މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު ހިރިލަންދޫ ޓީމުގެ މުހައްމަދު މުނީފު (ވ)
ކުޅިވަރު
07 Mar 2025 | 23:23
މުނީފުގެ ހެޓްރިކާއެކު ވިލުފުށި ބަލިކޮށް ހިރިލަންދޫ އިން މުބާރާތް ނިންމާލީ މޮޅަކާއެކު

މިހާރު ކުރިއަށްދާ މީމުތާ ފުޓްސަލް ޗެލެންޖް 2025 ގެ ގުރޫޕް އޭގައި ހުކުރު ދުވަހުގެ ރޭ ކުޅެވުނު ދެވަނަ މެޗުގައި ތ.ހިރިލަންދުއާއި ވިލުފުށި ވާދަކުރި މެޗު ވާދަވެރި ކުޅުމަކަށްފަހު 5-3 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ހިރިލަންދޫ އިން މުބާރާތް ނިންމާލީ މޮޅަކާއެކު އެވެ.

މުބާރާތުގައި ހިރިލަންދޫ ކުޅުނު ފުރަތަމަ މެޗުގައި ކިނބިދޫއާ ވާދަކޮށް 5-5 ގެ ނަތީޖާއަކުން އެއްވަރުވެފައިވާއިރު، ދެވަނަ މެޗުގައި ތިމަރަފުށި އަތުން އެޓީމު ބަލިވީ 3-2 ގެ ނަތީޖާއަކުންނެވެ. އަދި ވިލުފުށީގެ ފުރަތަމަ މެޗުގައި 6-2 ގެ ނަތީޖާއަކުން ތިމަރަފުށި އަތުން ބަލިވިއިރު، ދެވަނަ މެޗުގައި ކިނބިދޫ އަތުން އެޓީމު ބަލިވީ 10-2 ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ.

ހުޅުމާލޭ ރެހެންދި ފުޓްސަލް ގުރައުން ދެއްގައި ކުޅެވުނު މިމެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-2 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި ހިރިލަންދޫ އިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން މިހާފުގައި އެޓީމުން އިތުރު ތިން ލަނޑު ކާމިޔާބުކުރިއިރު، ވިލުފުއްޓަށް މިހާފުގައި ކާމިޔާބުކުރެވުނީ އެންމެ ލަނޑެކެވެ.

އެގޮތުން މިމެޗުގައި ހިރިލަންދޫގެ މުހައްމަދު މުނީފު ތިންލަނޑު ކާމިޔާބުކޮށް ހެޓްރިކް ހެދިއިރު، އެޓީމުގެ މުހައްމަދު ނިޝާހު އަދި އަބްދުއްﷲ ފައިޒާން މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ އެއްލަނޑު ކާމިޔާބުކޮށްފައެވެ.

މީގެ އިތުރުން މިމެޗުގައި ވިލުފުށީގެ ޒަކަރިއްޔާ ޒުހޫރު، ރައްޔާން އަދި ފައުޒާން މިއިން ކޮންމެ ކުޅުންތެރިއަކު އެއްލަނޑު ކާމިޔާބުކުރިއިރު، މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ހިރިލަންދޫގެ މުހައްމަދު މުނީފު އެވެ.

މިނަތީޖާއެކު ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ހިރިލަންދުއަށް ލިބުނު ހަތަރު ޕޮއިންޓާއެކު އެޓީމުން މުބާރާތް ނިންމާލީ ގުރޫޕްގެ ތިންވަނައިގައި އޮވެއެވެ. އަދި މިމެޗުން ބަލިވި ވިލުފުށިން ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ވެސް ބަލިވެފައިވާއިރު، އެޓީމުން މުބާރާތް ނިންމާލީ ޕޮއިންޓެއް ނުލިބި ގުރޫޕްގެ ފުލުގައި އޮވެއެވެ 

މާރިޗު 2025 އިން 12 މާރިޗު 2025 ގެ ނިޔަލަށް ކުރިއަށްދާ މިމުބާރާތުގައި މިއަހަރު އަށް ޓީމަކުން ވާދަކުރަމުން އަންނައިރު، މުބާރާތް ކުރިއަށްދަނީ ބައިވެރިވި އަށް ޓީމު ދެގުރޫޕަކަށް ބަހާލައިގެންނެވެ. އެގޮތުން ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދި ދެޓީމަށް މުބާރާތުގެ ސެމީފައިނަލުން ވަނީ ފުރުސަތު ލިބިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ގިނަ އަދަދެއްގެ ކުދީންނާއެކު މި އަހަރުގެ "މަންފާ ނަމާދު ވޯކްޝޮޕް" ފަށައިފި
މި އަހަރު ވޯކްޝޮޕް ކުރިއަށް ގެންދަނީ ދެ ދަންފަޅިއަކަށް ދެ އުމުރު ފުރައަކަށް ބަހާލައިގެންނެވެ. އެއީ ހަތް އަހަރާއި 10 އަހަރާއި ދެމެދުގެ ދަރިވަރުން އަދި 10 އަހަރާއި 14 އަހަރާ ދެމެދުގެ އުމުރުފުރާ އެވެ.
13 Sep 2026
ހުރިހާ ރަށެއްގައި ނަސޭހަތުގެ ބޯޑް ހަރުކުރުމުގެ މަސައްކަތް: ކ އަތޮޅުގައި ފަށައިފި
އިސްލާމިކް މިނިސްޓްރީން ބުނީ ނަސޭހަތުގެ މެސެޖުތައް ހިމެނޭ ބޯޑްތައް ކ އަތޮޅުގެ ހުރިހާ ރަށަކަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.
13 Sep 2026
ތާރީހީ ދުވަހު ރާއްޖޭގެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި, ދެ އަހަރުން ނިންމާނެ
ސަރުކާރުން ބުނީ ރާއްޖޭގައި ބިނާކުރަން ހަމަޖެހިފައިވާ އެންމެ ބޮޑު މިސްކިތުގެ ނަމަކީ "ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲ" ކަމަށެވެ.
13 Sep 2026
ސިފައިންގޭގެ ހިދުމަތްތެރިޔާ ޖާދޫ މަނިކު ނިޔާވެއްޖެ
މަނިކަކީ ދިވެހި ދައުލަތަށް 46 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަށް ވަނީ ދައުލަތަށް ހިދުމަތް ކުރެއްވުމުގެ އިނާމު، 2023 ވަނަ އަހަރު ލިބިވަޑައިގެންފަ އެވެ.
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ