާޅުކުރަމުންދާ ކަންބޮޑުވުންތަކަށް ޖަވާބެއް ދެއްވައިފިއެވެ.

އިންޑިޔާގެ ހިލޭ އެހީގެ ދަށުން 3 ރަށެއްގައި ފިޓްނަސް އަދި ރެކްރިއޭޝަން ސެންޓަރުތައް ޤާއިމުކުރުމަށް އެއްބަސްވެއްޖެ
30 Oct 2026 ހަބަރު

އިންޑިޔާގެ ހިލޭ އެހީގެ ދަށުން 3 ރަށެއްގައި ފިޓްނަސް އަދި ރެކްރިއޭޝަން ސެންޓަރުތައް ޤާއިމުކުރުމަށް އެއްބަސްވެއްޖެ

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ހިންގާ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް" )އެޗް.އައި.ސީ.ޑީ.ޕީ( ގެ ދަށުން، ރާއްޖޭގެ 3 ރަށެއްގައި ފިޓްނަސް އަދި ރެކްރިއޭޝަން ސެންޓަރުތަކަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމާ ގުޅޭ ފަހުމުނާމާ )އެމްއޯޔޫ( އެއްގައި ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު ސޮއިކޮށްފިއެވެ.

އިންޑިޔާގެ ވަރުގަދަ ބަހުގެ ހަމަލާތަކެއް ޕާކިސްތާނަށް
23 Oct 2026 ދުނިޔެ

އިންޑިޔާގެ ވަރުގަދަ ބަހުގެ ހަމަލާތަކެއް ޕާކިސްތާނަށް

އދ. ގައި ހުންނަ އިންޑިއާގެ ފަސްޓް ސެކްރެޓަރީ ބަވިކާ މަންގަލާނަންދަން ބުނީ، އަމިއްލަ ގައުމުގައި ތިބި ނާޒުކު މީހުން ހިމާޔަތް ނުކުރެވޭ ގައުމަކަށް އިންޑިއާއަށް ފާޑުކިޔުމުގެ އެއްވެސް ހައްގެއް ނޯންނާނެ ކަމަށެވެ.

އިންޑިއާގެ ކޮއިމްބަތޫރުގެ ޝަބާނާ ހުޅުވައިދިނީ އަބާޔާލައި، ނިވާވެ ތިބެގެން ކަސްރަތު ކުރެވޭނެ ޖިމެއް
21 Oct 2026 ދުނިޔެ

އިންޑިއާގެ ކޮއިމްބަތޫރުގެ ޝަބާނާ ހުޅުވައިދިނީ އަބާޔާލައި، ނިވާވެ ތިބެގެން ކަސްރަތު ކުރެވޭނެ ޖިމެއް

ދެކުނު އިންޑިއާގެ ޝަހަރެއް ކަމަށްވާ ކޮއިމްބަތޫރުގައި، މުސްލިމް އަންހެނުންނަށް ހިޖާބާއި އަބާޔާ ފަދަ ނިވާކަން ބޮޑު ހެދުމުގައި ތިބެ ފަސޭހަކަމާއެކު ކަސްރަތު ކުރެވޭނެ ހާއްސަ ޖިމެއް ހުޅުވައިފިއެވެ. މިއީ އެ ސަރަހައްދުގައި ހަމައެކަނި އަންހެނުންނަށް ހާއްސަކޮށްގެން ހިންގާ ޖިމެކެވެ.

ދިވެހިރާއްޖެއަށް ދީފައިވާ 30 ބިލިއަން ރުޕީސްގެ ކަރަންސީ ސްވަޕް ފެސިލިޓީ އިންޑިއާއިން ރޯލްއޯވަރ ކޮށްދީފި
16 Oct 2026 ހަބަރު

ދިވެހިރާއްޖެއަށް ދީފައިވާ 30 ބިލިއަން ރުޕީސްގެ ކަރަންސީ ސްވަޕް ފެސިލިޓީ އިންޑިއާއިން ރޯލްއޯވަރ ކޮށްދީފި

ދިވެހިރާއްޖެއަށް ދީފައިވާ 30 ބިލިއަން އިންޑިއަން ރުޕީސްގެ ކަރަންސީ ސްވަޕް ފެސިލިޓީ ރޯލްއޯވަރ )މުއްދަތު އިތުރު( ކޮށްދީފިއެވެ. މިކަން ހާމަކޮށްފައިވަނީ ދިވެހިރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން ނެރުނު ނޫސްބަޔާނެއްގައެވެ.

ކެނެޑާގެ ޚާރިޖީ ވަޒީރު އިންޑިއާގައި
15 Oct 2026 ދުނިޔެ

ކެނެޑާގެ ޚާރިޖީ ވަޒީރު އިންޑިއާގައި

އެމެރިކާ އާއި ކެނެޑާއާއި ދެމެދު އޮތް ޒަމާންވީ ގުޅުން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރްމްޕްގެ ސިޔާސަތުތަކާއެކު ގޯސްވެފައިވާ މި ދަނޑިވަޅުގައި ކެނެޑާއިން އަންނަނީ އެހެން ގައުމުތަކާއެކު އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރުމަށް މަސައްކަތްތަކެއް ކުރަމުންނެވެ.