އެމެރިކާއާއި ދެކޮޅަށް ސައުތު ކޮރެއާގައި ކުރަމުންދާ މުޒާހަރާ
އެމެރިކާއާއި ދެކޮޅަށް ސައުތު ކޮރެއާގައި ކުރަމުންދާ މުޒާހަރާ
ދުނިޔެ 16 Mar 2026 | 07:24

އެމެރިކާއާއި ދެކޮޅަށް ސައުތު ކުޮރެއާގައި މުޒާހަރާކޮށްފި

އެމެރިކާގެ ރައީސް، ޑޮނާލްޑް ޓްރަމްޕް، ޤައުމުތަކުން ހޯމޫޒް ކަނޑުއޮޅިއަށް ބޯޓުފަހަރުތަކަށް ރައްކާތެރިކަން ކަށަވަރު ކުރުމަށްޓާކައި މަނަވަރުތައް ފޮނުވުމަށް ގޮވާލުމުން ސައުތު ކޮރެއާގެ ވެރިރަށުގައި އެމެރިކާ އާއި ދެކޮޅަށް މުޒާހަރާ ކޮށްފިއެވެ.

މުޒާހަރާގެ ބައިވެރިން ގޮވާލީ ވީހާވެސް އަވަހަށް ސުލްހަ ގާއިމުކޮށް ހަނގުރާމަ ހުއްޓާލުމަށާއި އަދި ސައުތު ކުރެއާއިން އެމެެރިކާއަށް މެދުއިރުމަތީގެ ހަނގުރާމައިގައި އެއްވެސް އެހީތެރިކަމެއް ފޯރުނޮކޮށްދިނުމަށެވެ.

މުުޒާހިރާގެ ބައިވެރިން ބުނާ ގޮތުގައި ސައުތު ކޮރެއާއިން މެދުއިރުމަތީގެ ހަނގުރާމައިގައި ބައިވެރިވުމަކީ އެ ޤައުމުގެ ޤާނޫނުއަސާސީ އާއި ހިލާފުވުން ކަމަށާއި އަދި ސައުތު ކޮރެއާ އިރާނުގެ ޓާގެޓަކަށް ވެގެންދާނެ ކަމަށެވެ.

އެމެރިކާއިން ދަނީ އިޒްރޭލާއި ގުޅިގެން 28 ފެބްރުއަރީ އިން ފެށިގެން އިރާނަށް ހަމަލާ ދެމުންނެވެ. އަދި އިރާނުން ދަނީ ބަދަލު ހިފުމުގެ ގޮތުން މެދުއިރުމަތީގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމާލާދީ ހޯމޫޒް ކަނޑުއޮޅި އެމެރިކާ އާއި އިޒްރޭލާއި ގުޅޭ ބޯޓުފަހަރުތަކަށް ބަންދުކޮށްފައެވެ.

ހޯމޫޒް ކަނޑުއޮޅި އަކީ ދުނިޔޭގެ 20% ތެޔޮ ދައުރުވާ ތަނެކެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

މިޑްޓާމް އިންތިހާބާ ދިމާކޮށް އެމެރިކާއިން އީރާނަށް އަނެއްކާވެސް ހަމަލާތަކެއް ދީފި
03 Nov 2026 ދުނިޔެ

މިޑްޓާމް އިންތިހާބާ ދިމާކޮށް އެމެރިކާއިން އީރާނަށް އަނެއްކާވެސް ހަމަލާތަކެއް ދީފި

އެމެރިކާގެ އޮފިޝަލުން ކޭބީއެސް ނިއުސްއަށް މައުލޫމާތު ދެމުން ބުނެފައިވަނީ، ހޮރްމުޒް ކަނޑުއޮޅީގައި އޮންނަ އިރާނުގެ ގޭޝްމް ރަށަށް އެމެރިކާގެ އަސްކަރިއްޔާއިން ހަމަލާތަކެއް ދީފައިވާ ކަމަށެވެ. އިރާނުގެ ދައުލަތުގެ މީޑިއާ އައިއާރުއެންއޭ އިން ވެސް ވަނީ އިއްޔެ އެ ރަށުގައި ވަރުގަދަ ގޮވުންތަކެއްގެ އަޑު އިވިފައިވާ ކަން ކަށަވަރުކޮށްދީފައެވެ.

ބިރުދައްކަމުން މަޝްވަރާ ކުރުމަކަށް އެމެރިކާއަށް އުންމީދެއް ނުކުރެވޭނެ: ޕެޒެޝްކިޔާން
21 Oct 2026 ދުނިޔެ

ބިރުދައްކަމުން މަޝްވަރާ ކުރުމަކަށް އެމެރިކާއަށް އުންމީދެއް ނުކުރެވޭނެ: ޕެޒެޝްކިޔާން

ޕެޒެޝްކިޔާންގެ މި ވާހަކަ ގެނެސްދީފައިވަނީ އީރާނުގެ ދައުލަތުގެ މީޑިއާއިންނެވެ. އީރާނަށް މަގުތައް ބަންދުކޮށް، ބިރުދައްކަމުން ދިއުމާއެކު ބައްދަލުވުމަކަށް ގޮވާލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އޭނާ ބުންޏެވެ.

އިރާގުގެ ބޮޑުވަޒީރަށް އަރާގްޗީ: ސިޔާސީ ގުޅުންތައް ހީނަރުކުރީ އެމެރިކާއިން
18 Oct 2026 ދުނިޔެ

އިރާގުގެ ބޮޑުވަޒީރަށް އަރާގްޗީ: ސިޔާސީ ގުޅުންތައް ހީނަރުކުރީ އެމެރިކާއިން

އަރާގްޗީ މިހެން ބުނެފައިވަނީ، ބަގްދާދުގައި ބާއްވަމުންދާ އޯއައިސީގެ ބައްދަލުވުމުގެ ސައިޑްލައިންގައި އިރާގުގެ ބޮޑުވަޒީރާ ކުރި ބައްދަލުވުމެއްގައި ވާހަކަދައްކަމުންނެވެ. އެގޮތުން، އޭނާ ވަނީ ހަނގުރާމަ ނިންމާލުމުގެ ސިޔާސީ މަސައްކަތްތައް އެމެރިކާއިން ހަލާކުކުރި ކަމަށް ތުހުމަތުކޮށްފައެވެ.

ތެޔޮ ފީފާއެއްގެ އަގު 102 ޑޮލަރަށްވުރެ މައްޗަށް އުފުލިއްޖެ
08 Oct 2026 ދުނިޔެ

ތެޔޮ ފީފާއެއްގެ އަގު 102 ޑޮލަރަށްވުރެ މައްޗަށް އުފުލިއްޖެ

މެދުއިރުމައްޗާއި ހޮރްމޫޒް ކަނޑުއޮޅީގައި ޝިޕިން ލައިންތަކަށް ދެމުންދާ ހަމަލާތައް އިތުރުވެ، ތެލުގެ ސަޕްލައިއަށް އޮތް ގޮންޖެހުންތަކާއެކު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުތަނުން މައްޗަށް ގޮސް، ފީފާއެއް...

އެމެރިކާއިން 3 ވަނަ އެއާކްރާފްޓް ކެރިއާއެއް މެދުއިރުމައްޗަށް ފޮނުވަނީ
02 Oct 2026 ދުނިޔެ

އެމެރިކާއިން 3 ވަނަ އެއާކްރާފްޓް ކެރިއާއެއް މެދުއިރުމައްޗަށް ފޮނުވަނީ

އެމެރިކާއިން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި އެމެރިކާއިން 3 ވަނަ އެއާކްރާފްޓް ކެރިއާއެއް މެދުއިރުމައްޗަށް ފޮނުވަން ނިންމާފިއެވެ. އެމެރިކާގެ އޮފިޝަލަކާ ހަވާލާދީ އަލް ޖަޒީރާއިން ރިޕޯޓުކޮށްފައ...

އީރާނުގެ ވައިގެ ދަތުރުފަތުރަށް އެމެރިކާއިން ދަތިކުރާ މައްސަލަ އދ އަށް
28 Sep 2026 ދުނިޔެ

އީރާނުގެ ވައިގެ ދަތުރުފަތުރަށް އެމެރިކާއިން ދަތިކުރާ މައްސަލަ އދ އަށް

އީރާނުގެ ވައިގެ ދަތުރުފަތުރަށް އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާ ގުޅިގެން އެޤައުމުން އެ މައްސަލަ އދ. އަށް ހުށަހަޅައިފިއެވެ. އީރާނުގެ ސިވިލް އޭވިއޭޝަންގެ ވެރިޔާ އަބޫޒާރް ޝީރޫދީ ވިދާޅުވި...