01 Jan 2019
2018ގެ ފާހަގަކޮށްލެވުނު ބޮޑެތި ޝަޚުސިއްޔަތުތަކުގެ ވަންޓުވަން އިންޓަވިއު ވޮއިސްއިން!
ނިމިގެން މިދާ 2018 ވަނަ އަހަރު ވެގެންގޮސްފައިވަނީ ސިޔާސީ ގޮތުން ހަލަބޮލިވެގެންދިޔަ އަހަރެއްގެ ގޮތުގައެވެ.
ވޮއިސްއިން މި އާއަހަރުގެ ފުރަތަމަ މަސް މި ޙާއްސަ ކުރަނީ 2018 ވަނައަހަރުގެ އެންމެ ފާހަގަކުރެވުނު ޝަހުސިއްޔަތުތަކަށެވެ.
އެގޮތުން މާދަމާގެ "ވޮއިސް" އިން ފަށާމިސެގްމަންޓުގެ ފުރަތަމަ ޝަހުސިއްޔަތެއްގޮތުން ގެނެސްދިނުމަށް ހަމަ ޖެހިފައިވަނީ ރިޔާސީ އިންތިޚާބުން ބަލިވެގެންދިޔަ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމެވެ.
ރައީސް ޔާމީންއަކީ އެއްބައެއްގެ ހީރޯއެވެ. އަނެއްބަޔެއްގެ ޒީރޯއެވެ. ސިޔާސީ މައިދާނުގެ ކޮންމެ ފަޅިއަކުން ހާލަތަށް ނަޒަރު ހިންގައި ފިކުރުކޮށްލިޔަސް ކުރީގެ ރައީސް ޔާމީން ވެގެންދާނީ އަހަރުގެ އެންމެ މުހިންމު އެއް ޝަޚުސިއްޔަތެކެވެ. ސިޔާސީ މައިދާނުގައި އެމަނިކުފާނުގެ ތާސްބައި އަތުރާލައްވައި ރަނގަޅަށް ޑިގު ކުޅުއްވަމުން ގެންދެވިކަމަށް އެމަނިކުފާނަށް ހީކުރެއްވުނަސް އާޚިރުގައި އެމަނިކުފާނު ހަނދާން ނެތުނު ކަމަކީ ސިޔާސީ މައިދާނަކީ ރާޒުވާގެ މައިދާނެއްކަމެވެ. ތާސްބައި މައިދާނެއް ނޫންކަމެވެ.