ޕާކިސްތާނަށް އަންނަ ސަޕްލައިތަކަށް އިންޑިއާއިން ލޯއަޅަނީ!
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
އިންޑިއާއާއި ޕާކިސްތާނާ ދެމެދު ގުޅުން ގޯސްވެ، މަސްރަހު ވަރަށް ބޮޑަށް ހޫނުވެފައިވަނިކޮށް، ޕާކިސްތާނަށް އެކި ގައުމުތަކުން ފޮނުވާ ސަޕްލައިތައް އިންޑިއާއިން ގާތުން މޮނީޓަރކުރަމުންދާކަމަށް އިންޑިއާގެ މީޑިއާތައް ބުނެފިއެވެ.
އަރަބި ކަނޑުގައި ގާއިމްވެފައިވާ އިންޑިއާ ކަނޑުގެ ސިފައިންގެ ލަޝްކަރުން، ޕާކިސްތާނުގެ ބަނދަރުތަކާއި ދިމާއަށް ދަތުރުކުރާ ތެލުގެ ޝިޕްމަންޓްތައްވެސް ގާތުން ބަލަމުންދާކަމަށާއި، ޕާކިސްތާނަށް ވާގިވެރިވާ ގައުމުތަކުގެ ކަނޑުގެ ސިފައިންގެ ލަޝްކަރުތަކުގެ ހަރަކާތްތަކަށްވެސް ފާރަވެރިވަމުން އަންނަކަމަށް އިންޑިއާގެ އަސްކަރީ މަސްދަރުތަކާ ހަވާލާދީ އެގައުމުގެ ނޫސްތަކުން ބުނެއެވެ. އަދި ޕާކިސްތާނުގެ ނޭވީ އެސެޓްތައްވެސް މޮނީޓަރކުރަމުންދާ ކަމަށް ވެއެވެ.
އިންޑިއާއިން ވަނީ އަރަބި ކަނޑުގެ ސަރަހައްދަށް ޕޮސައިޑަން ޖާސޫސީ މަތިންދާބޯޓަކާއި އެމް-ކިއު 9 ރީޕަރ ޑްރޯންތައް ޑިޕްލޯއީކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް