ސްޕާސް އާއި އެސްޓަންވިލާ ބައްދަލުކުރިމެޗްގެ ތެރެއިން.. ފޮޓޯ: ސްކައި
ކުޅިވަރު
19 Sep 2026 | 19:42
އެސްޓަންވިލާ އަތުން ސްޕާސް ބަލިވެއްޖެ

އިނގިރޭސި ޕްރިމިއާ ލީގްގައި މިރޭ ޓޮޓްނަމް ހޮޓްސްޕާ އާއި އެސްޓަންވިލާ ބައްދަލުކުރިމެޗް އެސްޓަންވިލާއިން ކާމިޔާބުކޮށްފިއެވެ.

ސްޕާސްގެ ދަނޑުގައި ކުޅުނު މިމެޗް އެސްޓަންވިލާ ކާމިޔާބުކުރީ 3-2 ގެ ނަތީޖާއިންނެވެ. ރޮބާޓޯ ޑި ޒާބީގެ އިރުޝާދުގެ ދަށުން ބޮޑު ހޭދައެއްކޮށްގެން ބިނާކޮށްފައިވާ ސްޕާސް ޓީމު ބަލިވީ، އެސްޓަންވިލާގެ ޖޯހަން މަންޒަމްމީ، ނިކޮލަސް ޖެކްސަން އަދި އެމީ ބުއެންޑިއާ ކާމިޔާބުކޮށްދިން ލަނޑުތަކުންނެވެ.

މެޗް ފަށައިގެން ފުރަތަމަ 20 މިނެޓުގައި ސްޕާސްގެ ފަރާތުން މޮޅު ކުޅުމެއް ފެނުނުއިރު އެސްޓަންވިލާގެ ގޯލަށް ބާރުބޮޑުވިތަން ފެނުނެވެ. މެޗްގެ އޮއިވަރު ބަދަލުވީ، ޓައިރޯން މިންގްސްގެ އަތުން ސްޕާސްގެ ކެޕްޓަން މިކީ ވެން ޑި ވެންގެ މޫނުމަތީޖެހުމުން ފަރުވާ ހޯދަން ދަނޑުން ބޭރުގައި ހުއްޓާއި މަންޒަމްބީ ޖެހި ލަނޑާއެކު ވިލާއިން މެޗުގެ ލީޑު ނެގި ހިސާބުންނެވެ.

މެޗުގެ ދެވަނަ ހާފުގައި މުހައްމަދު ކުޑޫސް ލަނޑެއް ޖަހައި ސްޕާސްއަށް އުންމީދެއް ހޯދައިދިން ނަމަވެސް، ވީއޭއާރުން ނިންމީ އެއީ އޮފްސައިޑް ލަނޑެއް ކަމަށެވެ. އޭގެ ކުޑައިރުކޮޅެއް ފަހުން ޖެކްސަން ކާމިޔާބުކުރި ލަނޑާއެކު ވިލާއިން މެޗުގެ ކޮންޓްރޯލް ހޯދިއެވެ.

އެސްޓަންވިލާ އަތުން ބަލިވުމަށްފަހު ސްޕާސް މިވަގުތު އޮތީ ތާވަލުގެ ފުލުގައެވެ. އެސްޓަންވިލާ އުޅެނީ ތާވަލްގެ 15 ވަނާގައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
19 Sep 2026
އެސްޓަންވިލާ އަތުން ސްޕާސް ބަލިވެއްޖެ
ރޮބާޓޯ ޑި ޒާބީގެ އިރުޝާދުގެ ދަށުން ބޮޑު ހޭދައެއްކޮށްގެން ބިނާކޮށްފައިވާ ސްޕާސް ޓީމު ބަލިވީ، އެސްޓަންވިލާގެ ޖޯހަން މަންޒަމްމީ، ނިކޮލަސް ޖެކްސަން އަދި އެމީ ބުއެންޑިއާ ކާމިޔާބުކޮށްދިން ލަނޑުތަކުންނެވެ
19 Sep 2026
ސަރުކާރުން ޓީބިލަށް ފައިސާ ދެއްކުމާ އެ ބޭންކާ ގުޅުމެއް ނެތް
ބީއެމްއެލް އިން ނެރުނު ބަޔާނެއްގައި ބުނީ ސަރުކާރުން ޓީބިލްގެ ދަރަނި އަދާކުރުމުގައި ބޭންކުގެ ކަސްޓަމަރުންގެ ޑިޕޮސިޓް އަދި ބޭންކުގެ އަމިއްލަ އެއްވެސް ވަސީލަތެއް ވެސް ބޭނުންކޮށްފައި ނުވާކަމަށެވެ.
19 Sep 2026
ޕްލާސްޓިކް ހޮޅި 2031 އާ ހަމައަށް އެތެރެކުރުން ހުއްދަކޮށްފި
މި ބަދަލު ގެންނެވީ މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާގެ މަޝްވަރާގެ މަތީންނެވެ. މި ޤަރާރުގެ ދަށުން ޕްލާސްޓިކް ހޮޅި ރާއްޖެއަށް އެތެރެކުރުން މަނާވާ ތާރީޚު މިހާރު ވަނީ 2031 ވަނަ އަހަރުގެ ޖޫން މަހުގެ އެއް ވަނަ ދުވަހަށް ފަސްކޮށްފައެވެ.
19 Sep 2026
ރަޝިއާއިން ހަމަލާއެއް ދީފާނެކަމުގެ ބިރު ބޮޑުވެ ޔޫރަޕް ދިފާޢީ ތައްޔާރީތައް ވަރުގަދަކޮށްފި
ޕޮލެންޑުގެ ބޮޑުވަޒީރު ޑޮނަލްޑް ޓަސްކް ބުރާސްފަތި ދުވަހު އިންޒާރު ދީފައިވަނީ ޔޫކްރެއިނަށް ތާއީދުކުރާ ނޭޓޯ ޤައުމުތަކުގެ ސަރަޙައްދަށް ކުރިއަށް އޮތް މަދު މަސްތަކެއްގެ ތެރޭގައި މޮސްކޯއިން ޑްރޯން ނުވަތަ މިސައިލް ފޮނުވައިފާނެ ކަމަށެވެ.
19 Sep 2026
އަމީނީ މަގު ސެގްމެންޓް އެކެއްގައި ތާރު އެޅުމުގެ މަސައްކަތް ފަށައިފި
ފާއިތުވި ހަފުތާގެ ތެރޭގައި ތާރު އެޅުން ރޭވިފައި އޮތް ނަމަވެސް، ތާރުއެޅުމުގެ މަސައްކަތް ލަސްވީ މޫސުން ގޯސްވެ ވާރޭ ވެހުމާ ގުޅިގެން ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ. އެހެންކަމުން މޫސުން ރަނގަޅުވުމާއެކު އަމީނީމަގުގައި ތާރު އެޅުމުގެ މަސައްކަތް މިއަދު ހެނދުނު ކުރިއަށްގެންގޮސްފައިވާކަމަށް އެ ކުންފުނިން ބުންޏެވެ
19 Sep 2026
ބާބުލް މަންދަބު ކަނޑުއޮޅިއަށް އިޓަލީން މަނަވަރެއް ފޮނުވަނީ
ބާބުލް މަންދަބު ކަނޑުއޮޅީގައި ނުރައްކާ ބޮޑުވާތީ އިޓަލީވިލާތުގެ ވިޔަފާރި އުޅަނދުތައް ހިމާޔަތްކުރަން ކަނޑުގެ އަސްކަރީ އޮޕަރޭޝަނެއް ފެށުމަށް ތައްޔާރުވަމުންދާ ކަމަށް އިޓަލީން ވަނީ ބުނެފައި
19 Sep 2026
ޕީއެންސީ ޓޫރިޒަމް ކޮމިޓީގެ ރައީސާކަމުގެ މަގާމަށް އަލައިކާ
އަލައިކާ އަކީ މިހާރުވެސް ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެވެ
19 Sep 2026
ވަޠަނީ ޚިދުމަތުގެ ތިންވަނަ ބެޗުން 341 ޒުވާނުން ތަމްރީނު ފުރިހަމަކޮށްފި
ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވަޒީރު ޙަސަން ރަޝީދު ޝަރަފުވެރިކޮށްދެއްވި މި ރަސްމިއްޔާތު ބާއްވާފައިވަނީ އެމްއެންޑީއެފްގެ ކޮމްޕޮސިޓް ޓްރެއިނިން ސެންޓަރުގައެވެ. ދަސްވެނިވި ދަރިވަރުންނަށް އަޒުމް ލައިދިނުމާ އެކު ޝަރަފުގެ ހިނގާލުންވެސް އެ ރަސްމިއްޔާތުގައި ކުރިއަށް ގެންގޮސްފައިވެއެވެ.