ހަބަރު
01 Jan 2019 | 16:00
2018ގެ ފާހަގަކޮށްލެވުނު ބޮޑެތި ޝަޚުސިއްޔަތުތަކުގެ ވަންޓުވަން އިންޓަވިއު ވޮއިސްއިން!

ނިމިގެން މިދާ 2018 ވަނަ އަހަރު ވެގެންގޮސްފައިވަނީ ސިޔާސީ ގޮތުން ހަލަބޮލިވެގެންދިޔަ އަހަރެއްގެ ގޮތުގައެވެ.

ވޮއިސްއިން މި އާއަހަރުގެ ފުރަތަމަ މަސް މި ޙާއްސަ ކުރަނީ 2018 ވަނައަހަރުގެ އެންމެ ފާހަގަކުރެވުނު ޝަހުސިއްޔަތުތަކަށެވެ.

އެގޮތުން މާދަމާގެ "ވޮއިސް" އިން ފަށާމިސެގްމަންޓުގެ ފުރަތަމަ ޝަހުސިއްޔަތެއްގޮތުން ގެނެސްދިނުމަށް ހަމަ ޖެހިފައިވަނީ ރިޔާސީ އިންތިޚާބުން ބަލިވެގެންދިޔަ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމެވެ.

ރައީސް ޔާމީންއަކީ އެއްބައެއްގެ ހީރޯއެވެ. އަނެއްބަޔެއްގެ ޒީރޯއެވެ. ސިޔާސީ މައިދާނުގެ ކޮންމެ ފަޅިއަކުން ހާލަތަށް ނަޒަރު ހިންގައި ފިކުރުކޮށްލިޔަސް ކުރީގެ ރައީސް ޔާމީން ވެގެންދާނީ އަހަރުގެ އެންމެ މުހިންމު އެއް ޝަޚުސިއްޔަތެކެވެ. ސިޔާސީ މައިދާނުގައި އެމަނިކުފާނުގެ ތާސްބައި އަތުރާލައްވައި ރަނގަޅަށް ޑިގު ކުޅުއްވަމުން ގެންދެވިކަމަށް އެމަނިކުފާނަށް ހީކުރެއްވުނަސް އާޚިރުގައި އެމަނިކުފާނު ހަނދާން ނެތުނު ކަމަކީ ސިޔާސީ މައިދާނަކީ ރާޒުވާގެ މައިދާނެއްކަމެވެ. ތާސްބައި މައިދާނެއް ނޫންކަމެވެ.

އަޅުގަނޑުމެން މާދަމާ އާ އަހަރަށް މަރުހަބާ ކިޔާހިނދު، ރައީސް ޔާމީންގެ ވާހަކަތައް ހަނދާންކޮށްލުން ވެގެންދާނީ މުހިންމުކަމަށެވެ. އިންތިޚާބުން ބޮޑު ނަތީޖާއަކުން ބަލިވެ ވަޑައިގަތުމަށްފަހު މީޑިޔާއަކާއި ވަކީން ވާހަކަފުޅު ނުދައްކަވައި ހުންނެވުމަށްފަހު ރައީސް ޔާމީން ވަނީ އެމަނިކުފާނުގެ ދައުރު ފުރިހަމަކުރެއްވުމަށްފަހު ރާއްޖޭގެ މީޑިޔާއަކަށް ދެއްވި ފުރަތަމަ އިންޓަރވިއު، ވޮއިސްއަށް ދެއްވާފައެވެ.

މި އިންޓަރވިއުގައި ރައީސް ޔާމީން ވަނީ މީގެ ކުރިން މީޑިޔާތަކަށް ހިއްސާކުރައްވާފައިނުވާ މުހިންމު ބައެއް ވާހަކަތައް ވޮއިސްގެ ޓީމާއި ހިއްސާކުރައްވާފައެވެ. އެގޮތުން ފިނިފެންމާ ލޯންޗްގެ ވާހަކައާއި، އެމަނިކުފާނުގެ ކުރީގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީގެ ވާހަކަތަކަށް ރައްދުދެއްވުމާއި، އަދީބްއާއި ނާޒިމްގެ ކޯޅުމުގެ ވާހަކަފުޅު ވަނީ ދައްކަވާފައެވެ.

އަދި އެހެންމެ އެމަނިކުފާނާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ދެމެދު އުފެދުނު ނުތަނަވަސްކަމާއި، ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫްން ނައިބު ރައީސްކަމަށް ގެންނަން އުޅުނު ވާހަކަތަކުގައި އެމަނިކުފާނުގެ ވާހަކަތައް ވާނީ ގެނެސްދީފައެވެ.

މި އިންޓަރވިއު މާދަމާ ހެނދުނުގެ ވަގުތެއްގައި ވޮއިސްގެ ވެބްސައިޓުގައި ޝާއިއުކުރެވިގެންދާނެއެވެ. މިއީ2019 ވަނަ އަހަރުގައި ވޮއިސްއިން ކޮންމެ ހުކުރު ދުވަހަކު ގެނެސްދޭ ޚާއްސަ ސެގްމަންޓްގެ ބައެއްގެ ގޮތުގައި ގެނެސްދެވޭ ފުރަތަމަ އިންޓަރވިއުއެވެ. މި ސެގްމަންޓްގައި ދިވެހިރާއްޖޭގެ އެކި އެކިމައިދާންތަކުން ފާހަގަކޮށްލެވޭ ފަރާތްތަކުގެ މީގެ ކުރިން ނޭނގޭ ވާހަކަތައް ގެނެސްދެވޭނެއެވެ.

އެހެންކަމުން އާ އަހަރު، މިދިޔަ އަހަރު އެންމެ ގިނަ ދިވެހިން އެފަރާތަކާއި ދެކޮަޅަށް ވޯޓުލީ ފަރާތުގެ ވާހަކަތަކުން، ތަފާތު ގޮތަކަށް ވޮއިސްއާއި އެކު ފައްޓަވާށެވެ!

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Oct 2026
ފަތުރުވެރިކަމާއި މަސްވެރިކަމުގައި ރާއްޖެ އާއި ބަންގްލަދޭޝް ގުޅިގެން މަސައްކަތްކުރަންޖެހޭ
މިނިސްޓަރު ވިދާޅުވީ، ދެމެހެއްޓެނިވި މަސްވެރިކަމާއި ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި ދެ ޤައުމު ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ
07 Oct 2026
ސައިކަލު ޖެހި ސީރިއަސް އަނިޔާވީ އެއް އާއިލާއެއްގެ ދެ މީހުންނަށް
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، ސީރިއަސް އަނިޔާތަކެއް ލިބުނު މީހުންގެ ތެރޭގައި އެއް އާއިލާއަކަށް ނިސްބަތްވާ ދެބެންގެދެދަރި ދެ ޒުވާނުން ހިމެނޭކަން ހާމަވެއްޖެއެވެ.
07 Oct 2026
ހުޅުމާލޭ ފްލެޓްތަކުގެ ދެބައިކުޅަ އެއްބައި މީހުން ކުލި ނުދައްކާ: ޒުހައިރު
ދިވެހިރާއްޖޭގެ އަޑުގެ "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޒުހައިރު ވިދާޅުވީ، އެ ކުންފުނިން ބެލެހެއްޓުމާ ހަވާލުވެފައިވާ ފްލެޓުތަކުގެ ތެރެއިން 50 އިންސައްތަ ފްލެޓުގެ ކުލި ނުލިބޭ ކަމަށެވެ. ކުލި ނުދެއްކެނީ ތަފާތު ސަބަބުތަކާ ހެދި މާލީ ދަތިކަން ދިމާވެގެން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
07 Oct 2026
ލޭބަލްކުރުމުގެ ގަވާއިދަށް ވިޔަފާރިތައް އަހުލުވެރިކުރުމުގެ ސެޝަނެއް ބާއްވައިފި
އެޗްޑީސީއާއި އެމްއެފްޑީއޭ ގުޅިގެން ހުޅުމާލޭ ޓޭކްއެވޭ ވިޔަފާރިތަކަށް ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމުގެ އާ ގަވާއިދާ ބެހޭ މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
07 Oct 2026
ތަރައްގީގެ މަޝްރޫއުތައް ހަލުވިކުރުމަށް ކުންފުނިތަކުގެ ވެރިންނާ އެކު ކެބިނެޓުން މަޝްވަރާކޮށްފި
ރައީސް އޮފީހުން ބުނީ އެ ބައްދަލުވުމުގައި ރައީސްގެ ރިޔާސީ ވައުދުތަކާ ގުޅިގެން ހުރިހާ ރަށެއްގައި ކުރިއަށް ގެންދާ މަޝްރޫއުތަކާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކޮށް، ފުޅާ ދާއިރާއެއްގައި ހިޔާލު ބަދަލުކޮށްފައިވާ ކަމަށެވެ.
07 Oct 2026
ރަޝިޔާއިން ރޭ ޔޫކްރެއިނަށް ދިން ވައިގެ ހަމަލާތަކެއްގައި އެތައް ބަޔަކު މަރުވެއްޖެ
ޒެލެންސްކީ އެކްސްގައި ޝާއިއުކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، ޗެރްނީހީވް ސަރަހައްދުގެ ޕްރައިލޫކީ ސިޓީގައި ފަސް ބުރީގެ އާންމުން ދިރިއުޅޭ އެޕާޓްމަންޓް އިމާރާތެއް ބިމާ ހަމަކޮށްލި ހަމަލާގައި ފަސް މީހުން މަރުވެ، 26 މީހަކަށް އަނިޔާ ލިބިފައިވެއެވެ. އަނިޔާވި މީހުންގެ ތެރޭގައި ފަސް ކުޑަކުއްޖަކު ހިމެނެއެވެ.
07 Oct 2026
ދަރަވަންދޫ ފަރުގެ މުރަކަ އާލާކުރުމުގެ ޕްރޮގްރާމެއް ފަށަނީ
ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުގެ މުރަކަ އާލާކުރުމަށް "ދިރުން" ޕްރޮގްރާމް ހިންގުމުގެ ޕާޓްނަރޝިޕެއް ޤާއިމުކޮށް، ކޮމިއުނިޓީ މުރަކަ ނާސަރީއެއް ޤާއިމުކުރުމަށް ރާވައިފިއެވެ.
07 Oct 2026
12 ކިލޯ މަސްތުވާތަކެއްޗާއެކު ދެ ދިވެހިން ބެންކޮކުން ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ ކްރިސްޓަލް މެތް އަދި ކެނެބިސްއާއެކު ދެ ދިވެހި ފިރިހެނުން ތައިލެންޑުގެ ވެރިރަށް ބެންކޮކުން ހައްޔަރުކޮށްފިއެވެ. ބެންކޮކުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 46 އަހަރުގެ އަލީ ރަޝީދު އަދި 34 އަހަރުގެ މުޙައްމަދު ވިސާމް އެވެ.