ފުލުހުން އަތުލައިގަތް ބައެއް ތަކެތި
ހަބަރު
19 Sep 2026 | 11:24
ބަންގްލަދޭޝްއަށް ފުރަންގޮސް ތިބި ހަ މީހެއްގެ އަތުން 3.8 މިލިއަން ރުފިޔާ

‏ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ބަންގްލަދޭޝަށް ފުރަން ގޮސްތިއްބައި ހުއްޓުވި އެ ގައުމުގެ ހަ މީހެއްގެ އަތުން ގިނަ އަދަދެއްގެ ބޭރު ފައިސާ ފެނިގެން އެ މީހުން ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ގަވާއިދާ ހިލާފަށް ބޭރު ފައިސާ ގަނެވިއްކުމުގެ މުއާމަލާތްތައް ހިންގާ ފަރާތްތައް ހޯދައި، ގާނޫނީ ފިޔަވަޅު އެޅުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން، މިކަމަށް ހާއްސަކުރެވިފައިވާ ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން ސެޕްޓެންބަރު 18 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ބަންގްލަދޭޝަށް ފުރަން ގޮސްތިއްބައި ބަޔަކު ހުއްޓުވި ކަމަށެވެ.

ހުއްޓުވި ބަންގްލަދޭޝްގެ ހަ މީހެއްގެ އަތުން ގިނަ އަދަދެއްގެ ބޭރު ފައިސާ ވަނީ ތަހުގީގުގެ ބޭނުމަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށް ބުންޏެވެ.

‏ހިފެހެއްޓުނު ފައިސާގެ ތެރޭގައި 174,161 ޔޫއެސް ޑޮލަރާއި 56,760 ޔޫރޯ އާއި 1،815 ސްޓަރލިން ޕައުން ހިމެނޭހެން ޖުމުލަ 18 ގައުމެއްގެ ފައިސާ ހިމެނެ އެވެ. ފައިސާގެ ޖުމުލަ އަގު ގާތްގަނޑަކަށް 3,861,415.29 (ތިން މިލިއަން އަށްލައްކަ ފަސްދޮޅަސް އެއްހާސް ހަތަރުސަތޭކަ ފަނަރަ ރުފިޔާ އޮނަތިރީސް ލާރި) އަށް އަރައެވެ.

‏މި މައްސަލައާ ގުޅިގެން ބަންގްލަދޭޝްގެ ހަ މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ. އަދި މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުން ކަމަށް ވެސް ބުންޏެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
19 Sep 2026
ގައުމަށް އެންމެ ފައިދާ ހުރި ގޮތަކީ އަންނަ ރިޔާސީ އިންތިހާބުވެސް ޕީއެންސީން ކާމިޔާބުކުރުން: ޣައްސާން
‏ގައުމަށް އެންމެ ފައިދާ ހުރި ގޮތަކީ އަންނަ ރިޔާސީ އިންތިހާބުވެސް ޕީއެންސީން ކާމިޔާބުކުރުން ކަމުގައި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެ އެވެ.
19 Sep 2026
ބްރެންޓްފޯޑް އަތުން ބަލިވެ، ޗެލްސީއަށް އިތުރު ނުތަނަވަސްކަމެއް
މި ނަތީޖާގެ ސަބަބުން ޗެލްސީގެ ކޯޗް ޒަބީ އެލޮންސޯއަށް އިތުރު ފިއްތުންތައް ވަނީ ކުރިމަތިވެފައެވެ. މި ނަތީޖާއާއެކު ޗެލްސީ ވެފައިވަނީ މި ސީޒަނުގެ ޕްރިމިއަރ ލީގުގައި މިހާތަނަށް އެންމެ ގިނަ ލަނޑު ކޮޅަށް ވަން ޓީމަށެވެ. އެ ޓީމުން ކުޅުނު ފަސް މެޗުގައި 12 ލަނޑު ވަދެފައިވާއިރު، އެއްވެސް މެޗެއްގައި ކޮޅަށް ލަނޑެއް ނުވަދެ ހިފަހައްޓާލެވިފައެއް ނުވެއެވެ.
19 Sep 2026
ޕީއެންސީ މެންބަރުންގެ އަދަދު 80،000 އަށް އަރައިފި: ރައީސް
މިވަގުތު އެ ޕާޓީގައި 80,083 މެންބަރުން އެބަ ތިބި ކަމަށް ވިދާޅުވި އެވެ. އަދި ވިދާޅުވީ އަމާޒަކީ ޕާޓީގެ މެންބަރުންގެ އަދަދު 100,000 ގެންދިއުން ކަމަށެވެ.
19 Sep 2026
ބަންގްލަދޭޝްއަށް ފުރަންގޮސް ތިބި ހަ މީހެއްގެ އަތުން 3.8 މިލިއަން ރުފިޔާ
ހުއްޓުވި ބަންގްލަދޭޝްގެ ހަ މީހެއްގެ އަތުން ގިނަ އަދަދެއްގެ ބޭރު ފައިސާ ވަނީ ތަހުގީގުގެ ބޭނުމަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށް ބުންޏެވެ.
19 Sep 2026
ތިލަފުށި ޕޯޓް ތަރައްޤީކުރާނީ ސައްތައިން ސައްތަ ދިވެހިންގެ ހިއްސާ އޮންނަ ތަނެއްގެ ގޮތުގައި
ރައީސް ވިދާޅުވީ ޤައުމުގެ ހަރުމުދާތައް ބޭރުގެ ފަރާތްތަކަށް ދީގެން ކަންކަން ކުރުމަކީ އަދުގެ ސަރުކާރުގެ ސިޔާސަތެއް ނޫންކަމަށެވެ
19 Sep 2026
ޓްރަމްޕްގެ އަމުރަށް ތިން މީޑިއާއެއް ވައިޓް ހައުސްއަށް ނުވެއްދުމަށް ނިންމައިފި
މިކަމާ ގުޅިގެން ސީއެންއެން އިން ނެރުނު ބަޔާނުގައި ބުނެފައިވަނީ އެ ނެޓްވޯކުން ގެނެސްދެނީ އިންސާފުވެރި އަދި ސީދާ ޚަބަރު ކަމަށާއި ސަރުކާރުގެ ފަރާތުން ހުރަހެއް ނެތި ޚަބަރު ގެނެސްދިނުމުގެ ޙައްޤު އެމެރިކާގެ ޤާނޫނުއަސާސީން ލިބިދޭ ކަމަށެވެ. ޕޮލިޓިކޯ އިން ބުނެފައިވަނީ އިޞްލާޙީ ޙައްޤު ދިފާޢުކުރާނޭ ކަމަށެވެ
19 Sep 2026
ހުމާއި ރޯގާ ފެތުރޭތީ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފި
ބޭސް ބޭނުންކުރުމާ ގުޅޭ ގޮތުން އެޗްޕީއޭއިން ބުނެފައި ވަނީ ޕެރެސެޓަމޯލް ފިޔަވައި އެހެން ބޭހެއް އަމިއްލައަށް ބޭނުންނުކުރުމަށެވެ. ތިން ދުވަހަށް ވުރެ ގިނައިން ހުން ދެމިހުންނަ ނަމަ ޑޮކްޓަރެއްގެ ލަފާ ހޯދުމަށް ވެސް އެދިފައިވެއެވެ
19 Sep 2026
ޣައްޒާގެ ކުދިންނަށް ދަތުރުކުރާ ސިނަމާގެ ޚިދުމަތް ފަށައިފި
ހަނގުރާމައިގައި ގެދޮރު ގެއްލިފައިވާ ކުދިންނަށް ނަފްސާނީ ލުޔެއް ހޯދައިދިނުމަށް "ލިޓްލް ވިންގްސް" ގެ ނަމުގައި މޯބައިލް ސިނަމާ މަޝްރޫޢެއް ފަށައި، 2026 ނިމުމުގެ ކުރިން ބައި މިލިއަނަށް ވުރެ ގިނަ ކުދިންނަށް ވާސިލުކުރުމަށް އަމާޒުހިފާފައެވެ