ފަލަސްތީންގެ ރައްޔިތުންގެ ދިފާއުގައި ތ. ހިރިލަންދޫގައި މިއަދު ކުރިއަށް ގެންދިޔަ ހިނގާލުން-- ފޮޓޯ: އަހުމަދު ރަޝީދު (ދޮންކޮޅު) | ހަތާވީސް
ހަބަރު
17 Jun 2024 | 20:21
ޢީދުގައިވެސް ފަލަޞްޠީނުގެ ދިފާޢުގައި ނުކުމެ، ހިރިލަންދޫއިން ނަމޫނާ ދައްކައިފި

ޢީދުގައިވެސް ފަލަޞްޠީނުގެ ދިފާޢުގައި ނުކުމެ، ހިރިލަންދޫއިން ނަމޫނާ ދައްކައިފިއެވެ.

ހިރިލަންދޫ ރައްޔިތުން، އަޟްހާ އީދުގެ މުނާސަބަތުގައި ކުޅިވަރު ހަރަކާތްތައް ކުރިއަށް ގެންދިޔުން މަޑުޖައްސާލައި، މިއަދު ވަނީ، ފަލަޞްޠީނުގައި ހިންގަމުންދާ ޤަޠުލުޢާންމާ ދެކޮޅަށް، އަޑުއުފުލާ، ހިނގާލުމެއް ބާއްވާފައެވެ.

އެ ރަށު ކައުންސިލުން މައުލޫމާތު ދިން ގޮތުގައި، "ފަލަސްތީނާ އެކު ހިރިލަންދޫ ރައްޔިތުން" މި ނަމުގައި އެ ރަށުގައި މިއަދު ހަވީރު ހިނގާލުމެއް ބޭއްވީ، އަޟްހާ އީދުގެ އުފާ ފާޅުކުރަމުންދާއިރު، ހިރިލަންދޫ ރައްޔިތުން ފަލަސްތީނުގެ ލޮބުވެތި އަޚުންނާއި އުޚްތުންނަށް ޖެހިފައިވާ ޙާލު ހަނދާން ހުރިކަން ދައްކުވައިދިނުމުގެ ގޮތުނނެވެ. އަދި މި އިވެންޓު ބޭއްވީ، އެއީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަމުގައި ދެކިގެން ކަމަށްވެސް ކައުންސިލުން ބުންޏެވެ.

މި އިވެންޓުގައި ހިރިލަންދޫގެ ގިނަ ޢަދަދެއްގެ ރައްޔިތުން ބައިވެރިވިއިރު، އެ އިވެންޓުގެ ތެރެއިން ފަލަސްތީނަށް އެހީވުމަށް ފައިސާ ހަނދިޔާކުރުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލާފައެވެ. އެ ގޮތުން މި ހަފްތާގެ ނިޔަލަށް ފައިސާއިންނާއި ޓްރާންސްފާކޮށްގެން ވެސް ފައިސާ ހަނދިޔާ ކުރުމުގެ ފުރުސަތު ހުޅުވާލާފައިވާކަމަށް މައުލޫމާތު ލިބެއެވެ.

ކޮމެންޓް
ހިރިލަން
ހިރިލަންދޫ މަގުމަތީ ހިގީމަ ފަލަސްތީނު ދިފާއުވަންޏާ ހަމަ ގިނައިން ހިގަންވީ
18 Jun 2024
ގުޅޭ ލިޔުންތައް
13 Sep 2026
ގިނަ އަދަދެއްގެ ކުދީންނާއެކު މި އަހަރުގެ "މަންފާ ނަމާދު ވޯކްޝޮޕް" ފަށައިފި
މި އަހަރު ވޯކްޝޮޕް ކުރިއަށް ގެންދަނީ ދެ ދަންފަޅިއަކަށް ދެ އުމުރު ފުރައަކަށް ބަހާލައިގެންނެވެ. އެއީ ހަތް އަހަރާއި 10 އަހަރާއި ދެމެދުގެ ދަރިވަރުން އަދި 10 އަހަރާއި 14 އަހަރާ ދެމެދުގެ އުމުރުފުރާ އެވެ.
13 Sep 2026
ހުރިހާ ރަށެއްގައި ނަސޭހަތުގެ ބޯޑް ހަރުކުރުމުގެ މަސައްކަތް: ކ އަތޮޅުގައި ފަށައިފި
އިސްލާމިކް މިނިސްޓްރީން ބުނީ ނަސޭހަތުގެ މެސެޖުތައް ހިމެނޭ ބޯޑްތައް ކ އަތޮޅުގެ ހުރިހާ ރަށަކަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.
13 Sep 2026
ތާރީހީ ދުވަހު ރާއްޖޭގެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި, ދެ އަހަރުން ނިންމާނެ
ސަރުކާރުން ބުނީ ރާއްޖޭގައި ބިނާކުރަން ހަމަޖެހިފައިވާ އެންމެ ބޮޑު މިސްކިތުގެ ނަމަކީ "ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲ" ކަމަށެވެ.
13 Sep 2026
ސިފައިންގޭގެ ހިދުމަތްތެރިޔާ ޖާދޫ މަނިކު ނިޔާވެއްޖެ
މަނިކަކީ ދިވެހި ދައުލަތަށް 46 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަށް ވަނީ ދައުލަތަށް ހިދުމަތް ކުރެއްވުމުގެ އިނާމު، 2023 ވަނަ އަހަރު ލިބިވަޑައިގެންފަ އެވެ.
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ