ލިޓްލް ވިންގްސް މޯބައިލް ސިނަމާ.. ފޮޓޯ:އައި.އެޗް.އޭ ނިއުސް
ހަބަރު
19 Sep 2026 | 09:02
ޣައްޒާގެ ގެދޮރު ގެއްލިފައިވާ ކުދިންނަށް "ލިޓްލް ވިންގްސް" މޯބައިލް ސިނަމާ ޚިދުމަތް ފަށައިފި

އިސްތިއުމާރީ އިސްރާއީލުގެ ޢުދުވާނުގައި ސުންނާފަތިވެފައިވާ ޣައްޒާގައި ކުޑަކުދިންނަށް ފަންނުވެރިކަމާއި ކުޅިވަރުގެ ޒަރީޢާއިން ނަފްސާނީ ހިތްހަމަޖެހުން ގެނެސްދިނުމަށް ޚާއްޞަ މޯބައިލް ސިނަމާގެ ޚިދުމަތެއް ފަށައިފިއެވެ.

މި ޚިދުމަތް ކުރިއަށް ގެންދަނީ "މަޝްހަރާވީ ފަންޑް ފޮރ ފިލްމްސް އެންޑް ފިލްމްމޭކާސް" އިން "ލިޓްލް ވިންގްސް" ގެ ނަމުގައި ހިންގާ މަޝްރޫޢެއްގެ ތެރެއިންނެވެ. ހަނގުރާމައިގެ ސަބަބުން ގެދޮރު ގެއްލި ވަގުތީ ފޭލިގެތަކުގައި ދިރިއުޅެމުންދާ ކުދިންނަށް އަމާޒުކޮށްގެން ކާޓޫނު ފިލްމު އެޅުވުމާއި މޫނުގައި ކުލަ ޖެއްސުމާއި ސަގާފީ ކުޅިވަރުތައް ހިމެނޭ ގޮތަށް ތަފާތު ހަރަކާތްތައް ދަނީ ހިންގަމުންނެވެ.

މި ހަރަކާތް ރާވައި ހިންގާ ފަރާތްތަކުން ބުނީ ޒަޔަނިސްޓުން ހިންގާ ލާއިންސާނީ ހަނގުރާމައިގެ ބިރުވެރިކަމުގެ ތެރޭގައި ތިބި ކުދިންގެ ހިތްތަކަށް ކުޑަ ވަގުތުކޮޅަކަށް ނަމަވެސް ލުޔެއް ހޯދައިދިނުމަކީ މި މަސައްކަތުގެ އެންމެ ބޮޑު ބޭނުން ކަމަށެވެ.

ޣައްޒާގެ ކުދިންތަކެއް ލިޓްލް ވިންގްސް މޯބައިލް ސިނަމާ ދޮށުގައި.. ފޮޓޯ:އައި.އެޗް.އޭ ނިއުސް

އެ ފަރާތްތަކުން ބުނި ގޮތުގައި ނަފްސާނީ ގޮތުންނާއި އިޖުތިމާޢީ ގޮތުން އެ ކުދިންނަށް ބޭނުންވާ އަޅާލުން ފޯރުކޮށްދީ ގެއްލިފައިވާ އުއްމީދު އާލާކޮށްދިނުމަކީ ވެސް މި މަޝްރޫޢުގެ ލަނޑުދަނޑިއެކެވެ.

ކުޅިވަރާއި ފަންނުވެރިކަން މެދުވެރިކޮށް އެ ކުދިންގެ ޝުޢޫރުތައް މިނިވަންކަމާ އެކު ފާޅުކުރެވޭނެ ރައްކާތެރި މާހައުލެއް ބިނާކުރުމާއި ޚިޔާލީ ވިސްނުން ތަރައްޤީކުރުމަށް މަގުފަހިކޮށްދިނުމަކީ ވެސް މި ޕްރޮޖެކްޓުގެ ތެރެއިން ކުރަމުންދާ މުހިންމު މަސައްކަތެއް ކަމަށް އެ ފަރާތްތަކުން ފާހަގަކޮށްފައިވެއެވެ.

ލިޓްލް ވިންގްސް މޯބައިލް ސިނަމާ .. ފޮޓޯ:އައި.އެޗް.އޭ ނިއުސް

ޣައްޒާގައި ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައިވުން ފަދަ ދަތި ހާލަތްތައް ކުރިމަތިވެފައި ވީ ނަމަވެސް 2026 ވަނަ އަހަރު ނިމުމުގެ ކުރިން ބައި މިލިއަނަށް ވުރެ ގިނަ ކުޑަކުދިންނަށް މި ޚިދުމަތް ވާސިލުކޮށްދިނުމަކީ "ލިޓްލް ވިންގްސް" މަޝްރޫޢުގެ އަމާޒެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
19 Sep 2026
އެމްއައިބީން މިއަދު ތިން ބްރާންޗަކުން އެކައުންޓް ހުޅުވައިދެނީ
މޯލްޑިވްސް އިސްލާމިކް ބޭންކުގެ މާލެ އާއި ހުޅުމާލޭގެ ތިން ބްރާންޗަކުން މިއަދު ހެނދުނު 10 އިން މެންދުރު 2 އަށް އެކައުންޓް ހުޅުވުމުގެ ޚިދުމަތް ދޭނެ
19 Sep 2026
ޓްރަމްޕްގެ އަމުރަށް ތިން މީޑިއާއެއް ވައިޓް ހައުސްއަށް ނުވެއްދުމަށް ނިންމައިފި
މިކަމާ ގުޅިގެން ސީއެންއެން އިން ނެރުނު ބަޔާނުގައި ބުނެފައިވަނީ އެ ނެޓްވޯކުން ގެނެސްދެނީ އިންސާފުވެރި އަދި ސީދާ ޚަބަރު ކަމަށާއި ސަރުކާރުގެ ފަރާތުން ހުރަހެއް ނެތި ޚަބަރު ގެނެސްދިނުމުގެ ޙައްޤު އެމެރިކާގެ ޤާނޫނުއަސާސީން ލިބިދޭ ކަމަށެވެ. ޕޮލިޓިކޯ އިން ބުނެފައިވަނީ އިޞްލާޙީ ޙައްޤު ދިފާޢުކުރާނޭ ކަމަށެވެ
19 Sep 2026
ހުމާއި ރޯގާ ފެތުރޭތީ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފި
ބޭސް ބޭނުންކުރުމާ ގުޅޭ ގޮތުން އެޗްޕީއޭއިން ބުނެފައި ވަނީ ޕެރެސެޓަމޯލް ފިޔަވައި އެހެން ބޭހެއް އަމިއްލައަށް ބޭނުންނުކުރުމަށެވެ. ތިން ދުވަހަށް ވުރެ ގިނައިން ހުން ދެމިހުންނަ ނަމަ ޑޮކްޓަރެއްގެ ލަފާ ހޯދުމަށް ވެސް އެދިފައިވެއެވެ
19 Sep 2026
ޣައްޒާގެ ކުދިންނަށް ދަތުރުކުރާ ސިނަމާގެ ޚިދުމަތް ފަށައިފި
ހަނގުރާމައިގައި ގެދޮރު ގެއްލިފައިވާ ކުދިންނަށް ނަފްސާނީ ލުޔެއް ހޯދައިދިނުމަށް "ލިޓްލް ވިންގްސް" ގެ ނަމުގައި މޯބައިލް ސިނަމާ މަޝްރޫޢެއް ފަށައި، 2026 ނިމުމުގެ ކުރިން ބައި މިލިއަނަށް ވުރެ ގިނަ ކުދިންނަށް ވާސިލުކުރުމަށް އަމާޒުހިފާފައެވެ
19 Sep 2026
ޓީ-ބިލް ދެއްކީ ބެންކުގައި ހުރި އާންމުންގެ ފައިސާއިން ކަމަށް ބުނެ ދައްކަނީ ދޮގު ވާހަކަތަކެއް: ފިނޭންސް
ފިނޭން މިނިސްޓްރީން ބުނީ ޓީ-ބިލް އަނބުރާ ދައްކާފައިވަނީ ބޭންކް އޮފް މޯލްޑިވްސްގައި ހުރި އާންމުންގެ ޑިޕޮސިޓް ފައިސާ ބޭނުންކޮށްގެން ކަމަށް ދެކެވޭ ވާހަކައަކީ އެއްވެސް އަސްލެއް އޮތް ވާހަކައެއް ނޫން ކަމަށެވެ.
18 Sep 2026
ޕީއެންސީ ނޫނީ ދެން ހުރީ ފަނާކުރާ ފިކުރުގެ ޕާޓީތައް: ރައީސް
"އެންމެ ފުރަތަމަ ގައުމު ނޫން ގޮތެއް ނެތް. އެހެންވީމަ އޮތީ ޕީއެންސީއާއެކު ކުރިއަށް ދިއުމޭ. އެއީ ޤައުމަށް އެންމެ ފައިދާހުރި ގޮތް،" ރައީސް ވިދާޅުވި އެވެ.
18 Sep 2026
ޕީއެންސީީގެ 2028 ގެ ރިޔާސީ ޓިކެޓް ރައީސް މުޢިއްޒަށް އަރުވައިފި
ޕީއެންސީގެ ރިޔާސީ ޓިކެޓް ރައީސް މުޢިއްޒަށް އެރުވީ, ޕީއެންސީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ.
18 Sep 2026
ހިޔާގެ ބެލްކަނީގައި ބަދުއަހްލާގީ އަމަލު ހިންގި މީހުން ދެނެގަނެ ހައްޔަރުކޮށްފި
ބަދުއަހުލާގީ އަމަލު ހިންގިކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން، 36 އަހަރުގެ ދިވެހި ފިރިހެނަކާއި 25 އަހަރުގެ ދިވެހި އަންހެނަކު ހައްޔަރުކޮށްފައިވެ އެވެ.