ޓްރަމްޕްއާއި ނަތަންޔާހޫ
ޓްރަމްޕްއާއި ނަތަންޔާހޫ
ދުނިޔެ 11 Aug 2026 | 02:28

ނަތަންޔާހޫ ޣައްޒާ ޕްލޭން ބޭރުކޮށްލުމުންވެސް ގުޅުން ރަނގަޅު ކަމަށް ޓްރަމްޕް ބުނެފި

ލިޔުންތެރިޔާ

ޚަދީޖާ އަރުފާ

އިސްތިއުމާރީ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އެމެރިކާއިން ހުށަހެޅި ޣައްޒާ ޕްލޭން ޤަބޫލުނުކުރި ނަމަވެސް ދެ ފަރާތުގެ ގުޅުން "ވަރަށް ރަނގަޅު" ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.

އިއްޔެ ބޭއްވު ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއެއް ކުރި ސުވާލަކަށް ޖަވާބު ދެމުން ޓްރަމްޕް ބުނީ "ގުޅުން ވަރަށް ރަނގަޅު" ކަމަށެވެ.

ޣައްޒާ ޕްލޭނަކީ އޮކްޓޫބަރު މަހު އިޢުލާނުކުރި ހަމަލާ ބަދަލުކުރުން ހުއްޓައިލުމުގެ އެއްބަސްވުމުގެ ދަށުން ގެނައި އެންމެ ފަހުގެ ފިޔަވަޅެވެ. އެ އެއްބަސްވުމާ އެކު އިސްރާއީލުގެ ޢަސްކަރީ ޙަރަކާތްތައް މަދުވި ނަމަވެސް ޣައްޒާގައި ޤަތުލްޢާއްމު މުޅީން ހުއްޓިފައެއް ނުވެއެވެ.

ހަމާސް ހަތިޔާރު ބެހެއްޓުމާ އެކު އިސްރާއީލުގެ ސިފައިން ފޭބުން ހިމެނޭ މި ޕްލޭނަކީ ނަތަންޔާހޫގެ ކަނާތު ފިޔައިގެ ސަޕޯޓަރުންގެ މެދުގައި ނުތަނަވަސްކަން އޮތް ޕްލޭނެކެވެ. ކެބިނެޓުގައި ހިމެނޭ ހައްދުފަހަނައެޅި ކަނާތު ފިޔައިގެ މެންބަރުން ވެސް އެ ޕްލޭން ނިމުމަކަށް ގެނައުމަށް ނަތަންޔާހޫއަށް ބާރުއެޅީ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ޓްރަމްޕާއި ނަތަންޔާހޫ ފެބްރުއަރީ ފަހުކޮޅު އީރާނާ ދެކޮޅު ހަނގުރާމައެއް ފެށި ނަމަވެސް އެ ހަނގުރާމައިގެ ސަބަބުން ޓްރަމްޕްގެ މަޤުބޫލުކަން ދަށަށް ގޮސް ތެލުގެ އަގު މައްޗަށް ދިޔުމުން ހަމަލާ ބަދަލުކުރުން ހުއްޓައިލުމަށާއި ދާއިމީ ޙައްލަކަށް މަސައްކަތް އޭނާ ފެށިއެވެ. އެ ހިސާބުން ދެ ލީޑަރުންގެ މެދުގައި ޚިޔާލު ތަފާތުވީއެވެ. ނަތަންޔާހޫ ދާދި ފަހަކާ ޖެހެންދެން ޓްރަމްޕާ އޮތް ގާތް ގުޅުން ކެމްޕެއިނުގެ ބާރެއްގެ ގޮތުގައި ދެއްކިއެވެ. ޓްރަމްޕް ވެސް ވަނީ އެމެރިކާގެ އެމްބަސީ ޤުދުސަށް ބަދަލުކުރުން ފަދަ ބޮޑެތި ފިޔަވަޅުތައް އިސްރާއީލުގެ ދިފާއުގައި އަޅައިފައެވެ.

އިސްރާއީލުގެ އެންމެ ގިނަ ދުވަސްވީ ބޮޑުވަޒީރު ނަތަންޔާހޫ އޮކްޓޫބަރު 27 ގައި ބާއްވާ އިންތިޚާބާ ކުރިމަތިލާ އިރު ބައެއް ޕޯލްތަކުގައި ވާދަވެރިންނާ އެއް ހަމައެއްގައި ނުވަތަ ފަހަތުގައި އޮތް ކަމަށް ދައްކައެވެ. 2023 ވަނަ އަހަރު ޣައްޒާގައި އިސްރާއީލުން ބޮޑު ޤަތުލްޢާއްމު ފެށުފަހުން އިސްރާއީލުގައި ބާއްވާ ފުރަތަމަ އިންތިޚާބަށް މި އިންތިޚާބު ވާނެއެވެ.

ޤަތުލްޢާއްމު ހުއްޓައިލުމުގެ އެއްބަސްވުމަށް ފަހުވެސް ޣައްޒާގައި ”ޢަސްކަރީ ޙަރަކާތްތަކު“ ނަމުގައި ހިންގަމުންދާ ޤަތުލްޢާއްމުގައި 1,250 އަށް ވުރެ ގިނަ ފަލަސްޠީނު ރައްޔިތުން ޝަހީދުކޮށްލައިފައިވާ ކަމަށް ޣައްޒާގެ ޞިއްޙީ ވުޒާރާއިން ބުނެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ހޫތީން ސަޢުދީގެ ވެރިރަށް ރިޔާޟަށް ހަމަލާ ދެމުންދާތާ ތިން ދުވަސް؛ މިހާތަނަށް 14 މީހުން މަރުވެއްޖެ
13 Oct 2026 ދުނިޔެ

ހޫތީން ސަޢުދީގެ ވެރިރަށް ރިޔާޟަށް ހަމަލާ ދެމުންދާތާ ތިން ދުވަސް؛ މިހާތަނަށް 14 މީހުން މަރުވެއްޖެ

މި ހަމަލާތަކުގައި މިހާތަނަށް 14 މީހުން މަރުވެ، އެތައް ބަޔަކަށް އަނިޔާވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. މިކަމާ ގުޅިގެން ރިޔާޟުގެ ކިންގް ޚާލިދު ބައިނަލްއަޤްވާމީ ވައިގެ ބަނދަރު ވަނީ ބަންދުކޮށްފައެވެ.

ޕާކިސްތާނުގެ ޚައިބަރު ޕްރޮވިންސްގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށް، ޢިމްރާން ޚާންގެ ޕާޓީގެ ވެރިކަން ނިމުމަކަށް ގެނެސްފި
12 Oct 2026 ދުނިޔެ

ޕާކިސްތާނުގެ ޚައިބަރު ޕްރޮވިންސްގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށް، ޢިމްރާން ޚާންގެ ޕާޓީގެ ވެރިކަން ނިމުމަކަށް ގެނެސްފި

ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފްގެ ސަރުކާރާއި ޖަލުގައި ހުންނެވި ކުރީގެ ބޮޑުވަޒީރު ޢިމްރާން ޚާންގެ ޕާޓީ (ޕީ.ޓީ.އައި) އާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަމާއި، ޖުމްލަކޮށް ޙާލަތު ގޯސްވުމާ ގުޅިގެން،...

ރަޝިއާގެ ޑީސަލް ގަތުމަށް ޓްރަމްޕް ޕޫޓިންއާ އެކު އެއްބަސްވުމެއް ހަދައިފި
10 Oct 2026 ދުނިޔެ

ރަޝިއާގެ ޑީސަލް ގަތުމަށް ޓްރަމްޕް ޕޫޓިންއާ އެކު އެއްބަސްވުމެއް ހަދައިފި

ރަޝިއާގެ ޑީސަލް ގަތުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެ ޤައުމުގެ ރައީސް ވްލަޑިމިއާ ޕޫޓިންއާ އެކު އެއްބަސްވުމެއް ހަދައިފިއެވެ. މި އެއްބަސްވުމަކީ، ރަޝިޔާ-ޔޫކްރެއިން ހަނގުރާމައާ ގުޅިގެން މޮސްކޯއާ...

ދެ އިންޖެކްޝަން ޖަހައިގެން މަރު ނުވި އެމެރިކާ އަންހެން މީހާ ހޭއަރައި ވާހަކަދައްކަން ފަށައިފި: ލޯޔަރުން
07 Oct 2026 ދުނިޔެ

ދެ އިންޖެކްޝަން ޖަހައިގެން މަރު ނުވި އެމެރިކާ އަންހެން މީހާ ހޭއަރައި ވާހަކަދައްކަން ފަށައިފި: ލޯޔަރުން

ވިހަ އިންޖެކްޝަން (ލީތަލް އިންޖެކްޝަން) ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވެ ސަލާމަތްވި އެމެރިކާގެ ގައިދީ ކްރިސްޓާ ޕައިކް ހޭއަރައި، މިހާރު ވާހަކަދައްކަން ފަށާފައިވާ ކ...

އަޔަލެންޑްގެ ކޯޗިން ސްޓާފެއް ގަޔަށް އިޒްރޭލުގެ ކުޅުންތެރިއަކު ކުޅުޖެހި މައްސަލަ ޔުއެފާއިން ބަލަން ފަށައިފި
07 Oct 2026 ކުޅިވަރު

އަޔަލެންޑްގެ ކޯޗިން ސްޓާފެއް ގަޔަށް އިޒްރޭލުގެ ކުޅުންތެރިއަކު ކުޅުޖެހި މައްސަލަ ޔުއެފާއިން ބަލަން ފަށައިފި

ޔޫއެފާ ނޭޝަންސް ލީގުގައި ރިޕަބްލިކް އޮފް އަޔަލެންޑާއި އިޒްރޭލު ބައްދަލުކުރި މެޗުގެ ހާފްޓައިމްގައި، އިޒްރޭލުގެ ކުޅުންތެރިއަކު އަޔަލެންޑްގެ ކޯޗިން ސްޓާފެއް ގަޔަށް ކުޅުޖެހި ކަމަށް ބުނާ މައްސަލައެއް ޔޫރަޕ...

ފަލަސްތީން ދަނޑުވެރިއްގެ ބިމުގައި އިސްރާއީލުން ފެންގަނޑެއް ތަރައްގީކުރަން ފަށައިފި
06 Oct 2026 ދުނިޔެ

ފަލަސްތީން ދަނޑުވެރިއްގެ ބިމުގައި އިސްރާއީލުން ފެންގަނޑެއް ތަރައްގީކުރަން ފަށައިފި

ހުޅަނގު އައްސޭރީގެ ފަލަސްތީނު އަވަށެއް ކަމަށްވާ، ފަސާޔިލްގެ ފަލަސްތީނު ދަނޑުވެރިއެއްގެ އަމިއްލަ ބިމުގައި އޮންނަ ފެން ރައްކާކުރާ ތަނެއް "ހެރޮޑްސް ޕޫލް"ގެ ނަމުގައި ތަރައްގީކުރުމުގެ މަސައްކަތް އިސްރާއީލު...

އެމެރިކާގައި، ދެ އިންޖެކްޝަން ޖަހައިގެންވެސް މަރުނުވި އަންހެންމީހާ، ވެންޓިލޭޓަރުގައި؛ ހާލު ސީރިއަސް: ލޯޔަރުން
04 Oct 2026 ދުނިޔެ

އެމެރިކާގައި، ދެ އިންޖެކްޝަން ޖަހައިގެންވެސް މަރުނުވި އަންހެންމީހާ، ވެންޓިލޭޓަރުގައި؛ ހާލު ސީރިއަސް: ލޯޔަރުން

އެމެރިކާގެ ޓެނެސީ ސްޓޭޓުގައި މަރުގެ އަދަބު ކަނޑައެޅިފައިވާ ޤައިދީއެއް ކަމަށްވާ ކްރިސްޓާ ޕައިކްގެ ގަޔަށް ލީތަލް އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވެ، އޭނާ...

އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކުގައި ޝަހީދުވި 105 މީހެއްގެ ޖަނާޒާ ބާއްވައިފި
02 Oct 2026 ދުނިޔެ

އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކުގައި ޝަހީދުވި 105 މީހެއްގެ ޖަނާޒާ ބާއްވައިފި

އިސްރާއީލުން ޣައްޒާ ސިޓީއަށް ދިން ޢުދުވާނީ ހަމަލާތަކުގައި ޝަހީދުވި ފަލަސްތީނުގެ 105 މީހެއްގެ ހަށިގަނޑު އިމާރާތްތަކުގެ ދަށުން ހޯދައި، އެމީހުންގެ ޖަނާޒާ ބާއްވައި ފަސްދާނުލައިފިއެވެ. ފަލަސްތީނުގެ ރަސްމީ...