އިސްރާއީލަށް އީރާނުން ދިން ހަމަލާ؛ ފޮޓޯ / ބްރިކްސް
އިސްރާއީލަށް އީރާނުން ދިން ހަމަލާ؛ ފޮޓޯ / ބްރިކްސް
ދުނިޔެ 24 Mar 2026 | 12:08

އިސްރާއީލަށް އީރާނުން ދިން ހަމަލާތަކުގައި ތިން އިމާރާތެއް މުޅިން ސުންނާފަތިވެއްޖެ

އީރާނުން އިސްރާއީލަށް އަމާޒުކޮށް ފޮނުވާލި ވަރުގަދަ މިސައިލް ހަމަލާތަކެއްގައި، ތެލް އަވީވްގެ ތިން އިމާރާތެއް މުޅިން ހަލާކުވެ ސުންނާފަތިވެފައިވާ ކަމަށް އިސްރާއީލުގެ މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ.

އިސްރާއީލުގެ ދިފާއީ ބާރުތަކާ ހަވާލާދީ މީޑިއާތަކުން ބުނާ ގޮތުގައި، އީރާނުން ފޮނުވާލި ގިނަ އަދަދެއްގެ މިސައިލްތައް އިސްރާއީލުގެ ވައިގެ ދަތުރުފަތުރާއި ސަލާމަތީ ނިޒާމު ފޫއަޅުވާލުމަށްފަހު ވަނީ ތެލް އަވީވްގެ މީހުން ދިރިއުޅޭ ސަރަޙައްދުތަކަށް އަރާފައެވެ. މީގެ ސަބަބުން ބޮޑެތި އިމާރާތްތަކެއް ބިންމާހަމަވެ، އެ ސަރަޙައްދުގެ އެހެން ބައެއް ބިނާތަކަށް ވެސް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.

މި ހަމަލާތަކާ ގުޅިގެން މުޅި ތެލް އަވީވްގައި ވަނީ ނުރައްކަލުގެ ރަނގަބީލު އަޅާފައެވެ. އަދި ހަމަލާ އަމާޒުވި ސަރަޙައްދުތަކުގައި ރެސްކިއު ޓީމުތަކުން ދަނީ ހަރަކާތްތެރިވަމުންނެވެ. އިމާރާތްތައް ވެއްޓުމުގެ ސަބަބުން އޭގެ ދަށުގައި މީހުން ތާށިވެފައި ތިބެދާނެ ކަމަށް ބެލެވޭތީ، މީހުން ސަލާމަތްކުރުމުގެ މަސައްކަތް ދަނީ ކުރިއަށެވެ.

މެދުއިރުމަތީގެ ހަނގުރާމަވަނީ އިތުރަށް ގޯސްވެ، ދުނިޔޭގެ ތެލުގެ އަގުތައް އިންތިހާއަށް އުފުލި ދަތުރުފަތުރަށް ވަރަށް ބޮޑަށް ބުރުއަރާފައެވެ.

އީރާނަށް 28 ފެބްރުއަރީއިން ފަށައިގެން އެމެރިކާއާއި އިސްރާއީލުން ދެމުންދާ ހަމަލާތަކާއި ގުޅިގެން އީރާނުން ދަނީ ބަދަލު ހިފުމުގެ ހަމާލާތައް އިސްރާއީލަށާއި އެމެރިކާއަށް ދެމުންނެވެ.

އީރާނުން ބުނެފައިވަނީ މިއީ އިސްރާއީލުން ހިންގަމުންދާ ލާއިންސާނީ އަމަލުތަކަށް ދިން ރައްދެއް ކަމަށެވެ. ނަމަވެސް އިސްރާއީލުން ވަނީ މި ހަމަލާގެ ބަދަލު ވަރުގަދައަށް ހިފާނެ ކަމުގެ އިންޒާރު ދީފައެވެ. މިކަމުގެ ސަބަބުން މެދުއިރުމަތީގައި ފެށިފައިވާ މި ހަމަނުޖެހުން ބޮޑު ހަނގުރާމައަކަށް ބަދަލުވެދާނެ ކަމުގެ ބިރު ބައިނަލްއަގުވާމީ މުޖުތަމައުން ދަނީ ފާޅުކުރަމުންނެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ތޫނިސްގައި 35 އަހަރު ވަންދެން ބާއްވާފައި އޮތް ސައްދާމްގެ ދެ މަތިންދާބޯޓު ވިއްކާލަނީ
23 Nov 2026 ދުނިޔެ

ތޫނިސްގައި 35 އަހަރު ވަންދެން ބާއްވާފައި އޮތް ސައްދާމްގެ ދެ މަތިންދާބޯޓު ވިއްކާލަނީ

މި ދެ ބޯޓު ވިއްކާލުމަށް ނިންމާފައިވަނީ ޖުމްލަ 1.8 މިލިއަން އެމެރިކާ ޑޮލަރަށެވެ. ފާއިތުވި 35 އަހަރު ދުވަހުވެސް މި ބޯޓުތައް އޮތީ އަނބުރާ އިރާޤަށް ނުގެންދެވި ތޫނިސްގެ ސަހަރާ ސަރަޙައްދުގައިވާ އެއާޕޯޓެއްގައެވެ

ރާއްޖެއިންވެސް ބައިވެރިވި ކޮޕް31 ސަމިޓް އެއްބަސްވުމަކާ ނުލައި ނިމުމުން ގައުމުތަކުގެ ނުރުހުން
23 Nov 2026 ދުނިޔެ

ރާއްޖެއިންވެސް ބައިވެރިވި ކޮޕް31 ސަމިޓް އެއްބަސްވުމަކާ ނުލައި ނިމުމުން ގައުމުތަކުގެ ނުރުހުން

ތުރުކީވިލާތުގެ އަންތާލިޔާގައި ކުރިއަށްދިޔަ އދ. ގެ މޫސުމީ ބަދަލުތަކާ ބެހޭ 31 ވަނަ ކޮންފަރެންސް (ކޮޕް31)، މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ގައުމުތަކުގެ މެދުގައި އެކުލަވާލަން އުޅުނު މައިގަނޑު ސިޔާސީ އެއްބަސްވުމަށް އެއްބަސްނުވެވި، އާދީއްތަ ދުވަހު ނިމިއްޖެއެވެ.

ތަޣައްޔަރުވެފައިވާ ކޯރެއް ސާފުކުރި އިނގިރޭސިވިލާތުގެ ވަކީލަކަށް 2 އަހަރުގެ ޖަލު ހުކުމެއް
23 Nov 2026 ދުނިޔެ

ތަޣައްޔަރުވެފައިވާ ކޯރެއް ސާފުކުރި އިނގިރޭސިވިލާތުގެ ވަކީލަކަށް 2 އަހަރުގެ ޖަލު ހުކުމެއް

އިނގިރޭސިވިލާތުގެ ލަންޑަންގެ އިރުމަތީ ސަރަޙައްދުގައި ވަރަށް ބޮޑަށް ތަޣައްޔަރުވެ، ގޮނޑުވެފައި އޮތް ކޯރެއް އަމިއްލައަށް އިސްނަގައިގެން ސާފުކުރި ވަކީލަކު، ރަސްމީ ހުއްދައެއް ނެތި އެ މަސައްކަތް ކުރުމުގެ ސަބަބުން ދެ އަހަރުގެ ޖަލު ހުކުމަކާ ކުރިމަތިލާން ޖެހިދާނެ ކަމުގެ އިންޒާރުދީފިއެވެ.

ބީޖޭޕީ ކެންޑިޑޭޓެއް އިންތިޚާބުން ބަލިވުމުން، ކެންޕެއިނުގައި ހަރުކުރި މަގުބައްތިތައް ނަގަން ފަށައިފި
23 Nov 2026 ދުނިޔެ

ބީޖޭޕީ ކެންޑިޑޭޓެއް އިންތިޚާބުން ބަލިވުމުން، ކެންޕެއިނުގައި ހަރުކުރި މަގުބައްތިތައް ނަގަން ފަށައިފި

އިންޑިއާގެ ރާޖަސްތާންގެ ޓޮންކް ޑިސްޓްރިކްޓުގައި ބޭއްވި ޕަންޗާޔަތު އިންތިޚާބުން ބީޖޭޕީގެ ކެންޑިޑޭޓަކު ބަލިވުމާ ގުޅިގެން، އެ ސަރަޙައްދުގެ މަގުތަކުގައި ހަރުކޮށްފައި ހުރި މަގުބައްތިތަކެއް ނަގަން ފަށައިފިއެވެ.

އީރާނުގެ އަސްކަރިއްޔާއަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުން، ދަތިކުރުމުގެ ފިޔަވަޅު އަޅައިފި
21 Nov 2026 ދުނިޔެ

އީރާނުގެ އަސްކަރިއްޔާއަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުން، ދަތިކުރުމުގެ ފިޔަވަޅު އަޅައިފި

އީރާނުގެ އަސްކަރިއްޔާއަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގައި ބައިވެރިވި ކަމުގެ ތުހުމަތުގައި، އީރާނުގެ ބައެއް ރައްޔިތުންނާ ދެކޮޅަށް އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އަޅައިފިއެވެ. މިކަން ހާމަކޮށްފައިވަނީ އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ނެރުނު ބަޔާނެއްގައެވެ.

އީރާނާ ދެކޮޅަށް ކުރާ ހަނގުރާމަ ނިންމުމަށް ޗައިނާ އަދި ރަޝިޔާގެ އެހީތެރިކަމެއް ބޭނުމެއް ނޫން: ޓްރަމްޕް
19 Nov 2026 ދުނިޔެ

އީރާނާ ދެކޮޅަށް ކުރާ ހަނގުރާމަ ނިންމުމަށް ޗައިނާ އަދި ރަޝިޔާގެ އެހީތެރިކަމެއް ބޭނުމެއް ނޫން: ޓްރަމްޕް

އެމެރިކާއިން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ނިންމުމަށް ޗައިނާ ނުވަތަ ރަޝިޔާގެ އެއްވެސް އެހީތެރިކަމެއް ބޭނުން ނުވާ ކަމަށާއި، އީރާނުގެ އަސްކަރީ ބާރުތައް އެމެރިކާ ސިފައިން ވަނީ ބޮޑުތަނުން ބަލިކަށިކޮށްލާފައި ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.

ތާރީހީ ބައްދަލުވުމަކަށް ޓްރަމްޕް ޗައިނާއަށް؛ ޝީ އާއި ޕުޓިންއާއެކު މަޝްވަރާތައް މާދަމާ ފަށަނީ
18 Nov 2026 ދުނިޔެ

ތާރީހީ ބައްދަލުވުމަކަށް ޓްރަމްޕް ޗައިނާއަށް؛ ޝީ އާއި ޕުޓިންއާއެކު މަޝްވަރާތައް މާދަމާ ފަށަނީ

ޓްރަމްޕް އަށް މަރުހަބާ ދެއްނެވުމުގެ ގޮތުން، ޗައިނާގެ ރައީސް ޝީ ވަނީ އެއާޕޯޓަށް ގޮސްފައެވެ. އެގޮތުން، މި ދަތުރުގައި އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ އާއި ޓްރެޝެރަރީޒް ސެކްރެޓަރީ ސްކޮޓް ބެސެންޓްގެ އިތުރުން ކޮމާސް ސެކްރެޓަރީ ހަވާޑް ލަޓްނިކް ވެސް ބައިވެރިވާނެއެވެ.

ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރަމުންދިޔަ ދެ ތެޔޮ ޓޭންކަރެއް މައިންތަކެއްގައި ޖެހިއްޖެ
15 Nov 2026 ދުނިޔެ

ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރަމުންދިޔަ ދެ ތެޔޮ ޓޭންކަރެއް މައިންތަކެއްގައި ޖެހިއްޖެ

މި ހާދިސާ ހިނގާފައިވަނީ، ދަތުރުފަތުރުކުރުން ބަންދުކޮށްފައިވާ މަގަކުން އެ ދެ އުޅަނދު ހުރަސްކުރަން އުޅުމުގެ ތެރޭގައި ކަމަށް ރިޕޯޓުތައް ބުނެއެވެ.