ނިއު މާޒިޔާ ބައްދަލުކުރި މެޗްގެ ތެރެއިން... ފޮޓޯ: ދިވެހި ޕްރިމިއާ ލީގް
ނިއު މާޒިޔާ ބައްދަލުކުރި މެޗްގެ ތެރެއިން... ފޮޓޯ: ދިވެހި ޕްރިމިއާ ލީގް
ކުޅިވަރު 17 Sep 2026 | 19:46

ފަހަތުން އަރައި މާޒިޔާ އަތުން ނިއުއަށް މުހިންމު މޮޅެއް

ދިރާގް ދިވެހި ޕްރިމިއާ ލީގްގައި މިރޭ މާޒިޔާ ސްޕޯޓްސް ކްލަބާއި ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބް ބައްދަލުކުރިމެޗް ފަހަތުން އަރައި ނިއުރޭޑިއަންޓް ކާމިޔާބުކޮށްފިއެވެ.

ގަލޮޅު ދަނޑުގައި ކުޅުނު މިމެޗް، މާޒިޔާގެ މައްޗަށް ނިއު ކުރި ހޯދީ 3-2 ގެ ނަތީޖާއިންނެވެ. މެޗްގައި އެންމެ ފުރަތަމަ ލަނޑެއް ޖެހީވެސް ނިއުރޭޑިއަންޓުންނެވެ. ނަމަވެސް ނިއުގެ ސިލްވާ ޖެހި އެ ގޯލް ރެފްރީ ނިންމީ އޯފްސައިޑް ލަނޑެއްގެ ގޮތުގައެވެ.

މާޒިޔާ އަތުން މޮޅުވުމަށް ނިކުތް ނިއުރޭޑިއަންޓަށް އިތުރު ނުތަނަވަސްކަމެއް ކުރިމަތިލާންޖެހުނީ މާޒިޔާގެ އިބްރާހީމް އައިސަމް ޖެހި ގޯލުންނެވެ. އެ ގޯލާއެކު ނިއުއިން ހިތްވަރުކޮށް ފުރަތަމަ ހާފް ނިމުމުގެ ކުރިން މެޗްގެ ނަތީޖާ ވަނީ ހަމަހަމަކޮށްފައެވެ. މި ލަނޑު ޖަހައިދިނީ ޑޯރީ ތަނަވަސްކޮށްދިން ފުރުސަތެއްގައި ރާއިފްއެވެ.

މެޗްގެ މޮޅުކުޅުންތެރިޔާގެ މަގާމް ހޯދި ޑޯރީ... ފޮޓޯ: ދިވެހި ޕްރިމިއާ ލީގް

ދެވަނަ ހާފްގެ ކުޅުން ފަށައިގެން މާޒިޔާއިން ވަނީ ދެވަނަ ފަހަރަށް ލީޑް ނަގާފައެވެ. މި ލަނޑު ޖަހައިދިނީ 62 ވަނަ މިނެޓްތެރޭގައި އައިސަމެވެ. ނިއުއިން ދެވަނަ ފަހަރަށް އެއްވަރުކުރީ މާޒިޔާއިން ލަނޑުޖެހިތާ ފަސްމިނެޓް ފަހުން ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ތަޖުރިބާކާރު ފޯވަޑް އަލީ ފާސިރު (ސެންޓޭ) އެވެ. މެޗުން ނިއު މޮޅުކޮށްދިން ލަނޑު ޖަހައިދިނީ، މި ސީޒަނުގައި ނިއުއަށް އެންމެ ގިނަ ލަނޑު ޖަހަދިން ބްރެޒިލްގެ ޑޯރީއެވެ.

މި މެޗުން ނިއުއަށް ލިބުނު މޮޅަކީ މި ސީޒަނުގައި އެޓީމަށް މާޒިޔާ އަތުން ލިބުނު ފުރަތަމަ މޮޅެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އަލަވޭސް ބަލިކޮށް، ބާސެލޯނާ ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި
02 Nov 2026 ކުޅިވަރު

އަލަވޭސް ބަލިކޮށް، ބާސެލޯނާ ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި

ބާސެލޯނާގެ ދަނޑުގައި ކުޅުނު މިމެޗް އަލަވޭސްގެ މައްޗަށް އެޓީމް ކުރި ހޯދީ 6-1 ގެ ނަތީޖާއިންނެވެ. ބާސާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ކުރީކޮޅު ރަފީނިއާގެ ލަނޑުން ބާސެލޯނާ ލީޑު ނެގިއިރު، މުޅި މެޗު ކޮންޓްރޯލް ކުރީ އެ ޓީމުންނެވެ.

ރޭސިން ބަލިކޮށް ރެއާލް މެޑްރިޑުން ބަލިނުވެ ހަވަނަ މެޗް ހަމަކޮށްފި
02 Nov 2026 ކުޅިވަރު

ރޭސިން ބަލިކޮށް ރެއާލް މެޑްރިޑުން ބަލިނުވެ ހަވަނަ މެޗް ހަމަކޮށްފި

މެޗުގެ ފުރަތަމަ ހާފުގައި ރެއާލްއިން ވަނީ މޮޅު ކުޅުމެއް ދައްކައި ތިން ލަނޑުގެ ލީޑެއް ނަގާފައެވެ. މެޗުގެ ފުރަތަމަ ލަނޑު 11 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ކީލިއަން އެމްބާޕޭއެވެ.

ޓީސީ އާ މާޒިޔާ ބައްދަލުކުރިމެޗް މާޒިޔާއަށް
15 Oct 2026 ކުޅިވަރު

ޓީސީ އާ މާޒިޔާ ބައްދަލުކުރިމެޗް މާޒިޔާއަށް

ދިރާގް ދިވެހި ޕްރިމިއާލީގްގައި މިއަދު ހަވީރު ޓީސީ ސްޕޯޓްސް ކްލަބާއި މާޒިޔާ ބައްދަލުކުރިމެޗް ފަސޭހަކަމާއެކު މާޒުޔާ ކާމިޔާބުކޮށްފިއެވެ.

ބިސްބުރު ބަލިކުރުމަށްފަހު ވިކްޓްރީ ތާވަލްގެ އެއްވަނައަށް
14 Oct 2026 ކުޅިވަރު

ބިސްބުރު ބަލިކުރުމަށްފަހު ވިކްޓްރީ ތާވަލްގެ އެއްވަނައަށް

މި މެޗުން ލިބުނު މޮޅާއެކު ވިކްރީ މިހާރު އުޅެނީ ކުޅުނު 4 މެޗުން ލުބުނު 10 ޕޮއިންޓާއެކު ތާވަލްގެ އެއްވަނާގައެވެ. މެޗުން ބަލިބި ބިސްބުރު އުޅެނީ ތާވަލްގެ ފަސްވަނާގައެވެ.

އުސާމާގެ މޮޅު ކުޅުމާއެކު، ބުރުން ގައްދޫ ބަލިކޮށް ލީގްގެ ފުރަތަމަ މޮޅު ހޯދައިފި
13 Oct 2026 ކުޅިވަރު

އުސާމާގެ މޮޅު ކުޅުމާއެކު، ބުރުން ގައްދޫ ބަލިކޮށް ލީގްގެ ފުރަތަމަ މޮޅު ހޯދައިފި

ބުރު ސްޕޯޓްސް ކުޅުނު ތިން މެޗުން ބަލިވިއިރު، އެޓީމް މިހާރު އުޅެނީ ތާވަލްގެ އަށްވަނާގައެވެ. ގައްދޫ އުޅެނީ އެއްވެސް ޕޮއިންޓެއް ނުލިބި ތާވަލްގެ އެންމެ ފުލުގައެވެ.

ޓީސީއަތުން މޮޅުވެ، އީގަލްސް ޕޮއިންޓް ޓޭބަލްގެ އެއްވަނާގައި ހަމަޖެހިލައިފި
12 Oct 2026 ކުޅިވަރު

ޓީސީއަތުން މޮޅުވެ، އީގަލްސް ޕޮއިންޓް ޓޭބަލްގެ އެއްވަނާގައި ހަމަޖެހިލައިފި

މިހާރު ކުރިއަށްދާ ދިރާގް ދިވެހި ޕްރިމިއާލީގްގައި ރޭ ޓީސީ ސްޕޯޓްސް އާއި އީގަލްސް ސްޕޯޓްސް ކްލަބް ބައްދަލުކުރިމެޗް އީގަލްސް ކާމިޔާބުކޮށް ޕޮއިންޓް ތާވަލްގެ އެންމެ ކުރީގައި ހަމަޖެހިލައިފިއެވެ. ގަލޮޅު ދަނޑ...

ވިކްޓްރީ އާއި މާޒިޔާ ބައްދަލުކުރި ބޮޑު މެޗް އެއްވަރު
10 Oct 2026 ކުޅިވަރު

ވިކްޓްރީ އާއި މާޒިޔާ ބައްދަލުކުރި ބޮޑު މެޗް އެއްވަރު

ދިވެހިޕްރިމިއާ ލީގްގައި މިއަދު ހަވީރު މާޒިޔާ ސްޕޯޓްސް ކްލަބާއި ވިކްޓްރީ ބައްދަލުކުރިމެޗް ބޮޑު މެޗް އެއްވަރުވެގެން ނިމިއްޖެއެވެ. ގަލޮޅު ރަސްމީ ބޯޅަދަނޑުގައި ކުޅުނު މިމެޗް ނިމުނީ 2-2 ގެ ނަތީޖާއިން ދެޓީމ...

ލޫސިއާނޯގެ އިރުޝާދުގެ ދަށުން އޮޑި ކުޅުނު ފުރަތަމަ މެޗުން މޮޅެއް
10 Oct 2026 ކުޅިވަރު

ލޫސިއާނޯގެ އިރުޝާދުގެ ދަށުން އޮޑި ކުޅުނު ފުރަތަމަ މެޗުން މޮޅެއް

ދިވެހި ޕްރިމިއާލީގްގައި ރޭ ގައްދޫ ސްޕޯޓްސް އާއި އޮޑި ސްޕޯޓްސް ކްލަބް ބައްދަލުކުރިމެޗް ފަސޭހަކަމާއެކު އޮޑި ކާމިޔާބުކޮށްފިއެވެ. ގަލޮޅު ދަނޑުގައި ކުޅުނު މިމެޗް އޮޑި ކާމިޔާބުކުރީ 4-0 ގެ ނަތީޖާއިންނެވެ. މި...