އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ؛ ފޮޓޯ / އޭޕީ
އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ؛ ފޮޓޯ / އޭޕީ
ދުނިޔެ 22 Sep 2026 | 14:18

އދ ގެ އާންމު މަޖިލީހުގައި ބައިވެރިވުމަށް އެމެރިކާއަށް ކުރާ ދަތުރު ނަތަންޔާހޫއަށް ބޮޑު ވޭނަކަށް

ލިޔުންތެރިޔާ

އަޙްމަދު އާހިލް ސަޢީދު

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އދ. ގެ ޢާންމު މަޖިލީހުގެ ޖަލްސާގައި ބައިވެރިވުމަށް ކުރާ ދަތުރު އޭނާއަށް ބޮޑު ވޭނަކަށް ވެއްޖެއެވެ.

މީޑިއާގެ ރިޕޯޓްތައް ބުނާގޮތުގައި މި ދަތުރުގައި ނަތަންޔާހޫ ދަތުރުކުރާ ބޯޓު ނިއުޔޯކް ސިޓީއަށް ޖެއްސުމުގެ ބަދަލުގައި ޖައްސާނީ ނިއުޖާޒީއަށެވެ. ނިއުޔޯކްގެ ޖޭއެފްކޭ ވައިގެ ބަނދަރު ބޭނުންކުރުމުގެ ބަދަލުގައި ނަތަންޔާހޫގެ މަތިންދާބޯޓު ނިއު ޖާޒީގެ އަސްކަރީ ވައިގެ ބަނދަރަކަށް ޖައްސަން ނިންމީ ނިއު ޔޯކް ސިޓީގެ މޭޔަރު ޒޮހެރާން މަމްދާނީ ނަތަންޔާހޫގެ ދަތުރަށް ހުރަސްއަޅާފާނެކަމުގެ ބިރަށެވެ.

މީގެ އިތުރުން ސެކިއުރިޓީގެ އެކި ކަންކަމާހެދި ނަތަންޔާހޫ އެމެރިކާގައި ހޭދަކުރާނީވެސް ވަރަށް ކުޑަ ވަގުތުކޮޅަކަށެވެ. ނަތަންޔާހޫގެ މި ދަތުރުގައި މިފަހަރު ނޫސްވެރިންވެސް ނުގެންދެއެވެ.

މިޑިއާގެ ރިޕޯޓްތައް ބުނާ ގޮތުގައި އެމެރިކާއިންވެސް ވަނީ މިފަހަރު ނަތަންޔާހޫއަށް ހާއްސަ ގޮތްތަކެއް ބެހެއްޓެން ނެތްކަމަށް ބުނެފައެވެ. ނަތަންޔާހޫ ނިއުޔޯކަށް އަންނައިރު އެ ސިޓީގެ ރައްޔިތުން އޭނާއާ ދެކޮޅަށް މުޒާހަރާ ކުރަން ނިންމުމަކީވެސް އެމެރިކާއިން މިފަހަރު ނަތަންޔާހޫ އެއްފަރާތްކުރުމުގެ އެއް ސަބަބެވެ.

ނަތަންޔާހޫގެ މި ދަތުރުގައި ޓެކްސަސްގައި އީލޮން މަސްކާ ބައްދަލުކުރުމަށް ރާވާފައި އޮތް ބައްދަލުކުރުންވެސް އިސްރާއީލުން މިހާރު ވަނީ ކެންސަލްކޮށްފައެވެ. ހަމަ އެހެންމެ މި ދަތުރުގައި އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕާވެސް ބައްދަލުކުރައްވަން ތާވަލް ކޮށްފައި ނުވާކަމަށް މީޑިއާގެ ރިޕޯޓްތައް ބުނެއެވެ. ނަމަވެސް، ނަތަންޔާހޫ އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިއޯ އާ ބައްދަލުކުރާނެ ކަމަށް ބެލެވެއެވެ. ބޭރު ޤައުމުތަކުގެ ލީޑަރުންނާ ބައްދަލުކުރުމަށް ވެސް މަސައްކަތް ކުރެވެމުންދާ ކަމަށާއި ނަމަވެސް ކުރު ތާވަލުގެ ސަބަބުން އެކަން ހަމަޖެއްސުން ދަތިވެފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓްކުރެއެވެ.

ނަތަންޔާހޫގެ މިފަހަރުގެ ވާހަކަ އަމާޒުކުރާނޭކަމަށް ބެލެވެނީ އީރާނަށެވެ. ނަތަންޔާހޫ ވާހަކަދައްކާ ވަގުތު ޖަލްސާ ބޮއިކޮތްކުރުމަށް ގިނަ ލީޑަރުން ނިންމާފައިވާކަމަށްވެސް މީޑިއާގެ ރިޕޯޓްތައް ބުނެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ހޫތީން ސަޢުދީގެ ވެރިރަށް ރިޔާޟަށް ހަމަލާ ދެމުންދާތާ ތިން ދުވަސް؛ މިހާތަނަށް 14 މީހުން މަރުވެއްޖެ
13 Oct 2026 ދުނިޔެ

ހޫތީން ސަޢުދީގެ ވެރިރަށް ރިޔާޟަށް ހަމަލާ ދެމުންދާތާ ތިން ދުވަސް؛ މިހާތަނަށް 14 މީހުން މަރުވެއްޖެ

މި ހަމަލާތަކުގައި މިހާތަނަށް 14 މީހުން މަރުވެ، އެތައް ބަޔަކަށް އަނިޔާވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. މިކަމާ ގުޅިގެން ރިޔާޟުގެ ކިންގް ޚާލިދު ބައިނަލްއަޤްވާމީ ވައިގެ ބަނދަރު ވަނީ ބަންދުކޮށްފައެވެ.

ޕާކިސްތާނުގެ ޚައިބަރު ޕްރޮވިންސްގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށް، ޢިމްރާން ޚާންގެ ޕާޓީގެ ވެރިކަން ނިމުމަކަށް ގެނެސްފި
12 Oct 2026 ދުނިޔެ

ޕާކިސްތާނުގެ ޚައިބަރު ޕްރޮވިންސްގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށް، ޢިމްރާން ޚާންގެ ޕާޓީގެ ވެރިކަން ނިމުމަކަށް ގެނެސްފި

ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފްގެ ސަރުކާރާއި ޖަލުގައި ހުންނެވި ކުރީގެ ބޮޑުވަޒީރު ޢިމްރާން ޚާންގެ ޕާޓީ (ޕީ.ޓީ.އައި) އާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަމާއި، ޖުމްލަކޮށް ޙާލަތު ގޯސްވުމާ ގުޅިގެން،...

ރަޝިއާގެ ޑީސަލް ގަތުމަށް ޓްރަމްޕް ޕޫޓިންއާ އެކު އެއްބަސްވުމެއް ހަދައިފި
10 Oct 2026 ދުނިޔެ

ރަޝިއާގެ ޑީސަލް ގަތުމަށް ޓްރަމްޕް ޕޫޓިންއާ އެކު އެއްބަސްވުމެއް ހަދައިފި

ރަޝިއާގެ ޑީސަލް ގަތުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެ ޤައުމުގެ ރައީސް ވްލަޑިމިއާ ޕޫޓިންއާ އެކު އެއްބަސްވުމެއް ހަދައިފިއެވެ. މި އެއްބަސްވުމަކީ، ރަޝިޔާ-ޔޫކްރެއިން ހަނގުރާމައާ ގުޅިގެން މޮސްކޯއާ...

ދެ އިންޖެކްޝަން ޖަހައިގެން މަރު ނުވި އެމެރިކާ އަންހެން މީހާ ހޭއަރައި ވާހަކަދައްކަން ފަށައިފި: ލޯޔަރުން
07 Oct 2026 ދުނިޔެ

ދެ އިންޖެކްޝަން ޖަހައިގެން މަރު ނުވި އެމެރިކާ އަންހެން މީހާ ހޭއަރައި ވާހަކަދައްކަން ފަށައިފި: ލޯޔަރުން

ވިހަ އިންޖެކްޝަން (ލީތަލް އިންޖެކްޝަން) ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވެ ސަލާމަތްވި އެމެރިކާގެ ގައިދީ ކްރިސްޓާ ޕައިކް ހޭއަރައި، މިހާރު ވާހަކަދައްކަން ފަށާފައިވާ ކ...

އެމެރިކާގައި، ދެ އިންޖެކްޝަން ޖަހައިގެންވެސް މަރުނުވި އަންހެންމީހާ، ވެންޓިލޭޓަރުގައި؛ ހާލު ސީރިއަސް: ލޯޔަރުން
04 Oct 2026 ދުނިޔެ

އެމެރިކާގައި، ދެ އިންޖެކްޝަން ޖަހައިގެންވެސް މަރުނުވި އަންހެންމީހާ، ވެންޓިލޭޓަރުގައި؛ ހާލު ސީރިއަސް: ލޯޔަރުން

އެމެރިކާގެ ޓެނެސީ ސްޓޭޓުގައި މަރުގެ އަދަބު ކަނޑައެޅިފައިވާ ޤައިދީއެއް ކަމަށްވާ ކްރިސްޓާ ޕައިކްގެ ގަޔަށް ލީތަލް އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވެ، އޭނާ...

ހަނގުރާމައިގެ ކުރިމަގާ ބެހޭ ދިރާސާއެއް ހެދުމަށް މަސްކް އަލުން ޓްރަމްޕްގެ ސަރުކާރުގެ މަގާމަކަށް
02 Oct 2026 ދުނިޔެ

ހަނގުރާމައިގެ ކުރިމަގާ ބެހޭ ދިރާސާއެއް ހެދުމަށް މަސްކް އަލުން ޓްރަމްޕްގެ ސަރުކާރުގެ މަގާމަކަށް

ދުނިޔޭގެ މަޝްހޫރު ބިލިއަނަރު އީލޮން މަސްކް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރަށް ރަސްމީކޮށް ލަފާއެރުވުމުގެ މަސައްކަތަށް އަލުން އެނބުރި އަތުވެއްޖެއެވެ. މަސްކް މިފަހަރު ހަވާލުވީ އެމެރިކާގެ ޕ...

އެމެރިކާގައި އަންހެނަކަށް މަރުގެ އަދަބު ދިނުމަށް ދެ ފަހަރެއްގެ މަތިން ލީތަލް އިންޖެކްޝަން ޖެހުމުންވެސް މަރެއް ނުވި
01 Oct 2026 ދުނިޔެ

އެމެރިކާގައި އަންހެނަކަށް މަރުގެ އަދަބު ދިނުމަށް ދެ ފަހަރެއްގެ މަތިން ލީތަލް އިންޖެކްޝަން ޖެހުމުންވެސް މަރެއް ނުވި

އެމެރިކާގެ ޓެނެސީ ސްޓޭޓްގައި މަރުގެ އަދަބު ދިނުމަށް ހުކުމް ކޮށްފައިވާ އުމުރުން 50 އަހަރުގެ ކްރިސްޓާ ޕައިކްއަށް މަރުގެ އަދަބު ދިނުމަށް ދެ ފަހަރެއްގެ މަތިން ލީތަލް އިންޖެކްޝަން ޖެހުމުން ވެސް އޭނާ މަރުނު...

އިރާގުގައި ތިބޭތާ 12 އަހަރަށްފަހު އެމެރިކާ އާއި އިނގިރޭސި ސިފައިން އެޤައުމުން ފައިބައިފި
30 Sep 2026 ދުނިޔެ

އިރާގުގައި ތިބޭތާ 12 އަހަރަށްފަހު އެމެރިކާ އާއި އިނގިރޭސި ސިފައިން އެޤައުމުން ފައިބައިފި

އެމެރިކާ އާއި އިނގިރޭސި ސިފައިން އިރާގްގައި ގާއިމްވެ ތިބޭތާ 12 އަހަރުފަހުން އެޤައުމު ދޫކޮށް ގޮސްފިއެވެ. އުތުރު ޢިރާޤުގެ ކުރުދިސްތާން ސަރަޙައްދުގެ އިރުބީލުގައި ތިބި އިނގިރޭސިވިލާތުގެ ގާތްގަނޑަކަށް 100 ...