17 Jun 2024
ޢީދުގައިވެސް ފަލަޞްޠީނުގެ ދިފާޢުގައި ނުކުމެ، ހިރިލަންދޫއިން ނަމޫނާ ދައްކައިފި
ހިރިލަންދޫ ރައްޔިތުން، އަޟްހާ އީދުގެ މުނާސަބަތުގައި ކުޅިވަރު ހަރަކާތްތައް ކުރިއަށް ގެންދިޔުން މަޑުޖައްސާލައި، މިއަދު ވަނީ، ފަލަޞްޠީނުގައި ހިންގަމުންދާ ޤަޠުލުޢާންމާ ދެކޮޅަށް، އަޑުއުފުލާ، ހިނގާލުމެއް ބާއްވާފައެވެ. މި އިވެންޓުގައި ހިރިލަންދޫގެ ގިނަ ޢަދަދެއްގެ ރައްޔިތުން ބައިވެރިވިއިރު، އެ އިވެންޓުގެ ތެރެއިން ފަލަސްތީނަށް އެހީވުމަށް ފައިސާ ހަނދިޔާކުރުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލާފައެވެ. އެ ގޮތުން މި ހަފްތާގެ ނިޔަލަށް ފައިސާއިންނާއި ޓްރާންސްފާކޮށްގެން ވެސް ފައިސާ ހަނދިޔާ ކުރުމުގެ ފުރުސަތު ހުޅުވާލާފައިވާކަމަށް މައުލޫމާތު ލިބެއެވެ.