ހަބަރު
05 May 2019 | 11:57
ވޮއިސް ރޯދަ ހަދިޔާ ޒުވާން ވިޔަފާރިވެރިންނަށް

ވޮއިސްގެ ފުރަތަމަ ރޯދަ ހަދިޔާ ރާއްޖޭގެ ޒުވާން ވިޔަފާރިވެރިންނަށް ދިނުމަށް ނިންމައިފިއެވެ.

އެގޮތުން ޒުވާން ވިޔަފާރިވެރިންގެ ވިޔަފާރިތަކަށް އިތުރު އެކްޕޯސާއެއް ދިނުމަށްޓަކައި ހިލޭ އެޑްވޮޓޯރިއަލް ޖެހުމުގެ ފުރުސަތު ހުޅުވާލުމަށް ވަނީ ނިންމާފައެވެ.

ވޮއިސްއަކީ ޒުވާން ޓީމެއްގެ މައްޗައް އެކުލެވި އުފެދިފައިވާ ނޫހެއްކަމުން، ޒުވާން ވިޔަފާރިވެރިންނަށް ދިމާވާ ގޮންޖެހުންތަކާއި މިފަދަ ވިޔަފާރިތަކުގެ އަޑު ވޮއިސް މެދުވެރިކޮށް އުފުލުމަކީ މިފަދަ ވިޔަފާރިތަކަށް ލިބޭނެ އިތުރު ހިތްވަރެއްކަމަށް މި ނޫހުން ދެކެމެވެ.

ރާއްޖޭގެ ނޫސްވެރިކަމަކީ ވަރަށް ބޮޑަށް ނަފާ ހޯދުމަށް ކުރާކަމެއްކަމުން އަލަށް ފަށާ، ކުދި ވިޔަފާރިތަކަށް މީޑިއާގެ ފުރުސަތު ތަކަކީ މީޑިއާތަކުގެ ކޮމާޝަލް އަގުބޮޑު ޕެކޭޖްތަކުގެ ތެރެއިން ކުރެވޭކަމަކަށް ނޫނީނުވެއެވެ.

އެގޮތުން 16،000 ރުފިޔާގެ ރޭޓަކަށް ރާއްޖޭގެ މީޑިއާތަކުން ޖަހައިދެމުން އަންނަ އެޑްވަޓޯރިއަލް ޒުވާން ވިޔަފާރިތަކަށް ހިލޭ ޖަހައިދިނުމަށް މި ނިންމީ މިފަދަ ވިޔަފާރިވެރިން އުފުލާ ތަކުލީފާއި ދަތި އެނގިތިބެއެވެ.

އެޑްވޮޓޯރިއަލް ޖެހުމަށް ވޮއިސްގެ ހޮޓްލައިން 9956888 އަށް ގުޅުއްވައިގެން ކުރިއަށް ގެންދެވޭނެއެވެ.

މިއީ އަޅުގަނޑުމެންގެ ޓީމުން ތިޔަ ޒުވާނުނަށް ދެވޭ ރޯދަ ހަދިޔާއެވެ.

ވޮއިސްގެ މަޤްސަދަކީ "އަޑު" އެންމެ ބޭނުންވާ ފަރާތްތަކުގެ އަޑުއުފުލައި ދިނުމެވެ.

އެގޮތުން ރާއްޖޭގެ ސިޔާސީ މަޝްރަހްގައި އަންހެނުންގެ ރޯލު އިތުރުކުރުމަށް ހިތްވަރެއްގެގޮތުން ނިމިދިޔަ މަޖިލިސް އިންތިހާބުގައި ވާދަކުރެއްވި ހުރިހާ އަންހެން ކެނޑިޑޭޓުންނަށްވަނީ ވޮއިސް މެދުވެރިކޮށް އެކަނބަލުންގެ ކެންޕެއިން ހަބަރު ޖެހުމަށް ހިލޭ ފުރުސަތު ހުޅުވާލާފައެވެ.

رمضان كريم

ކޮމެންޓް
ގުޅޭ ލިޔުންތައް
16 Sep 2026
ރަތްކަނޑާއި ގަލްފް އޮފް އެޑަން ބަލަހައްޓަން ސައުދީން އުފެއްދި ކޯލިޝަންގައި ރާއްޖެ ބައިވެރިވެއްޖެ
މި ކަމަށް ޓަކައި މިއަދު ބަންޑާރަކޮށީގައި ބޭއްވި ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ ފަރާތުން "މަލްޓިނޭޝަނަލް މެރިޓައިމް ޑިފެންސް ކޯލިޝަން"ގެ ޗާޓަރުގައި ސޮއިކުރެއްވީ ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ހިލްމީ އެވެ.
16 Sep 2026
ބިޒްނަސް ކިޔަވާ ދަރިވަރުން ގިނަވުމަކީ ހާސްވާން ޖެހޭ ކަމެއް: ޑރ. ހަސަން ހަމީދު
ގައުމުގައި އާއްމު ވެފައިވާ ފަސާދައަކީ މާޒީގައި މި އަދަދު 80 އިންސައްތައަށް އެރުމުގެ ނަތީޖާ ކަމަށް ބައެއް މީހުން ބުނާނެ ކަމަށެވެ.
16 Sep 2026
އަވައްޓެރި ސްރީލަންކާގެ ކަސްޓަމްސްގެ އާމްދަނީ 2 ޓްރިލިއަން ރުޕީސްއަށްވުރެ މަތީގައި
މި ކުރިއެރުމާއެކު، މިއަހަރު ނިމޭއިރު ލަންކާ ކަސްޓަމްސްގެ އާމްދަނީ ކުރިން ލަފާކުރިވަރަށްވުރެ ބޮޑުތަނުން އިތުރުވާނެ ކަމަށް ބެލެވެއެވެ
16 Sep 2026
އިންޑިއާ މަނަވަރަކުން ޕާކިސްތާނު ސަރަހައްދަށް ވަނުމުން ޕާކިސްތާނުން އިހުތިޖާޖުކޮށްފި
ޕާކިސްތާނުގެ ފޮރިން އޮފީހުން ބުނީ މިއީ 1991 ވަނަ އަހަރު ދެ ޤައުމުގެ ދެމެދުގައި ވެފައިވާ އެއްބަސްވުންތަކާ ކަނޑައެޅިގެން ޚިލާފު، އަދި ސަރަޙައްދީ ހަމަޖެހުމަށް އޮތް ނުރައްކަލެއް ކަމަށެވެ. އަދި އިންޑިއާއިން މި ހާދިސާގެ ހަޤީޤަތް އޮޅުވާލައި، ޑިޕްލޮމެޓިކް ފެންވަރުގައި ޕާކިސްތާނާ ދެކޮޅަށް ޝަކުވާ ހުށަހަޅަމުންދާ ކަމަށްވެސް އެ ޤައުމުން ބުނެއެވެ
16 Sep 2026
ކޮސޯވޯގެ ކުރީގެ ރައީސް ހާޝިމް ތާޗީ 25 އަހަރަށް ޖަލަށް
ހާޝިމް ތާޗީ އަކީ މުސްލިމެއް ނަމަވެސް ސިޔާސީ ހަޔާތުގައި އޭނާ އަބަދުވެސް އިސްކަންދެއްވީ ދީނީ ކަންކަމަށްވުރެ ބޮޑަށް ކޮސޯވޯގެ މިނިވަންކަމަށާއި ހުޅަނގުގެ ގައުމުތަކާ ގުޅުން ބަދަހިކުރުމަށެވެ
16 Sep 2026
ގައްދޫ އަތުން ޓީސީއަށް މުހިންމު މޮޅެއް
މިއަދުގެ މެޗުން ގައްދޫ އަތުން ޓީސީ މޮޅުވިއިރު، މިއީ މި ސީޒަނުގެ ދިވެހި ޕްރިމިއާ ލީގުގައި އެ ޓީމަށް ލިބުނު ފުރަތަމަ މޮޅެވެ
16 Sep 2026
ތާރީހީ ކާމިޔާބެއް: އަރަބިއްޔާގެ އެންމެ މޮޅު ދަރިވަރުންނަށް ދެބެއިން
މަތީ ސާނަވީ ބައިން އެއްވަނަ ދަރިވަރަކީ މުހައްމަދު މަބާހް މުހައްމަދެވެ. އަދި ސާނަވީން އެއްވަނަ ދަރިވަރަކީ އޭނާގެ ކޮއްކޮ މުއައްޔަދު މަބާހް މުހައްމަދެވެ.
16 Sep 2026
ޑްރަގް ވިޔަފާރި ކުރާ މީހުންނަށް ހަރުކަށި ފިޔަވަޅު އެޅޭނެ މިންގަނޑު ކުރީން އޮތީ ވަރަށް އުނދަގޫކޮށް: އިހްސާން
"ރައީސް ނިންމެވި ނިންމެވުމަކީ އަޅުގަނޑުމެން އެކަމަށް ދޭނީ [މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންނަށް] އެންމެ ހަރުކަށި އަދަބޭ. އެއީ މަރުގެ އަދަބު," މިނިސްޓަރު ވިދާޅުވި އެވެ.