އަމިއްލަ ގޯތިތެރޭ ކުރަމުންދިޔަ އިހުތިޖާޖުން ހައްޔަރު ކުރުމަކީ ފިނޑި އަމަލެއް: އީވާ ޢަބްދުﷲ
އަމިއްލަ ގޯތިތެރޭ ކުރަމުންދިޔަ އިޙްތިޖާޖެއްގެ ސަބަބުން ދ. ކުޑަހުވަދޫ ކައުންސިލް މެންބަރު އަޙްމަދު މަޢުރޫފް، ހައްޔަރު ކުރުމަކީ މުޑުދާރު، ފިނޑި ޢަމަލެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުالله ވިދާޅުވެއްޖެއެވެ.
އީވާ މިހެންވިދާޅުވީ އޭނާ ކުރެއްވެވި ޓްވީޓެއްގައެވެ.
"ރައީސް ޞާލިޙުގެ ދަތުރުގެތެރެއިން، ކުޑަހުވަދޫ ކައުންސިލް މެންބަރު އަޙްމަދު މަޢުރޫފް، އަމިއްލަ ގޯތިތެރޭ ކުރަމުންދިޔަ އިހުތިޖާޖުން ހައްޔަރު ކުރުމަކީ މުޑުދާރު، ފިނޑި އަމަލެއް، ރައީސް ޞާލިޙަށް ކެންޕެއިން ކުރުމުގެ ހައްގު އޮންނަ ފަދައިން، އިހުތިޖާޖު ކުރުމަކީވެސް ހައްގެއް" އީވާ ވިދާޅުވެފައިވެއެވެ.
ކުޑަހުވަދޫ ކައުންސިލްގެ މެމްބަރު މަޢުރޫފް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ އޭނާގެ އަމިއްލަ ގޯތިތެރޭގައި ރައީސް ޞާލިޙާއި ދެކޮޅަށް އިހްތިޖާޖު ކުރުމުންނެވެ.
ރައީސް ޞާލިޙް ރިޔާސީ އިންތިޚާބުގ ކެމްޕޭނަށް ރަށްރަށަށް ވަޑައިގަތުމުން ބައެއް ރަށްރަށުން އެމަނިކުފާނާއި ދެކޮޅަށް އަޑު އުފުލަމުންދެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް