ބޭރު ދުނިޔޭގެ ކުޅިވަރު
09 Apr 2024
ސުޕަކަޕް: އަލް ހިލާލް އަތުން ބަލިވެ އަލް ނަސްރު މުބާރަތުން ކަޓައިފި
ސައުދީ ސުޕަކަޕްގެ ސެމީ ފައިނަލް ދެވަނަ މެޗުގައި ހޯމަދުވަހުގެ ރޭ އަލް ހިލާލް އާއި އަލް ނަސްރު ވާދަކުރި މެޗު 2-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް އަލް ހިލާލުން މުބާރަތުގެ ފައިނަލުން ޖާގަ ހޯދައިފި އެވެ.
09 Apr 2024
ސުޕަކަޕް: ވެހްދާ އަތުން މޮޅުވެ ފައިނަލުގެ ފުރަތަަމަ ޖާގަ އަލް އިއްތިހާދުން ހޯދައިފި
ސައުދީ ސުޕަކަޕްގެ ސެމީ ފައިނަލް ފުރަތަަމަ މެޗުގައި ހޯމަދުވަހުގެ ރޭ އަލް އިއްތިހާދާއި އަލް ވެހްދާ ވާދަކުރި މެޗު 2-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް އަލް އިއްތިހާދު މުބާރާތްގެ ފައިނަލުން ޖާގަ ހޯދައިފި އެވެ.
08 Apr 2024
އަމިއްލަ ދަނޑުގައި ފިއޮރެންޓީނާ އަތުން ޔުވެންޓަސް އަށް އުނދަގޫ މޮޅެއް
އިޓާލިއަން ސެރިއޭގައި އާދިއްތަ ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި ފިއޮރެންޓީނާ އާއި ދެކޮޅަށް ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު 1-0 ގެ ނަތީޖާއަކުން ޔުވެންޓަސް މޮޅުވެއްޖެ އެވެ.
08 Apr 2024
ފޮރެސްޓު އަތުން މޮޅުވެ ޓޮޓެންހަމް ލީގު ތާވަލުގެ ހަތަރުވަނައަށް
އިގިރޭސި ޕްރެމިއާ ލީގުގައި އާދިއްތަ ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި ނޮޓިންހަމް ފޮރެސްޓާއި ދެކޮޅަށް ކުޅުނު މެޗު 3-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ޓޮޓެންހަމް އިން ލީގު ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލައިފިއެވެ.
08 Apr 2024
ރަށުން ބޭރުގައި ޝެފީލްޑް ޔުނައިޓެޑާއި ދެކޮޅަށް ޗެލްސީ ކުޅުނު މެޗު އެއްވަރު
އިގިރޭސި ޕްރެމިއާ ލީގުގައި އާދިއްތަ ދުވަހުގެ ރޭ ރަށުން ބޭރުގައި ލީގު ތާވަލުގެ ފުލުގައި އޮތް ޝެފީލްޑް ޔުނައިޓެޑާއި ދެކޮޅަށް ޗެލްސީ އިން ކުޅުނު މެޗު 2-2 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެއްޖެ އެވެ.
08 Apr 2024
ރަށުން ބޭރުގައި ޔުނައިޓެޑާއި އެއްވަރުވެ، ލިވަޕޫލުން ފުރުސަތު ނަގާލައިފި
އިގިރޭސި ޕްރެމިއާ ލީގުގައި އާދިއްތަ ދުވަހުގެ ރޭ ރަށުން ބޭރުގައި މެންޗެސްޓާ ޔުނައިޓެޑާއި ދެކޮޅަށް ކުޅުނު މެޗު 2-2 ގެ ނަތީޖާއަކުން އެއްވަރުވެ، ލީގު ތާވަލްގެ އެއްވަނައަށް ކުރިއަށް އެރުމަށް ލިބުނު ފުރުސަތު ލިވަޕޫލުން ނަގާލައިފި އެވެ.
07 Apr 2024
އިތުރަށް އެއްމެޗު ކުޅެ ވަގުތީގޮތުން އާސެނަލް އެއްވަނައަށް
އިގިރޭސި ޕްރެމިއާ ލީގުގައި ހޮނިހިރު ދުވަހުގެ ރޭ ރަށުން ބޭރުގައި 3-0 ގެ ނަތީޖާއަކުން ބްރައިޓަން އަތުން މޮޅުވެ، އާސެނަލް އިން އިތުރަށް އެއް މެޗު ކުޅެ ވަގުތީގޮތުން ލީގު ތާވަލުގެ އެއްވަނައަށް ކުރިއަށް ޖެހިލައިފިއެވެ.
06 Apr 2024
ފަހަތުން އަރައި ޕެލަސް އަތުން މޮޅުވެ، ސިޓީ އިން ލިވަޕޫލާއި އަރާ ހަމަކޮށްފި
އިގިރޭސި ޕްރެމިއާ ލީގުގައި މިއަދު ހަވީރު ރަށުން ބޭރުގައި 4-2 ގެ ނަތީޖާއަކުން ކްރިސްޓަލް ޕެލަސް އަތުން މޮޅުވެ މެންޗެސްޓާ ސިޓީ އިން ލީގު ތާވަލުގެ އެއްވަނައިގައި އޮތް ލިވަޕޫލާއި ޕޮއިންޓްގެ ގޮތުން އަރާ ހަމަކޮށްފި އެވެ.