ފިއުލް ސްޓޭޝަން، އޮސްޓްރޭލިއާ؛ ފޮޓޯ / އައިބީ ޓައިމްސް
ފިއުލް ސްޓޭޝަން، އޮސްޓްރޭލިއާ؛ ފޮޓޯ / އައިބީ ޓައިމްސް
ދުނިޔެ 26 Mar 2026 | 11:50

އޮސްޓްރޭލިއާގެ 500 އަށްވުރެ ގިނަ ފިއުލް ސްޓޭޝަނުން ތެޔޮ ހުސްވެއްޖެ

އޮސްޓްރޭލިއާއަށް ކުރިމަތިވެފައިވާ ތެލުގެ ދަތިކަން އިތުރަށް ގޯސްވެ، އެ ގައުމުގެ އެކި ސަރަހައްދުތަކުގައި ހުރި 500 އަށްވުރެ ގިނަ ފިއުލް ސްޓޭޝަންތަކުން ތެޔޮ ހުސްވެއްޖެ ކަމަށް ރަސްމީ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މި ހާލަތާއި ގުޅޭ އެންމެ ފަހުގެ ރިޕޯޓްތަކަށް ބަލާއިރު، ޖުމްލަ 187 ސަރވިސް ސްޓޭޝަނަކުން ޑީސަލް ވަނީ މުޅިން ހުސްވެފައެވެ. ޑީސަލަކީ މުދާ އުފުލާ ބޮޑެތި އުޅަނދުތަކާއި ސިނާއީ މަސައްކަތްތަކަށް ކޮންމެހެން ބޭނުންތެރި ބާވަތަކަށް ވާތީ، މީގެ ސަބަބުން އިގްތިސާދީ ގޮތުން ނޭދެވޭ އަސަރުތަކެއް ކުރަމުންދާކަން ފާހަގަކުރެވެއެވެ.

ތެލުގެ ދަތިކަން އެންމެ ބޮޑުވި ތަންތަނުގެ ތެރޭގައި ހިމެނޭ 32 ސަރވިސް ސްޓޭޝަނަކުން މިހާރު ވަނީ ހުރިހާ ބާވަތެއްގެ ތެޔޮ މުޅިން ހުސްވެފައެވެ. މީގެ ތެރޭގައި ޕެޓްރޯލާއި ޑީސަލްގެ އިތުރުން އެހެނިހެން ފިއުލްގެ ބާވަތްތައް ވެސް ހިމެނޭއިރު، އެ ތަންތަނުން ހިދުމަތް ދިނުން މިހާރު ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފައެވެ.

މި މައްސަލަ ދިމާވުމާއެކު އޮސްޓްރޭލިއާގެ ގިނަ ސަރަހައްދުތަކެއްގައި ކިއުތައް ދަމާލާފައިވާއިރު، ސަރުކާރުން ދަނީ މި ހާލަތު ކޮންޓްރޯލް ކުރުމަށް މަސައްކަތް ކުރަމުންނެވެ. ތެލުގެ ސަޕްލައި މެދުކެނޑިފައިވަނީ މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާއި ގުޅިގެން ތެޔޮ އުފުލާ ބޯޓުތަކަށް ހޯރްމޫޒް ކަނޑުއޮޅި ހުރަސް ނުކުރެވިގެންނެވެ. އެގޮތުން އޮސްޓްރޭލިއާގެ 90 އިންސައްތަ ތެޔޮ އެތެރެ ކުރަނީ މެދުއިރުމަތީ ގައުމުތަކުންނެވެ.

ކަމާބެހޭ މާހިރުން ވިދާޅުވާ ގޮތުގައި މި ދަތިކަން ހައްލުކުރުމަށްޓަކައި އިތުރު ސަޕްލައި ލިބެންދެން ވަގުތު ނަގާނެއެވެ. މިހާރު ތެޔޮ ހުސްވެފައިވާ ސްޓޭޝަންތަކަށް އަލުން ތެޔޮ ފޯރުކޮށްދިނުމުގެ މަސައްކަތް އިސްކަންދީގެން ކުރިއަށްދާއިރު، އާންމުންނަށް ބޭނުންވާ ޒަރޫރީ ހިދުމަތްތައް މެދުނުކެނޑި ކުރިއަށް ގެންދިއުމަށް ހާއްސަ ފިޔަވަޅުތަކެއް އޮސްޓްރޭލިއާގެ ސަރުކާރުން ދަނީ އަޅަމުންނެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ތޫނިސްގައި 35 އަހަރު ވަންދެން ބާއްވާފައި އޮތް ސައްދާމްގެ ދެ މަތިންދާބޯޓު ވިއްކާލަނީ
23 Nov 2026 ދުނިޔެ

ތޫނިސްގައި 35 އަހަރު ވަންދެން ބާއްވާފައި އޮތް ސައްދާމްގެ ދެ މަތިންދާބޯޓު ވިއްކާލަނީ

މި ދެ ބޯޓު ވިއްކާލުމަށް ނިންމާފައިވަނީ ޖުމްލަ 1.8 މިލިއަން އެމެރިކާ ޑޮލަރަށެވެ. ފާއިތުވި 35 އަހަރު ދުވަހުވެސް މި ބޯޓުތައް އޮތީ އަނބުރާ އިރާޤަށް ނުގެންދެވި ތޫނިސްގެ ސަހަރާ ސަރަޙައްދުގައިވާ އެއާޕޯޓެއްގައެވެ

ރާއްޖެއިންވެސް ބައިވެރިވި ކޮޕް31 ސަމިޓް އެއްބަސްވުމަކާ ނުލައި ނިމުމުން ގައުމުތަކުގެ ނުރުހުން
23 Nov 2026 ދުނިޔެ

ރާއްޖެއިންވެސް ބައިވެރިވި ކޮޕް31 ސަމިޓް އެއްބަސްވުމަކާ ނުލައި ނިމުމުން ގައުމުތަކުގެ ނުރުހުން

ތުރުކީވިލާތުގެ އަންތާލިޔާގައި ކުރިއަށްދިޔަ އދ. ގެ މޫސުމީ ބަދަލުތަކާ ބެހޭ 31 ވަނަ ކޮންފަރެންސް (ކޮޕް31)، މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ގައުމުތަކުގެ މެދުގައި އެކުލަވާލަން އުޅުނު މައިގަނޑު ސިޔާސީ އެއްބަސްވުމަށް އެއްބަސްނުވެވި، އާދީއްތަ ދުވަހު ނިމިއްޖެއެވެ.

ތަޣައްޔަރުވެފައިވާ ކޯރެއް ސާފުކުރި އިނގިރޭސިވިލާތުގެ ވަކީލަކަށް 2 އަހަރުގެ ޖަލު ހުކުމެއް
23 Nov 2026 ދުނިޔެ

ތަޣައްޔަރުވެފައިވާ ކޯރެއް ސާފުކުރި އިނގިރޭސިވިލާތުގެ ވަކީލަކަށް 2 އަހަރުގެ ޖަލު ހުކުމެއް

އިނގިރޭސިވިލާތުގެ ލަންޑަންގެ އިރުމަތީ ސަރަޙައްދުގައި ވަރަށް ބޮޑަށް ތަޣައްޔަރުވެ، ގޮނޑުވެފައި އޮތް ކޯރެއް އަމިއްލައަށް އިސްނަގައިގެން ސާފުކުރި ވަކީލަކު، ރަސްމީ ހުއްދައެއް ނެތި އެ މަސައްކަތް ކުރުމުގެ ސަބަބުން ދެ އަހަރުގެ ޖަލު ހުކުމަކާ ކުރިމަތިލާން ޖެހިދާނެ ކަމުގެ އިންޒާރުދީފިއެވެ.

ބީޖޭޕީ ކެންޑިޑޭޓެއް އިންތިޚާބުން ބަލިވުމުން، ކެންޕެއިނުގައި ހަރުކުރި މަގުބައްތިތައް ނަގަން ފަށައިފި
23 Nov 2026 ދުނިޔެ

ބީޖޭޕީ ކެންޑިޑޭޓެއް އިންތިޚާބުން ބަލިވުމުން، ކެންޕެއިނުގައި ހަރުކުރި މަގުބައްތިތައް ނަގަން ފަށައިފި

އިންޑިއާގެ ރާޖަސްތާންގެ ޓޮންކް ޑިސްޓްރިކްޓުގައި ބޭއްވި ޕަންޗާޔަތު އިންތިޚާބުން ބީޖޭޕީގެ ކެންޑިޑޭޓަކު ބަލިވުމާ ގުޅިގެން، އެ ސަރަޙައްދުގެ މަގުތަކުގައި ހަރުކޮށްފައި ހުރި މަގުބައްތިތަކެއް ނަގަން ފަށައިފިއެވެ.

އީރާނުގެ އަސްކަރިއްޔާއަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުން، ދަތިކުރުމުގެ ފިޔަވަޅު އަޅައިފި
21 Nov 2026 ދުނިޔެ

އީރާނުގެ އަސްކަރިއްޔާއަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުން، ދަތިކުރުމުގެ ފިޔަވަޅު އަޅައިފި

އީރާނުގެ އަސްކަރިއްޔާއަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގައި ބައިވެރިވި ކަމުގެ ތުހުމަތުގައި، އީރާނުގެ ބައެއް ރައްޔިތުންނާ ދެކޮޅަށް އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އަޅައިފިއެވެ. މިކަން ހާމަކޮށްފައިވަނީ އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ނެރުނު ބަޔާނެއްގައެވެ.

އީރާނާ ދެކޮޅަށް ކުރާ ހަނގުރާމަ ނިންމުމަށް ޗައިނާ އަދި ރަޝިޔާގެ އެހީތެރިކަމެއް ބޭނުމެއް ނޫން: ޓްރަމްޕް
19 Nov 2026 ދުނިޔެ

އީރާނާ ދެކޮޅަށް ކުރާ ހަނގުރާމަ ނިންމުމަށް ޗައިނާ އަދި ރަޝިޔާގެ އެހީތެރިކަމެއް ބޭނުމެއް ނޫން: ޓްރަމްޕް

އެމެރިކާއިން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ނިންމުމަށް ޗައިނާ ނުވަތަ ރަޝިޔާގެ އެއްވެސް އެހީތެރިކަމެއް ބޭނުން ނުވާ ކަމަށާއި، އީރާނުގެ އަސްކަރީ ބާރުތައް އެމެރިކާ ސިފައިން ވަނީ ބޮޑުތަނުން ބަލިކަށިކޮށްލާފައި ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.

ތާރީހީ ބައްދަލުވުމަކަށް ޓްރަމްޕް ޗައިނާއަށް؛ ޝީ އާއި ޕުޓިންއާއެކު މަޝްވަރާތައް މާދަމާ ފަށަނީ
18 Nov 2026 ދުނިޔެ

ތާރީހީ ބައްދަލުވުމަކަށް ޓްރަމްޕް ޗައިނާއަށް؛ ޝީ އާއި ޕުޓިންއާއެކު މަޝްވަރާތައް މާދަމާ ފަށަނީ

ޓްރަމްޕް އަށް މަރުހަބާ ދެއްނެވުމުގެ ގޮތުން، ޗައިނާގެ ރައީސް ޝީ ވަނީ އެއާޕޯޓަށް ގޮސްފައެވެ. އެގޮތުން، މި ދަތުރުގައި އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ އާއި ޓްރެޝެރަރީޒް ސެކްރެޓަރީ ސްކޮޓް ބެސެންޓްގެ އިތުރުން ކޮމާސް ސެކްރެޓަރީ ހަވާޑް ލަޓްނިކް ވެސް ބައިވެރިވާނެއެވެ.

ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރަމުންދިޔަ ދެ ތެޔޮ ޓޭންކަރެއް މައިންތަކެއްގައި ޖެހިއްޖެ
15 Nov 2026 ދުނިޔެ

ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރަމުންދިޔަ ދެ ތެޔޮ ޓޭންކަރެއް މައިންތަކެއްގައި ޖެހިއްޖެ

މި ހާދިސާ ހިނގާފައިވަނީ، ދަތުރުފަތުރުކުރުން ބަންދުކޮށްފައިވާ މަގަކުން އެ ދެ އުޅަނދު ހުރަސްކުރަން އުޅުމުގެ ތެރޭގައި ކަމަށް ރިޕޯޓުތައް ބުނެއެވެ.