ހިމަބިހި ވެކްސިންގެ 20 ހާސް ޑޯސް، ތިން ޓަނުގެ މެޑިކަލް ސާމާނު، އިންޑިއާއިން ހަދިޔާކޮށްފި
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
އިންޑިއާ ސަރުކާރުން ވެކްސިން އަދި މެޑިކަލް ކޮންސިއުމަބަލްސް، ސިއްހަތާއި އާއިލާ އާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާއަށް ހަދިޔާކޮށްފި އެވެ.
އެ ވުޒާރާއިން ބުނި ގޮތުގައި މި ތަކެތީގެ ތެރޭގައި އެމްއާރް ވެކްސިން އަދި ހިމަބިހި ޓެސްޓުކުރުމަށް ބޭނުންވާ ތަކެއްޗާއި، މި ދުވަސްވަރު ރާއްޖޭގައި ފެތުރެމުންދާ ހިމަބިހި ކޮންޓްރޯލް ކުރުމުގައި ބޭނުންކުރާ ސާމާނު ހިމެނެ އެވެ.
އެގޮތުން ހިމަބިހި ވެކްސިންގެ 20 ހާސް ޑޯސް ވަނީ ހަދިޔާކޮށްފަ އެވެ. އަދި ތިން ޓަނުގެ މެޑިކަލް ސާމާނު ވެސް ވަނީ ހަދިޔާކޮށްފަ އެވެ.
މިތަކެތި ހަދިޔާކުރުމަށް ހެލްތް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އިންޑިއާގެ ފަރާތުން މިތަކެތި ހަވާލުކޮށްދެއްވީ، ދިވެހިރާއްޖޭގައި ހުންނަވާ އިންޑިއާގެ ހައި ކޮމިޝަނާ ޖީ. ބަލަސުބްރަމާނިއަމް އެވެ. މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއާގެ ފަރާތުން މި ތަކެއްޗާ ޙަވާލުވެވަޑައިގެންނެވީ މިނިސްޓަރ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރ ގީލާ އަލީ އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް