ބްރެންޓްފޯޑާއި ޗެލްސީ ބައްދަލުކުރިމެޗް.. ފޮޓޯ: ބްރެންޓްފޯޑް
ކުޅިވަރު
19 Sep 2026 | 11:49
ބްރެންޓްފޯޑް އަތުން ބަލިވެ، ޗެލްސީއަށް އިތުރު ނުތަނަވަސްކަމެއް

އިނގިރޭސި ޕްރިމިއާ ލީގްގައި ޗެލްސީ އާއި ބްރެންޓްފޯޑް ބައްދަލުކުރިމެޗުން ޗެލްސީ ބަލިވެ އެޓީމަށް އިތުރު ނުތަނަސްކަމާ ކުރިމަތިލާން ޖެހިއްޖެއެވެ.

ބްރެންޓްފޯޑްގެ ދަނޑުގައި ކުޅުނު މިމެޗް ޗެލްސީގެ މައްޗަށް އެޓީމް ކުރި ހޯދާފައިވަނީ 3-0 ގެ ނަތީޖާއިންނެވެ. މި މެޗުގައިވެސް ޗެލްސީގެ ޑިފެންސްލައިނުންނާއި ސެޓް-ޕީސްތަކުގެ ބަލިކަށިކަމުގެ ފައިދާ ނަގައި ބްރެންޓްފޯޑުން ވަނީ ޗެލްސީގެ ގޯލަށް ނުރައްކާކޮށް ލަނޑުތައް ޖަހާފައެވެ. 

މިމެޗްގައި ބްރެންޓްފޯޑުން ލަނޑުތައް ޖަހާފައިވަނީ ފަހު ހާފްގައެވެ. އެގޮތުން މެޗުގެ ފުރަތަމަ ލަނޑު 61 ވަނަ މިނެޓް ތެރޭގައި ކޯނަރަކުން ޖޭޑަން އެންތަނީ ކާމިޔާބުކޮށްދިންއިރު، ދެވަނަ ލަނޑު ކައުންޓަރ އެޓޭކެއްގައި ޖެހީ އީގޯ ތިއާގޯއެވެ. ބްރެންޓްފޯޑުގެ ފަހު ލަނޑު މެޗުގެ އެންމެ ފަހު ވަގުތުކޮޅުގެ ތެރޭގައި ކާމިޔާބުކޮށްދިނީ އަނިޔާއިން އެނބުރި އައި ފަބިއޯ ކަރަވާލިއޯއެވެ.

މި ނަތީޖާގެ ސަބަބުން ޗެލްސީގެ ކޯޗް ޒަބީ އެލޮންސޯއަށް އިތުރު ފިއްތުންތައް ވަނީ ކުރިމަތިވެފައެވެ. މި ނަތީޖާއާއެކު ޗެލްސީ ވެފައިވަނީ މި ސީޒަނުގެ ޕްރިމިއަރ ލީގުގައި މިހާތަނަށް އެންމެ ގިނަ ލަނޑު ކޮޅަށް ވަން ޓީމަށެވެ. އެ ޓީމުން ކުޅުނު ފަސް މެޗުގައި 12 ލަނޑު ވަދެފައިވާއިރު، އެއްވެސް މެޗެއްގައި ކޮޅަށް ލަނޑެއް ނުވަދެ ހިފަހައްޓާލެވިފައެއް ނުވެއެވެ.

އަނިޔާގެ ސަބަބުން ޓީމުގެ މުހިންމު ކުޅުންތެރިން ކަމަށްވާ ޔާއޯ ޕެޑްރޯ އާއި މޮއިސަސް ކައިސޭޑޯ ނެތުމުގެ ދަތިކަން ޗެލްސީއަށް މި މެޗުގައި ވަރަށް ބޮޑަށް ކުރިމަތިވިއެވެ. ޕެޑްރޯގެ ބަދަލުގައި ކުޅުނު ޑެނީ ވެލްބެކަށާއި، ކައިސޭޑޯގެ ބަދަލުގައި ކުޅުނު ޖޯޑަން ހެންޑަސަންއަށް އެދެވޭ ކުޅުމެއް ނުދެއްކުނުއިރު، މުޅި މެޗުގައިވެސް ޗެލްސީއަށް ބްރެންޓްފޯޑުގެ ގޯލަށް ނުރައްކާ ކުރެވުނީ މަދު ފަހަރަކުއެވެ.

މެޗަށްފަހު ޕޮއިންޓް ތާވަލް މިހާރު އޮތްގޮތަށް ބަލާއިރު ބްރެންޓްފޮޑް 9 ޕޮއިންޓާއެކު ތާވަލްގެ ތިންވަނައަށް ޖެހިލިއިރު، ޗެލްސީ އުޅެނީ 7 ޕޮއިންޓާއެކު ތާވަލްގެ 7 ވަނާގައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
19 Sep 2026
ލ.ގަމުގައި ބޭއްވި ރޭސިން މުބާރާތެއްގ ެތެރެއިން ނުަރއްކާތެރި އެކްސިޑެންޓެއް
މިހާތަނަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެކްސިޑެންޓް ހިނގާފައިވަނީ ސައިކަލް ކޮންޓްރޯލުން ނެއްޓި ގޮސް މޫދަށް ވެއްޓިގެންނެވެ.
19 Sep 2026
ގައުމަށް އެންމެ ފައިދާ ހުރި ގޮތަކީ އަންނަ ރިޔާސީ އިންތިހާބުވެސް ޕީއެންސީން ކާމިޔާބުކުރުން: ޣައްސާން
‏ގައުމަށް އެންމެ ފައިދާ ހުރި ގޮތަކީ އަންނަ ރިޔާސީ އިންތިހާބުވެސް ޕީއެންސީން ކާމިޔާބުކުރުން ކަމުގައި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެ އެވެ.
19 Sep 2026
ބްރެންޓްފޯޑް އަތުން ބަލިވެ، ޗެލްސީއަށް އިތުރު ނުތަނަވަސްކަމެއް
މި ނަތީޖާގެ ސަބަބުން ޗެލްސީގެ ކޯޗް ޒަބީ އެލޮންސޯއަށް އިތުރު ފިއްތުންތައް ވަނީ ކުރިމަތިވެފައެވެ. މި ނަތީޖާއާއެކު ޗެލްސީ ވެފައިވަނީ މި ސީޒަނުގެ ޕްރިމިއަރ ލީގުގައި މިހާތަނަށް އެންމެ ގިނަ ލަނޑު ކޮޅަށް ވަން ޓީމަށެވެ. އެ ޓީމުން ކުޅުނު ފަސް މެޗުގައި 12 ލަނޑު ވަދެފައިވާއިރު، އެއްވެސް މެޗެއްގައި ކޮޅަށް ލަނޑެއް ނުވަދެ ހިފަހައްޓާލެވިފައެއް ނުވެއެވެ.
19 Sep 2026
ޕީއެންސީ މެންބަރުންގެ އަދަދު 80،000 އަށް އަރައިފި: ރައީސް
މިވަގުތު އެ ޕާޓީގައި 80,083 މެންބަރުން އެބަ ތިބި ކަމަށް ވިދާޅުވި އެވެ. އަދި ވިދާޅުވީ އަމާޒަކީ ޕާޓީގެ މެންބަރުންގެ އަދަދު 100,000 ގެންދިއުން ކަމަށެވެ.
19 Sep 2026
ބަންގްލަދޭޝްއަށް ފުރަންގޮސް ތިބި ހަ މީހެއްގެ އަތުން 3.8 މިލިއަން ރުފިޔާ
ހުއްޓުވި ބަންގްލަދޭޝްގެ ހަ މީހެއްގެ އަތުން ގިނަ އަދަދެއްގެ ބޭރު ފައިސާ ވަނީ ތަހުގީގުގެ ބޭނުމަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށް ބުންޏެވެ.
19 Sep 2026
ތިލަފުށި ޕޯޓް ތަރައްޤީކުރާނީ ސައްތައިން ސައްތަ ދިވެހިންގެ ހިއްސާ އޮންނަ ތަނެއްގެ ގޮތުގައި
ރައީސް ވިދާޅުވީ ޤައުމުގެ ހަރުމުދާތައް ބޭރުގެ ފަރާތްތަކަށް ދީގެން ކަންކަން ކުރުމަކީ އަދުގެ ސަރުކާރުގެ ސިޔާސަތެއް ނޫންކަމަށެވެ
19 Sep 2026
ޓްރަމްޕްގެ އަމުރަށް ތިން މީޑިއާއެއް ވައިޓް ހައުސްއަށް ނުވެއްދުމަށް ނިންމައިފި
މިކަމާ ގުޅިގެން ސީއެންއެން އިން ނެރުނު ބަޔާނުގައި ބުނެފައިވަނީ އެ ނެޓްވޯކުން ގެނެސްދެނީ އިންސާފުވެރި އަދި ސީދާ ޚަބަރު ކަމަށާއި ސަރުކާރުގެ ފަރާތުން ހުރަހެއް ނެތި ޚަބަރު ގެނެސްދިނުމުގެ ޙައްޤު އެމެރިކާގެ ޤާނޫނުއަސާސީން ލިބިދޭ ކަމަށެވެ. ޕޮލިޓިކޯ އިން ބުނެފައިވަނީ އިޞްލާޙީ ޙައްޤު ދިފާޢުކުރާނޭ ކަމަށެވެ
19 Sep 2026
ހުމާއި ރޯގާ ފެތުރޭތީ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފި
ބޭސް ބޭނުންކުރުމާ ގުޅޭ ގޮތުން އެޗްޕީއޭއިން ބުނެފައި ވަނީ ޕެރެސެޓަމޯލް ފިޔަވައި އެހެން ބޭހެއް އަމިއްލައަށް ބޭނުންނުކުރުމަށެވެ. ތިން ދުވަހަށް ވުރެ ގިނައިން ހުން ދެމިހުންނަ ނަމަ ޑޮކްޓަރެއްގެ ލަފާ ހޯދުމަށް ވެސް އެދިފައިވެއެވެ