އޮސްޓްރޭލިއާގެ އިދިކޮޅު ޕާޓީގެ އަހަރީ ކޮންފަރެންސްގައި ބައިވެރިވުމަށް ފައްޔާޒު އޮސްޓްރޭލިއާއަށް ވަޑައިގެންފި
އޮސްޓްރޭލިއާގެ އިދިކޮޅު ޕާޓީގެ ކޮންފެރެންސެއްގައި ބައިވެރިވެވަޑައުގަތުމަށް ފައްޔާޒު އޮސްޓްރޭލިއާއަށް ވަޑައިގެންފިއެވެ.
އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް އޮސްރޭލިއާއަށް ވަޑައިގެންނެވީ، އޮސްޓްރޭލިއާގެ ކުރީގެ އިކޮނޮމިކް މިނިސްޓަރުގެ އިންޓަނޭޝަނަލް ޑިމޮކްރެޓިކް ޔޫނިއަން (އައިޑީޔޫ) ގެ ސިސްޓާ ޕާޓީ، ލިބަރަލް ޕާޓީގެ އަހަރީ ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް ލިބިވަޑައިގަތް ދައުވަތަކަށެވެ.
މި ދަތުރުގައި މޯލްޑިވިއަން ޑިމޮކްރޮޓިކް ޕާޓީ (އެމްޑީޕީ)ގެ ތަޖުރިބާތައް ހިއްސާކޮށް، ލިބަރަލް ޕާޓީއާ އެކީ ގިނަ މަޝްވަރާތަކެއް ކުރަން ވަނީ ހަމަޖެހިފައެވެ.
4 ދުވަހުގެ މި ދަތުރުގައި، ފައްޔާޒާ އެކީ ކުރީގެ އެންވަޔަރަމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ އާއި ޤައުމީ މަޖިލީހުގެ މެންބަރު މުހައްމަދު ޖައިޝް ވެސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް މައުލޫމާތު ލިބެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް