ޕީއެސްޖީ އާއި ޑޯޓްމަންޑް ވާދަކުރި މެޗުގެ ތެރެއިން
ކުޅިވަރު
08 May 2024 | 02:54
އަމިއްލަ ދަނޑުގައި ޑޯޓްމަންޑް އަތުން ބަލިވެ، ޕީއެސްޖީ މުބާރާތުން ކަޓައިފި

ޔުއެފާ ޗެންޕިއަންސް ލީގު ސެމީ ފައިނަލް ދެވަނަ ލެގުގައި އަންގާރަ ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި 1-0 ގެ ނަތީޖާއަކުން ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑް އަތުން ބަލިވެ ފްރާންސްގެ ޗެންޕިއަން ޕީއެސްޖީ މުބާރާތުން ކަޓައިފިއެވެ.

މިދެޓީމުގެ މެދުގައި ކުޅެވުނު ސެމީ ފައިނަލް ފުރަތަމަ ލެގުގައި މިދިޔަ ހަފްތާގެ ބުދަ ދުވަހުގެރޭ ޑޯޓްމަންޑްގެ ދަނޑުގައި ކުޅުނު މެޗު 1-0 ގެ ނަތީޖާއަކުން ޑޯޓްމަންޑް ކާމިޔާބުކޮށްފައިވާއިރު، އެޓީމު ފައިނަލުން ޖާގަ ހޯދީ 2-0 ގެ އެގްރިގޭޓް ނަތީޖާއަކުންނެވެ.

މިމެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބުނުކުރެވި 0-0 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.

ނަމަވެސް ދެވަނަ ހާފުގެ ވަރަށް ކުރީކޮޅު ޑޯޓްމަންޑުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ތަޖުރިބާކާރު ޑިފެންޑަރު މެޓް ހަމަލްސް އެވެ. މިއީ އެޓީމަށް ލިބުނު ކޯނަރެއްގައި އެޓީމުގެ މިޑްފީލްޑަރު ޖޫލިއަން ބްރެންޑްޓް ގޯލުކުރިމަށްޗައް ހުރަސްކޮށްދިން ބޯޅައެއް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން އެނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި މިލަނޑަށްފަހު މެޗުގެ ބާކީބައި ޑޯޓިމަންޑުން ކުޅުނީ މުޅި ޓީމު ފަހަތައްޖެހި ވަރަށް ޑިފެންސިވް ގޭމެކެވެ.

ނަތީޖާއެއްގެ ގޮތުން ޕީއެސްޖީ ޓީމުން ވަނީ މުޅި ޓީމު ކުރިއަށްޖެހި ޑޯޓްމަންޑުގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ. އޭގެ ތެރެއިން މެޗުގެ ފަހުކޮޅު އެޓީމުގެ ޕޯޗުގަލް މިޑްފީލްޑަރު ވިޓީނިއާ އަދި ފޯވާޑް އެމްބާޕޭ ފޮނުވާލި ދެ ހަމަލާއެއް ގޯލުގެ ހުރަސް ދަނޑިއަށް އަމާޒުވިއިރު، ފުރަތަމަ ހާފުގައި ވެސް އެޓީމުން ފޮނުވާލި ދެ ހަމަލާއެއް ގޯލުގެ އަރިމަތީ ދަނޑިއަށް އަމާޒުވެފައި ވެއެވެ.

މުބާރާތުގެ ފައިނަލުގައި ޑޯޓްމަންޑް ވާދަކުރަންޖެހީ މާދަމާ ރޭ ކުޅެވޭ ސެމީ ފައިނަލުގެ ދެވަނަ މެޗުގައި ރެއާލް މެޑްރިޑާއި ބަޔާން މިއުނިކް ވާދަކުރާ މެޗުން މޮޅުވާ ޓީމަކާއި ދެކޮޅަށެވެ. މިމެޗު ފެށުމަށް ހަމަޖެހިފައި ވަނީ މާދަމާ ރޭ ދަންވަރު ރާއްޖެ ގަޑިން 00:00 ގައެވެ.

މީގެ އިތުރުން މިއީ 2013 ވަނަ އަހަރުގެ ފަހުން ބޮރޫޝިއާ ޑޯޓްމަންޑް ޔުއެފާ ޗެންޕިއަންސް ލީގުގެ ފައިނަލުން ޖާގަ ހޯދި ފުރަތަމަ ފަހަރެވެ. މީގެއިތުރުން ކަންދިމާކުރި ގޮތުން އެފަހަރުވެސް މުބާރާތުގެ ފައިނަލް މެޗު ކުޅެފައިވަނީ އިގިރޭސިވިލާތުގެ ވެރިރަށް ލަނޑަނުގެ ވެމްބްލީ ސްޓޭޑިއަމްގައެވެ. އަދި މިއަހަރުގެ މުބާރާތުގެ ފައިނަލް ކުޅުމަށް ގަމަޖެހިފައިވަނީ ވެމްބްލީ ސްޓޭޑިއަމުގަ އެވެ.

މީގެ އިތުރުން 2013 ވަނަ އަހަރުގެ މުބާރާތުގެ ފައިނަލުގައި ޑޯޓްމަންޑާއި ދެކޮޅަށް ކުޅުނީ ބަޔާން މިއުނިކެވެ. އަދި މާދަމާ ރޭ ކުޅެވޭ ސެމީ ފައިނަލުގެ ދެވަނަ މެޗުގައި ރެއާލް މެޑްރިޑްގެ ދަނޑުގައި ބަޔާން މިއުނިކުން ރެއާލް ބަލިކޮށްފިނަމަ ތާރީޚް އިއާދަވެގެންދާނެއެވެ. 2013 ވަނަ އަހަރު މުބާރާތުގެ ފައިނަލުން ބަޔާން މިއުނިކް ޖާގަ ހޯދީ ސެމީފައިނަލުގެ ދެވަނަ ލެގުފައި ރެއާލްގެ ދަނޑުގައި އެޓީމު ބަލިކުރުމަށްފަހު އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.
04 Aug 2026
އޮޑި ބަލިކޮށް މާޒިޔާއަށް މުހިންމު މޮޅެއް
ކަޕްވިނާސް ކަޕްގައި މާޒިޔާ ދެން އެންމެ އަވަހަށް ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ބުރު ސްޕޯޓްސް އާ ދެކޮޅަށެވެ.