ސްޕެއިން ސަރުކާރުގެ އިސްވެރިން
ސްޕެއިން ސަރުކާރުގެ އިސްވެރިން
ދުނިޔެ 22 Mar 2026 | 08:15

ތުރުކީގެ އިންސިރްލިކް ބޭސް މެދުވެރިކޮށް އިރާގުގައި ތިބި ސްޕެއިންގެ ސިފައިން ބޭރުކުރަން ފަށައިފި

މެދުއިރުމަތީގެ މަސްރަހު ގޯސްވެ، ސަލާމަތީ ނުރައްކާތައް އިތުރުވުމާ ގުޅިގެން އިރާގުގައި ތިބި ސްޕެއިންގެ ސިފައިން އެ ގައުމުން ބޭރުކުރުމުގެ މަސައްކަތް ސްޕެއިން ސަރުކާރުން ފަށައިފިއެވެ. މި އޮޕަރޭޝަން ކުރިއަށް ގެންދަނީ ތުރުކީވިލާތުގައި ހުންނަ ނޭޓޯގެ އިންސިރްލިކް އެއާ ބޭސް މެދުވެރިކޮށް ކަމަށް ސްޕެއިންގެ ދިފާއީ ވުޒާރާއިން ވަނީ ކަށަވަރުކޮށްދީފައެވެ.

ސްޕެއިންގެ ސިފައިން އިރާގު ދޫކޮށްދާ މަންޒަރުތަކުގެ ވީޑިއޯ؛ 

ސްޕެއިންގެ ދިފާއީ ވަޒީރު މާގަރީޓާ ރޮބްލެސް ވިދާޅުވި ގޮތުގައި، އިރާގުން ސިފައިން ބޭރުކުރުމަށް ނިންމީ އެ ސަރަހައްދުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ސިފައިންގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުންނެވެ. މިގޮތުން ފުރަތަމަ ބުރުގައި ގާތްގަނޑަކަށް 100 އެއްހާ ސިފައިން މިހާރު ވަނީ ތުރުކީގެ އިންސިރްލިކް ބޭސްއަށް ގެންގޮސްފައެވެ. އަދި ކުރިއަށް އޮތް ގަޑިތަކުގެ ތެރޭގައި ބާކީ ތިބި 200 އެއްހާ ސިފައިންވެސް އެ ބޭސްއަށް ބަދަލުކުރެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މި އޮޕަރޭޝަނަކީ ވަރަށް ނުރައްކާތެރި އަދި އުނދަގޫ ހާލަތެއްގައި ކުރިއަށްދާ މަސައްކަތެއް ކަމަށް ރިޕޯޓްތައް ބުނެއެވެ. ސިފައިން ބޭރުކުރަމުންދާ ވަގުތު ބައެއް އަސްކަރީ މަރުކަޒުތަކުގެ ކައިރިއަށް މިސައިލް ހަމަލާތައް އަމާޒުވަމުންދާ ކަމަށާއި، މީގެ ސަބަބުން ސިފައިން ރައްކާތެރި ހިސާބުތަކަށް ބަދަލުކުރުމުގައި ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. މި އޮޕަރޭޝަންގައި އެމެރިކާ އާއި ޖަރުމަނުގެ އަސްކަރީ މަތިންދާބޯޓުތަކުގެ އެހީތެރިކަންވެސް ސްޕެއިންއަށް ދަނީ ލިބެމުންނެވެ.

އިރާގުގައި ތިބި ސްޕެއިންގެ ސިފައިންނަކީ އައިއެސް ޖަމާއަތާ ދެކޮޅަށް ކުރާ މަސައްކަތުގައި އިރާގުގެ ސިފައިން ތަމްރީނުކުރުމަށް ތިބި ބަޔެކެވެ. ނަމަވެސް މިހާރު ސަރަހައްދުގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން އެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ވަނީ ހުރަސް އެޅިފައެވެ. ސްޕެއިން ސަރުކާރުން ވަނީ މި ހަނގުރާމައިގައި ބައިވެރިނުވާނެ ކަމަށާއި، އެ ގައުމުގެ އަސްކަރީ މަރުކަޒުތައް ހަމަލާ ދިނުމަށް ބޭނުންކުރުމުގެ ހުއްދަ ނުދޭނެ ކަމަށްވެސް ބުނެފައެވެ.

ތުރުކީގެ އިންސިރްލިކް ބޭސްއަށް ގެންދާ ސިފައިން، މަސްރަހު ހަމައަކަށް އެޅެންދެން އެތަނުގައި މަޑުކުރުމަށްފަހު އެނބުރި ސްޕެއިންއަށް ދާނެ ކަމަށް ބެލެވެއެވެ. ސްޕެއިންގެ އިތުރުން ނޭޓޯގެ ބައެއް އެހެން ގައުމުތަކުންވެސް ދަނީ އެ ގައުމުތަކުގެ ސިފައިން އިރާގުން ބޭރުކުރުމުގެ މަސައްކަތް ކުރަމުންނެވެ. މިއީ މުޅި މެދުއިރުމަތީގައި މަސްރަހު ގޯސްވެ، ބޮޑު ހަނގުރާމައަކަށް ފެތުރިދާނެ ކަމުގެ ބިރު އޮތުމުން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅެކެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ސްޕެއިންގައި ހިނގި ރޭލު އެކްސިޑެންޓާ ގުޅިގެން ރައީސުލްޖުމްހުރިއްޔާ ތަޢުޒިޔާ ވިދާޅުވެއްޖެ
30 Oct 2026 ހަބަރު

ސްޕެއިންގައި ހިނގި ރޭލު އެކްސިޑެންޓާ ގުޅިގެން ރައީސުލްޖުމްހުރިއްޔާ ތަޢުޒިޔާ ވިދާޅުވެއްޖެ

ސްޕެއިންގެ ދެކުނުބިތުގައި ހިނގި ރޭލު އެކްސިޑެންޓެއްގައި ގިނަ ބަޔަކު މަރުވެ، އެތައް ބަޔަކު ޒަޚަމްވި ހިތާމަވެރި ހާދިސާއާ ގުޅިގެން، ސްޕެއިންގެ ބޮޑުވަޒީރު ހިޒް އެކްސަލަންސީ ޕެޑްރޯ ސަންޗޭޒަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ތަޢުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

ބިރުދައްކަމުން މަޝްވަރާ ކުރުމަކަށް އެމެރިކާއަށް އުންމީދެއް ނުކުރެވޭނެ: ޕެޒެޝްކިޔާން
21 Oct 2026 ދުނިޔެ

ބިރުދައްކަމުން މަޝްވަރާ ކުރުމަކަށް އެމެރިކާއަށް އުންމީދެއް ނުކުރެވޭނެ: ޕެޒެޝްކިޔާން

ޕެޒެޝްކިޔާންގެ މި ވާހަކަ ގެނެސްދީފައިވަނީ އީރާނުގެ ދައުލަތުގެ މީޑިއާއިންނެވެ. އީރާނަށް މަގުތައް ބަންދުކޮށް، ބިރުދައްކަމުން ދިއުމާއެކު ބައްދަލުވުމަކަށް ގޮވާލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އޭނާ ބުންޏެވެ.

އިރާގުގެ ބޮޑުވަޒީރަށް އަރާގްޗީ: ސިޔާސީ ގުޅުންތައް ހީނަރުކުރީ އެމެރިކާއިން
18 Oct 2026 ދުނިޔެ

އިރާގުގެ ބޮޑުވަޒީރަށް އަރާގްޗީ: ސިޔާސީ ގުޅުންތައް ހީނަރުކުރީ އެމެރިކާއިން

އަރާގްޗީ މިހެން ބުނެފައިވަނީ، ބަގްދާދުގައި ބާއްވަމުންދާ އޯއައިސީގެ ބައްދަލުވުމުގެ ސައިޑްލައިންގައި އިރާގުގެ ބޮޑުވަޒީރާ ކުރި ބައްދަލުވުމެއްގައި ވާހަކަދައްކަމުންނެވެ. އެގޮތުން، އޭނާ ވަނީ ހަނގުރާމަ ނިންމާލުމުގެ ސިޔާސީ މަސައްކަތްތައް އެމެރިކާއިން ހަލާކުކުރި ކަމަށް ތުހުމަތުކޮށްފައެވެ.

ތެޔޮ ފީފާއެއްގެ އަގު 102 ޑޮލަރަށްވުރެ މައްޗަށް އުފުލިއްޖެ
08 Oct 2026 ދުނިޔެ

ތެޔޮ ފީފާއެއްގެ އަގު 102 ޑޮލަރަށްވުރެ މައްޗަށް އުފުލިއްޖެ

މެދުއިރުމައްޗާއި ހޮރްމޫޒް ކަނޑުއޮޅީގައި ޝިޕިން ލައިންތަކަށް ދެމުންދާ ހަމަލާތައް އިތުރުވެ، ތެލުގެ ސަޕްލައިއަށް އޮތް ގޮންޖެހުންތަކާއެކު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުތަނުން މައްޗަށް ގޮސް، ފީފާއެއް...

ޗެކްރިޕަބްލިކް ބަލިކޮށް، ސްޕެއިނުން ބަލިނުވެ 41 މެޗް ހަމަކޮށްފި
04 Oct 2026 ކުޅިވަރު

ޗެކްރިޕަބްލިކް ބަލިކޮށް، ސްޕެއިނުން ބަލިނުވެ 41 މެޗް ހަމަކޮށްފި

ޗެކްރިޕަބްލިކް ބަލިކޮށް ސްޕެއިނުން ބަލިނުވެ 41 މެޗް ހަމަކޮށްފިއެވެ. ޔުއެފާ ނޭޝަންސް ލީގްގައި ރޭ ޗެކްރިޕަބްލިކް އަތުން މޮޅުވެ، ސްޕެއިނުން ވަނީ އެޓީމް ބަލިނުވެ އަންނަ އައުމުގެ ސިލްސިލާ ދަމަހައްޓާފައެވެ....

އެމެރިކާއިން 3 ވަނަ އެއާކްރާފްޓް ކެރިއާއެއް މެދުއިރުމައްޗަށް ފޮނުވަނީ
02 Oct 2026 ދުނިޔެ

އެމެރިކާއިން 3 ވަނަ އެއާކްރާފްޓް ކެރިއާއެއް މެދުއިރުމައްޗަށް ފޮނުވަނީ

އެމެރިކާއިން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި އެމެރިކާއިން 3 ވަނަ އެއާކްރާފްޓް ކެރިއާއެއް މެދުއިރުމައްޗަށް ފޮނުވަން ނިންމާފިއެވެ. އެމެރިކާގެ އޮފިޝަލަކާ ހަވާލާދީ އަލް ޖަޒީރާއިން ރިޕޯޓުކޮށްފައ...