13 Jul 2026
ފީފާ ވޯލްޑް ކަޕްގައި ބައިވެރިވާ ޓީމުތަކުގެ 64 އަށް އިތުރުކުރަނީ
ފިރިހެނުންގެ ވޯލްޑް ކަޕްގައި ވާދަކުރާ ޓީމުތަކުގެ އަދަދު 64 އަށް އިތުރުކުރުމުގެ ވިސްނުން ގެންގުޅޭ ކަމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ބުނެފިއެވެ. މި ހުށަހެޅުމާ މެދު ގޮތެއް ނިންމުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ ވޯލްޑް ކަޕަށް ފަހުގައެވެ.