ބޭރު ދުނިޔޭގެ ކުޅިވަރު
03 Feb 2024
ޖަޕާން ކަޓުވާލުމަށްފަހު އީރާން ސެމީފައިނަލަށް
މިހާރު ގަތަރުގައި ކުރިއަށްދާ އޭޝިއަން ކަޕް ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުގެ ތިންވަނަ މެޗުގައި 2-1 ގެ ނަތީޖާއަކުން ޖަޕާން ބަލިކޮށް މުބާރާތުގެ ސެމީ ފައިނަލުން އީރާން ޖާގަ ހޯދައިފި އެވެ.
03 Feb 2024
ފަހަތުން އަރައި އޮސްޓްރޭލިއާ ކަޓުވާލުމަށްފަހު ސައުތު ކޮރެއާ ސެމީ ފައިނަލަށް
ގަތަރުގައި މިހާރު ކުރިއަށްދާ އޭޝިއަން ކަޕް ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުގެ ދެވަނަ މެޗުގައި 2-1 ގެ ނަތީޖާއަކުން އޮސްޓްރޭލިއާ ބަލިކޮށް ސައުތު ކޮރެއާ އިން މުބާރާތްގެ ސެމީ ފައިނަލުން ޖާގަ ހޯދައިފި އެވެ.
03 Feb 2024
ކުއާޓާ ފައިނަލުގައި ޖޯޑަން އަތުން ބަލިވެ، ތަޖިކިސްތާން މުބާރާތުން ކަޓައިފި
ގަތަރުގައި މިހާރު ކުރިއަށްދާ އޭޝިއަން ކަޕް ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުގެ ފުރަތަމަ މެޗުގައި 1-0 ގެ ނަތީޖާއަކުން ތަޖިކިސްތާން އަތުން މޮޅުވެ ފުރަތަަމަ ފަހަރަށް ޖޯޑަން އިން މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފި އެވެ.
03 Feb 2024
ވާދަވެރި ކުޅުމަކަށްފަހު އެންގޯލާ އަތުން މޮޅުވެ ނައިޖީރިއާ ސެމީ ފައިނަލަށް
އައިވަރީ ކޯސްޓުގައި މިހާރު ކުރިއަށްދާ އެފްރިކަން ކަޕް އޮފް ނޭޝަންސް ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުގެ ފުރަތަމަ މެޗުގައި 1-0 ގެ ނަތީޖާއަކުން އެންގޯލާ ބަލިކޮށް ނައިޖީރިއާ އިން މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފި އެވެ.
02 Feb 2024
ތަފާތުބޮޑު ނަތީޖާއަކުން އިންޓަ މިއާމީ ބަލިކޮށް އަލް ނަސްރުން ސައުދީ ލީގުގެ ފެންވަރު ދައްކާލައިފި
ސައުދީ އަރަބިއާގައި މިހާރު ކުރިއަށްދާ ރިޔާދު ސީޒަން ކަޕްގެ ދެވަނަ މެޗުގައި 6-0 ގެ ތަފާތުބޮޑު ނަތީޖާއަކުން އިންޓަ މިއާމީ ބަލިކޮށްފި އަލް ނަސްރުން ސައުދީ ޕްރޮފެޝަނަލް ލީގުގެ ފެންވަރު ދައްކާލައިފި އެވެ.
02 Feb 2024
އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކުރި ލަނޑާއެކު ވުލްވްސް އަތުން ޔުނައިޓެޑަށް އުނދަގޫ މޮޅެއް
އިގިރޭސި ޕްރެމިއާ ލީގުގައި މިރޭ ރަށުން ބޭރުގައި ވުލްވްސް އާއި ދެކޮޅަށް ކުޅުނު މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކުރި ލަނޑާއެކު 4-3 ގެ ނަތީޖާއަކުން މޮޅުވެ މެންޗެސްޓާ ޔުނައިޓެޑުން ލީގު ތާވަލުގެ 7 ވަނައަށް ކުރިއަށް ޖެހިލައިފިއެވެ.
02 Feb 2024
ހޯސެލޫގެ ދެލަނޑާއެކު ގެޓަފޭ އަތުން މޮޅުވެ ރެއާލް މެޑްރިޑަށް ދެ ޕޮއިންޓްގެ ލީޑެއް
ސްޕެނިޝް ލަލީގާގައި މިރޭ ރަށުން ބޭރުގައި ގެޓަފޭ އާއި ދެކޮޅަށް ކުޅުނު މެޗު 2-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ރެއާލް މެޑްރިޑުން ލީގު ތާވަލުގެ އެއްވަނައިގައި ދެ ޕޮއިންޓްގެ ލީޑެއް ނަގައިފިއެވެ.
01 Feb 2024
ފަސޭހަކަމާއި އެކު ޗެލްސީ ބަލިކޮށް ލިވަޕޫލުން އެއްވަނާގައި ހަމަޖެހިލައިފި
އިގިރޭސި ޕްރެމިއާ ލީގުގައި ބުދަދުވަހުގެ ރޭ އަމިއްލަ ދަނޑުގައި ޗެލްސީއާއި ދެކޮޅަށް ކުޅުނު މެޗު ފަސޭހަކަމާއި އެކު 4-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ލިވަޕޫލުން ލީގު ތާވަލްގެ އެއްވަނާގައި ހަމަޖެހިލައިފި އެވެ.