ސީއެންއެން އާއި އެމްއެސް ނައު އާއި ޕޮލިޓިކޯ، ވައިޓް ހައުސްއަށް ވަމުން މަނާކުރުމަށް ނިންމާފައިވާކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއުލާނުކުރައްވައިފިއެވެ.
ޓްރަމްޕްގެ އަމިއްލަ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަބީ، "ދޮގު ޚަބަރު" ގެނެސްދޭތީވެ، އެ ތިން އައުޓްލެޓް ވައިޓް ހައުސްއިން ވަގުތުން ބޭރުކުރުމަށް ނިންމާފައިވާކަމަށެވެ. އެހެންނަމަވެސް މި ނިންމުން ޢަމަލީ ގޮތުން ތަންފީޒުކުރާނެ ގޮތުގެ ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ. ހުކުރު ދުވަހުގެ ހަވީރާ ހަމައަށްވެސް އެ ތިން މީޑިއާގެ ނޫސްވެރިން ވައިޓް ހައުސް ގޯތިތެރޭގައި ތިބި ކަމަށާއި ނެރެލި ކަމުގެ އެއްވެސް ނިޝާނެއް ފެނިފައި ނުވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
އޯވަލް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުުމެއްގައި ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެމުން ޓްރަމްޕް ބުނީ އެ ތަންތަނުން ފެންނަނީ ދޮގު ޚަބަރު ކަމަށާއި ޤައުމަށް ބޭނުންވަނީ ތެދުވެރި ޚަބަރު ކަމަށެވެ. ހަމައެހެންމެ ނިއު ޔޯކް ޓައިމްސް އާއި ވޮޝިންގްޓަން ޕޯސްޓަށްވެސް ޓްރަމްޕް ވަނީ ބަހުގެ ހަމަލާތައް ރައްދުކޮށްފައިވެއެވެ.
މިކަމާ ގުޅިގެން ސީއެންއެން އިން ނެރުނު ބަޔާނުގައި ބުނެފައިވަނީ އެ ނެޓްވޯކުން ގެނެސްދެނީ އިންސާފުވެރި އަދި ސީދާ ޚަބަރު ކަމަށާއި ސަރުކާރުގެ ފަރާތުން ހުރަހެއް ނެތި ޚަބަރު ގެނެސްދިނުމުގެ ޙައްޤު އެމެރިކާގެ ޤާނޫނުއަސާސީން ލިބިދޭ ކަމަށެވެ. ޕޮލިޓިކޯ އިން ބުނެފައިވަނީ އިޞްލާޙީ ޙައްޤު ދިފާޢުކުރާނޭ ކަމަށެވެ.
ޕެން އެމެރިކާގެ ޖާނަލިޒަމް ޑައިރެކްޓަރު ޓިމް ރިޗަޑްސަން ވިދާޅުވެފައިވަނީ، ފުރަތަމަ އިޞްލާޙީ ޙައްޤު މަސައްކަތްކުރާ ގޮތް ރައީސް ޓްރަމްޕަށް ކޮންމެވެސް ބަޔަކު ބުނެދޭން ޖެހެ ކަމަށާއި ނޫސްތަކާ ދެކޮޅަށް ސަރުކާރުން ދައްކާ ޢަދާވާތްތެރިކަމަކީ ދުވަހަކުވެސް ޚަބަރުތަކުގެ ސީދާކަމާ ގުޅޭ ކަމެއް ނޫން ކަމަށެވެ.
ޓްރަމްޕްގެ ދެވަނަ ދައުރުގައި މީޑިއާތަކާ ދެކޮޅަށް ކޯޓު މައްސަލަތައް ހުށަހެޅުމާއި ރެގިއުލޭޓަރީ ފިޔަވަޅުތައް އެޅުން އިތުރުވެފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists