އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް: ފޮޓޯ/ އެމްޑީޕީ
އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް: ފޮޓޯ/ އެމްޑީޕީ
ހަބަރު 22 Jun 2025 | 11:05

އެމެރިކާއިން އީރާނަށް ހަމަލާދިނުން ފައްޔާޒު ކުށްވެރިކުރައްވައިފި

ލިޔުންތެރިޔާ

ޚަދީޖާ އަރުފާ

އެމެރިކާ އަދި އިސްރާއިލުން އީރާނަށް ދެމުންދާ ހަމަލާތައް ދިވެހިރާއްޖޭގެ އިދިކޮޅު އެންމެ ބޮޑު ސިޔާސީ ޕާޓީ، އެމްޑީޕީގެ ޗެއާޕާސަން، ފައްޔާޒު އިސްމާޢީލް، ކުށްވެރިކުރައްވައިފިއެވެ.

އިސްރާއިލުން އިރާނަށް ދިން ހަމަލާއަށް ހަފްތާއެއް ވެފައިވަނިކޮށް އެމެރިކާއިންވެސް އިއްޔެ ވަނީ އީރާނަށް ހަމަލާތަކެއް ދީފައެވެ.

އެކަމާގުޅިގެން ފައްޔާޟު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެއްވެސް އުސޫލެއްނެތި، ބާރުގެ ބޭނުންކުރުމުން ލިބެނީ ޞުލްޙަވެރިކަމެއް ނޫން ކަމަށާއި، ލިބެނީ ހަމައެކަނި އަޅުވެތިކަން ކަމަށެވެ.

އަދި އ.ދ (ޔުނައިޓެޑް ނޭޝަންސް) އަކީ މިހާރު ޞުލްޙަ ދެމެހެއްޓުމުގައި މަސައްކަތްކުރާ ބައެއް ނޫން ކަމަށާއި، އެއީ ބާރުވެރިކަން ހޯދުމަށް ބޭނުންކުރާ ވަސީލަތެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ބާރުގަދަ ދައުލަތްތަކުންނާއި އެމީހުންގެ އެކުވެރިން ކުރާ ނަސްލުނައްތާލުމުގެ ޢަމަލުތަކާއި ހަނގުރާމައިގެ ކުށްތައް އެ އ.ދ އިން އަންނަނީ ފޮރުވަމުން

ފައްޔާޟު އިސްމާޢިލް

މިއާއެކު ފައްޔާޟު ވިދާޅުވީ، މުސްލިމުން އެމީހުންގެ ދީނީ މަޒުހަބުތަކާއި ބެހޭގޮތުން ހިޔާލު ތަފާތުވެ، އެކަކު އަނެކަކާ ދެބަސްވެ ތިއްބައި، މުސްލިމް އުއްމަތް އަންދާލެވެމުންދާކަމަށެވެ. މިގޮތުން ޢިރާޤާއި، ލީބިޔާއާއި، ސީރިޔާއާއި، ލުބުނާނު ފަދަ ޤައުމުތައް ވަނީ ހަލާކުކޮށްލާފައި ކަމަށާއި، އީރާން މިހާރު ނުރައްކަލުގެ ތެރޭގައި އޮތްއިރު، ދެން ނަޒަރު ހުއްޓިފައިވަނީ ތުރުކީއަށް ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި މުޅި ދުނިޔެއިންވެސް މީސް މީޑިއާ މެދުވެރިކޮށް ނަސްލުނައްތާލުމުގެ ޢަމަލުތައް ދެކެމުންދާކަންވެސް ފައްޔާޒު ފާހަގަކުރެއްވިއެވެ.

މިކަންކަމަށް ޙައްލެއް ހޯދޭނީ އ.ދ ގައި ސަލާން ޖަހައިގެން ނޫން ކަމަށާއި، އޭގެ ބަދަލުގައި ދީނާއި، އުސޫލުތަކާއި، އަޤީދާ އެއްގޮތް ޤައުމުތަކާ ދެމެދު ގުޅުންތައް ބިނާކުރުން ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

”އެމެރިކާ އަދި ޒަޔަނިސްޓުން އީރާނަށާއި އީރާނުގެ ރައްޔިތުންނަށް ދެމުންދާ ހަމަލާތައް ހަރުކަށި އިބާރާތުން ކުށްވެރިކުރަން. ފަލަސްތީނުގެ ރައްޔިތުންނަށް ޞުލްޙަ ނުލިބި، ދުނިޔެއަށް ޞުލްޙަ ނުލިބޭނެ.“ ފައްޔާޟު ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
12 Oct 2026 ހަބަރު

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ އެކަން ހާމަކޮށްފަ އެވެ. ކަސްޓަމުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރ...

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް

އިމާރާތްކުރުމުގެ ތަޖުރިބާއެއް ނެތް އަދި ލައިސަންސްވެސް ނެތް ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށް 45.5 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއެއްގެ ސަބަބުން ސަރުކާރަށް ގެއްލުންވެ، މަސައްކަތް މެދ...

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
12 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ

ރަސްމާލެ ހިއްކުމާއި ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅިގެން އުފެދިފައިވާ ސީރިއަސް ކަންބޮޑުވުންތަކާ މެދު މަޝްވަރާ ކުރުމަށް ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އިއްޔެ ޚާއްޞަ ބައްދަލުވުމެއް ބާއްވައިފި އެވ...

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

ހުޅުމާލޭގައި ކުރިއަށްދާ އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ...

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި
12 Oct 2026 ހަބަރު

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމަށް 1.81 މިލިއަން ރުފިޔާގެ މަޝްރޫޢެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. ސްޕޯޓްސް މިނިސްޓްރ...

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ
12 Oct 2026 ހަބަރު

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ދަށުން ހިންގާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ދެ ބައެއް ކަމުގައިވާ "ވޯލްޑްސް ލީޑިންގ އެއާޕޯޓް 2026"...

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި
12 Oct 2026 ހަބަރު

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި

ވ. އާރަށް ކުއްޔަށް ދިން މުޢާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީޢަތުގައި، ދިފާޢީ ހެކިތައް ބަލައިގަތުމަށާއި ދައުލަތުން ހުށަހެޅި ކުރ...