ލަނޑު ޖެހުމަށްފަހު ބާސެލޯނާ ކުޅުންތެރިން އުފާފާޅުކުރަނީ... ފޮޓޯ: ގެޓީ
ކުޅިވަރު
20 Sep 2026 | 07:48
ރަފީނިއާގެ ލަނޑުތަކާއެކު ބާސެލޯނާއިން ސެވިއްޔާ ބަލިކޮށްފި

ސްޕެނިޝް ލަލީގާގައި ރޭ ބާސެލޯނާ އާއި ސެވިއްޔާ ބައްދަލުކުރިމެޗް ބާސެލޯނާ ކާމިޔާބުކޮށް މި ސީޒަނުގައި އެޓީމް މޮޅުވަމުން އައުމުގެ  ރެކޯޑް ދަމަހައްޓައިފިއެވެ.

ރޭގެ މެޗްގައިވެސް ތަރިއަކަށްވީ ބްރެޒިލްގެ ރަފީނިއާއެވެ. ސެވިއްޔާ އާ ދެކޮޅަށް ކުޅުނު މިމެޗް ބާސެލޯނާ ކާމިޔާބުކުރީ 3-1 ގެ ނަތީޖާއިންނެވެ. ކުރިންމެޗްގައި ރަފީނިއާގެ ހެޓްރިކެއް ފެނިގެންދިޔައިރު، ރޭގެ މެޗްގައިވެސް އޭނާ ވަނީ ހެޓްރިކް ހަދާފައެވެ. 

ސެވިލާގެ ދަނޑުގައި ކުޅުނު މި މެޗުގެ 19 ވަނަ މިނެޓުގައި ޔޫސުފް ފޮފާނާ ޖަހައިދިން ލަނޑާއެކު ސެވިލާއިން ފުރަތަމަ ލީޑު ނެގި ނަމަވެސް، ބާސެލޯނާއިން ވަނީ ކުޑަވަގުތުކޮޅެއްގެ ތެރޭގައި މެޗުގެ ކޮންޓްރޯލް އަތުލާފައެވެ. ސެވިލާއިން ލަނޑު ޖެހިތާ ތިން މިނެޓު ފަހުން، އެންޑްރިއަސް ކްރިސްޓެންސަން ތަނަވަސްކޮށްދިން ފުރުސަތަކުން ރަފީނިއާ ވަނީ ބާސެލޯނާއަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ.

މެޗްގައި ދެން ފެނިގެންދިޔަ ލަނޑުތައް ރަފީނިއާ ޖަހާފައިވަނީ ފަހު ހާފްގެ ތެރޭގައެވެ. ބާސެލޯނާގެ ފޯވާޑް ލައިނަށް އައި ބަދަލާއެކު، ރަފީނިއާ މިހާރު ކުޅެމުންދަނީ ސެންޓްރަލް ފޯވާޑަކަށެވެ. ރަފީނިއާ އާދަޔާ ހިލާފް ފޯމެއްގައި ހުރިއިރު މި ސީޒަނުގައި މިހާތަނަށް ކުޅުނު 8 މެޗުން އޭނާ ވަނީ 14 ލަނޑު ޖަހައި، ތިން އެސިސްޓް ހަދާފައެވެ.

ބާސެލޯނާ މޮޅުވި މިމެޗްގައި ރަފީނިއާ އާ ބެހޭގޮތުން އެންމެބޮޑަށް ތައުރީފްކޮށް ވާހަކަދައްކާފައިވަނީ ސެވިއްޔާގެ ކޯޗް ލުއިސް ގާސިއާއެވެ. މެޗަށްފަހު ނޫސްވެރިންނާ ވާހަކަދައްކަމުން ގާސިއާ ބުނީ، ބެލޮންޑިއޯ އެވޯޑަށް ނޮމިނޭޓްވި ކުޅުންތެރިންގެ ތެރޭގައި ރަފީނިއާ ނުހިމެނުމަކީ ޖޯކެއް ކަމަށެވެ. 

"އޭނާއަކީ މެޗު ކާމިޔާބުކޮށްދޭ ކުޅުންތެރިއެއް، އެހެންވެ އަހަރެން މިފަދަ އެވޯޑްތަކަށް އިތުބާރެއް ނުކުރަން. އޭނާ ހުރިހާ ކަމެއް ވެސް އެބަ ކުރޭ" ލުއިސް ގާސިއާ ބުންޏެވެ.

ސެވިއްޔާ މެޗުން ލިބުނު ތިން ޕޮއިންޓާއެކު ބާސެލޯނާ މިހާރު އޮތީ 21 ޕޮއިންޓާއެކު ތާވަލްގެ އެންމެ ކުރީގައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
20 Sep 2026
ބްރައިޓަން އަތުން ލަދުވެތި ގޮތަކަށް ބަލިވެ، އާސެނަލްގެ ރެކޯޑް ނިމުމަކަށް
މެޗަށްފަހު ވާހަކަދައްކަމުން އާސެނަލްގެ ކޯޗް މިކެލް އަޓޭޓާ ބުނީ މެޗްގައި ހުރިހާ ގޮތަކުންވެސް އާސެނަލްގެ ކުޅުންތެރިންނަށް ވުރެ ބްރައިޓަން ކުޅުންތެރިން ތަފާތުކަމަށެވެ. އެގޮތުން އެޓީމްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އޭނާގެ ޓީމްގެ ކުޅުންތެރިންނަށް ނުކުޅެވުނުކަން އަޓޭޓާ ވަނީ ފާހަގަކޮށްފައެވެ
20 Sep 2026
މޭވާއާއި ތަރުކާރީގެ ތޮށިން ތައްޔާރު ކުރެވިދާނެ މީރު ބައެެއް ތަކެތި
ދުނިޔޭގެ ނިސްބަތުން ބަލާއިރު، އުފައްދާ ކާބޯތަކެތީގެ ތިންބައިކުޅަ އެއްބައި (އަހަރަކު 1.3 ބިލިއަން ޓަނު) ބޭކާރުވެގެންދެއެވެ. ކުނިގޮނޑުތަކުގައި ކާބޯތަކެތި ކުނިވުމުން ޖައްވަށް ބޭރުވާ މީތޭން ގޭހަކީ ކާބަން ޑައިއޮކްސައިޑަށްވުރެ 80 ގުނަ ބާރުގަދަ ގޭހެކެވެ. އަހަރެމެން ކުނީގެ ގޮތުގައި ދެކޭ ގިނަ ބަޔަކީ ހަގީގަތުގައި ކެވޭ، ފައިދާހުރި ބައިތަކެވެ. ތިރީގައި މިވަނީ އާންމުކޮށް އުކައިލާ ތޮށިތަކުން ތައްޔާރުކޮށްލެވިދާނެ ބައެއް މީރު އަދި ފައިދާހުރި ބާވަތްތަކެވެ.
20 Sep 2026
ރަފީނިއާގެ ލަނޑުތަކާއެކު ބާސެލޯނާއިން ސެވިއްޔާ ބަލިކޮށްފި
ބާސެލޯނާ މޮޅުވި މިމެޗްގައި ރަފީނިއާ އާ ބެހޭގޮތުން އެންމެބޮޑަށް ތައުރީފްކޮށް ވާހަކަދައްކާފައިވަނީ ސެވިއްޔާގެ ކޯޗް ލުއިސް ގާސިއާއެވެ. މެޗަށްފަހު ނޫސްވެރިންނާ ވާހަކަދައްކަމުން ގާސިއާ ބުނީ، ބެލޮންޑިއޯ އެވޯޑަށް ނޮމިނޭޓްވި ކުޅުންތެރިންގެ ތެރޭގައި ރަފީނިއާ ނުހިމެނުމަކީ ޖޯކެއް ކަމަށެވެ
19 Sep 2026
ބީއެމްއެލްގައި ހުރި ފައިސާއިން ޓީ-ބިލް ދެއްކި ވާހަކަ މާލީ ވުޒާރާއިން ދޮގުކޮށްފި
މާލީ ވުޒާރާއިން ބުނެފައިވަނީ އެސްބީއައި މެދުވެރިކޮށް 2019 ވަނަ އަހަރު ނަގާފައިވާ 50 މިލިއަން ޑޮލަރުގެ މި ޓީ-ބިލް އަނބުރާ ދައްކާފައިވަނީ ދުރާލާ އެކަމަށް ފުރިހަމައަށް ތައްޔާރުވެގެން ކަމަށެވެ. އަދި މި ފައިސާ ދައްކާފައިވަނީ ސޮވްރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް) އަށް ޖަމާކުރަމުންދާ ފައިސާ ބޭނުންކޮށްގެން ކަމަށްވެސް ފިނޭންސް މިނިސްޓްރީން ވަނީ ސާފުކޮށްދެއްވާފައެވެ
19 Sep 2026
ޤައުމީ ޓީމުގެ އެސިސްޓަންޓް ކޯޗަކަށް ކުރީގެ ޑިފެންޑަރު ސޮބާ
ޤައުމީ ޓީމުގެ އޮފިޝަލް ޓީމާ ސޮބާހު މި ގުޅުނީ ކުރިއަށް އޮތް ބައިނަލްއަޤްވާމީ އެކުވެރިކަމުގެ މެޗުތަކަށް ޓީމު ވަރުގަދަކޮށް ތައްޔާރުވަމުންދާ ދަނޑިވަޅެއްގައެވެ.
19 Sep 2026
ތޮއްޑޫގައި ބޮޑު އޮޕަރޭޝަނެއް: 107 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް
އިމިގްރޭޝަންގެ ގިނަ އަދަދެއްގެ އޮފިސަރުން ބައިވެރިވި މި އޮޕަރޭޝަނުގައި 507 ބިދޭސީއަކު ބަލައި ފާސްކޮށްފައިވެ އެވެ. އޭގެ ތެރެއިން 107 މީހަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށް ބުންޏެވެ.
19 Sep 2026
އެސްޓަންވިލާ އަތުން ސްޕާސް ބަލިވެއްޖެ
ރޮބާޓޯ ޑި ޒާބީގެ އިރުޝާދުގެ ދަށުން ބޮޑު ހޭދައެއްކޮށްގެން ބިނާކޮށްފައިވާ ސްޕާސް ޓީމު ބަލިވީ، އެސްޓަންވިލާގެ ޖޯހަން މަންޒަމްމީ، ނިކޮލަސް ޖެކްސަން އަދި އެމީ ބުއެންޑިއާ ކާމިޔާބުކޮށްދިން ލަނޑުތަކުންނެވެ
19 Sep 2026
ސަރުކާރުން ޓީބިލަށް ފައިސާ ދެއްކުމާ އެ ބޭންކާ ގުޅުމެއް ނެތް
ބީއެމްއެލް އިން ނެރުނު ބަޔާނެއްގައި ބުނީ ސަރުކާރުން ޓީބިލްގެ ދަރަނި އަދާކުރުމުގައި ބޭންކުގެ ކަސްޓަމަރުންގެ ޑިޕޮސިޓް އަދި ބޭންކުގެ އަމިއްލަ އެއްވެސް ވަސީލަތެއް ވެސް ބޭނުންކޮށްފައި ނުވާކަމަށެވެ.